ލަވަކިޔުންތެރިޔާ ވީސަން.
11 މާޗް 2025 - 11:01
ސައުތު ކޮރެއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ޗޭ ވީސަން، އޭނާ ދިރިއުޅޭ ގޭގެ ތެރޭގައި މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
އުމުރުން 43 އަހަރުގެ ވީސަން މަރުވެފައި އޮއްވައި ފެނުނީ ސޯލްގައި ހުންނަ އޭނާގެ ގޭތެރޭގައި، މަރުވިތާ ގިނަ އިރުތަކެއް ފަހުން ކަމަށް މީޑިއާޑައި ބުނެފައިވެ އެވެ. އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ބެލެވޭއިރު ފުލުހުން ވަނީ އޮޓޮޕްސީ ހަދަން ނިންމައިފަ އެވެ.
ވީސަންއަކީ 2002 ވަނަ އަހަރު މިއުޒިކީ ދާއިރާއަށް ނިކުތް ތަރިއެކެވެ. ދެހާހުގެ ތެރޭގައި ބޮޑު މަގްބޫލުކަމެއް ވެސް ހޯދި މި ފަންނާނު މި ފަހުން ފެނިގެންދިޔައީ ކޭޕޮޕް ތަރިންގެ ވޯކަލް ކޯޗެއްގެ ގޮތުގަ އެވެ. އަދި އެމީހުންނަށް ބައެއް ލަވަތައް ވެސް އޭނާ ލިޔެދީފައިވެ އެވެ.
އޭނާއަކީ ކޭޕޮޕް ޝޯތަކާއި ހޮލީވުޑުގައި ވެސް ޕާފޯމްކޮށް، ގިނަ ބައެއްގެ ލޯބި ހޯދި ފަންނާނެކެވެ.
އޭނާ މަރުވިއިރު މި ހަފްތާ ބަންދުގައި ވެސް ކޮރެއާގެ ސިޓީއެއްގައި އޭނާގެ ޝޯއެއް އޮންނާނެކަން އޮތީ އިއުލާނުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy