ޚަބަރު / ރައީސް މުހައްމަދު ނަޝީދު

ރާއްޖެ އާއި އެމްޑީޕީ އަދި ޑިމޮކްރެޓްސް އަށް ވެސް އެންމެ ރަނގަޅު ގޮތަކީ ދެ ޕާޓީ ގުޅުން: ނަޝީދު

ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިހާރު

05 އެޕްރީލް 2025 - 16:57

119 comments

ރާއްޖެ އާއި އެމްޑީޕީ އަދި ޑިމޮކްރެޓްސް އަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެ ދެ ޕާޓީ ގުޅުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

"އަަޅުގަނޑަށް ފެންނަ ގޮތުގައި މި ވަގުތު ރާއްޖެއަށާއި އެމްޑީޕީއަށް އަދި ޑިމޮކްރެޓްސް އަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުން،" ނަޝީދު އެކްސްގައި ލިޔުއްވާފައިވެ އެވެ.

ނަޝީދު މިހެން ވިދާޅުވެފައި މި ވަނީ ޑިމޮކްޓެސްގެ އިސް ބައެއް ބޭފުޅުން އަލުން އެމްޑީޕީއަށް ބަދަލުވެ އަދި އެމްޑީޕީގެ ރިޔާސީ ޓިކެޓްގެ ވާދަވެރިކަން ބޮޑުވެފައިވާ ކަމުގެ އަޑު ގަދަވެފައި ވަނިކޮށެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވާދަކުރައްވަފާނެ ކަމުގެ އަޑު ފެތުރިފައި ވިޔަސް އެ މަނިކުފާނު އެކަމުގައި އަދި ވާހަކައެއް ނުދައްކަވަ އެވެ.

ނިމިދިޔަ ވެރިކަމުގައި، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދޭތެރޭގައި ޖެހުނު މައްސަލަތައް ހައްލު ނުކުރެވި އެމްޑީޕީން ވަކިވެވަޑައިގެން ނަޝީދު އިސްވެ ހުންނަވައި ޑިމޮކްރެޓްސް އުފެއްދީ ޖޫން، 2023 ގަ އެވެ. ނަޝީދު އޭރު ވަނީ އެމްޑީޕީ "ރޫޅާލާނަން" ކަމަށް ވިދާޅުވެ އެ ޕާޓީއަށް ރިޔާސީ އިންތިހާބު ކާމިޔާބުވިޔަ ނުދިނުމަށް މަސައްކަތް ކުރައްވައިފަ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސް އިން ވަކިން ވާދަކުރިއަސް މާ ބޮޑު ކާމިޔާބީއެއް ނުލިބުނެވެ. އޭގެ ފަހުން، ބޭއްވި މަޖިލިސް އިންތިހާބުގައި ވެސް ޑިމޮކްރެޓްސްއަށް އެންމެ ގޮނޑިއެއް ވެސް ނުހޯދުނެވެ.

ރާއްޖޭގެ ސިޔާސީ ދާއިރާއިން މި ވަގުތު ދުރުގައި ހުންނެވި ނަޝީދަކީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލެވެ. އެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް މީގެ އަހަރެއް ކުރިން އެ މަނިކުފާނު ވަނީ ގާނާއަށް ބަދަލުވެވަޑައިގެންފަ އެވެ. އަދި މިވަގުތު އެމްޑީޕީ އަދި ޑިމޮކްރެޓްސްގައި ވެސް އަމަލީ މަސައްކަތެއް ނުކުރައްވާނެ ކަމަށް މިދިޔަ ޖެނުއަރީ މަހު ވިދާޅުވި އެވެ.

އެމްޑީޕީއަކީ "ދަރިއެއް" ފަދަ ޕާޓީއެއް ކަމަށާއި އެ ޕާޓީ ވަރުގަދަކޮށް އޮތުމަށް އަބަދުވެސް އެދޭނެ ކަމަށް ނަޝީދު އޭރު ވިދާޅުވި އެވެ.

