ވ.ކެޔޮދޫގައި ބީއެމްއެލް އިސްލާމިކް ޢީދު ސައި -- ފޮޓޯ: ބީއެމްއެލް
30 މާޗް 2025 - 13:26
ބީއެމްއެލް އިސްލާމިކް އިން ފިތުރު އީދު ފާހަގަކުރުމަށާއި މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް 10 ރަށެއްގައި ޢީދު ސައި ބާއްވައިފި އެވެ.
މި އަހަރު އެކަން ކުރިއަށް ގެންގޮސްފައިވަނީ ރަށު ކައުންސިލްތަކާއި ޖަމިއްޔާތަކާ ގުޅިގެންނެވެ.
މި އަހަރުގެ އީދު ސައި ބާއްވާފައިވަނީ ރ. މީދޫ، މ. މުލި، ގއ. ގެމަނަފުށި، ހއ. ދިއްދޫ، އދ މަހިބަދޫ، ލ. ފޮނަދޫ، ވ. ކެޔޮދޫ، ހުޅުމީދޫ، ނ. ފޮއްދޫ އަދި ދ. ބަނޑިދޫގަ އެވެ.
މި އަހަރު އީދު ސައި ބާއްވާފައި ވަނީ ބީއެމްއެލް އިސްލާމިކްގެ ހިދުމަތަށް 10 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިންނެވެ.
ބީއެމްއެލް އިން މިދިޔަ އަހަރުވެސް ހަ ރަށެއްގައި އީދު ސައި ބާއްވާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy