ހާފިޒުކަމުގެ ތާޖު ލިބުނު ކުއްޖެއްގެ ބޮލުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތާޖު އަޅުއްވައިދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް
09 މާޗް 2025 - 20:43
ހާފިޒުން ދަސްވެނިވުމަށް ބާއްވާ ފުރަތަމަ ހަފުލާ މި ރޯދަމަހު ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
މީގެ ކުރީން ހާފިޒު ކަމުގެ ތާޖު ހަވާލު ކުރަނީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ނުވަތަ ގައުމީ ދުވަހާއި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގެ ތެރޭގަ އެވެ. އެކަމަށް ހާއްސަ ޖަލްސާއެއް ނުބާއްވަ އެވެ.
ނަމަވެސް ހާފިޒުކަމުގެ ތާޖު ދޭ ހަފުލާ އަކީ ވަކިން ބާއްވާ ގައުމީ ފެންވަރުގެ ބޮޑު ހަފުލާއަކަށް ހައްދަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިދިޔަ އަހަރު ވަނީ ވިދާޅުވެފައި އެވެ.
ހާފިޒުކަމުގެ ތާޖު ލިބުނު މީހަކަށް ރައީސް ޑރ، މުހައްމަދު މުއިއްޒު، ތާޖު ހަވާލުކޮށްދެއްވަނީ--- ފޮޓޯ: ރައީސް އޮފީސް
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިނިސްޓަރު މިއަދު ވިދާޅުވީ، ހާފިޒުން ދަސްވެނިވުމަށް ބާއްވާ ފުރަތަމަ ހަފުލާ މި މަހުގެ 27 ވިލޭރޭ ބާއްވާ ގޮތައް ނިންމާފައިވާ ކަމަށެވެ.
އެއީ ރާއްޖޭގައި އެކަމަށް ހާއްސަކޮށް ބާއްވާ ފުރަތަމަ ހަފުލާކަން ފާހަގަ ކުރައްވަމުން ޝަހީމް ވިދާޅުވީ އެ ހަފުލާގައި 20-25 އާ ދެމެދު އަދަދެއްގެ ހާފިޒުން ދަސްވެނިވާނެ ކަމަށެވެ.
މިނިސްޓަރު މީގެ ކުރިން ވަނީ ހާފިޒުން ދަސްވެނިވާ ހަފުލާ ކުލަގަދަކޮށް، ގައުމީ ފެންވަރުގައި ބޭއްވުމުގެ މުހިއްމު ކަން ފާހަގަކުރައްވައިފަ އެވެ.
"ސަބަބަކީ މި މުބާރާތުގެ ތެރެއިން، ގުރުއާން ހިތުދަސްކުރާ ކުދިންނަށް އިނާމު ދިނުން ހިމެނިފައި އޮންނަނީ ޒަމާނުންސުރެ އޮތް ގޮތެއް އެއީ. އެއީ ވަރަށް މަދުން އަހަރަކު ކުދިން ދަސްކުރާތީވެ. އެކަމަކު މިހާރު 30 އަށް ވުރެ މައްޗަށް އެބަދޭ. އެހެންވީމާ މި ދެ ހަފުލާ އެއްކޮށްގެން ގެންދިއުމަކީ އެއްވެސް ހަރަކާތަކަށް ދޭން ޖެހޭ ހައްގު ގަދަރު ނުދެވި ދާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިނާ
10 March 2025
ސަލްމާން މިސްކިތުގާ މީހުން މަދުވަނީ މާދިގުކޮށް ކިޔަވާތީ. ތަރާވީސް ނިމެނީ 9.45ގައި. އިޙްޔާ އޮންނަރޭރޭވެސް އަވަހެއ ނުވޭ. އެކަމު އެ ޕްރޮގްރާމްގަިއ ބައިވެރިވާށޭ ކިޔާފައި އިސްތިހާރު ކުރާނެ މިސްކިތުގައި.
މައްކުބޭ
10 March 2025
އަމިއްލަ ފަރާތްތަކުން ޤުރުއާން އުނގެނުމާ ހިތުދަސްލުރުން ފަދަ ކަންކަމަކީ އެމީހެއްގެ އުހުރަވީ ހަޔާތަށްކުރެވޭ ވަރަށް ރަގަޅު މަަަަަސައްކަތެއް، މިކަން ސިޔާސީކޮށް ހިތުދަސްކުރާ ފަރާތްތަކަށް މަހު މުސާރަ ދިނުމަކީ ޓެކްސް ފައިސާ ރަގަޅުގޮތުގަ ބޭނުންކުރުންކަމަކަށް ނުވާނެ، މީގެ ބަދަލުގައި ޤުރުއާން އުނގަންނައިދޭ ފަރާތްތަކަށް އެލަވަންސެއް ދިނުން މާ ރަގަޅު، ޤުރުއާން ހިތުދަސްކުރުމުން އެއްފަހަރާ ދެވޭ ރަނގަޅުވަރެއްގެ އިނާމެއް ދިނުން މާ ރަގަޅު
ސަރީރު
10 March 2025
މައްކުބޭގެ ކޮމެންޓަށް %100 ތާއީދު. މިނިސްޓަރު ބައްލަވާނެ ކަމަށް ހީކުރަން
ކަރީނާ
10 March 2025
27 ވިލޭރޭ ގަ ކޮންމެ މީހަކުވެސް ބޭނުންވާނެ އަޅުކަން ކުރަން. އަޅުކަން ދޫކޮށްފަ ތި މުނާސަބަތަށް ދާން މީހުންނަށް މަޖުބޫރު ވާ ފަދަ ގޮތަކަށް ތިކަން ތިކުރަނީ.
ކަރީނާގެ ބަފާގެ ބޭބެގެ ވައިފް
10 March 2025
މާތްﷲ ގެ ރުހިވޮޑިގަތުން ލިބުމަށް އެދި ކުރެވޭ މުންކަރާތަކަށް ނުހިމެނޭ ކޮންމެކަމެއް ހިމެނިގެންދަނީ އަޅުކަމުގެތެރެއިންކަން ކަރީނާއަށް ނޭނގުން އެއީ ކަމުގެ އަސްލު ކަރީނާއަށް ނޭނގޭކަމުގެ ހެއްކެއް.
މިހާލުގަ
09 March 2025
ދީނާ ގައުމިއްޔަތަކީ މީސްތަކުން "ބޯކާލަން" ކުޅޭ ސިޔާސީ ކުޅިއެކެވެ. ތިޔަ މަޅީގަ ވަރަށް ގިނަ ބަޔަކު ޖެހޭނެއެވެ. ބެދޭ މަޅިއެއް ނުފެންނާނޭ ބުނާ އުސޫލުންނެވެ. ވިސްނޭއިރު އޮންނާނީ ވާނެއެތި ވެފައެވެ. އެކަމަކު މުއުމިނެއްގެ ގަޔަށަ އެއްހަރަކުން ދެކަށްޓެއް ނުޖެހޭނޭ ބުނެއުޅެއެވެ. މިތިބީ އެއްކަށި ހެރިފައެވެ.
ކޮލަމާހުއްޓާ
09 March 2025
ހެޔޮނުވާނެ މިގައުމުގަ ތަރައްގީގެ މަސައްކަތެއް ފެއްޓޭނެ ދުވަހެއް ބުނެދީބަލަ. މުޅިންވެސް މިބާވަތުގެ ސުރުޚީތައް.
ތަރައްޤީ އަކީ އިމާރާތްތަ
10 March 2025
ތަރައްޤީ އަކީ އިމާރާތްތަ؟ އިންސާނީ ވަސީލަތް ކުރިއެރުން ނުވޭތަ ތަރައްގީގެ ބަޔަކަށް. އެހާ ރީންދޫކޮށް ނުވިސްނަބަލަ
އަފްރާސިޔާބު
09 March 2025
ޕްރޮޖެކްޓެއްގެ ނިމުމުގެ ރަސްމިޔާތުގައި ރައީސް ބައިވެރިވެ ވަޑައިގެން.
