އިސްލާމިކް ބޭންކް: ރޯދަ މަހުގެ ފަހުގެ 10 ގެ ތިން ދުވަހެއްގައި އެ ބޭންކް ހުޅުވާނެ --- ފޮޓޯ/މިހާރު
17 މާޗް 2025 - 14:34
ރޯދަ މަހުގެ ފަހު 10 ގެ ތިން ދުވަހަކު މޯލްޑިވްސް އިސްލާމިކް ބޭންކް ހުޅުވައިގެން ހިދުމަތް ދޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
އެމްއައިބީން ވަނީ ރޯދަަ މަހުގެ ފަހު 10 ގެ ދުވަސްތަކުގެ ތެރެއިން ރޯދަ މަހުގެ 20 ވަނަ ދުވަހާއި 27 ވަނަ ދުވަހު އަދި 29 ވަނަ ދުވަހު ބޭންކު ހުޅުވުމަށް ވަނީ ނިންމައިފަ އެވެ. އެ ތިން ދުވަހު އެ ބޭންކުގެ ހިދުމަތް ލިބޭނީ ހެނދުނު 9:30 އިން މެންދުރު 2 ޖަހަންދެނެވެ.
އެމްއައިބީގެ ބިޒްނަސް ބްރާންޗު (ހެޑް އޮފީހުގެ ގްރައުންޑް އަދި ފަސްޓު ފްލޯ) ހަފްތާ ބަންދު ފިޔަވައި ފަހު 10 ގެ ހުރިހާ ދުވަހެއްގައި ވެސް ހުޅުވާފައި ހުންނާނެ އެވެ.
އެމްއައިބީ އަކީ އެ ބޭންކުގެ ހުރިހާ ހިދުމަތެއްވެސް ބޭންކަށް ނުގޮސް ހޯދޭ ބޭންކެކެވެ. އެގޮތުން 2023 އިން ފެށިގެން ބޭންކަށް ނުގޮސް އެކައުންޓު ހުޅުވޭއިރު، އެ ބޭންކުގެ ފައިސާނެޓުން ވިޔަފާރިތަކަށް ބޭނުންވާ ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ލިބެ އެވެ.
އެމްއައިބީގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވިޔަފާރިތަކުން އަމިއްލައަށް ބަލްކް ޓްރާންސްފާ މެދުވެރިކޮށް މުސާރަ ޖަމާކުރެވޭނެ އެވެ. އަދި އިންޓަނެޓް ބޭންކިންއިން ފަސޭހަ ކަމާއިއެކު ޓީޓީ ކުރެވޭނެ އެވެ. އަދި ރައްކާތެރި ކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭއިރު އެ ތިން ދުވަހު ބޭންކަށް ގޮސްގެން ވެސް މި ހިދުމަތްތައް ހޯދޭނެ އެވެ.
ރާއްޖޭގައި އޮންލައިންކޮށް ބެންކިންގެ ހިދުމަތްތައް ފުރަތަމަ ދޭން ފެށީ އެމްއައިބީއިންނެވެ. ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލް ފްލެޖް އިސްލާމިކް ބޭންކަކީ އެ ބޭންކުގެ އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިންގެ ރައްކާތެރިކަމާމެދު ދިވެހިންގެ މެދުގައި އިތުބާރު ލިބިފައިވާ ބޭންކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލީމީހާ
18 March 2025
ހުރިހާ ބޭންކެއް ވެސް އެ ތިން ދުވަހު ހުޅުވާނެ...
ކޮންސްޓޭ
17 March 2025
ބޭންކަށް ނުގޮސް ހުރިހާ ޚިދުމަތެއް ލިބެންޏާ ކީއްކުރަން ހުޅުވަނީ؟ އެކުދިންނަށްވެސް ފަހު 10 އެންމެ ފުރިހަމަ ގޮތުގަ ބޭނުން ކޮށްލަން ފުރުސަތު ދިނުން ވަރަށް ރަނގަޅުވާނެ އިސްލާމިކް ބޭންކަކަށް ވެ ހުރެ. އެމްއެމްއޭ ގަވައިދުގަ އޮންނަ ވަރަށް ހުޅުވީމަ ނިމުނީ
މުޖުތަމައު
18 March 2025
މުޖުތަމައުގައި އުޅޭ އެންމެނަކީ އެހާ ޓެކު މީހުނެއް ނޫނޭ...މީ ހަމަ ބަރާބަރު ނިންމުމެއް