ޖާހުގެ ފްލެޓްތައް: މި ތަން ނުނިމިގެން އެތައް ބަޔަކަށް ވަނީ ލަނޑު ލިބިފައި.
16 މާޗް 2025 - 18:51
ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓުތައް 45 ދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުންޏަށް އެންމެ ފަހުގެ މުއްދަތު ހަަމަވިއިރު ވެސް މަސައްކަތް ނުނިންމާތީ، އެ ކުންފުންޏާއި އެޗްޑީސީއާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށް ތަން ހަވާލުކުރަން އެޗްޑީސީން މިއަދު އަންގައިފި އެވެ.
"ދަ ގާޑަން" ގެ ނަމުގައި 2017 ވަނަ އަހަރުން ފެށިގެން ހަދަމުން އަންނަ އެޕާޓްމަންޓުތައް ނިންމަން ޖާހު ކުންފުންޏަށް އެކި ފަހަރު މަތިން މުއްދަތު އިތުރުކޮށްދެމުން އައިސް އެންމެ ފަހުގެ ފުރުސަތު ދިނީ މި އަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހު އެވެ.
އެކަމަކު، އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނިން ޖާހު އަށް ދިން "ގާނޫނީ ނޯޓިސް" ގެ މުއްދަތު ނުވަތަ 45 ދުވަހުގެ ތެރޭގައި އެޕާޓުމަންޓުތައް ނިންމާފައި ނުވާ ކަމަށެވެ. އެހެންވެ، ތަން ހަވާލުކުރަން މިހާރު އަންގާފައިވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
"އަދި، އެއްބަސްވުން ބާތިލް ކުރުމަށް ފަހު، ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމުގެ ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު މި ޕްރޮޖެކްޓުން އެޕާޓްމަންޓް ބައްލަވައިގަނެފައިވާ ފަރާތްތަކާއި މިކޯޕަރޭޝަނުން ހިއްސާކުރާނެ ވާހަކަ ދެންނެވީމެވެ،" އެޗްޑީސީގެ ބަޔާނުގައި ވެ އެވެ.
އެޗްޑީސީން ބުނިގޮތުގައި، ޖާހު ކުންފުންޏަށް ފިޔަވަޅު އެޅީ އެ ތަނުން އެޕާޓްމަންޓު ގަންނަން ފައިސާ ދައްކާފައިވާ މީހުންނަށް ވީ އެންމެ އަވަސް މުއްދަތެއްގައި އެޕާޓްމަންޓުތައް ހަވާލުކުރުމުގެ މަގުފަހި ކުރުމަށެވެ.
ޖާހުގެ ފްލެޓުތައް ނުނިމި ލަސްވާ މައްސަލަ ހައްލުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިދިޔަ ޖެނުއަރީ މަހު ވަނީ "ބޮޑު" ސިޓީއެއް ވެސް ފޮނުވައިފަ އެވެ.
އެ މައްސަލައިގައި ހިމެނޭ މީހުން ތަމްސީލުކުރާ ލޯ ފާމް، ޝުނާނާ އެންޑް ކޯ އިން ރައީސް މުއިއްޒަށް ފޮނުވި ސިޓީގައި ވަނީ އެޗްޑީސީން ރިއަލް އެސްޓޭޓް ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އިހުމާލުތަކުގެ ސަބަބުން އެތައް ބަޔަކަށް ގެއްލުންތައް ލިބެމުންދާ ކަމަށެވެ.
އެޗްޑީސީން އޮކްޓޯބަރު 2023 ގައި ބުނެފައިވަނީ ޖާހު ކުންފުނީގެ ފްލެޓްތަކުގެ 10 ވަނަ ފްލޯއިން ތިރީގެ ހުރިހާ ފްލޯތަކުގެ ފިނިޝިން މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޕްލާސްޓަރިން އާއި ޕުޓީގެ މަސައްކަތާއި މުށި އަދި ސީލިންގުގެ މަސައްކަތްތަކެވެ. އަދި އެ އިމާރާތުގައި ނުނިމި ހުރިހާ މަސައްކަތްތަކެއް ވެސް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީން އޭރު ބުނެފައިވެ އެވެ.
އޭރު ހަދަމުންދިޔަ 83 އެޕާޓްމަންޓްގެ ފެލްޓްތައް 30 ދުވަހުގެ ތެރޭގައި ނިންމައި، އެޗްޑީސީ އަށް ބިމުގެ އަގު ދައްކަން 30 ދުވަހުގެ ނޯޓިސް ވެސް އޭރު ދިނެވެ. އެކަމަކު މުއްދަތު ހަމަވިއިރު ފައިސާ ދައްކާފައި ނުވާއިރު، މަސައްކަތް ވެސް ނުނިންމަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޅު3
17 March 2025
މިޒާތުގެ ކޮންމެ ބާިލު ކުރުމަކުން ދެފަރާތަށްވެސް ވާނީ މޮޅު. ޖާހު އަށްވެސް މޮޅު. އެޗްޑީސީ ގެ ވެރިންނަށް ވެސް މޮޅު. ދެމޮޅުވީމާ ދެރަ ލިބޭނީ ރައްޔިތުމީހާ އަށް - އެޕާޓްމެންޓު ގަންނަން ފައިސާ ދެއްކި ފަރާތްތަކަށް...
މުސަބް ހަސަން.
17 March 2025
ޖާހު ދެއްތޯ؟ ރޯދައިގެ ފަހު ދުވަސްކޮޅު ދެއްތޯ؟ މިކަމުގަ ދެރަ ލިބުނު ހުރިހާ ދިވެހިން ހިންދިރުވާލާފަ، ޖާހު އައް މާފް ކުރޭ! ދަތްބާރު ވީމަ ރޯދަކޮޅުވެސް ދާނީ ހުލިވެގެން! ދެކޮޅުން ގެއްލުން. އެހެން ނުހަދާ! މާފް. މާފް. މާފް.
