09 މާޗް 2025 - 12:26
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައާ ގުޅިގެން ބާއްވާ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އޭނާގެ ފަރާތުން އެދިއްޖެ އެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލް އިބްރާހިމް ޝަމީލް "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ މައްސަލާގެ އަޑުއެހުންތައް އާންމުންނަށް ހުޅުވާލައިގެން ބާއްވަން ޖޭއެސްސީގައި އެދިފައިވާނެ އެވެ. އެކަމާ ގުޅޭގޮތުން، އެ މައްސަލަ ބަލާ ޖޭއެސްސީގެ ކޮމިޓީން ނިންމާ ގޮތެއް އަންގާނެ ކަމަށް ބުނެފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ.
ފަނޑިޔާރު އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރު ކުރަން ނިންމާފައިވަނީ މާދަމާ އެވެ.
މީގެކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާ ގުޅޭގޮތުން ޖޭއެސްސީން ބެލި މައްސަލަތަކުގެ އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިވެ އެވެ.
ފަނޑިޔާރު އަޒްމިރަލްދާއާ ގުޅޭ ދެ މައްސަލައެއް ޖޭއެސްސީން ބަލަމުންދެ އެވެ. އެއް މައްސަލައަކީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރު ކުރުމުން، އޭނާ ބަންދުން ދޫކުރަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅައި ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރާ މައްސަލަ އެވެ. މާދަމާ އޭނާ ޖޭއެސްސީއަށް ހާޒިރު ކުރަނީ އެ މައްސަލައާ ގުޅިގެންނެވެ.
ދެވަނަ މައްސަލައަކީ ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އިންނެވި މައްސަލަ އެވެ.
ފަނޑިޔާރު އަޒްމިރަލްދާއާ އެކު މި ދެ މައްސަލާގައި ފަނޑިޔާރު މަހާޒު އަލީ ޒާހިރަށް ވެސް ތުހުމަތު ކުރެ އެވެ. ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ތަހުގީގު ކުރާއިރު، އެ މައްސަލައާ ގުޅިގެން ދެ ފަނޑިޔާރުން ވެސް ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖިނާއީ ކުށެއްގެ ތުހުމަތު ވެސް ނެތީސް، ހައްޔަރުކުރި ޑރ. އިސްމާއިލް ބަންދުން ދޫކުރަން ފަނޑިޔާރު އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތެއް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާފައިވެސް ނުވާނެ ކަމަށާއި އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވާފައިނުވާނެކަން ބަޔާންކޮށް ތަފްސީލާ އެކު ޖޭއެސްސީއަށް ސިޓީއަކުން އަންގާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
ސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑްކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައިވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ގާނޫނީ ގިނަ ބޭފުޅުންގެ ކަންބޮޑުވުންތައް އޮއްވާ އަވަސް އަރުވާލައިގެން ފާސްކުރި އެ ބިލް މިހާތަނަށް ރައީސް ތަސްދީގު ކުރައްވާފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަކުޅި ކުރިއަށް
09 March 2025
ޤާނޫނު ފާސްކުރިއަސްވެސް ރައީސް އެ ތަސްދީގު ކުރާނެކަމަށްނުފެނޭ. މިހާރުސަރުކާރުން ބޭނުންވި ކަން ވެއްޖެ. ސ.ކޯޓުގެވަގުތީ އަމުރު ހުއްޓުވާލެވިއްޖެ. އަދިސަރުކާރުން ދެމި ރޯނުގައިސުއޫދުވެސް ޖެހި އިސްތިއުފާ ދެއްވައިފި. މިހާރުދެން 7ފަހަކަށް ބަދަލު ކުރުމުގެ ބޭނުން ވެސް ކެނޑިއްޖެ. ސަރުކާރުން ކުޅުނީ 6 ކުޅި ކުރިއަށް. ފަނޑިޔާރުން ސަސްޕެންޝަން މައްސަލަ ކުޑައިކޮށް އެދިޔައީ ޗާޓު ހުރަސްކޮށް. ޖުމްލަކޮށް ސިޔާސީ ގޮތުން ނިންމި ނިންމުމެއް ސަރުކާރަށް ފަހި ނިންމުމެއް.
