ރައީސުލްޖުމްހޫރިއްޔާގެ ދިދަ (ކ) އާއި ޖުމްހޫރީ ޕާޓީގެ ދިދަ (ވ): އަލަށް އެކުލަވާލި ގަވާއިދުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ދިދައާ އެއްވަތަރު ދިދައެއް އަދި ނިޝާނެއް ވެސް ބޭނުމެއް ނުކުރެވޭ.
14 މާޗް 2017 - 19:11
ސިޔާސީ ޕާޓީތަކަށް އަމާޒުކޮށްގެން "ހަމައިން ނެއްޓިފައިވާ އެކިއެކި އަމުރުތައް" ސަރުކާރުންނާއި ސަރުކާރުގެ ނުފޫޒުން އެކިއެކި މުއައްސަސާތަކުން ކުރަމުންދާތީ އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.
އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޕާޓީތަކަށް އަމާޒުކޮށްގެން ސަރުކާރުން ކޮށްފައިވާ ހަމައިން ނެއްޓިފައިވާ އެއް އަމުރަކީ ޖުމްހޫރީ ޕާޓީގެ ދިދަ ބަދަލުކުރުމަށާއި އަދި ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ހިންގަވާ ޕީޕީއެމްގެ ރަސްމީ އޮފީހުގައި ނަގާފައިވާ ގައުމީ ދިދަ ނުނަގައި ތިރިކުރުމަށް ކޮށްފައިވާ ހަމައިން ނެއްޓިފައިވާ އަމުރު ކަމަށެވެ.
"ގައުމީ ދިދަ ނެގުމާއި ބޭނުންކުރުމަކީ ގައުމުގެ ކޮންމެ ރައްޔިތަކަށާއި ގާނޫނީ ކޮންމެ ޝަހުސަކަށް ލިބިގެންވާ ހައްގެކެވެ. އަދި މިއީ ދުނިޔޭގެ ހުރިހާ މުޖުތަމައުތަކެއްގައި އޮންނަ އާންމު އުސޫލެކެވެ. ހަމައެފަދައިން، ސިޔާސީ ޕާޓީއެއްގެ އަމިއްލަ ދިދައަކީ އެ ޕާޓީއެއްގެ ދިދައިގެ ގޮތުގައި ބޭނުންކުރެވޭނެ ދިދަކަމުގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާއިން ކުރިން ފާސްކުރެވިގެން ބޭނުންކުރަމުންގެންދާ އެ ޕާޓީއެއްގެ ފިކުރީ މުދަލެކެވެ. އެ ފިކުރީ މުދަލުގެ ހައްގު ހޯމް މިނިސްޓްރީން ފަހުން ކަނޑައަޅާ އުސޫލަކުން ނިގުޅައި ނުގަނެވޭނެ އެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އެމްޑީޕީން ބުނީ ގައުމީ ދިދަ ބޭނުންކުރުމާ މެދު ހޯމް މިނިސްޓްރީން ހެދި އުސޫލުގެ ދަށުން ސިޔާސީ ޕާޓީއެއްގެ ދިދަ މާ ބޮޑުކޮށް ފެންނަހެން މައްޗަށް ނެގުން ވެސް މަނާކޮށްފައިވާ ކަމަށެވެ. އަދި އެއީ ވެސް ހަމައިން ނެއްޓިފައިވާ އަދި ހެއްވާކަމުން ފުރިގެންވާ ގޮތަށް އެ މިނިސްޓްރީން ކަނޑައަޅާފައިވާ ކަމެއް ކަަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.
"މިކަން މިހެން އޮތްއިރު، މީގެ ކުރިން ދައުލަތުގެ އެހެން މުވައްސަސާތައް މެދުވެރިކޮށް ސިޔާސީ ޕާޓީތަކުގެ ރައީސްކަމަށް އެ ޕާޓީތަކުން އައްޔަނުކޮށްފައިވާ ބޭފުޅުން ވަކިކޮށްފި ކަމަށް ނުވަތަ އެބޭފުޅުންގެ ބާރުތައް އެހެން ފަރާތަކަށް ދީފި ކަމަށް، ހަމައިން ނެއްޓިފައިވާ ގޮތްތަކަކުން ކަނޑައަޅާފައިވެ އެވެ. ހަމަ އެފަދައިން، ހަމައިން ނެއްޓިފައިވާ ގޮތްތަކަކުން މުވައްސަސާތައް މެދުވެރިކޮށް ސިޔާސީ ޕާޓީތަކުގައި މާކުރިންސުރެ ރަޖިސްޓްރީވެފައިވާ މެމްބަރުން ގަނޑުކޮށް އެތަކެއް ހާސް މެމްބަރުން އެއްފަހަރާ ވަކިކޮށްފައިވެ އެވެ. އަދި ސިޔާސީ ޕާޓީތައް ބައިވެރިވާ ގައުމީ އިންތިހާބުތައް ހަމައިން ނެއްޓިފައިވާ ގޮތްތަކަކުން ލަސްކޮށް ރައްޔިތުންގެ ވޯޓުލުމުގެ ހައްގަށް އަރައިގަނެފައިވެ އެވެ." އެ ނޫސްބަޔާނުގައި ބުނެފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮ....ހެ.....ނު
15 March 2017
މަމެންނެއް ތަމެއްނެއް ކިޔާނެކަމެއްނެއް ކޮމެންޓްތަކުގެ ލައިކުންނާ ޑިސްލައިކުން ރަނގަޅު ފިލާވަޅެއް އެބަދޭހަވޭ.
