މާލޭގެ ޑެޕިއުޓީ މޭޔަރަކަށް އިބްތިހާބުކުރި އަރީޝް.
16 މާޗް 2025 - 12:10
މާލޭގެ ޑެޕިއުޓީ މޭޔަރަކަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު އަރީޝް މިއަދު އިންތިހާބުކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 188 ވަނަ ރަސްމީ އާންމު ޖަލްސާގައި އަރީޝް އެ މަގާމަށް އިންތިހާބުކުރިއިރު، ޑެޕިއުޓީ މޭޔަރުގެ މަގާމަށް ކުރިމަތިލެއްވީ ވެސް އޭނާ އެކަންޏެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރަކަށް އަރީޝް އިންތިހާބު ކުރުމަށް ފެންނަ ކަމަށް 16 މެމްބަރުން ވޯޓު ދެއްވި އެވެ.
އަރީޝްއަކީ އެމްޑީޕީގެ ޓިކެޓުގައި ކައުންސިލުގެ ގޮނޑި ކާމިޔާބު ކުރެއްވި މެމްބަރަކަށް ވިޔަސް އިންތިހާބުވުމާ އެކު އޭނާ ވަނީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ.
މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވީ މިދިޔަ ބުދަ ދުވަހު އަހުމަދު ނަރީޝް އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްޖަ.
16 March 2025
ޕާރޓި ސިސްޓަމް ރާއްޖެ އަށް ރަގަޅެއް ނޫން.ނުކިޔެވިޔސް ފާރޓީ މީހަކައް ނޫނީ ވަޒިފާ ނުލިބޭ .މިސިސްޓަމް އުވާލާފަ ރަސްކަން ގެންނަން ވި.ހަމަ އެއްތަނެއްގަ ޖެހޭނީ.
ބޮޑުބެގެ ބެއްޔާ
16 March 2025
އެއްލައްކަ މީހުންގެ އާބާދީގެ ކަންކަން ބެލެހެއްޓޭނެ ޢިލްމީ ފެންވަރު މީނަގެ ކިބައިގަ ނުހުންނާނެ. އެހެންނެއްނޫން، މުއިއްޒ ވިދާޅުވާހާ އެއްޗަކަށް އާނ ހޫނ ކިޔަން ރަނގަޅުވާނެ. ޔާ ﷲ. އަޅަމެންގެ މައްޗަށް ޢިލްމީ ޢަދުލުވެރި ވެރިންތަކެއް ދެއްވަވާފާނދޭވެ.
ކަނބިލި
16 March 2025
ގާބިލު ވުމެއް ނޫން މުހިންމީ މި ނިޒާމުގައި. މުހިންމީ ވެރިޔާއަށް އޮންނަ ލޯޔަލިޓީ
ހޯރަބެ
16 March 2025
އަކުރެއް ލިޔަން ނޭގޭ މީހަކު ވެސް އޯކޭ ޒަމާން! މުއިއްޒުގެ ޗޮއިސް ކަމަށް ވަނީ.
ކަތްދައްތަ
16 March 2025
ބަލާބެލުމަށް ތަފާތަސް ނަމުން ދެބެންނާ ވައްތަރީ. ވެދާނެ އިހުސާސް ކުރެވޭ ގޮތްކަމަށްވެސް. އިހުސާސް ކުރެވޭ ހޫނުމިން ތަންކޮޅެއް މަތިދުވަސްކޮށްވީމަ.
އަފްރާސިޔާބު
16 March 2025
މިފަހަރުގެ ކަރަންޓް ބިލު ރޮކެޓް ސްޕީޑްގައި މައްޗަށް އަރާނެ ކަމުގެ އިޝާރާތެއް.
ލަލީމާ
16 March 2025
ކިޔަވަނީ ގުލާނު ކުރަން ކަމަށް ދަސްކޮށްދެނީ މުދައްރިސާއި މައިންބަފައިން - ދުވަހަކުވެސް މައިންބަފައިން ނުވަތަ މުދައްރިސް ނުބުނާނެ ، ރަނގަޅު ނަތީޖާ ހޯދީމާ އަމިއްލަ ވިޔާފާރިއެއް ފެށިދާނެއެކޭ - ބުނެދޭނީ ރަނގަޅު ވަޒީފާއެއް ލިބޭނޭ .. އެހެން އެވަނީ މުދައްރިސަކީ ވަޒީފާގައި އުޅޭމީހަކަށްވެފައި މައިންބަފައިން ގިނަފަހަރަށް އުޅޭނީ ވަޒީފާއެއްގައި ވީމާ
ހައްޕު
16 March 2025
މިހުންނަނީ މިމީހުން މަގާމުތަކަށް ހަމަޖައްސާ ގޮތް. ތާސްބައެއްގައި ގުލާމާއި ބިބީއާއި ޖެހިގެން ބައިސާ އޮންނަ ގޮތަށް މިކަން ކުރަނީ. އެހެންވީ ބުޅާ ހަތްހާއްޔަށް ލާހެން މިކަން ކުރަންޖެހޭނެތާ! ގެއްލުން ރައްޔިތުންނަށް..
ވޯލް
16 March 2025
ނަރީޝް ދިޔައީމަ އަރީޝް ، މިއީވެސް މަޖހާ ކަމެއް.
ޖުހާޖީ
16 March 2025
ކިޔަވާނެކަމެއްނެތް. މީނައާއި އައިމަންމެންގެ އުފަންދުވަހުގެ ސެޓްފިކެޓްވެސްނެތް. ޑެޕިއުޓީއޯ.
ވަހިދޔގެ
16 March 2025
ބައެއް މީހުންނަށް ހީވަނީ ކިޔަވަނީ މީހެއްހެ ގާތުން ވަޒީފާއެއް ހޯދަން ކަމަށް. ކިޔަވައިގެން އަމިއްލައަށް ވަޒީފާއެއް އުފެއްދިދާނެ ކަމަށް ޤަބޫލު ނުކުރެވެނީ ކީއްވެބާ؟
އަލީމްބެގެ ކޮއްކޮ
16 March 2025
ކާކު ބުނެގެންތަ ތި ކިޔަވަނީ
ހަމަދޯ
16 March 2025
މިރޯދަމަހުވެސް ދޮގު ހެދޭތޯ ބަލާތި. ފިކުރު ދިމާނުވީމަ
ކެތްތެރި މޫސާ
16 March 2025
ޢަސްލުވެސް. ޔޫތު މިނިސްޓްރީގައިވެސް އުޅޭ ހަަމަ ތައުލީމާއި އަދި އެއްވެސް ތަޖުރިބާއެއްވެސް ނެތް ޑެޕިއުޓީން. ޙަސްބަންޑް އެންޑް އަ ވައިފް ވެސް އުޅެއޭ ކިޔާ ހަމަ ޑެޕއުޓީ މަގާމުގަ އެތަނުގަ.. ވަރަށް ހިތާމަވެރި ކަންކަން މީ. ގައުމެއްގެ ޕޮލިސީ ލެވަލްގަ ތިބެންވާނީ ކިޔަވައިގެންތިބި ތަޖުރިބާހުރި މީހުން.