ޚަބަރު / މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން

އޯޓިސްޓިކް ކުދިންނަށް ޖޯކު ޖަހައި ފުރައްސާރަކުރި މައްސަލަ ބްރޯޑްކޮމް އިން ބަލަނީ

ރާއްޖެ ޓީވީގެ ޕްރޮގްރާމްގައި ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ ފަޔާޒް) އާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަދި މަޝްހޫރު ޕްރެޒެންޓަރު ހުސައިން ރަމީޒް ވާހަކަ ދައްކަވަނީ.--

ޓީވީ ޕްރޮގްރާމެއްގައި ސިޔާސީ ކަންކަމަށް ފާޑުކިޔަމުން އޯޓިސްޓިކް ކުދިންނާ ގުޅުވައި އެ ކުދިންނަށް ފުރައްސާރަވާ ގޮތަށް ޖޯކު ޖެހި މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޯޑްކާސްޓިން ކޮމިޝަނުން ދީފި އެވެ.

އޯޓިސްޓިކް ކުދިންނަށް މަލާމާތް ރައްދުވާ ގޮތަށް ވާހަކަ ދެއްކީ ރާއްޖޭގެ ސިޔާސީ މަސްރަހުގެ ވާހަކަތަކަށް ހާއްސަކޮށް "ރާއްޖެ ޓީވީން" ރޭ ގެނެސްދިން "ކާލާބައިސާ" ނަމަކަށް ކިޔާ ޕްރޮގްރާމެއްގަ އެވެ.

ޕްރެޒެންޓަރު ހުސައިން ރަމީޒު ހުށަހަޅައިދިން އެ ޕްރޮގްރާމްގައި ވާހަކަ ދެއްކީ ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ (ޕާޕާ ފަޔާޒް) އާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.

އެ ވާހަކަތަކަށް ޕްރޮގްރާމުގައި ދެން ބައިވެރިވި ބޭފުޅުން ވެސް ހިތްވަރު ދެއްވާ ވާހަަކަ ދެއްކި މައްސަލާގައި ގިނަ ބަޔަކު ފާޑުކިޔަމުންދަނިކޮށް ބްރޯޑްކޮމް އިން ނެރުނު ސާކިއުލާއެއްގައި ބުނީ ގާނޫނުއަސާސީގެ 35 ވަނަ މާއްދާގައި ބުނާ ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލިބޭ ހާއްސަ ރައްކާތެރިކަމާއި ބްރޯޑްކާސްޓިން ގައިޑްލައިންތަކާ ތައާރަޒުވާ ކޮންޓެންޓް ދައްކާފައިވާ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެފަދަ ކޮންޓެންޓް ތަހުގީގުކޮށް އެކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގެ ފުރިހަމަ އިހްތިސާސް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށް އެ ސާކިއުލާގައިވެ އެވެ. އަދި ކޮމިޝަނުގެ ސަމާލުކަމަށް އަންނަ އަދި ހުށަހެޅޭ އެފަދަ މައްސަލަތައް ބަލައި ގާނޫނުން ޖާގަދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުންޏެވެ.

ބްރޯޑްކޮމް އިން ވަނީ ގާނޫނުއަސާސީ އާއި ރާއްޖޭގައި އަމަލުކުރަމުންދާ ގާނޫނުތަކަށް އިހްތިރާމުކޮށް އެއްވެސް މީހެއްގެ އަބުރާއި ކަރާމާތް ނުގެއްލޭ ގޮތަށް ކޮންޓެންޓް އުފެއްދުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.

އެ ޕްރޮގްރާމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑުވިދާޅުވެ ޕާޕާ މަލާމާތުގެ ރާގަކަށް ބުނީ ރައީސްގެ އަމަލުތައް ހުންނީ އޯޓިސްޓިކް ކުއްޖެއްގެ އަމަލުތައް ހުންނަ ގޮތަށް ކަމަށެވެ. އެ ވާހަކައަށް ހިތްވަރު ދެއްވީ މަޖިލީހުގެ މެމްބަރުކަން ކުރެއްވި މޮސްޓާ އެވެ.

އޯޓިސްޓިކްގެ އިތުރުން ޑައުން ސިންޑްރޯމްގެ ކުދިންނަށް ރައްދުވާ ގޮތަށް އަދި އެ ކުދިންގެ ހައްގަށް އަރައިގަނެވޭ ގޮތަށް މޮސްޓާ ވާހަކަ ދައްކަވައި، ޕާޕާ އަށް މޮސްޓާ ހިތްވަރު ދެއްވި މައްސަލާގައި ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފަ އެވެ.