އައްޑޫ ރަދުން
15 March 2017
ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައިވެސް ފަސޭހަ ކަމާއެކު އެބައެއްގެ ދިދަ އެކި ގޮތްގޮތަށް ބޭނުން ކުރާތަންފެނޭ.ޖެކެޓް ތަކުގަޔާ ބުރުގާ ތަކުގަ،ކުޅޭސާމާނުގަ،ކޮތަޅު ތަކުގެ ބޭރުގަ،ޓޭޓޫ ތަކުގަ،ޕާޓީ ތަކުގަ،މިއުޒިކު ޝޯތަކުގަ،ގަހަނާތަކުގަ،ޕެޜޭޑް ތަކުގަ،ވެހިކަލް ތަކުގަ،އަނެއްހެން ބުނަންޏާމުން ފައިފޮހެ އަންދާ ނަހަދާ ވީހާވެސް ގިނައިން ދިދަ ބޭނުން ކުރުމަކީ ފަޚްރެއްކަމަށް ބަލަނީ..... މިވަރުން ދަންޏާ ދިވެހި ދިދަވެސް ބޭނުން ކުރެވޭނީ ވަކި ގްރޫޕަކަށް ކަންނޭގޭ...ދިވެހި ރާއްޖެ ފާޑެއްގެ އަޅުވެތި ކަމަކާ ދިމާލަށް މިހާރުގެ ސަރުކާރުން ގެންދާންއުޅޭހެން ހީވާންފަށައިފި........؟
ދޭބަލަ
15 March 2017
ދޭ ބަަލަ އައްޑު އަށް ތަމެން. ހުޅުދޫ ވެސް އެއޮތީ ފަޅަށް ވިއްޔާ ދޯ.
ޕޮގުބާ
15 March 2017
ޕީޕީއެމްގެ ރައީސް އަކީ މައުމޫމެއް ނޫނެ މިހާރު އެހެން ބޭފުޅެއް ތިގޮތައް ތަންދޮރުނުބަލާ އަމައެއް ލަމައެއްނެތި ނޫސްބަޔާންތައް ނެރުމަކީ ޕާޓީގެ ގަވައިދާ ޚިލާފުކަމެއް ރަށްޔެތުންގެ ތާއީދު ކުޑަވެގެންގޮސް ޕުރެސަރު ވެގެންތިގޮތައްނެރޭ ބަޔާންތަކަކީ ހަގީގަތާޚިލާފު އެތައްކަމެއް އެކުލެވިގެން ބަސްތަކެއް ހިމަނާފަވާ ބަޔާންތަކެއް އެންވީމަ އެމްޑީޕީއާމެދު ހަރުކަށި ފިޔަވަޅެއް އޅުމަކީ ކޮންމެހެންވެސް މިހާރު ކުރަން ޖެހޭކަމެއް ރަނގަޅުވާނެ 10 މިލިޔަނުން ޖޫރިމަނާއެއް ކޮއްލީމަ
ދިސްވޭ
14 March 2017
އެމްޑީޕީގެ ސެކްރެޓޭރިއެޓް އިން ނެރޭ ބަޔާން ތަކަކީ އެއީ މަމެން ބަލަން ޖެހޭ އަދި އަޑު އަހަން ޖެހޭ ބަޔާން ތަކެއް ނޫނެވެ. ސަބަބަކީ އެއީ މަމެންގެ ވެރިކަމަކީ އެއީ އެމެން ވޯޓް ދީގެން ހޮވާފައިވާ ސަރުކާރަކަށް ނުވާތީއެވެ. މަމެން ދީފައިވާ ކޯސް އަށް ކުޑަ ވެސް ބަދަލެއް ނުގެނެސް ކޯސް އަށް މަމެން ދަތުރު ކުރާނަމެވެ. އެބަދަލު ކުރެވޭނެ ބަޔަކު ނުތިބޭނެ މިދުނިޔެ އަކު. މަމެން ގަބޫލު ކުރާ ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން ކަޑައްތު ކުރަމުން މިދާ ދިވެހިރާއްޖެ އަކީ އެއީ މަމެންގެ މިލްކިއްޔާތެކެވެ. މިގައުމު ދެން ނުލިބޭނެ އެހެން ސިޔާސީ ޕާރޓީ އަކަށް. އެކަން ޖެހޭނީ ހަނދާން ނައްތާލަން އެވެ. އެކަން އެނިމުނީ އެވެ. ދަ ވޯލްޑް ޖަސްޓް ގޯސް ދިސްވޭ..
ކަހީނު
15 March 2017
އެމްޑީޕީ އިންނެރޭ ބަޔާންތަކަށް ތަމެން ކޮމެންޓުކޮށް ރައްދު ދިނުމުން އަހަރެމެންނަށް ވަރަށް ރަނގަޅައް އެބައެގޭ ތަމެން އަދިވެސް އެމްޑީޕީއިން ނެރޭ ބަޔާންތައް ބަލާ އަޑު އެބައަހާކަން. އެވަރުން އަހަރެމެންނަށް ފުދޭ
އަހުމަދު
14 March 2017
ގާނޫނު އޮއްވަ ތާކުން ތާކު ނުޖެހޭ ގަވާއިދު ހަދާނަމަ ގާނޫނުގެ ބޭނުމެއް ނެތެވެ. މަޖްލީހުގެ ބޭނުމެއް ނެތެވެ.
ދަގަ
14 March 2017
ދެން ތަމެންގެ މައްސަލަ އެއް އޮވެއްޖެނަމަ ދަގަ ކޯޓަށް. ކޯޓް އެހެރީ އެއް ނޫން ދޯ، ދަގަ ދަގަ ދަގަ ދަގަ ކޯޓަށް އިނގޭ.
ކިޔާތި
14 March 2017
ސިޔާސީ ޕާރޓީގެ ދިދަ އަކީ އެއީ ޕާރޓީގެ ފިކުރީ ނޫން ނަފްސީ މުދަލަށް ވިނަމަވެސް އެ ވެސް ބަދަލު ކުރަން ސަރުކާރަށް ފެނިއްޖެ ނަމަ ބަދަލު ކުރެވޭނެއެވެ. މިއަދު މިހެދި ގަވާއިދެއްގެ ދަށުން މިބަދަލު ކުރެވުނީ އެއީ ޖޭޕީގެ ދިދަ އެވެ. މާދަމާ ހެދޭ ގަވާއިދެއްގެ ދަށުން ރަންރީނދުލޭ މެން ޕާރޓީގެ ދިދަ ވެސް ބަދަލު ކުރަން ޖެހިދާނެއެވެ. ސަބަބަކީ ކޯޓް ތަކުގައި ބޭނުން ކުރާ ތިލަފަތް އެއްގޮތަކަށް ވެސް އެއްވެސް ސިޔާސީ ޕާރޓީ އެއްގެ ދިދަ އަށް ބޭނުން ނުކުރެވޭނެ ކަމަށް އުސޫލެއް ސަރުކާރުން ނެރެފިނަމަ ތަމެން ރަންރީނދުލޭ މެންގެ ދިދަ ވެސް ޖެހޭނީ ބަދަލު ކުރަން އަދި ލޯގޯ ވެސް ޖެހޭނީ ބަދަލު ކުރަން އެވެ. ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަދަލު ވަމުންދާ ދަނޑި ވަޅުގައި މިފަދަ ބަދަލު ތައް އަންނަމުން ދާނެ ސިސްޓަމެޓިކް ކޮށް. މިއާއި އެކު އުޅެން ރަންރީނދުލޭ މެން ޖެހޭނީ ދަސް ކުރާށެވެ. ތަމެންނަށް ޕޮލިޓިކަލް ސައެންސްގެ އަލިފުބާ ކިޔަވާ ދޭން މިއުޅެނީ އިނގޭ. ކިޔާ ދެން މިހެން. އަލިފު، ބާއް، ތާއް، ސާއް. ކިޔަމުން ދޭ އިނގޭ.
