ވިއްސާރަ ދުވަހެއްގައި ރުއްތަކެއް ހެލެނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
10 މާޗް 2025 - 15:57
ކުރިއަށް އޮތް ދެ ދުވަހު އުތުރާއި މެދުރާއްޖޭގެ ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރާތީ މޫސުމަށް ސަމާލުކަން ދިނުމަށް މެޓު އޮފީހުން އިލްތިމާސްކޮށްފި އެވެ.
އެ އޮފީހުން ނެރުނު އާއްމު އިއުލާނުގައި ބުނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު މަޑުމަޑުން ހުޅަނގަށް ޖެހޭނެކަމަށް ލަފާކުރެވޭ ކަމަށާއި އެހެންވެ، މާދަމާ އާއި އަނެއް ދުވަހު އެކި ހިސާބުތަކަށް ވިއްސާރަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
އެހެންވެ، ހުރިހާ އެންމެން ވެސް މޫސުމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފަ އެވެ.
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެގެން މިދިޔަ ހަފުތާގައި އޮރެންޖު އެލާޓް ވެސް ނެރުނެވެ. އަދި ބޯކޮށް ވާރޭވެހި ބައެއް ރަށްރަށުގައި ވަރަށް ބޮޑަށް ފެން ވެސް ބޮޑުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy