ރާއްޖެ ޓީވީގެ ޕްރޮގްރާމްގައި ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ ފަޔާޒް) އާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަދި މަޝްހޫރު ޕްރެޒެންޓަރު ހުސައިން ރަމީޒް ވާހަކަ ދައްކަވަނީ.--
26 މާޗް 2025 - 00:04
ރާއްޖެ ޓީވީގެ "ކާލާބައިސާ" ޕްރޮގްރާމުގައި އޯޓިޒަމް ކުދިންނާ ގުޅޭގޮތުން ދެއްކި ވާހަކަތަކަށް އެ ޓީވީ ސްޓޭޝަނުން މާފަށް އެދިއްޖެ އެވެ.
ލައިވްކޮށް ގެނެސްދިން އެ ޕްރޮގްރާމުގައި ސިޔާސީ ކަންކަމަށް ފާޑުކިޔަމުން އޯޓިސްޓިކް ކުދިންނާ ގުޅުވައި އެ ކުދިންނަށް ފުރައްސާރަވާ ގޮތަށް ޖޯކު ޖެހި މައްސަލާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެެވެ. އަދި އެކަން ބަލަމުންދާ ކަމަށް ބުނެ ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ވަނީ ކޮންޓެންޓްތަކާ މެދު ސަމާލުވާން އިލްތިމާސްކޮށްފަ އެވެ.
އެ މައްސަލާގައި ރާއްޖެ ޓީވީން ނެރުނު ބަޔާނެއްގައި ބުނީ ލައިވްކޮށް ގެނެސްދިން ޕްރޮގްރާމެއްގައި މެހެމާނުންގެ ގޮތުގައި ބައިވެރިވި ބޭފުޅުން، ރައީސްއަށް ނިސްބަތް ކުރައްވާ، "މީނާއަކީ މިއީ އަސްލު އޯޓިސްޓިކް ގޮތެއް ހުންނަހެން ހީވަނީ، މި އޮޕަރޭޓްކުރާ އޯޓިސްޓިކް އެކަންޏެއް ނޫން. ޑައުންސިންޑްރޮމް ވެސް ހުންނަހެން ހީވަނީ." އެ އިބާރާތް ބޭނުންކޮށްފައިވާ ކަމަށެވެ.
އެ އިބާރާތާ ގުޅިގެން އީ އޯޓިޒަމް ކުދިންނަށް ނިކަމެތި ކަމެއް އަންނަ ގޮތަށް ދެކެވުނު ވާހަކަތަކެއް ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކުރަމުންދާތީ، އޭގެ ސަބަބުން އޯޓިޒަމް ކުދިންނަށް ނިކަމެތި ކަމެއް އަންނަ ކަމަށް އެއްވެސް ބަޔަކަށް ގަބޫލުކުރެވޭނަމަ މާފަށް އެދޭ ކަމަށް ބަޔާނުގައިވެ އެވެ.
ޕްރެޒެންޓަރު ހުސައިން ރަމީޒު ހުށަހަޅައިދިން އެ ޕްރޮގްރާމްގައި ވާހަކަ ދެއްކީ ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ (ޕާޕާ ފަޔާޒް) އާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.
އޯޓިސްޓިކްގެ އިތުރުން ޑައުން ސިންޑްރޯމްގެ ކުދިންނަށް ރައްދުވާ ގޮތަށް އަދި އެ ކުދިންގެ ހައްގަށް އަރައިގަނެވޭ ގޮތަށް މޮސްޓާ ވާހަކަ ދައްކަވައި، ޕާޕާ އަށް މޮސްޓާ ހިތްވަރު ދެއްވި މައްސަލާގައި ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮން
26 March 2025
ބޯ ހަރު މައާފެއްތާ ދޯ
މަންމަ
26 March 2025
އޯޓިޒަމް ކުދިންނަށް ނިކަމެތި ކަމެއް އަންނަ ގޮތަށް ދެކެވުނު ވާހަކަތަކެއް ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކުރަމުންދާތީ، އޭގެ ސަބަބުން އޯޓިޒަމް ކުދިންނަށް ނިކަމެތި ކަމެއް އަންނަ ކަމަށް އެއްވެސް ބަޔަކަށް ގަބޫލުކުރެވޭނަމަ މާފަށް އެދޭ ކަމަށް ބަޔާނުގައިވެ، މީގެން ދޭހަވަނީ ރާއްޖެ ޓީ.ވީން މިކަން ޤަބޫލްނުކުރާކަން، ދެކެވުނު ވާހަކަތަކެއް ކަމަށް ބުނާއިރު މިކަން ކޮށްފަ މިވަނީ ރާއްޖޭގެ އެއްވެސް އުނިކަމެއްނެތް ކަމަށް ޤަބޫލުކުރާ މީހުން..
