12 މާޗް 2025 - 13:50
މާލޭގެ ޑެޕިއުޓީ މޭޔަރު ކަމުންނާއި ކައުންސިލް މެމްބަރުކަމުން އަހުމަދު ނަރީޝް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ނަރީޝް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ވިދާޅުވީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތްކުރަން ފުރުސަތު ލިބުމުން ކަމަށެވެ.
އެއީ ކޮން ކަމެއްކަން ބަޔާން ކުރެއްވުމެއް ނެތި ނަރީޝް ހުށަހެޅުއްވި އިސްތިއުފާގެ ސިޓީގައި ވަނީ އޭނާ އަށް ވޯޓު ދެއްވި ރައްޔިތުންނަށާއި އެ މަގާމަށް އޭނާ ހޮވައިދިނުމަށް މަސައްކަތް ކުރި ޕީޕީއެމާއި ޕީއެންސީގެ ލީޑަޝިޕަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހޭދަ ކުރެއްވި ދުވަސްތަކުގައި މޭޔަރު އާދަމް އާޒިމްގެ ފަރާތުން ލިބިވަޑައިގެންނެވި އެހީތެރިކަމަށާއި ކައުންސިލްގެ އެހެން މެމްބަރުންގެ ފަރާތުން ލިބުނު އެހީތެރި ކަމަށް ވެސް ނަރީޝް ޝުކުރު އަދާކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތްދައްތަ
13 March 2025
ނަރީސް ބެގް ބަރޯ ސްޓީލަށް ނުވާނެ ކަމަށް ހީކުރަން. އިންތިހާބު ކޮށް ބައިންދާފަ އިން ގަލުން އުދުއްސައި ތިޔަގަތީ ތިލަވާނެ ކަމަށް އުއްމީދުކުރާ ގަލަކާ ދިމާލަށް. ޙިކޭނެ އިރެއް ނޭގެ. ވަށައިގެން އޮތީ މާސިންގާ ކަނޑު.
އަފްރާހް އަނީސް
13 March 2025
ނަރީޝް އަށް ކާމިޔާބީއަށް އެދެން މުސްތަގްބަލުގަ
ދޯދި
13 March 2025
ފައިސާ ގުނަން ވަރަށް ފަރިތަވާނެ އެހެންވީމާ ޑެޕިއުޓީ ގަވަރނަރ ވަކިކުރަން އެއުޅެނީ މީނާ އެތަނަށް ލާންކަމަށް ބެލެވެއެވެ. އެއީ 14 ބިލިޔަން ރުފިޔާ އަވަސްގޮތެއްގައި ގުނާލުމުގެ ކުޅަދާނަކަން ހުރި މީހަކު މިވަތު އެމްއެމްއޭއަށް ބޭނުންވާނެއެވެ.
އާސިމް ރިޒާ
13 March 2025
ޑެޕިއުޓީއެއްގެ ގޮތުގައި އެއްމެ ރަނގަޅު ނަތީޖާ ނެރުނު ޑެޕިއުޓީ މިއީ. މާނައަކީ ދެން ހަވާލުވާތަންވެސް ރަނގަޅަށް އިހްލާސްތެރިކަމާއެކު ހިންގާނެޔޭ.
އިސަމް މުހައްމަދު
13 March 2025
ނަރިޝް އަށް މަރުހަބާ. ހަމަ ޔަގީނުންވެސް ހަވާލުވާ ތަނެއް ހިންގުމުގެ ފުރިހަމަ ގާބިލްކަން ހުންނާނެ މަނިކުފާނުގެ
ލާރި ގުނާ މެށިން
13 March 2025
ޗާޕްކުރަން އުޅޭ 14 ބިލިއަން ގުނަން މ.މ.އޭ ޑެޕިއުޓީ ޖެނެރަލަކަށް މެޝިނެއް ލިބުނީއެއްނުން ތި
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
13 March 2025
މިހާރު މި އިވެނީ ނުވަތަ ފެންނަނީ ގިނަ ބަޔަކު މި ސަރުކާރާ ފެއަށް ޖެހޭތަން. ހަމަ ހަޤީޤަތުގައިވެސް މި ސަރުކާރަށް މިހާރު ރައްޔިތުންގެ އިތުބާރު ނެތް ކަން މިކަމުން ދައްކައިދޭ. ސަރުކާރު ހިންގާ ޕާޓީގެ ބައެއް މީހުންވެސް މިހާރު މުޅިން މާޔޫސްވެއްޖެ
ގަބޭ
12 March 2025
ރައީސް ހެޔޮ ނުވާނެ މި ކައިރި ނުކުރޭ. ވާނުވާ ގ މީ
ހަސަންބެ
12 March 2025
މީނަ ލާންވީ އެމް އެމް އޭ އަށް, ފައިސާގުނަން ނުޖެހޭނެ މެޝިން ބަހައްޓާކަށް, ޔާމިންގެ 15 މިލިޔަން 5 މިނެޓުން ގުނާލި މީހާމީ. ނޫނީ ސްޕްރީންކޯޓް ގެ ރުފިޔާގުނާ ފަނޑިޔާރަކަށްވެސް އޯކޭ.
ޕިސް
13 March 2025
ކޮން ސްޕްރީންކޯޓެއްތަ؟؟؟ ސުޕްރީމް ކޯޓް ލިޔަން ދަސްކޮއްލަމާތޯ؟؟؟!!
ޟމމމމ
12 March 2025
ފައިސާ ގުނަން ވަރަށް މޮޅުވާނެ!