17 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 10%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 20%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިހްސާސް

26 March 2025

މިބައިގަނޑަށް ހީވީ ކަންނޭގެ މަޖިލީހުގެ ތަޅުމުގަ މީހުންގެ އަބުރާބެހި ދުލައްއައިހާ އެއްޗެއް ކިޔައިގެން ދަޢުވާ ނުކުރެވޭތީ އެހެން ތަންތާވެސް ބައެއްގެ ވާހަކަ ހިތުހުރި ގޮތަކަށް ކިޔޭނެޔޭ.

The name is already taken The name is available. Register?

ިިއިޓްއިޒްއައި

26 March 2025

އެބުނި ވާހަކަ ވާހަކަ ރައްދުވީ ރައީސްއަށް ކޮންމެހެން އޯޓިސްޓިކް މީހުންނާ ކުދިން އައްޑަނައަކަށް ހަދައިގެން ސިޔާސީ ޕޮއިންޓް ހޯދަން ނޫޅޭތި އޯޓިޒަމްއަކީ އޭގެ ސަބަބުން އުނދަގޫ ތަކެއް ތަހައްމަލު ކުރަން ޖެހޭ ކަމެއް

The name is already taken The name is available. Register?

އަޖައިބުހީވޭ

26 March 2025

އަހަރެން ހިތަށްއަރަނީ ސިޔާސީ ކީމާ ކޮންފޮތަކުން ބާވައޭ މީހުންނަށް ފުރައްސާރަ ކުރުމާ، ތޯތޯ ވާހަކަތައް ފަތުރާ، ދޮގު ތުހުމަތުތައް އަނެކުންގެ މައްޗަށް ކޮށް، މީހުންގެ އަބުރާއި އިއްޒަތް ކަތިލަން ދީނުގައި ހުއްދަ ކުރައްވާފައި އޮތީ! ރާއްޖޭގަ މިހުރި ގިނަ ޓީވީ ޗެނަލްތަކުގައިވެސް އެއްވެސް އިލްމީ، ފަންނީ އުފެއްދުންތެރިކަމެއް ނެތި ކުރާހާވެސް ކަމަކީ ގޮނޑިއެއްގައި ބަޔަކު ބައިތިއްބައިގެން އަނގަތެޅުވުން. އެވެސް އަދި ސިޔާސީ ހަސަދަ. މިއޮތީވާ ގައުުމެއް!

The name is already taken The name is available. Register?

މައިނަ

26 March 2025

ސިޔާސީމީހުން ވިޔަސް ހުދޫދެއްގެ ތެރޭގައި ތިބެންޖެހޭނީ ލަސްނުކޮއްފިޔަވަޅު އަޅަންޖެހޭކަމެއް ނުވަތަ ބޮއްސުންލައިގެން ދާނީ ދޫނުދޭތި ހަރުކަށިފިޔަވަޅު އަޅުއްވާ

The name is already taken The name is available. Register?

އަލިމަނިކުފާނު

26 March 2025

މޫނަކަށް ކަނދުރާއަކަށް ބަލާނެކަމެއް ނެތް. ލަސްނުކޮށް މިހާރުން މިހާރަށްވެސް ތިކަހަލަ މީހުންނަށް ފިޔަވަޅު އަޅަންވީ. ކޮންޓެންޓް ގެނެސްދިން ޗެނަލަށް ވެސް ވީއެންމެ ހަރުކަށި ފިޔަވަޅެއް އަޅަންވީ

The name is already taken The name is available. Register?

އަބްޑޫޅް +

26 March 2025

ހޫމް. ކޮންމެޔަކަސް، އުސޫލެއްގެ ގޮތުން، މިހާރުން މިހާރަށް ދޯ؟

The name is already taken The name is available. Register?

ޗޫޤީ

26 March 2025

އެމްޑީޕީއާއި ޑިމޮކުރެޓްސްގެ މީހުންނާ އެއްބައިވާ ޞާލިޙުމީހާ ފަސާދަވާކަށް ހިނދުކޮޅެއްވެސް ނުނަގާނެއެވެ. އަބުރު ގެއްލިފައި ތިބޭ ބަޔަކާއެކު އިށީންނާނީވެސް އެފަދަ ބައެކެވެ.

The name is already taken The name is available. Register?