ލަބާން
26 March 2025
އެކުދިންގެ ޙައްގަށް އަރައިގަނެގެން ކަންބޮޑުވާ ފަދައިން ރައްޔިތުންގެ މެޖޯރިޓީ ވޯޓުން ހޮވާފަހުރި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަށް ތާއަބަދު ރ ޓީވީ އިން ގޮވަމުންދާ އެއްޗެހި ބްރޯޑްކޮމް އިން ކުށްވެރި ނުކުރަނީ ކީއްވެ. ރާއްޖެ ޓީވީ އަކީމުތަމާއުގެ ދޭރާން ވީދާ ހަލާކު ކުރާ ބައެއް.
އަޖައިބުހީވޭ
26 March 2025
އަހަރެން ހިތަށްއަރަނީ ސިޔާސީ ކީމާ ކޮންފޮތަކުން ބާވައޭ މީހުންނަށް ފުރައްސާރަ ކުރުމާ، ތޯތޯ ވާހަކަތައް ފަތުރާ، ދޮގު ތުހުމަތުތައް އަނެކުންގެ މައްޗަށް ކޮށް، މީހުންގެ އަބުރާއި އިއްޒަތް ކަތިލަން ދީނުގައި ހުއްދަ ކުރައްވާފައި އޮތީ! ރާއްޖޭގަ މިހުރި ގިނަ ޓީވީ ޗެނަލްތަކުގައިވެސް އެއްވެސް އިލްމީ، ފަންނީ އުފެއްދުންތެރިކަމެއް ނެތި ކުރާހާވެސް ކަމަކީ ގޮނޑިއެއްގައި ބަޔަކު ބައިތިއްބައިގެން އަނގަތެޅުވުން. އެވެސް އަދި ސިޔާސީ ހަސަދަ. މިއޮތީވާ ގައުުމެއް!
ބެރަލސް
26 March 2025
ޓުރެެފިކު ޕޮލިހުންކައިރީ އާދޭސްނުކޮށް މާފުކުރަން ބުންޏަސް މާފުކުރާނެ. އެކަމު ޖޫރިމަނާ އާއްމުކޮށް ދޭންޖެހޭ. އަހަރީ ފީ ނުދެއްކި އޮތަސް އެހާލު.
ވަގުޗޯރު
26 March 2025
ތި ޓީވީ އާއި ދޭތެރޭ ހަރުކަށި ފިޔަވަޅު އަޅަމްޖެހޭ ދޫމުކުރާތި
ޗޫޤީ
26 March 2025
މިގައުމުގައި އަނެކުންނަށް ފުރައްސާރަ ނުކޮށް ސިޔާސީ ވާހަކަ ދައްކާ އުޅޭ ބޮޑެތި ސިޔާސީންގެ ތެރެއިން "އަހަރެންނަށް ފެނުނީ" އެންމެ ދެމީހުންނެވެ. އެއީ ރައީސް މައުމޫނާއި ޢުމަރު ނަސީރެވެ.
ދޮގެއް
26 March 2025
އުމަރު ނަސީރަކީވެސް ފުރައްސާރައިގެ ބަސް ބުނާ މީހެއް
ގުއިއްޓޭ
26 March 2025
މަ ވެސް ބަލަނީ މީތި؟ އެހެން އެއްޗެއް މިހާރު ނުބަލަން
އަލިކޮއެ
26 March 2025
މާފަށް އެދުނަސް ފިޔަވަޅު އަޅަންޖެހޭނެ
މުލޭ
26 March 2025
ޕާޕާ އިރެއްގައި ކާނަލަކަށް ހުއްޓަސް ވަޒީފާއިން ވަކިކުރިއިރު ހުރީ ލެފްޓިނެންޓަކަށް. އެހެންވީމަ ކުރީގެ ލެފްޓިނެންޓޭ ކިއުން ރަނގަޅުވާނީ.
ބިރު ކުޑޭ.ޖ
26 March 2025
މި ގައުމުގައި ހިންގާ އެކި އެކި ޗެނެލު ތައް ހުންނަ އިރު ރާއްޖެ ޓީވީ ނޫން ޗެނެލެއް އެކަކު ވެސް ސަރުކާރުން ވެސް ނުބަލާ ކަން އެނގިގެން މިދަނީ! 13 އިން އެ ފަތުރާ ޕުރޮޕެގެންޑާ ދައްކާ ވާހަކަ މިމީގުން ކީއްވެބާ ނުބަލަނީ.
ޗޫޤީ
26 March 2025
ރާއްޖެ ޓީވީން ކުރާ ފަސާދައަށްވުރެ ބޮޑު ފަސާދައެއް އެހެން ޗެނަލަކަށް ނުކުރެވޭ. ދިވެހި ތާރީޚު އެކަމަށް ހެކިވާނެ.
އަޒްރާ
26 March 2025
އެއީ މިރާއްނޭގަ ހަމަ އެކަނި ހިންގާ ދީނީ ޗެނަލް އެހެންވީމަ އެޗެނަލް ގިނަމީހުން ބަލާނެތާ