10 މާޗް 2025 - 16:53
ފިނޭންސް މިނިސްޓްރީގެ އިކޮނޮމިސްޓް، މުހައްމަދު ޒަޔާން އަހުމަދު އިސްތިއުފާ ހުށަހަޅުއްވައިފި އެވެ.
ފިނޭންސްގައި އިސް އިކޮނޮމިސްޓެއްގެ ގޮތުގައި ޒަޔާން ހިދުމަތް ކުރައްވަމުން ގެންދަވާތާ ފަސް އަހަރު ވެއްޖެ އެވެ. އޭނާ ވަނީ 2023 ވަނަ އަހަރުން ފެށިގެން ފިނޭންސް ފިސްކަލް ޑިޕާޓްމަންޓުގެ ވެރިޔެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.
އޭގެކުރިން ފިސްކަލް ކޮންސަލްޓެންޓެއް އަދި ފިސްކަލް ޕޮލިސީ އެކްސްޕާޓެއްގެ ގޮތުގައި ވެސް އޭނާ ވަނީ ހިދުމަތް ކުރައްވައިފަ އެވެ.
ޒަޔާން ގެންދަވަނީ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ބޯޑުގައި ފިނޭންސް މިނިސްްޓްރީ ތަމްސީލު ކުރައްވަމުންނެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ޒަޔާން އިސްތިއުފާ ދެއްވަން ދެ މަސް ދުވަހުގެ ނޯޓިސް ފިނޭންސަށް މިހާރު ވަނީ ހުށަހަޅުއްވައިފަ އެވެ.
ޒަޔާން އިސްތިއުފާ ދެއްވަން ނިންމެވީ، އިގުތިސާދީ އަދި މާލީ ގޮތުން މިހާރު އަޅަމުންދާ ބައެއް ފިޔަވަޅުތަކާމެދު ހިތްހަމަނުޖެހިވަޑައިގެން ކަން އެނގިފައިވެ އެވެ.
އެއީ ސީދާ ކޮން ނިންމުންތަކެއްކަން އެނގިފައިނުވިޔަސް، ޒަޔާން އިސްތިއުފާ ހުށަހަޅުއްވާފައިމިވަނީ، އެމްއެމްއޭ އަށް ހުޅުމާލެ އިން ބިމެއް ގަނެގެން ސަރުކާރަށް ފައިސާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.
އެނގިފައިވާ ގޮތުގައި އެކަމުގެ މަޝްވަރާތައް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީއާ ދެމެދު އަންނަނީ ކުރަމުންނެވެ. އެ މަޝްވަރާތަކުގައި އެކި އަދަދުތަކާ މެދު މަޝްވަރާ ކޮށްފައިވީ ނަމަވެސް ސީދާ އަދަދެއް އަދި ސާފެއް ނުވެ އެވެ. އެ މަޝްވަރާތަކުގައި 8 ބިލިއަނާއި 14 ބިލިއަނާއި 20 ބިލިއަން ހޯދަން ވެސް ވާހަކަ ދެއްކެވުނު ކަމަށް ވެ އެވެ. އެކަމަކު، މިހާތަނަށް އެމްއެމްއޭގެ ބޯޑުން އެކަން ފާސްކޮށްފައިވާކަން ޔަގީނެއް ނުވެ އެވެ. އެފަދަ ބޮޑެތި ނިންމުންތައް އެމްއެމްއޭ އިން ނިންމާނީ ބޯޑު ބައްދަލުވުމަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސހޔނނނށނނކ
11 March 2025
މީ މިއަދު ވީކަމެއް ނޫން. މިއީ ކުރީ ސަރުކާރުތަކުން ގެނުވި ހާލަތެއް. މިކަމުގެ ފެށުމާ ޒަޔަނިސްޓުންގެ ނުފޫޒަށް ނުގޮސް މިކަން ނިންމާނެ މޮޅުގޮތެއް ކަލޭމެން ކިޔާނީ ކޮން އިިރަކުން. އިގްތިސާދާ ބެހޭ އެއްޗެއް ކަން ހުރި ގޮތަށް ލިޔެލާނެ މީހެއް ނެތީތަ؟ މިސަރުކާރު އައިފަހުން އުޅެނީ ދަރަޏެއް ދެއްކުމުގައި. ސަރުކާރުން ނުނަގާ ދަރަނި.
އިސްމާލު2.0
10 March 2025
ކޮމްޕެނިސް ރަޖިސްޓްރަރ އެއްވެސް ނުހުންނާނެ، އިކޮނިމިސްޓެއްވެސް ނުހުންނާ، އަމިއްލަ ނަފުސަށް ކުޑަވެސް ގަދަރުކުރާ ޕޮރޮފެޝަނަލެއް، ލޯޔަރެއް، ނުވަތަ ޗާޓަޑް އެކައުންޓަންޓެއް - މި ވެރިކަމުގެ ސިޔާސީ ނޫނީ މަސްއޫލް އެއްވެސް މަގާމެއްގައި ނުހުންނާނެ.
އަފްރާސިޔާބު
10 March 2025
ޒަޔާން އަކަށްް ހިތްވަރެއްނުކުރެވުނެއް ނޫން. ބުނާގޮތަށް ފިޒްކަލް ސްޓްރެޓެޖީ ރާވާލީމާ ނިމުނީނުން. އެއިރެއްގާ ރައްޔިތުން ތިބިގޮތަކަށް ޒަޔާން އަށް މަސައްކަތެއް ނުކުރެވުނެއްނޫން.