ލޯލެވެލް
14 March 2017
ޖޭޕީގެ ދިދަ ރަޖިސްޓްރީ ކޮށްދިނީ އެއީ މަމެންގެ ވެރިކަމުގައެއް ނޫނެވެ. އެހެން ކަމުން އެއީ މަމެންނާއި ބެހޭ ކަމެއް ނޫނެވެ. ރައީސް މައުމޫނުގެ ނާގާބިލު ކަމުން އަދި ކެނެރީގެ ނަޝީދުގެ ނާގާބިލު ކަމުން އެމެންގެ ވެރިކަމުގައި ދިވެހި ދިދަ ބޭނުން ކުރާނެ ގައިޑް ލައިނެއް ނުނެރުނީ. މަމެން ގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ވެރިކަމުގައި މަމެން މިއޮތީ ނެރެފައި ދިވެހި ދިދަ ބޭނުން ކުރާނެ ގޮތުގެގައިޑް ލައިން. ދެން ޖެހޭނީ އެ ގައިޑް ލައިން އާއި އެއް ގޮތަށް ތަބާވާން. ތަބާނުވާ ނަމަ ބަޖެޓް ވެސް ނުދީ ހިފެހެއްޓިދާނެއޭ މަމެން ބުނަން ނެތީމު ދޯ. މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު އިނގޭ. ތަމެން ރަންރީނދުލޭ މެންނަކީ ތިޔާއީ ލޯލެވެލް ދޯ މަމެން މީ ހައިލެވެލް ދޯ. ހައިލެވެލް އާއި ލޯލެވެލް އާއި ވަރަށް ތަފާތު ހުންނާނެ އިނގޭ.
އަފިހުން ގޮއްޔެ
14 March 2017
މީ އަނެއްކާ ކޮންތާކު ރޯނު އެދުރެއްބާ!
ނިމުނީ
14 March 2017
ދިވެހި ގައުމީ ދިދަ ނެގޭނީ ސަރުކާރުން އަންގާ ތަންތަނުގައެވެ. އެނޫން ތަންތާނގައި ނުނެގޭނެއެވެ. އެނޫން ތަންތާނަގައި އެނަގަން ބޭނުންވާ މީހުން ނަށް ދެން ކުރިމަތިލާން ޖެހޭނީ ތޭރައިގެ ޕެކޭޖް ތަކާއި އެވެ. އެއިރުން މާ ތާހިރެއް ނުވާނެއެއް ނޫން ދޯ. ދިވެހި ގައުމީ ދިދަ އަކީ އެއީ ސަރުކާރުގެ އެއްޗެކެވެ. ސަރުކާރުން ބޭނުން ތަނެއްގައި އެދިދަ ނެގޭނީ ވެސް އަދި ގެންގުޅެވޭނީ ވެސް. ދިވެހި ގައުމީ ދިދަ ނުވެސް އުފެއްދޭނެ ސަރުކާރުގެ ހުއްދަ އެއް ނެތި. އަދި ދިވެހި ގައުމީ ދިދަ އިމްޕޯރޓް ވެސް ނުކުރެވޭނެ ރައީސް އޮފީހުން ޚާއްސަ ހުއްދަ އެއް ނުނަގާ. މީގައި އޮވެގެން ނުވާނެ އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އިތުރު އެއްވެސް އެކްސްކިއުޒެއް ވެސް. މިކަން މިމަގުން ހިނގަން ޖެހޭނެއެވެ. އެނިމުނީ އެވެ.
ގުނބޯ
14 March 2017
ވަރަށް ސަޅި ބަޔާނެއް
ބަދަލުކުރޭ
14 March 2017
ޖުމްހޫރީ ޕާރޓީން ބޭނުން ކުރަނީ ސީދާ ރައީސުލް ޖުމްހޫރިއްޔާ ގެ ދިދައެވެ. އެދިދަ ބަދަލު ކުރަން ޖޭޕީ އަށް އެންގީ ސަރުކާރަކުން ނޫނެވެ. އެދިދަ ބަދަލު ކުރަން ޖޭޕީ އަށް އެންގީ އީސީން ނެވެ. ޖޭޕީ އަކީ އެއީ އީސީގެ ދަށުން އީސީގެ އިންސްޓްރަކްޝަން އާއި އެއްްގޮތަށް ހިންގަން ޖެހޭނެ ތަނެކެވެ. އީސީން އެންގީ ޖޭޕީގެ ދިދަ ބަދަލު ކުރަން އިތުރު ސުވާލެއް ނެތި ޖެހޭނީ ބަދަލު ކުރާށެވެ. ދެން މިކަމުގައި ޖޭޕީ ފުއްޕާން ނުޖެހޭނެއެވެ. ދެން މިކަމަކީ އެއީ އެމްޑީޕީ އާއި ބެހޭ ކަމެއް ވެސް ނޫނެވެ. ތަމެން މީގެ ތެރެއަށް ބޭނިގެން އުޅޭ ނަމަ ތަމެންގެ ދިދަ ވެސް ބަދަލު ކުރަން ޖެހިދާނެ އެއީ ހާމުދުރުން ގެ ކުލަ އަށް ވާތީވެ އިނގޭ. އެއިރުން ހުންނާނެ ދޯ ރަނގަޅަށް ރާކަނި މަސްކެވިފައި،