އިސްލާމީ މިނިސްޓްރީގެ ދަށުން 14 މަޝްރޫއެއް ހިންގުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައި -- ފޮޓޯ: މިނިސްޓްރީ
15 މާޗް 2025 - 15:14
ރާއްޖޭގެ 11 ރަށެއްގައި އަޅާ މިސްކިތްތަކާއި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތަކެއް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އިސްލާމީ ދާއިރާގެ 14 އިމާރާތެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 11 މިސްކިތަކާއި ގުރުއާނާ ބެހޭ މަރުކަޒުގެ ދެ ގޮތްޕަކާއި އިސްލާމީ މަރުކަޒެކެވެ.
މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ދަށުން 500 މީހުންގެ ޖާގައިގެ މިސްކިތް އަޅަން ހަމަޖެހިފައިވަނީ ހއ. ބާރަށް، ހދ. ނެއްލައިދޫ، ށ. ނޫމަރާ، ނ. ހެނބަދޫ، ރ. އިނގުރައިދޫ، ބ. މާޅޮސް، އެ އަތޮޅު ކުޑަރިކިލު، އއ. ފެރިދޫ، ތ. ވޭމަންޑޫއާއި ހިރިލަންދޫ އަދި ސ. ފޭދޫ ގަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ސަރުކާރުގެ ހަރަދުގައި އަޅާ މި މިސްކިތްތައް ހަދަނީ ގުރުއާން ކިޔަވައިދޭ ކްލާހެއް ހިމަނައިގެން ކަމަށާއި މިސްކިތްތަކުގައި ސޯލާ އާއި އޭސީ ހަރުކޮށް، ވިނައިލް ފްލޯރިން އަޅާނެ ކަމަށެވެ.
ލ. މާބައިދޫ އާއި ޅ. އޮޅުވެލިފުށީގައި ގުރުއާނާ ބެހޭ މަރުކަޒު އަޅަން ހަވާލުކުރިއިރު، އިސްލާމީ މަރުކަޒު އެޅުމަށް ނިންމާފައިވަނީ ށ. ފޯކައިދޫގަ އެވެ.
އެއްބަސްވުންތަކުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވާހަކަދައްކަވަނީ -- ފޮޓޯ: މިނިސްޓްރީ
ދެ ރަށުގައި އަޅާ ގުރުއާނާ ބެހޭ މަރުކަޒުތަކުގައި ތިން ކްލާސްރޫމާއި ލައިބްރަރީއެއްގެ އިތުރުން ހޯލެއް ހިމެނޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ ތެރެއިން 11 މަޝްރޫއެއް ހަވާލުކޮށްފައިވަނީ ފެނަކަ އާ އެވެ. ފެނަކައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ މުހައްމަދު ނަޖާހު އެވެ.
ބާކީ ތިން މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެމްޓީސީސީން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އަހުމަދު ސައުދީ އެވެ.
އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ފަހު މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިހާރު ހަވާލުކޮށްފައި ހުރި ބައެއް މަޝްރޫއުތައް ހުއްޓިފައިވާ ކަމަށާއި އަމާޒަކީ ހުއްޓިފައި ހުރި މަޝްރޫއުތަކާ އެކު އަލަށް ފެށި މަޝްރޫއުތައް ވެސް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިމިގެން ދިއުން ކަމަށެވެ.
އުތީމުގައި ހިންގާ މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކުރަން މިއަދު އޮތް ނަމަވެސް، އެ ކަމުގައި އިދާރީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ހުރުމުން އެ ކަން ލަސްކޮށްލާފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
16 March 2025
އޭ އޮޝްޓޭލިޔާގަ ކަލޭމެން ޗަންދާ ނަގައިގެން އަޅާ، ދިވެހީންގެ މިސްކިތުގެ مشقة މިހާރު އޮތީ ކިހާ ހިސާބެއްގަތަ؟
ދޫލަ
16 March 2025
ދީނީ ބިނާއެއް މީގެކުރިން އެއްވެސް ރަށެއްގައި އެޅި ވާހަކައެއް ނާހަން، އެކަމަކު ކިޔާލިއިރު، އެއީ މިސްކިތް އަޅާވާހަކަ، ދެން ހީވަނީ މިސަރުކާރުން ނޫނީ މިސްކިތެއް ނާޅާހެން، ކޮންމެ ކަމެއްވެސް ސައިޒަށްވުރެ ބޮޑުކޮށްލައި އާކަމެއް ކުރާކަމަށް ދައްކަނީ ވިއްޔާ!