ހެޔޮގޮތް

25 March 2025

ރައީސް ޔާމިނުވެ ވެރިކަމުގަ އާންމުކޮށް ހުޅުވާލައިގެން އަދި ޓީވީތަކުން ލައިވް ކުރަމުން ދިޔަ ޖަލްސާއެއްގައިވެސް އޯޓިސްޓް ކުދިންގެ މިސާލެއް ނަގައިގެން ވާހަކަ ދެއްކި. އޭރުވެސް ތި ބްރޯޑްކޮމް އޮތް. ބަހެއް ބުނެލާކަން ލައިސަންސް ކެންސަލް ކުރާކަށް އިންޒާރެއް ނުދޭ. އޭރުވެސް މިހާރުވެސް މިޒާތުގެ ކަންކަން އެއްގޮތަކަށްވެސް ގަބޫލެއް ނުކުރަން. އެކަމަކު ވަކިޓީވީ ޗެނަލެއްވީމާ އިންޒާރުދީ ލައިސަންސް ކެންސަލް ކުރާ ހިސާބަށް ގެން ދިއުންވެސް ބަލައިގަންނަން ދަތި.

The name is already taken The name is available. Register?

ޒަރީރު

26 March 2025

އިރެއްގަ ކަމަކަށް ފިޔަވަޅު ނާޅާ އޮތުމަކީ ތާއަބަދަށް އެކަން އެގޮތަށް ކުރަންޖެހެ ސަބަބެއް ނޫން. ސިޔާސީ މީހުން ކުރާ ވިޔާނުދާ ކަންކަން ދިފާއު ކުރާހާ ހިނދަކު ގައުމު އިސްލާހެއް ނުވާނެ.

The name is already taken The name is available. Register?

ޗޅުނަޔް

25 March 2025

މިކަހަލަ ތަނެއް ދޮރެއް ނުދަންނަ މީހުން ޓީވީތަކަށް ނާރުވާންވީ

The name is already taken The name is available. Register?

ޗޫޤީ

26 March 2025

ގިނަ ސިޔާސީންގެ ހާލަތަކީ ތޯއެވެ. އެމީހުންނަށް އެއްޗެއް އެނގިގެން ވާހަކަ ދައްކަނީއެއް ނޫނެވެ. އެހެނެއްކަމަކު މާތްކަލާނގެ އަނގައެއް ދެއްވާފައި އޮތީމަ ތަޅުވަނީއެވެ.

The name is already taken The name is available. Register?

ޗާލުނަޔާ

25 March 2025

އޯޓިސްޓިކާއި ޑައުން ސިންޑްރޯމްގެ ޕޭޝަންޓުން ގޮތުގައި ތިބެނީ ހަމައެކަނި ކުޑަކުދިންތަ؟ އެޕްރޮގްރާމްގައި ކުޑަކުއްޖެއްގެ އެއްވެސް ވާހަކައެއް ދެއްކިތަ؟

The name is already taken The name is available. Register?

ނަޔާޝާލު

25 March 2025

ކުޑަކުދިން ނޫނަސް އެފަދަ ބައްޔެއް ތަހައްމަލު ކުރާ މީހަކަށް ވެސް މަލާމާތް ކޮށްގެން ނުވާނެ.

The name is already taken The name is available. Register?

މިތާއެބައިންތަ ކުއްޖެއް

25 March 2025

ޑރ. މުހައްމަދު މުއިއްޒަށް ފާޑުވިދާޅުވެ ޕާޕާ މަލާމާތުގެ ރާގަކަށް ބުނީ ރައީސްގެ އަމަލުތައް ހުންނީ އޯޓިސްޓިކް ކުއްޖެއްގެ އަމަލުތައް ހުންނަ ގޮތަށް ކަމަށެވެ.

The name is already taken The name is available. Register?

ޙހހހހސހަ

25 March 2025

ބަރާބަރު ކޮމެންޓެއް

The name is already taken The name is available. Register?

ދޮންކޮއެ

26 March 2025

އެފަދަ ކަންކަން ތަޙައްމަލުކުރަމުންދާ ބޮޑެތި މީހުން ތިއްބަސް ވެސް، އެމީހުންނާ ގުޅުވައިގެން އެފަދަ ވާހަކަ ދެއްކުން ރަނގަޅުކަމަށްތަ ތިބުނަނީ. ނިސްބަތް ކުރީ ބޮޑުމީހަކަށް ކަމަށް ވިޔަސް އެކަމެއް ބަލައެއް ނުގެނެވޭނެ

The name is already taken The name is available. Register?

ޜައްޔިތު އަހުމަދު

26 March 2025

އޯޓިސްޓިކް ކުއްޖެކޭ ނުބުނޭ. އޯޓިސްޓިކް މީހެކޭ ބުނީ. ހުރިކަމަށް ރައްޔިތުންގެ ތެރެއިން ބަޔަކު ގަބޫލު ކުރާ އަލާމަތްތަކެއްގެ ވާހަކަ ބުނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454