މީހަކު ދަނޑަށް ފެން ޖަހަނީ: ދަނޑުވެރިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނޭ.-- ފޮޓޯ: މިހާރު
18 މާޗް 2025 - 11:36
ރާއްޖޭގައި ވިޔަފާރި އުސޫލުން ދަނޑުވެރިކަމުގައި ހަރަކާތްތެރިވެ އުޅޭ މީހުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ފަށައިފި އެވެ.
އެ މިނިސްޓްރީން ބުނީ މިވަގުތު މައުލޫމާތު ނެގުމަށް ހަމަޖެހިފައި ވަނީ ވިޔަފާރީގެ އުސޫލުން ދަނޑުތައް ހައްދާ މީހުންނާއި ވިޔަފާރީގެ އުސޫލުން ކުދި ޖަނަވާރު އަދި ކުކުޅު ގެންގުޅޭ މީހުންނާއި ވިޔަފާރި އުސޫލުން ގަސް ހައްދާ މީހުންގެ ކަމަށެވެ.
މިނިސްޓްރީން ވަނީ ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އަދި އެކަމުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ މީހުން، އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން މެއިލް މެދުވެރިކޮށް އެންގުމަށް އެދިފަ އެވެ.
މިހާރު އެކުލަވާލުމަށް ތައްޔާރުވަމުންދާ ދަފްތަރުގައި މީހުން ދިރިއުޅޭ ރަށްތަކުގައި ދަނޑުވެރިކަން ކުރަމުން އަންނަ އަމިއްލަ ފަރުދުން ނުހިމެނޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
18 March 2025
ކޮބައި ބޭނުމަކީ ރާޖޭގަ ހައްދާ ތަރުކާރީ ހުންނަނީ ބޭނުން ކުރަން ނުވާވަރައް ކެމިކަލުން ޔަގައްޔަރުވެފަ