ފުލުހުންގެ ހާއްސަ ޓީމެއް އޮޕަރޭޝަނެއްގައި: މިރޭ މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފައި. -- ފޮޓޯ: މިހާރު
10 މާޗް 2025 - 22:49
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލެ ސަރަހައްދުގައި މިރޭ ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަނެއް ކުރިއަށްދާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުުލުުހުން ބުނީ މިއީ ސިފައިންނާ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ.
"ދިވެހި ފުލުހުންގެ ހިދުމަތާއި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު ގުޅިގެން ގައުމީ ސަލާމަތާ ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ވާހަކަ ދަންނަވަމެވެ." ފުލުހުން ނެރުނު ބަޔާނުގައިވެ އެވެ.
މި އޮޕަރޭޝަނާ ބެހޭ އެއްވެސް ތަފްސީލެއް ނެތެވެ. ބުނެފައިވަނީ "މި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ލިބުނު ވަރަކުން ހާމަކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެތިއަރާ
11 March 2025
"މި އޮޕަރޭޝަނާ ބެހޭ އެއްވެސް ތަފްސީލެއް ނެތެވެ. ބުނެފައިވަނީ "މި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ލިބުނު ވަރަކުން ހާމަކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ." (މީ އަދި މައުލޫމާތު ނުލިބި ކުރިއައް ދާ އޮޕަރޭޝަނެއްތަ...؟ ބޮއެ ހަލާކުވާނެ
ޒީނާތް އައްބާސް
11 March 2025
މިކަން ކޮންމެ ޕާޓީއެއް ކަމަށް ވިޔަސް ސީރިޔަސްކޮށް ބަލަން ޖެހޭނެ. ދޫކޮށްގެން ނުވާނެ. ހުއްޓުވަން ޖެހޭނެ
ރޫނާ މުހައްމަދު
11 March 2025
މީ ސިޔާސީ ކަމެއް ނޫން. މުހިއްމު ކަމެއް ގައުމުގެ ހައްގުގައި.
ގެދާނޯމޮސް
11 March 2025
ޤައުމީ ސަލާމަތުގެ އަހްވާނުން ދީލަތި އޯގާތެރި ރައީސުލް ޖުމުހޫރިއްޔާ ގެ ފަރާތްޕުޅުން ދެއްވާ މާފުން މިނިވަން ވާލެއް އަވަސް ވާނެކަން އެބަޔަކަށް ނުހަނު ސާފުވާނެތީވެ އަތްދީގެން ހެވިފަ ދާނެއެވެ. ސިޓީއަކުން ހަމަ ދެއްނެވީ ކުޑަލުއިއެއް ދެވަނަ ސިޓީއިން އަނެއްކާ ލުއިޔެކާއި އެކު ގެޔަށް ތޯއްޗެކެވެ.
ކަނަމަނަ
10 March 2025
ތިޔަށް ކިޔަނީ ދެބޯގެރި ދުއްވުން.
ސަސި
10 March 2025
މިހާރު ތިޔަ ކުޅޭ ޑުރާމާއަކީ މިވަގުތު ތިޔަ ހާވާ ހަޑި ފޮރުވަން ކުޜާހާ ކަންކަން. ސްޕްރީމް ކޯޓް، އެމްއެމްއޭ، ފުލެޓް ލިސްޓް ވާހަކަ ރައްޔިތުން ދައްކާނެ
އުދުހޭ
10 March 2025
ތިޔަ ގުޅިފައިންނާނީ ސުޕްރީމްކޯޓު ހުއްޓުވާފަ ބޭއްވުމާހެން ހާދަހީވެއޭ
ފާނު
10 March 2025
ދެބޯގެރި ދުއްވުމެއްތަ...