ގޮއްޔެ
16 March 2025
ފެނަކަ މިހާރު ކޮންސްޓްރަކްޝަން ކުންފުންޏަކަށް ބަދަލުވީތޯ؟ މިފަދަ ބޮޑެތި ޖަރީމާތައްހިންގާ ޤައުމުގައި ކޮރަޕްޝަނާއި ފަސާދައިގެ ފަނި ނުވަންނަ އެއްވެސް ވުޒާރާއެއް ނެތް. ފެނަކައަށް ތިހުރިހާ ޕްރޮޖެކްޓައްދިނުމުން އެތަނުގެ ''ބާރުގަދަ ދެތިންމީހުން'' ވެގެން ސަބްކޮށް ތިޔަ މަސައްކަތްތައް ކުރުވަން ޙަވާލުކުރާނީ ގުޅުންއޮންނަ ކޮންމެވެސް އެހެން ބަޔަކާ. ފަހުވަގުތު ޕޭމަންޓްތައް އަތުލުމަށްފަހު މަސައްކަތްތައް ދޫކޮށްލާނެ. ހުރިހާ ގެއްލުމެއް ރައްޔިތުންނަށް.
ފުންމިން
16 March 2025
ބޭންކުގަ ފައިސާ ހުންނާނެ. ހުރިހާ ޕްރޮޖެކްޓެއް ބޭންކާ ހަވާލުކުރޭ. ދެން ސަރުކާރުން ފަހުން ބޭންކަށް ފައިސާ ދައްކާގޮތަށް ތިކަން ކުރާނީ. ދައުލަތެއް ބަނގުރޫޓުވީމަ ދެން ފެންނާނީ މިގޮތަށް ހުރިހާ ކުންފުނިތަކާ ކަންކަން ހަވާލުކުރާ މަންޒަރުތައް.
ހަސަނަނާ
16 March 2025
މިސަރުކާރުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވާނެ! ހުރިހާ ޕްރޮޖެކްޓްއެއް ދެނީ ބޮޑެތި ކުންފުނިތަކަށް އެއްކޮއްލާފާ!
މާކަނާ
16 March 2025
އެއީ ވަކި މަޤްޞަދެއް ޙާޞިލުކުރަން ކުރާ ކަމެއް. މިހާރުވެސް އެތައްމިލިޔަނުން ފައިސާ ދޭންވެފައި އެބަހުރި އަމިއްލަ ކުންފުނިތަކަށް. އެތައްދުވަހެއް ވެގެންދާއިރުވެސް ޕޭމަންޓެއްނުދޭ. ރޮއިއާދޭސްކޮށް ''އެތިކޮޅެއް'' ދީގެން ނޫން ގޮތަކަށް ޕޭމަންޓެއްވެސް ދެނީކީއެއްނޫން. މިފަދަ ސަރުކާރެއް ދުވަހަކުވެސް ނުލިބުމަށް އެދި ދުޢާކުރަން.
ނަފާ
16 March 2025
އިންޖީނުގެ އަޅަން ހައްޖު ކޯޕަރޭޝަނަށްމިސްކިތް އަޅަން ފެނަކަޔަށް ސްކޫލް އަޅަން ސްޓެލްކޯއަށް ހޮސްޕިޓާ އަޅަން އެމްއެމްއޭއަށްއޭއައި ބޭނުންކޮށްގެން މުޅިން އަލަށް މަޝްރޫޢުތަށް އަވަސްކުރަން އާގޮތްތަކެއް. .ސަޅި ދީ؟
ހަސަނު
15 March 2025
ލާރި ގިނަވެގެން ދޯ މިއުޅެނީ....
ނޭނގޭމީހާ
15 March 2025
ފެނަކައިން ކޮންއިރަކު ކޮންސްޓްރަކްސަން މަސައްކަތުތެރެއަށްވަނީ
ބޭކާރު 5 އަހަރު
15 March 2025
ރަށުގެ އާބާދީ އަށް ލިބޭ އާމްދަނީއިން ދެކޮޅުނުޖެހޭ ތަކެތީގެ އަގު ދަނީ ރޮކެޓް ސްޕީޑުގައި މައްޗަށް ޑޮލަރެއްގެ އަގު ކޮވިޑްގެ އެންމެ ޕީކްގަ ހުރިވަރުގަ އަސާސީ ހިިުމަތްތަށް އެހާ ހާލުގަ ސްކޫލްތަކުގަ ޖާގައިގެ ދަތިކަންއިންތިހާއަށް ކްލާސްތަށް ހޫނުކަމުން ކިޔަވާކުދިން މެންދުރު ގަޑީގަ ބޮލަށް އެނބުރުންއަރާފަ ތިތިބީ ގައުމެން ހިންގަން އެނގިފަ
ޑާޓުކް ޚައިރުލްއިސްލާމް
15 March 2025
ކޮމިއުނިސްޓް ގައުމަކަށް މިރާއްޖެ ބަދަލުވަނީ ދެން ހުރިހާކަމެއްވެސް ކޮށްދޭނީ ރޫލިންޕާރޓީން ، ޕްރޮޖެކްޓްތައް ހިންގާނީވެސް ސަރުކާރުން ،، ދެން މަހުއެއްޗެތިކޮޅު ކޮންމެގޭބިސީއަކަށް ރޫލިންޕާޓީން ދިނީމަ ދެން އެއޮތި ހަތަރެސްކަން ހަމަވެފަ، ކޮއިފުޅުމެނަށް އެއްޗެއްވިސްނޭނީ މިހާރުތިލާ ވޯޓްގަނޑުވެސް ލާން ނުޖެހޭހިސާބަށްދިަޔއީމަ