އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނުގައި ބަލައިފާސްކުރި ގެއެއްގައި ބިދޭސީންތަކެއް: އެތަނުން 32 މީހުން ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައި.
07 މާޗް 2025 - 19:34
މާލޭގައި ބިދޭސީން ދިރިއުޅޭ އަދި ފުޅާ ދާއިރާއެއްގައި ކާބޯތަކެތީގެ ވިޔަފާރިކުރާ ތަނަކުން ގަވާއިދާ ހިލާފަށް އުޅެމުން އައި 32 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން އެކްސްގައި ވީޑިއޯއަކާ އެކު އާންމުކުރި ޕޯސްޓެއްގައި ބުނީ އެ މީހުން ހައްޔަރުކުރީ ފެބްރުއަރީ މަހުގެ ތެރޭގައި އިމިގްރޭޝަން ވޮޗަށް ލިބިފައިވާ ރިޕޯޓަކާ ގުޅިގެން ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ރިޕޯޓު ލިބުނީ ޑެކް އަޅައިގެން ހަތަރު ފްލޯއަށް ހަދާފައިވާ މއ. ހިތިލާގެ ދެ ގެއަކަށް ގިނަ އަދަދެއްގެ ގަނޑުކުރި މަހާއި ތަރުކާރީ އާއި އެހެނިހެން ކާނާގެ ބާވަތްތައް ސަޕްލައިކުރާ މަންޒަރު އަބަދުވެސް ފެންނަ ކަމަށާއި ގިނަ އަދަދެއްގެ ގޭސް ސިލިންޑަރު ވެސް އެތަނަށް ގެންދާ ކަމަށެވެ.
މެންދުރު ކާގަޑިއާ ދިމާކޮށް ގިނަ އަދަދެއްގެ ބަތް ޕާރުސަލު އެތަނުން ގެންދާ ކަމަށާއި އެ ވަގުތާ ދިމާކޮށް ޑެލިވަރީ ސައިކަލުތައް ވެސް ގޭގެ ބޭރުގައި ހުންނަ ކަމަށް އާންމު ފަރާތަކުން އިމިގްރޭޝަނަށް ހުށަހެޅި އެ ރިޕޯޓުގައިވެ އެވެ.
އެ ރިޕޯޓާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އިމިގްރޭޝަނުގެ އޮފިސަރުން އެ ގެއަށް ވަދެ ބެލިއިރު މި ތަނަކީ އެއް ފަހަރާ ގިނަ މީހުންނަށް ކައްކާ ތަނެކެވެ. އަދި އެތަނުގައި ބިދޭސީން ހުރުމުގެ އިންތިޒާމު ވެސް ހަމަޖައްސަފައިވެ އެވެެ.
އިމިގްރޭޝަނުން ބުނީ އެތަނުގައި އުޅޭ 76 ބިދޭސީންގެ ލިޔެކިޔުންތައް ބެލިއިރު އޭގެ ތެރެއިން 32 ބިދޭސީންނަކީ ސައްހަ ވިސާ ނެތި ނުވަތަ ވަޒީފާ ދިން ފަރާތަށް ފިލައިގެން ދިރިއުޅެމުން އަންނަ މީހުން ކަމަށެވެ.
އިމިގްރޭޝަނުން އާންމުކުރި ވީޑިއޯގައި ފެންނަ ގޮތުގައި ފިލައިން ހަދާފައިވާ އަދި ވަރަށް ބޮޑަށް ބާވެފައިވާ އެތަނުގެ ބަދިގެ ވެސް އޮތީ ވަރަށް ސާފުތާހިރުކަން ކުޑަ ގޮތަކަށެވެ. އަދި ކުޑަ ކޮޓަރިއެއްގައި ބަރިބަރިއަށް އެނދު ޖަހާފައިވާއިރު އެތަނުގައި ވެސް ގިނަ ބަޔަކު ދިރިއުޅެ އެވެ.
"އިމިގްރޭޝަން ވޮޗް" އަށް ލިބުނު ރިޕޯޓަކާއި ގުޅިގެން 2025 މާރިޗު 05 ވަނަ ދުވަހު ހިންގުނު ރެއިޑު އޮޕަރޭޝަން.
— Maldives Immigration (@ImmigrationMV) March 7, 2025
Raid operation conducted on March 5, 2025, in connection with a report received by 'Immigration Watch'@PoliceMv #MaldivesImmigration #Immigrationwatchmv pic.twitter.com/CRNTJPbPLm
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އައި އެ 32 މީހުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގެންދިޔައިރު އެ އިދާރާ އިން ދަނީ އެފަދަ ފަރާތްތައް ޑީޕޯޓުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލްޖިބްރރާ
08 March 2025
މިގައުމުގެ ބިދޭސީންނަށް ވިޔަފާރި ހިންގުމުގެ ފުރުޞަތުދެނީ 2000 ނުވަތަ 3000 ރުފިޔާގެ އަޅަކަށް ވެފައިވާ ބައެއް މޮޔަ ދިވެހީންގެ ސަބަބުން.
އަލިކޮއެ
08 March 2025
އެންމެން ޑީޕޯޓް ކޮއްލާ. ރާއްޖެ ދުވަހަކުވެސް ނާދެވޭނެ ގޮތައް
ސިއްބަތް އަޒީޒް
08 March 2025
ސަރުކާރެއް އަދިކިރިޔާ މިހެން ކާބޯތަކެތި ވިއްކާ ތަނަކަށް ރެއިޑް ޖަހާ މި ބަލަނީ. މިހެން ވާންޖެހޭނެ. ކެވޭ ނުކެވޭ އެއްޗެއް އިނގެންޖެހޭނެ. އަދި ސާފްތާހިރުވާން ޖެހޭނެ
ނިހާލަ ސަލީމް
08 March 2025
ރައްޔިތުންގެ ސިއްހަތާ ގުޅިފައިހުރި ކަމެއް މިއީ. ތި އަޅުއްވާ ފިޔަވަޅުތައް ހަމަ ވަރަށް ރަނގަޅު. މިޔަށްވުރެވެސް ހަރުކަށި ވާންވީ އަދި
މުސްތަފާ ކަރީމް
08 March 2025
އަދިކިރިޔާ ސަރުކާރެއް މިއައީ މިތަންތަން މޮނިޓާ ކޮށް ބަލާ. މިކަހަކަ ހަޑި ތަންތަން ހަމަ ބަންދުކުރަންވީ. ސްޓެންޑާޑް ހިފަހައްޓަން ވާނެ.
ނޫހް އިބްރާހިމް
08 March 2025
ބަރާބަރު ކާބޯތަކެތި ވިއްކާ ތަންތަން ޖެހޭނެ މޮނިޓާރ ކުރެވެން
ހަސަން އަޝްފާގް
08 March 2025
ބިދޭސީންގެ މައްސަލަ ހައްލުކުރަމް އަދުގެ ސަރުކާރުން ކުރާ މަސައްކަތް ހަކަ ސަތޭކަ
ދޮހޮއްތުބެ
08 March 2025
ތިޔަމިހުން ކުރަނީ މިގައުމުގެ ތަރައްގީގެ މަދައްކަތްތޭ ނުވަތަ އަހަރެމެނައް ނުވާ ކަންތައްތޭ .. ބޯ ހަލާކު . އެވެރިން އެމަސައްކަތް ކޮއްދެނީ މިގައުމައް . ވިސްނާ . ލީގަލައިޒްވުން ފަސޭހަކޮއްދީ އެއައްފަހު ހަރުކަށި ފިޔަވަޅު އަޅާ
ލާމަރުކާ އާދަމް
08 March 2025
އެއްވެސް ސަރުކާރަކުން ނުކުރެވުނު ކަމެއް ޑރ.މުޢިއްޒު ވެރިކަމުގައި މި ކުރަނީ. ސަޅި
ޖައުފަރުބެ
08 March 2025
ބަންގާޅިންގެ ބލ ވަރަށް ބޮޑު. ހުރިހާ އެންމެން ޑީޕޯޓް ކުރަންވީ!