ދިއްދޫމީހާ
09 March 2025
ދުވާލުގެ އިރު ފެންނަ ފަދައިން ޔަގީންވަނީ ތިޔަ އަޑު އެހުން އާއްމުންނަ ހުޅުވާލާކަށް ނުކެރޭނެކަން އާއްމުންނަ ތިޔަ އަޑު އެހުން ހުޅުވާލާފިއްޔާ އަހުން އުމުރުގެ ދެން އޮތްބައި ފުރިހަމަ ކުރާނީ ލޮނުލީ އެއްޗެއް ނުކާ..
އަޖާއިބުއަންތަރީސް
09 March 2025
މީހަކު އެދޭހާ ފަހަރަކު ހުޅުވާލަން ޖެހޭތޯ
ނޯބަލް
09 March 2025
ތިޔަ އަޑުއެހުމެއް ހުޅުވާލައިގެން ކުރިއަށް ގެންދަން ތިޔަ ކޮމިޓީއަށް ކެރިދާނެހެން ހިއެއްނުވޭ، އަދި ތިތަނުގައި ދައްކާ ވާހަކަ ތެދުވެރިކަމާއިއެކު ރައްޔިތުންނާއި ހަމއަށް އައިސްދާނެހެންވެސް ހީނުވޭ، ކަމަނާވެސް ކަމެއް ކުރަންޏާ އަޑުއެހުން އެއްކޮށް ރިކޯޑް ކުރެވޭގޮތް ހައްދަވާތި އަމިއްލައަށްވެސް، ފަހުން އަޑުއެހުމަގައި ދައްކާ ވާހަކައާއި ބަޔާނުގައި ހިމެނޭ ވާހަކަ ދިމާނުވާނެހެން ހީވަނީ، އަމިއްލަ ސަލާމަތް ހޯއްދަވާތި
ތުހުމަތް
09 March 2025
ތުހުމަތުވެގެން މީހުން ސަސްޕެންޑް ކުރާނަމަ މިސަރުކާރުގެ އިސްސަފުގައި ތިއްބެވި ގިނަބޭފުޅުން ސަސްޕެންޑް ކުރަންޖެހޭ، ޚުދުރައީސްވެސް ސްސްޕެންޑް ކުރަންޖެހޭ، އެގޮތަށް ސަސްޕެންޑް ނުކުރާނަމަ އެއްމެމަތީކޯޓުގެ ފަނޑިޔާރުންތަކެއް ކުއްލިައަކަށް ސަސްޕެންޑް ކުރެވޭނެ ޝަރުއީހަމަތަކެއް ނުވިސްނޭ!
ޖަމީލު
09 March 2025
ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް ގައުމަށް ހެޔޮއެދޭ ބައެއްނެއް. ޔާމީނަކަސް، އިބޫ އަކަސް، މުއިޒުއަކަސް. ސިޔާސީވެރިން ބޭނުންވަނީ އަމިއްލަ އަންބޮޑި ބޮދުކުރަން.
ާޝައިޚް
09 March 2025
މަކަރާ، ހީލަތާ، އަނިޔާ އަށް ވެސް ނިމުން އޮންނާނެ، ﷲ ވޮޑިގެންވާކަން ޔަގީން، ބިރުވެތިވޭ،
ކޮސް
09 March 2025
އަޒުމިރަލްދާ ވަރަށް މޮޅު. ނުކެރޭނެ ލައިވް ކުރާކަށް. ކޮށްފިއްޔާ ވާނީ އިތުރަށް ފަޟީހަތް.
އަޒާންގެ
09 March 2025
ޖޭއެސްސީއަށް ނުކެރޭނެ އާއްމުކޮށް ހުޅުވާލާކަށް... ޖޭއެސްސީ ފަލީހަތް ވާނީ.. ތި ޖޭއެސްސީ ގައި ތި މައްސަލަ ބަލަންތިބި މީހުންގެ ތެރޭ ނެތް އަޒްމިރަލްޑާ އާއި ތައުލީމާއި ގާބިލުކަމުގެ ގޮތުން ސުވާލެއް ކޮށްލެވޭނެ ފެންވަރުގެ މީހެއް..
ކޮސް
09 March 2025
އަޒުމުއިއްޒު ކިޔަން ފަސޭހައިއްޔާ ދެން އެހެން ކިޔާބަލަ!
ކޮސް
09 March 2025
ތިއީ ތެދެއް. ކޮށްފިތަ އެވެއްޓުނީދެން. , މިހާރުވެސް އެލިގެން އޮތް ވާގަނޑު ދޫވެ ބަލިކަށިވަމުންދަނީ...