119 ކޮމެންޓް, 67 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 0%
icon angry icon angry 78%
icon wow icon wow 1%
icon inlove icon inlove 18%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާފިޒް ރަސާދު

07 April 2025

އެމްޑީޕީއަކީ "ދަރިއެއް" ފަދަ ޕާޓީއެއް ކަމަށާއި އެ ޕާޓީ ވަރުގަދަކޮށް އޮތުމަށް އަބަދުވެސް އެދޭނެ ކަމަށް ނަޝީދު އޭރު ވިދާޅުވި އެވެ. ރޫޅާލާނަން ރޫޅާލާނަން ރޫޅާލާނަން.

The name is already taken The name is available. Register?

ގަތާފައި

07 April 2025

ގައިމު އެއުޅޭ އަންހެން މެމްބަރު ބުނިއަޑުއެހިން ވާނީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއަށޭ. ކިހިނެއް ޗޭހެދީ

The name is already taken The name is available. Register?

ޖޫސްޕެޓީ

07 April 2025

ނޫން ނޫން. ތިޔަބޭފުޅުން ބޭނުންނަމަ އެމްޑީޕީ އަށް ވަންނަވާ. ކޮންމެހެން ދެޕާޓީ ގުޅޭވާހަކަ ދައްކާނެކަމެއްނެތް. އެއްވެގެން އެމްޑީޕީއަށް ވާނެ މޮޅެއް ނެތް. ދެންވެސް ބޭނުންގޮތް ނުވާއިރަށް ބޮޑާހާކާނެ، ޕާޓީ ރޫޅާލަނެ ކަމަށް ގޮވާނެ. ދެން ވަރިހަމަ.

The name is already taken The name is available. Register?

ކުނބު

06 April 2025

މީނަ ހީކުރީ ޑިމޮކްރެޓްސް ކިޔާފަ ޕާޓީއެއް ހެދީމަ ލައްކަ މޮޅުވާނެ ކަމަށް. ހަސަދަ ލައިގެން އެމް.ޑީ.ޕީ ސަރުކާރަށް ލަނޑައަށް ނުގޮވާވަރަށް އެއްޗެހި ގޮވާފަ އެންޓި ކެމްޕެއިންކޮށް ސަރުކާރު ވައްޓާލުމުގަ އިސްކޮށް ހުރިމީހާ ތި ނަޝީދަކީ. މާ މޮޅެއް ނުލިބުނު. ޢެއް އިންތިހާބެއް ނުލިބުނު. އަނބުރާ އެ ޖެހީ އުނބަށް. ތި ނަޝީދަށް ވެސް އަދި ތި ނަޝީދު އެންޑޯޒްކުރާ މީހަކަށް ވެސް ދުވަހެއްގެ ކޮޅުން ވޯޓް ދޭން ހެޔޮނުވާނެ.

The name is already taken The name is available. Register?

މަބުނީ

07 April 2025

100 ގެ ވާހަކައެއް..

The name is already taken The name is available. Register?

އަލިކާ ދިއްދޫ

06 April 2025

ޥެއްޓި ފޫވައް ހަލާކުވެ ފީވީމަ ދެން ގުޅުވައް އުޅުނަސް އެގުޅުމެއް އެކަތިގަނޑަކައްނުވާނެ ތަރަހެއްނޫން ވެލުޑިން ކުރިއަސް ރެނދުތަކާއި ރޮނގުތައްހުންނާނެއެވެ. އެހެންވެ ދޮހޮއްކޮބޭގެ ލަވައެއްގައި އެބުނަނީ އަދާވާތްތެރިވިއަސް ވާންވީ ހިތައްކުޅަދާނަ މިންވަރަކަށޭ. ދެންކިހެނެއް އަހަރެމެން އެކުވިއަސް މި އޮފުކުރާނީ

The name is already taken The name is available. Register?

ހޯރަ އަލީ

06 April 2025

ޑިމޮކްރެޓްސްއަށް އެމްޑީޕީއާ ނުގުޅި އަންހެނުންގެ ކޮމެޓީގެ ގޮނޑިގަނޑެއް ވެސް ނުލިބޭނެތީ، އެކަމާ ތި އުޅެނީ.

