ޓީޖެޓީ ސަރަހައްދުގައި ދޯނިތައް އަޅާފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
23 މާޗް 2025 - 11:58
އުޅަނދުތައް ފަޅުގައި އަޅާފައި އޮންނަ އިރު ވެސް އެކަށީގެންވާ އަދަދަކަށް އަބަދުވެސް މީހުން ތިބުމަށް ޓްރާންސްޕޯޓު މިނިސްޓްރީން އަންގައިފި އެވެ.
މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ފަޅުތެރޭގަ އާއި ކަނޑުގެ ސަރަހައްދުގައި ނަގިލި ލުމަށް ފަހު އުޅަނދު ބެލެހެއްޓުމަށް އެއްވެސް ފަޅުވެރިއަކު އުޅަނދުގައި ނެތި ދޫކޮށްލާފައިވާ ދިއުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ދިމާވެ، މީހުންގެ މުދަލަށް ގެއްލުންވަމުންދާ ކަމަށެވެ.
"...ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ކަނޑު އުޅަނދުފަހަރު ނަގިލިލާފައި ނުވަތަ ޖެޓީގައި އޮންނަ ވަގުތުތަކުގައި އެ އުޅަނދެއް ބެލެއްހެއްޓުމަށްޓަކައި އެކަށީގެންވާ އަދަދަށް ފަޅުވެރިން ތިބުމަކީ ސަލާމަތާ ރައްކާތެރިކަމުގެ ގޮތުން ކޮންމެހެން ލާޒިމްކަމެކެވެ." މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.
މިނިސްޓްރީން ވަނީ އުޅަނދު ބެލެހެއްޓުމަށް ބޭނުންވާ އަދަދަށް އެ އުޅަނދުގައި ފަޅުވެރިން ނެތި އުޅަނދު ދޫކޮށްލާ ނަމަ، "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު" ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިގަރި ކައުންސިލްގެ އިދާރާ ހަވަރު ތިނަދޫ ދިވެހި ރާއްޖެ
24 March 2025
ހަވަރު ތިނަދޫ ކައުންސިލުން މިހާރުވެސް ދަނީ ފީނަގަމުންނެވެ. އެއީ ފަޅުވެރިން ތިއްބަސް ނެތަސްއެވެ. މީހަކު ނެތި އުޅަދައްދާ ގެއްލުމެއްގެ ޒިންމާ މިކައުންސިލުން ނަގާނެއެވެ.
ޕްރޮފެސަރު ސައުދު އަލީ ހަވަރު ތިނަދޫ ބިގަރު ކައިންސިލް
24 March 2025
އެއްކަލަ މޮޅު ޕީއެޗްޑީ ހަދައިގެން އައިސް ތަންތާގެ ވެރިންނަށް ވީމާ މިކަހަލަ ގަވައިދު ނެރޭނެ އެއީ މައްސަލައެއްނޫން. މަޖުލިހަށް މީހަކު ލަފާދިންތާ ފަރުމަހެއް ކަމުގައިވާ ލަނޑާ ހިފާ ނަމަ ރާއްޖެއިން ދޮންވެލި ހުސްވެދާނެއޭކިޔާފަވެސް. ދެން މަޖުލިހުން ލަނޑާ ހިފުންވެސް މަނާވެސްކުރީތާއެވެ. މިޔަރު ހިމާޔަތް ކުރަން އެބަޖެހޭ ވެލާ ހިމާޔަތްކުރަން އެބަޖެހޭ. ޢެމީހުންނަށް ނޭގޭ ތަންކޮޅަކީ މިޔަރު ގިނަވީމާ ޅަ އެންމެ ވެލައެއްވެސް ބޮޑު ނުވާނެކަން
ވާނެތަ ؟؟؟ މަޖްލިހުން ޔަގީން
24 March 2025
ކޮންމެ ޖަރީމާއެއް ހިންގާވަގުތު ޕޮލިހެއް ކައިރީ ބަހައްޓަން ގާނޫނުން، ލާޒިމް ކުރަމާ؟!
ވަ ސީ
23 March 2025
ހ.އ ތުރާކުނުންފެށިގެން ސ އަތޮޅާހަމަޔައް ދަތުރުކުރަންއިންރޫޓުގަ މިހާރު ކޮޅައްހުރީ ކިތައް ބައްތިތޯ ބަލާލަ ދެއްވާ
އ
23 March 2025
ދައުލަތުގެ އުޅަނދުތަކުގައިވެސް ނުތިބޭ... ދެން އާއްމުރައްޔަތު މީހާގެ އުޅަނދުތަކުގައި ތިބެން އިއުލާނު ނެރުނީމާ ތިބެންވީ ދެމަފިރިންތަ?...
ދޮން
23 March 2025
އެހެލާފައި ހުންނަ ދޯނީގައިވެސް ފަޅުވެރިން ތިބެންޖެހޭ ، ޕާކްކޮށްފައި އޮންނަ ކާރު ،ޕިކަޕްގައިވެސް ، ފަރަށް ފަހަތަށް ވިސްނުން މިދަނީ
މިއައު
23 March 2025
ހާދަ ބޯދާ އިންއެފިޝަންޓް ވިސްނުމެއް މިހުރީ
ޙަމަހަމަ
23 March 2025
އަނގަމަތީ ހާމަ ކުޑަ ޑިންގީއެއްގަ ކިހިނެއްތޯ އަބަދު މީހުން ތިބޭނީ. ރައްޔިތުންނަށް ނުއުފުއްލޭވަރުގެ ބުރަ ގަވާއިދުތައް ތަންފީޒުކުނުކުރެވޭނެ. އެކަމުން ދޭހަވަނީ ގަވާއިދު ހެދުމުގައި އޮއްޓަރ ނެތްކަން.
މަގުބޫލް
23 March 2025
އެންމެ ރަނގަޅު؟ ދާއިމީ ކޮން ފައްތިޔާ ތައް ގަނެގެން އެ އަޅާ އުނޅަދުފަހު ކޮނމެހެން ލާޒި،މު ކަމަކަށް ނުދެކެން އެކަމް ވަގުތީ ގޮތުން އަޅާ އުޅަނދެއް ނަމަ ހަމަ ރަނގަޅު ވާހަކައެއް އަޅާ ސަރަހައްދެއްގެ ގޮތުންވެސް. މިނިސްޓަރު ތިދަނީ ކޮންމެ ކަމެއްގަވެސް ރައްޔިތުންނަށް ފިއްތަމުން، ފުރަމަ އެއްގަމު މިހާރު ކަނޑުގެ. ތީ އަދި ޒިންމާދާރު ވުމެކޭ ނުބުނެވޭނެ. ކޮންމެ ކަމަކަށް އެކަށީގެންވާ އިންތިޒާމު ހަމަނުޖެހި ބުނީމަ ކަމަކު ނުދޭ. ކޮބާ ރައީސް ބޭބެ؟؟
2025
23 March 2025
ފިޔަވަޅު މައްޗަށް ފިޔަވަޅުއަޅާއިރު ތިހެން ބާއްވާފަ މަސް ދެމަސް ވާއިރު ދުވަހުކުއްޔަށް ކޮޓަރި ކުއްޔަށްދީފަހުންނަ އުޅަނދުތަކަށްވެސް ފިޔަވަޅިއަޅާދީ...... ބޮއިހަލަކި