އަލްޖިބްރރާ
10 March 2025
ތީ އޮޅުމެއް. މިސަރުކާރަކުން ފައިސާ ޗާޕެއް ނުކުރާނެ. ފައިސާ ޗާޕްކުރާނީ އެކަމަށް ހާއްސަ ކުންފުނިތަކުން. ވެރިމީހާ ބުނީ ސަރުކާރުން ފައިސާ ޗާޕް ނުކުރާނެޔޭ. މިހާރު ގެޓްވެއްޖެ ދޯ.
އެމްއެމްއޭ
10 March 2025
އެމްއެމްއޭ އިން ހުޅުމާލެއިން ގަންނަނީ 10ހެކްޓަރުގެ ބޏް، އެއީ އަކަމީޓަރުން 100،000 އަކަމީޓަރު، އެއީ 1،076،000 އަކަފޫޓު. މިލިއަނަކަށްވުރެބޮޑުއަކަފޫޓުގެ ބިމެއް އެމްއެމްއޭ އަށް ބޭނުންވަނީ ކޮންކަމަކުތޯ. 14ބިލިއަންރުފިޔާ އަށް ބިންގަތުމޭ ކިއުމަށްވުރެ މިފައިސާ ޗާޕު ކުރަނިއްޔޭކިއްޔާ ރަގަޅުވާނެ. ޒަޔާންކަހަލަ މީހުނެއް މިކަހަލަ ގުނބޯ ކުޅޭކަށް ނުތިއްބަވާނެ. މިވަރުގެ ސަރުކާރެއް އަދި ނުފެނޭ.
ރަނގަޅުވާނެއޭ
10 March 2025
ހުޅުމާލޭން އެމްއެމްއޭ އަށް ބިން ކުޑަ އަގުގައި ގަނެގެން އެބިމަށް ވެލިއުއެޑް ކޮށް ބިން ވެސް ވިއްކޭނެ ނުވަތަ އެފަދަ ބިން ތަކުގައި އިންޑަސްޓްރިއަލް މަސައްކަތް ކުރުމަށް ޓަކައި އުސްކޮށް އިމާރާތް ތައް ހަދާ އެ އިމާރާތުގެ ހުރިހާ ފްލޯރސް ތަކުން ފްލޯރ ސްޕޭސް މަދުވެގެން 1 ހެކްޓަރުގެ ފުޓް ޕްރިންޓް ހިމެނޭ ފްލޯރ ސްޕޭސް ވިއްކާލެވޭނެއޭ ޔަގީނުން ވެސް މީ ވަރަށް ފައިދާކުރާނެ ވިޔާފާރިއެކޭ މާލެ ސަރަހައްދުގައި ބިމުގެ ވިޔާފާރި ރަނގަޅަށް ފެށިއްޖެނަމަ ޓޫރިޒަމަށް ވުރެން
ބިން
10 March 2025
އެމްއެމްއޭ އަކީ ވ މުހިއްމު މަސައްކަތް ތަކެއްގެ ޒިންމާ އަދާ ކުރަންޖެހޭ މިނިވަންކަމާއެކު މަސައްކަތް ކުރަންޖެހޭ މުއައްސަސާއެއް. އެއްވެސްހާލެއްގައި ރިއަލް އެސްޓޭޓް ވިޔަފާރި ކުރާ ކުންފުންޏެއްނޫން.
އިމާދު މަނިކު
10 March 2025
ތީދޮގެއް
ސަޅި ގައުމެއް
10 March 2025
ހިތްވަރު ގަދަ ނިއްމުމެއް..
މުދިންބެ ކުޑޭ
10 March 2025
ހީރޯއެއް. ނުފޫޒު ނުފޯރުވެވޭ މިފަދަ ޒިވާނުން ފެނުމަކީ އުންމީދެއް
އަފްރާސިޔާބު
10 March 2025
އެއީކީ ހިތްވަރުގަދަ ވުމެއްނޫން. ރައްޔިތުންނާ އެއްކޮޅަށް އަރައިގެން ފިޒްކަލް ޕޮލިސީ ސަރުކާރާ އެއްކޮޅަށް ހިސާބުތައް އަތުރާލަންވީ. ހިސާބަކީ އެއްކޮޅަށްވެސް އަދި ދެކޮޅަށްވެސް ހެދިދާނެ އެއްޗެއް.
އަފްރާސިޔާބަށް
10 March 2025
އަފްރާސިޔާބަށް ފިސްކަލް ޕޮލިސީ އަކީ ކޮން އެއްޗެއްކަން ނޭނގޭކަން ވަރަށް ސާފު. ފިސްކަލް ޕޮލިސީ އަދި މޮނެޓަރި ޕޮލިސީ ގެ ތަފާތުވެސް ނޭނގޭ ދޯ؟ އަދު ހިސާބާ ކިތާބާ ބަލަން ނޭނގުމުން، މިދެގޮތުން ގެއްލިދާ ތަކެތި އެނގުމެއް ނެތޭ.
ހަމްދާ
10 March 2025
މިކަން ނިމޭގެން ހީވަނީ