ސަރުކާރުން ހިންގުމަށް ރާވާފައިވާ މުހިއްމު 25 ޕްރޮޖެކްޓެއް ގަރާރުގައި ހިމަނާފައިވޭ.
އުތުރުތިލަފަޅު. އެ ސަރަހައްދުގައި ރިހެބިލިޓޭޝަން ސެންޓަރަކާއި ޖަލެއް ހަދަނީ -- ފޮޓޯ: މިހާރު
21 މާޗް 2025 - 19:28
އުތުރުތިލަފަޅުގެ 45 ހެކްޓަރުގެ ބިން ހިއްކައި ރީހެބިލިޓޭޝަނަށް ހާއްސަ ރަށަކާއި ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސްއެއް އަޅަން ސަރުކާރުން ނިންމައިފި އެވެ.
ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ އަދި އިޖްތިމާއީ ސިޔާސަތުގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ ޕްރޮޖެކްޓްތައް ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގެ ދަށުން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ. އޭގައި ވަނީ ސަރުކާރުން ހިންގުމަށް ރާވާފައިވާ މުހިއްމު 25 ޕްރޮޖެކްޓެއް ހިމަނައި، އެ ޕްރޮޖެކްޓްތަކަށް އެންމެ މަދުވެގެން ހަރަދު ކުރަން ޖެހޭ ވަރު އާންމުކޮށްފަ އެވެ.
އެ ލިޔުމުގައިވާ ގޮތުން އުތުރުތިލަފަޅުގައި ނުވަތަ ގިރާވަރު އުތުރު ފަޅުން މުހިއްމު ހަތަރު ޕްރޮޖެކްޓެއް ހިންގުމަށް އެންމެ މަދުވެގެން ހޭދަކުރަންޖެހޭ އަގުގެ ގޮތުގައި 55 މިލިއަން ޑޮލަރު (848 މިލއަން ރުފިޔާ) ހިމަނާފައިވެ އެވެ. އެ ޕްރޮޖެކްޓްތައް ހިންގަނީ ކްރޮސް ސަބްސިޑީ ޕްރޮޖެކްޓްތަކެއްގެ ގޮތުގަ އެވެ.
އެ ޕްރޮޖެކްޓްތަކުގެ ތަފްސީލު:
- ރީހެބިލިޓޭޝަން ޕްރޮގްރާމުގެ ދަށުން "ހޯޕް އައިލެންޑް" އަށް 15 ހެކްޓަރުގެ ބިން ހިއްކުމަށް: 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ)
- ހޯޕް އައިލެންޑް ތަރައްގީ ކުރުމަށް: 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ)
- ސެންޓްރަލް ޕްރިޒަމް ކޮމްޕްލެކްސް އަށް 30 ހެކްޓަރުގެ ބިން ހިއްކުމަށް : 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ)
- ސެންޓްރަލް ޕްރިޒަމް ކޮމްޕްލެކްސް ތަރައްގީ ކުރަން: 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ)
"ހޯޕް އައިލެންޑް" އަކީ ކުށަށް އަރައިގަތުނުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ދިނުމަށްޓަކައި އިސްލާހީ އަދި ރިހެބިލިޓޭޝަން ގާއިމް ކުރުމަށްޓަކައި ހިއްކާ ތަނެކެވެ.
މީގެ ކުރިން ސަރުކާރުން ވަނީ އުތުުރުތިލަފަޅުގައި ބިން ހިއްކައިގެން ދަނޑުވެރިކަމުގެ ބިޔަ ޕްރޮޖެކްޓެއް ފެށުމަށް ވެސް ނިންމައިފަ އެވެ. އެކަމަކު މިދިޔަ އަހަރުގެ ފަހުކޮޅު އެ ޕްރޮޖެކްޓް ރަސްމާލެ އަށް ބަދަލު ކުރުމަށް ނިންމި އެވެ.
އެ މަޝްރޫއުގެ އިތުރުން ރާއްޖޭގެ 13 ރަށެއްގައި އެއާޕޯޓު އެޅުމަށް ކަނޑައަޅާފައިވާއިރު، އެ މަޝްރޫއަށް އެންމެ މަދުވެގެން ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ހޭދަކުރަން ޖެހޭ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. ރަސްމާލެ ހިއްކުމާއި ގުޅިފަޅު ހިއްކުމާއި ސޯޝަލް ހައުސިން މަޝްރޫއު ހިންގުމަށް ވެސް އެންމެ ކުޑަ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އެވެ.