The name is already taken The name is available. Register?

70007

06 April 2025

ނަޝީދަށް ތާއީދުނެތްކަން އެބައެގޭ. އެމްޑީޕީން ވަކިވެ އަމިއްލަ ޕާރޓީއެއްހަދައިގެން އެއްވެސް ކުރިއެރުމެއް ނުލިބުނު. އެކަން އެގޭއިރު އެންމެން އެންވެގެން ނަޝީދަށް ވެރިކަން ހޯދަން ބަޔަކު އުޅޭނެކަމަށް ދެކުމަކީ ސިޔާސީ ގޮތުން މީހާ ފެއިލްވެއްޖެކަމުގެ މިސާލެއް. މަޖިލިސް އިންތިހާބަށްބެލިޔަސް ނަޝީދުގެ ތާއީދާއެކު ނުކުތް އެކަކަށްވެސް ތާއީދެއް ނުލިބުނު

The name is already taken The name is available. Register?

ޒާތީ ނުވެ ސިޔާސީ ވާން ނޭގޭ ދޯ؟

06 April 2025

ދިވެހިން ނުކުންނާނެ ތިމާ ސަޕޯޓު ކުރާ ސިޔާސީ ޕާޓީން ބުނީމަ މުޒާހަރާ ކުރަން. އެކަމަކު ޒަރޫރީ ހިދުމަތް ނުލިބި ކަރަންޓް ނެތަސް ކަރަންޓު ބިލު އާސްމާނަށް އެރުވިޔަސް ހެޔޮ. ނެވާ މައިންޑް ހަމަ. ފާޑުކިޔުމުގައި ވެސް ސިޔާސަތަކާ ނޫން ވާހަކަ ދައްކަނީ، މީހާ އާ ލެނޑި ގަންނަނީ. މިދުވަސް ކޮޅު ދެން އޮންނާނީ އަންނި އާ މައްލަވަ ކުރުން. އެހެންވީމަ ދިވެހިންގެ ސިކުޑި ނުވޭ ތަރައްގީ އެއް އެންމެ ފަހުގެ އައިފޯނު ޖީބަށް ޖަހައިން ތިއްބަކަސް!!

The name is already taken The name is available. Register?

ވަރެއް ވޭނު އެބަ

06 April 2025

ދިވެހިން ކޮންސާން ވާނެ މިކަހަލަ ހަބަރު ތަކާ އެހެންވީމަ ނިދި ނަގާލާފަވެސް ކޮމެންޓު ކުރާނެ. އެކަމަކު އަސާސީ ހިދުމަތް ތައް ނުލިބިގެން ނޫނި ކަރަންޓު ބިލު ބޮޑު ކޮއްގެން އެކަމާ ހަބަރަކާ އަޅައެއް ނުލާނެ. ޢެހެންވީމަ މަށަކަށް ނުވިސްނޭ ގިނަ ދެވެހިންނަށް ސިޔާސީ ކަންތަކާ ވެރިކަމުގައި ހުންނަ މީހަކު އަސްލު މުހިންމު ވާ ސަބަބެއް. ވެރިކަމުގައި ޑޮކުޓަރެެއް އެހެރީ އެކަމު މިއުޅެނީ އާއްމުކޮށް ކަމުން އައި ބޭސް ގުޅަވެސް ނުލިބިގެން. ދެނޯ؟.

The name is already taken The name is available. Register?

ހަމީދު 9871

06 April 2025

ނުދޭނަން އެއްވެސް ވޯޓެއް ތިގެ އެކަކަށް ވެސް ތި ހުސް ފެއިލްވެފައިވާ ބައެއް ، ދެން އަހަރެމެން ވޯޓު ދޭނީ އުމަރު ނަސީރަށް އެއީ އެންމެ ރަނގަޅު ޗޮއިސް. މުއިއްޒު ، ނަސީދު، އިބޫ ، މީ ފެއްލިވެފައިވާ ބޔެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454