އިހްސާސް
17 March 2025
މާދަމާ އެޗްޑީސީން ތިޔަތަން ނިންމާ މީހުންނަށް ތަންތަން ހަވާލުކޮށްފާނެ. ޢެކަމަކު ޖާހުއަކަށް ފިޔަވަޅެއް އަޅާނެއެކޭ ނުބުނާނަން.
ހަސަންރަހާ
17 March 2025
ރަނގަޅަށް ބަލާށެވެ. މިއީ ތިޔަ އެއްބަސްވުން ބާތިލު ކުރިކަމަށް އިއުލާނު ކުރި 2 ވަނަ ފަހަރެވެ. ކުރީ ފަހަރު ބާތިލް ކުރީ އާތިފް ގެ އެމްޑީ ކަމުގައެވެ. ބާތިލު ކޮށްފާ ހ.ޑ.ސ އިން އަނެއްކާވެސް މަސައްކަތް ހަވާލުކުރީ ހަމަ ޖާހު އަށް ނުވަތަ ޖާހު ވެރިންގެ މަސްލަހަތު އޮތް އެހެން ކުންފުންޏަކާ އެވެ. ހ.ޑ.ސ ވަރުގެ ބޮޑެތި ކުންފުނި ތަކުން ވެސް މިކަހަލަ ހެއްވާ ކަންކަން ކުރަނީއެވެ. ލަދު ގަންނަން މި ޖެހެނީ ރައްޔިތުމީހާ އެވެ.
ހަސަނު ގެ ލޯ ފާމް.
16 March 2025
ހަސަން ސައީދު ލޯ ފާމް މެދުވެރިވެގެން ޕްރިމިއަރ ޕްރޮޕާރޓީސް އިން އައިލެންޑް އެކްސްޕާރޓް އާއި ގުޅިގެން އައިލެންޑް ރެޒިޑެންސް އެޕާރްޓްމެންޓްސް ކިޔާ ތަނެއް ފޭސް 2 އިން ވެސް އޮޅުވާލައިގެން މީހުންނަށް ވިއްކާފައިވޭ. މި ވެރިންގެ ކަންތައްވެސް މި ނޫހުން ބަލާދީބަލަ. ޕްރިމިއަރ ޕްރޮޕާރޓީސް އަކީ ވެސް އިތުބާރު ގެއްލިފައިވާ ބައެއް.
ކޮރަޕްޝަ
16 March 2025
މި ފުރައުޑް އިންވެސްޓިގޭކޮށް ޖާހް އަށް ދައުވާކުރަން ސަރުކާރައްކެރޭނެބާ؟ ރައީސް ވިދާޅުވީ ކޮރަޕްޝަންއަށް ޒީރޯ ޓޮލަރެންސް އޭ. ޥީމާ އެކަން އަމަލުން ދައްކަވާ މި ޖާހްގެ ކޮތަޕްޝަން އެޗްޑީސީ ގެ ބަޔާގުޅިގެން މި ހިންގި ބޮޑު ހިޔާނާތް ބަލަންޖެހޭ. ސަރުކާރައްވެސް ގެއްލުން ޖާހްގެ ފަރާތުން. ބިމަށް ދައްކަންޖެހޭ އެއްވެސް ލާރިއެއް ޖާހްއިން އެޗްޑީސީ އަށް ނުދައްކާ އޮތީ. ސަރުކާރުގެ އިދާރާތައް ނިދާފަ ޖައުފަރު 7 އަހަރުވަންދެން އެތައް އާއިލާއެއްގެ ފައިސާތަކަށް ހިޔާނާތްވި
ބަބްސް
16 March 2025
އޯކޭ އެންނު ... ޖާހުން ވަނީ ހުރިހާ އެންމެންގެ އަތުން ފުލް އަގު ނަގާފަ. މިގައުމަކީ އިންސާފު ލިބޭ ގައުމެއް ނޫން. ކޯޓެއް ދިޔައަސް ވާނެކަމެއް ހަރާން.
ޕސްލާ
16 March 2025
އެބައިން މިސްކިތުގަ ހުދު ފޮތިކޮޅު. ހީވަނީ މަލާ އ
ބަދަލު
16 March 2025
ޖާހު ކުންފުނިން އެޕާޓްމަންޓްގަން ފަރާތްތަކަށް ގެއްލުމުގެ ބަދަލު ދޭންޖެހޭނެ. 2019 ގެ ޑިސެމްބަރުގައި ތަޅުފަނޑި ހަވާލުކުރާނެ ވާހަކަ ބުނީމަ ފައިސާ ދެއްކީ. ޢެގްރީމްނަޓްގައި އެއްބަސްވި ތާރީހަށް ނުނިންމާ މި ވޭތުވެދިޔަ 5 އަހަރު ދުވަހު ކަސްޓަމަރުންނަށް އެޕާޓްމަންޓް ނިލިބި ލިބުނު ގެއްލުން ވަރަށްބޮޑު. 30،000 ރފ ކުއްޔައް ދީގެބް ލިބޭނެ ކަމަށް ބަލާއިރު އެއީ 1.8 މިލިއަން ގެ ގެއްލުމެއް. ޢެޗްޑީސީވެސް ޒިންމާވާންޖެހޭ 5 އަހަރުވަންދެން ޖާހްއަށް ފިޔަވަޅެއް ނާޅާތިބީމާ
ސަސި
16 March 2025
ޖާހު އުޅޭނެ ހުދު ގަމީހާ ހުދު ފަޓުލޫނު ތުރުކުރައްވައިގެން.