ނަޞޭޙަތް
09 March 2025
މިރޭގެ ސަލްމާން މިސްކިތުގެ ތަރާވީސް ފެށި އިރު ފުރިހަމަ 14 ސަފު އޮވެފައި، 6ރަކުއަތް ކޮށްނިމިގެން ބަލާލިއިރު މިސްކިތުގައި 3ސަފު ވެސް ހަމަނުވޭ. ޒުވާން ކުދިންނަށް ފުރުސަތު ދިނަސް ރަނގަޅަށް ކިޔަވާ އަދި ބަޔަކަށް އަޑުއަހަން ތިބެވޭ ފަދައިންކިޔަވާ ކުދިންލައްވާ ބޮޑެތި މިސްކިތް ތަކުގައި ތަރާވީސް ކުރުވަން ފެނޭ. ބޮޑެތި މިސްކިތްތަކުގެ ހައިބަތު ކިރުބޯ ޅަކުދިންނަށް ފުރުސަތު ދޭށޭ ކިޔާކަނޑުވާނުލާ! ތަރާވީހަށް ވުރެ މުހިއްމުކަންކަން ސަލްމާންމިސްކިތުގައި އެބަ މިސްވޭ!
އެދުރު ބެ
09 March 2025
އެއީ ޒުވާނުން ކުރާތީ ވާކަމެއް ނޫން. ކިތަންމެ މޮޅު މީހެއް ހުއްޓަސް ފަހު ރަކުޢަތްތަކުގަ މީހުން މަދުވާނެ އެއީ ދިވެހިންގެ އާދަ. ޒުވާން ދިވެހި ކުދިންނަށް ފުރުސަތު ދޭން ޖެހޭ. އެކުދިން މޮޅެތި ޤާރީންނާ އިމާމުންނަށް ވާނީ އޭރުން. އަދި ހިތުދަސްކުރި ޤުރުއާން ހިތުގައި ހަރުލެއްވުމަށްވެސް ހިފްޒުކޮށް ތަރާވީސްކުރުމަކީ ވަރަށް މުހިންމު ކަމެއް. ދިވެހި ހާފިޒުން އިތުރުވާ ވަރަކަށް ބިދޭސީން ގެނައުން މަދު ކުރަން ޖެހޭ
ސަލްމާން
09 March 2025
ރަގަޅު ވާހަކައެއް
މުސްތަފާގެ ނަސޭހަތް
10 March 2025
ރަނގަޅު ވާހަކައެއް. ޒުވާން ހާފިޒުންނަށް ފުރުސަތު ދިނުން ރަނގަޅު. އެކަމަކު ފަށަން ކިހިނެއްވާނެ ކުޑަ މިސްކިތްތަކުގަ؟ ބޮޑު މިސްކިތްތަކުގަ ހަރު އަދި ރިތިކޮށް ކިޔަވާ ހާފިޒުންނަށް ފުރުސަތު ދީފަ. އެމީހުންގެ ގަދަރަށްވެސް އުނިކަމއް އައިސްގެން ނުވާނެ
ހެހހެ
09 March 2025
މީހުން މޮޔަހައްދަން އުޅޭމީހެއްމީ، ކޮބާ އެމީހުންގެ އެލަވަންސް ބޮޑުކުރާނަމޭ ކިޔާފަ ދެއްކިހުވަފެން، ބުނި އެއްކަމެއްވެސް ކޮށްނުދެނީޔޭ
8
09 March 2025
ހަވާއެރުވުން އޮންނަންވާނެ. މީ ޒުވާނުންނާ ގުޅޭކަމެއް. އެހެންވެ މިހެން މި ބުނީ.
ރަދީފްއޮފިޝަލް / ގޭގަ ހުރެގެން ތަރާވީހް ނަމާދު ބަލަނީ
09 March 2025
ސާބަހޭ މިނިސްޓަރ.ގުރްއާނުގެ އަހުލުވެރިންނަށް ހައްގު މަގާމައި ގަދަރު ދިނުމަށް ތިޔަ ނިންމެވުން ވަރަށް ރަނގަޅު.