ކްރިމިނަލް ކޯޓު: ކަނޑު ބޯޓެއްގައި ޑްރަގު އެތެރެކުރަން އުޅުނު ބަޔަކު ވަނީ އަތުލައިގެންފައި - ފޮޓޯ: މިހާރު
22 މާޗް 2025 - 15:31
ކަނޑު ބޯޓެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރި 10 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަނޑުމަތިން ހުއްޓުވި ބޯޓަކުން ހަތް ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ ބޯޓުގައި 10 މީހަކު ތިބިއިރު، އެ އެންމެން ވަނީ ހައްޔަރުކޮށްފަ އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި އިންޑިއާގެ ހަ މީހެއް އަދި އިންޑޮނީޝިއާގެ ތިން މީހެކެވެ.
އެމީހުން ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 22 އަހަރުގެ ދިވެހި މީހާގެ ބަންދަށް ދީފައިވަނީ އެއް ދުވަހެވެ. އަދި އިންޑިއާގެ ތިން މީހަކާއި އިންޑޮނީޝިއާގެ ދެ މީހެއްގެ ބަންދަށް ފަސް ދުވަސް ވަނީ ދީފަ އެވެ. ދެން ތިބި މީހުން ބަންދުކުރީ އެއް ދުވަހަށެވެ.
އެމީހުންގެ ބަންދަށް 1-5 ދުވަހާ ދެމެދު މުއްދަތެއް ދީފައިވަނީ އިނގިރޭސި ބަސް ރަނގަޅަށް ނޭނގޭތީ ތަރުޖަމާނައަކު ހޯދުމަށް ވަގުތު ދިނުމަށެވެ.
މި އޮޕަރޭޝަނާ ގުޅޭ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދާލަތު
23 March 2025
ފުރަތަމަ ނޫހުގައިއޮތް އެއްދިވެއްސަކުވާކަމަށް. ކޮބައިތޯ އެމީހާ؟
ސަނީސައިޑްބޮންޑް
23 March 2025
ކޯޓުތަކުންމިހާރުއެބަޖެހޭދެން 3 ގަޑިއިރު ނުވަތަ 6 ގަޑިއިރުގެ ބަންދުމުއްދަތު ޖަހައިދޭން. ޢެހެނީ ޑްރަގް ވިޔަފާރީގައުޅޭ މުހިންމު މީހުނަށް 1 ދުވަސްވެސް ތީދިގުމުއްދަތެއް. ތިފަދަ ދިގުމުއްދަތު ޖަހަންވާނީ ބާޒާރުމަތިން ރިހާކުރުފުޅި ނަގާވަގުންނަށް.
ޗަކޮއި
22 March 2025
ވަކި ބައެއްވީމަ ނަން އިއްވާފަ ދައުވާވެސް ކުރެވޭ. މި މައްސަލާގައި ބޯޓުގެ ނަމެއް ވެރިފަރާތެއް ނެތީ ތޯ؟ ތޯ ތޯ ވާހަކައެއް ތޯ.
ކޮރަލް
22 March 2025
މި އޮޕަރޭޝަނާ ގުޅޭ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އެމީހުންގެ ބަންދަށް 1-5 ދުވަހާ ދެމެދު މުއްދަތެކެވެ.
ހަބީބު.
22 March 2025
ފުލުހުން ތިހެންއަތުލާ ޑުރަގްސްތައް ޕާޓޭންނައް ދީގެން ބޮޑުއަގުގަ ވިއްކާލާ އެމީހުން އާމްދަނީ ހޯދަނީ ފުލުހުންގެ ގޮތުގަތިބެގެން ވަރައް ރޭވިގެން ލޯންޗުގަ ގޮސް އަތުލާ ޑުރަގުތައް އެމީހުން ފޮރުވާފަ ކޮމާންޑަރައް ދެނީ ދޮގުމައުލޫމާތު މާލެތެރެއިން ތިއެއްޗެހި ނެތިގެން ނުދަނީ ފުލުހުންގެ އެއްބާރުލުން ތިކަމުގަ ލިބިގެން
ހަލާކުކުރަނީއޭދޯ
22 March 2025
ޑްރަގް ރާއްޖެ އަށް އެތެރެވަނީ ފުލުހުންގެ ވެސް އަތެއް އޮވެގެން ކަން މާލެ ތެރޭގައި އެވަރަށް އެވާހަކަ ދެއްކުމާއި އަދި ފުލުހުންގެ އޮފިސަރުން ވަޒީފާ އިން ވަކިވި ނަމަވެސް އެމެން އުޅެމުންދާ ލަގްޒަރީ ދިރިއުޅުމާއި އެމެން ދުބާއީން ބޮޑެތި ފްލެޓްސް ގަނެގެން އުޅޭ ވާހަކަ މީ އާންމު ވާހަކަ ތަކޭ މިގޮތަށް އަތުލައިގަންނަނީ މަދު ބޯޓެކޭ ބޯޓް އަތުލައިގަންނަނީ ދެން އެމީހުން ދޫކޮށްލާނެ އަތުލި ޑްރަގަށް ވާނުވާ އެއް ނޭގޭ ވަންދޮރުން ޑްރަގް ނިކުމެ ރަށުތެރޭގައި އެނބުރެނީ ޖީލު
ބްލެސިން
22 March 2025
ބައެއް މައްސަލަ ތަކުގައި މިވާގޮތެއްދޯ؟ ހީވަނީ ބްލެސިން ލިބިފައިވާ މައްސަލައެއް ހެން.
ޒިލާމް
22 March 2025
އެމީހުން ބޯޓަށް މުދާ އަރުވަނީ ގާޒީ އަށް ވެސް އަންގާފަ ބައި އަޅާފަ. ހަމަ ގެންދިޔައީ ހުކުމް ކުރާނެ ގޯސް ކޮށޭ ހައްޔަރު ކުރީ.
ދުރުމި
22 March 2025
މަސްތުވާ ތަކެތި އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ނުދީ މިކަން ހައްލެއް ނުވާނެ . އެކަމަކު މަރުގެ އަދަބޭ ބުނާއިރަށް މޑޕ ކެކި އަރައިގަންނާނެ
ހަމްދާ
22 March 2025
މިސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރަބްވީއެއްނުން
ޔާމީން..
23 March 2025
ޔާމީން ވެރިކަމުގަ ކުރިތެ؟ އޭނަގެ ވައުދެއް އެއީ... އުމަރު ތަނެއްވެސް އެޅިކަމަށް ވަނީ...
ހަސްސް
22 March 2025
7 ކިލޯ ފެނުނީމަ 5 ދުވަސް ބަންދަށް