އޭގެ އިތުރުން ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލު ހިމާޔަތް ކުރުމަށް ހިންގާ ޕްރޮޖެކްޓަކަށް 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ) އެންމެ ކުޑަ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ. އެ ޕްރޮޖެކްޓުގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
ވަކިވަކި ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ ބޮޑު އަގެއް ހުށަހަޅާފައިވަނީ ހައިޕަފޯމަންސް ސެންޓަރެއް ހެދުމަށެވެ. އެ ޕްރޮޖެކްޓުގެ އަގަކީ 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ) އެވެ. އެކަމަކު،
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުއިޗު
23 March 2025
ކާކު ލާންބާ؟ ކުއްލިޔަކަށް ޖަލު ކުޑަވީ
އިސްމާލު2.0
23 March 2025
ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލު ހިމާޔަތް ކުރުމަށް ހިންގާ ޕްރޮޖެކްޓަކަށް 15 މިލިއަން ޑޮލަރު؟ ތިޔަ ބޭފުޅުން ހައިރާނެއް ނުވޭތޯ؟ މިކަމުން ރައްޔިތަކަށް ވާނީ ކޮން ފައިދާއެއް؟ އާންމުކޮށް ޕްރައިވެޓް ސެކްޓަރ އިންވެސްޓަރުން ގެ އިންވެސްޓްމަންޓް ހޯދަނީ އުފެއްދުންތެރި، އިގްތިސޯދު ކުރިއަރުވައި އަދި ދުރު ރާސްތާގައި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އިތުރުވާނޭ ދާއިރާތަކަށް ބަލައިގެން. ގައުމީ ސަލާމަތަށް ސީދާ ގޮތެއްގައި އިންވެސްޓްމަންޓް ހޯދުމަކީ ހަދާ ބޮޑު ގޯހެއް.
ކާފަފ
23 March 2025
ދެން ދުވަސްކޮޅަކުން ނިންމާނެ ތި ހޯޕު އަޅާނީ އަލި ހުރަސް ކަނޑު މެދުން ހިއްކައިގެންނޭ.
ކަނބިލި
23 March 2025
ފައިސާ ހޯދަނީ ކިހިނެތް؟ ކޮންތާކުން.
މުއްބެ
23 March 2025
އެއްވަނައިގެ ރައީސްއެއް ޑރ މުއިޒުއަކީ. ދެންވެސް ހަމަ ހޮވާނީ ރައީސް މުއިޒު ސާބަހޭ
ޜަގީބު
22 March 2025
ރައްޔިތުންގެ އަސާސީ ހިދުމަތް ނުދެވިގެން އުޅޭއިރު ނުވިތާކަށް ލާރިނެތި ދަރަނިވެރިވެފަ އޮތް ސަރުކާރަކުން ކުރަން ހެޔޮވާވަރުކަމެއްނޫންމީޔަކީ، އުތުރުތިލަފަޅަކީ ރައްޔިތުންނަން ގޯތި އަދި ފުލެޓްދޭން އޮތް ތަނެއް، އެއްޗެކޭ ކިޔާފަ ލާރިގަނޑެއް ދަމައިގައްނަން މިއުަޅެނީ.
ޖާމަނީ
22 March 2025
ދހެހހެހެހެ
އިޓާޗީ
22 March 2025
ސާބަހޭ ރައީސް
ހޮޓްކިންގ
22 March 2025
ވަރަށް ވަނދު. މިސަރުކާރުން ކޮންމެ ކަމެއްވެސް ކުރަނީ މައުމޫނުގެ ވެރިކަމުގާ ރަށްރަށު ފަޅުގާ ކަޑަޖެހިގޮތަށް.
މޯޑަސް
22 March 2025
އުތުރު ތިލަފަޅުގަ ކޮށްފަ ނުކުރާނެ ކަމެއް ނޭގިގެން އުޅޭ މީހެއް. މި ފަސް އަހަރު ނިމޭއިރުވެސް ތިތާގަ އެއްކަމެއްވެސް ނުކުރެވޭނެ.