ޚަބަރު / މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް

ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް ވެކްސިންތައް ފުރިހަމަކުރަން މިނިސްޓަރު އިލްތިމާސްކުރައްވައިފި

ކުއްޖަކަށް ހިމަބިއްސާ ދެކޮޅު ވެކްސިން ދެނީ. -- ފޮޓޯ: އޭއެފްޕީ

ޅަފަތުގައި ޖެހޭ ނުރައްކާތެރި ބަލިތަކުން ރައްކާތެރިކުރުމަށް ވެކްސިންތައް ފުރިހަމަކުރަން ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު އިލްތިމާސްކުރައްވައިފި އެވެ.

ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ ދުޅަހެޔޮ އަދި ހަރުދަނާ ޖީލެއް ބިނާކުރުމަށްޓަކައި މައިންނާއި ތުއްތު ކުދިންގެ ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. ބަނޑުގައި ދަރިފުޅު ގަރުބަގަތުމުގެ ކުރިން ހާއްސަކޮށް މައިމީހާގެ ސިއްހީ ހާލަތު ހުރިގޮތާއި ސިއްހީ އާދަތަކާއި މާބަނޑު ދުވަސްވަރު އަދި ދަރިފުޅު އުފަންވުމަށް ފަހު ވެސް މައިމީހާ އާއި ދަރިފުޅުގެ ސިއްހީ ކަންކަމަށް ސަމާލުވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ކުޑަކުދިންގެ ނިއުޓްރިޝަން ހާލަތު މިހާރަށް ވުރެ ރަނގަޅުކުރުމަށް ސިއްހީ ހިދުމަތްތެރިންނާއި މައިންބަފައިން އަހުލުވެރިކުރަން މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން، ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކުރަން ހަޔާތުގެ ފުރަތަމަ 1،000 ދުވަހަށް އަމާޒުކޮށްގެން "ސޯޝަލް ބިހޭވިއާ ޗޭންޖް ކޮމިއުނިކޭޝަން ސްޓްރެޓަޖީ" ގެ ނަމުގައި ސިޔާސަތެއް ތަންފީޒުކުރެ އެވެ.

ފުރަތަމަ 1،000 ދުވަސް ނުވަތަ ފުރަތަމަ ދެ އަހަރަކީ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވަރަށް ބޮޑެތި ބަދަލުތަކެއް އައިސް ސިކުނޑިއާ ހިއްސުތައް ތަރައްގީވެ ފުރިހަމަވަމުން އަންނަ ދުވަސްވަރެވެ.

އެ ސްޓްރެޓެޖީގެ ދަށުން އާއްމުކޮށްފައިވާ "ތުއްތު ދަރިފުޅުގެ މިންހެޔޮ ކާނާ އާއި ރެސިޕީ ތަކުގެ މައުލޫމާތު" ބޭނުންކުރުމަށް ނާޒިމް ވަނީ އެދިވަޑައިގެންފަ އެވެ. އޭގެ އިތުރުން، ޅަފަތުގައި ދިމާވާ ނުރައްކާތެރި ބަލިތަކުން ރައްކާތެރިކުރުމަށް ދެވޭ ވެކްސިންތައް ފަރުވާތެރިކަމާއެކު ތާވަލާ އެއްގޮތަށް ފުރިހަމަކުރަން ހާއްސަ ސަމާލު ކަމެއް ދިނުމަށް ވެސް އިލްތިމާސްކުރެއްވި އެވެ.

ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައި އޮތީ މި ސަރަހައްދުގައި އެއް އަހަރުން ދަށުގެ ތުއްތު ކުދިން މަރުވާ އަދަދާއި ވިހެއުމުގެ ތެރޭގައި މަރުވި މައިންގެ އަދަދު އެންމެ މަތީ ގައުމުތަކުގެ ތެރޭގަ އެވެ. އެކަމަކު، އަހަރުތަކެއް ފަހުން އެ އަދަދު ވަރަށް ބޮޑުތަން ދަށްކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ބަލިތަކުން ރައްކާތެރިވުމާއި ބަލިތައް ފެތުރޭ ވަރު މަދުކުރަން އަދި މައިންނާއި ތުއްތު ކުދިންގެ ސިއްހަތު ރައްކާތެރިކުރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ކާމިޔާބީގެ ތެރެއިން ކުރިން ތުއްތު ކުދިން އާއްމުކޮށް ހުށަހެޅެމުންދިޔަ ޕޯލިއޯ، މެލޭރިއާ، ފައިލޭރިއާ ރާއްޖެއިން ނައްތާލުން ހިމެނެ އެވެ. ވިހެއުމުގެ ތެރޭގައި ތުއްތުކުދިންނަށް ޖެހޭ ޓެޓަނަސް (ނިއޯނޭޓަލް ޓެޓަނަސް) އަދި ވެކްސިންދީގެން ރައްކާތެރިކުރެވޭ ބަލިތަކުގެ ތެރެއިން މީސަލްސް ނުވަތަ ހިމަބިހި ރާއްޖެއިން ވަނީ ނައްތާލައިފަ އެވެ.

މައިމީހާގެ ފަރާތުން ތުއްތު ދަރިފުޅަށް އެޗްއައިވީ އަދި ސިފިލިސް ވާސިލްވުން ހުއްޓުވިފައިވާ ގައުމެއްގެ ގޮތުގައި އަދި ރުބެއްލާއާ ހެޕަޓައިޓިސް-ބީ ޖެހުން މުޅިން ކޮންޓްރޯލުކުރެވިފައިވާ ގައުމެއްގެ ގޮތުގައި ވެސް ޑަބްލިއުއެޗްއޯއިން ވަނީ ރާއްޖެ ކަނޑައަޅައިފަ އެވެ.

މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވާހަކަދައްކަވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ

މައިންނާއި ތުއްތު ކުދިންނަށް ލިބޭ ފަރުވާއާ ހިދުމަތްތަކުގެ ރިކޯޑުތައް ހަރުދަނާކަމާއެކު ބަލަހައްޓައި ފަސޭހަކަމާއެކު އެ މައުލޫމާތު އަޕްޑޭޓުކުރުމަށް ޕްލެޓުފޯމުތަކުގައި ބެލެހެއްޓުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އޭގެ ތެރެއިން، ހިދުމަތްދޭ މީހުންނާއި ހިދުމަތް މޮނީޓާކުރާ މީހުންނަށް ވެސް އެއް ނެޓްވޯކެއްގެ ތެރެއިން ފަސޭހައިން މައުލޫމާތު އަޕްޑޭޓުކުރުމަށް ބޭނުންކުރާ އޮންލައިން ޕޯޓަލް، "ނޭޝަނަލް އިމިއުނައިޒޭޝަން މޮޑިއުލް" އަދި ޗައިލްޑް ނިއުޓްރިޝަން ގްރޯތު އެންޑް ޑިވެލޮޕްމަންޓް މޮޑިއުލް" މުރާޖައާކުރަން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ގަވައިދުން މައިންނާއި ތުއްތު ކުދިންގެ ސިއްހީ ހާލަތު ބެލުމަށް ކުރާ ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އޭއެންސީ ކަވަރޭޖް ނުވަތަ މާބަޑުވުމުން އެކަށީގެންވާ ފަރުވާ ހޯދާ ނިސްބަތް 98 ޕަސެންޓަށް ވުރެ މަތީގައި ހިފެހެއްޓިފައިވާ ކަމަށެވެ.

"މި ކާމިޔާބީތައް ހާސިލްކުރެވިފައިވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރެވިގެން. ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް މާބަނޑު މީހުންނާއި ވިހެއުމަށްފަހު ތުއްތު ކުދިންނަށް ބޭނުންވާ އަސާސީ ފަރުވާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި،" ހިތޯބުގައި ވިދާޅުވި އެވެ.

"ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިރުޝާދު ދެއްވާ މިންގަނޑާ އެއްގޮތަށް މާބަނޑު ދުވަސްވަރު ސިއްހީ ހިދުމަތްތެރިޔަކަށް ދައްކާ ހިދުމަތް ލިބިގަންނަކަން ފާހަގަކުރެވިފައިވޭ."

މާބަނޑުވުމުން ފެށިގެން މައިންނާއި ތުއްތު ކުދިންނަށް ބޭނުންވާ ހުރިހާ ހިދުމަތްތަކާއި މައުލޫމާތު، ސިއްހީ ހިދުމަތްދޭ ތަންތަނުން ފޯރުކޮށްދޭކަން ކަށަވަރުކުރެވިފައިވުމަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި މައިންނާއި ތުއްތު ކުދިންގެ ސިއްހަތު ރައްކާތެރިކުރުމަށް އެޅިފައިވާ މުހިއްމު ފިޔަވަޅުތަކެއް ކަމަށެވެ.

ދަރިމައިވުމަށްޓަކައި އަންހެނުންގެ އިތުރުން ފިރިހެނުން ވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ދެމަފިރިން ވެސް ސިއްހީ ރަނގަޅު އާދަތަކުގައި ހިފަހައްޓައި، ދުޅަހެޔޮކަމުގައި ތިބުމަށް މަސައްކަތްކުރުމަކީ ދަރިފުޅުގެ ރައްކާތެރިކަމަށް ކުރަންޖެހޭ ކަމެއްކަން ފާހަގަކުރެއްވި އެވެ.

6 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވިސްނުންތެރިޔާ

08 April 2025

ވެކްސިނަކީ އުޑުމަތިން ފައިބައިގެން އައި އެއްޗެއް ނޫނެވެ. އަހަރެމެންގެ ހަށިގަނޑަށް ޙައްޤު ލިބިގެންވެއެވެ. އެއްވެސް މީހަކު މަޖުބޫރުކޮށްގެން ނުވާނެ

The name is already taken The name is available. Register?

ތެފައާސާ.

07 April 2025

އެންޓި ވެކްސާރ އިން ވަރަށް ގިނަވެއްޖެ. މައްސަލައަކީ މިކަހަލަ މީހުންނާހެދި އަހަރެމެންގެ ދަރިންނަށްވެސް ނުރައްކާވާތީ. އެހެން ނޫންނަމަ އޯކޭ.

The name is already taken The name is available. Register?

ވާނުވާ ނޭނގޭބައެއް ވެކްސިންއާ ދެކޮޅީ

07 April 2025

އާއެކޭ. އެބައުޅޭ ތިކަމުގަ ހަމަ ހބލ ވެގެން އުޅޭ އެކަކު. އޭނަގެ ދަރިންނަށް ވެކްސިން ނުދީ މައިތިރިވެގެން ހުންނަ ނަމަވެސް.

The name is already taken The name is available. Register?

އަބުޖީ

07 April 2025

ސައިންޓިފިކް ހޯދުންތަކުގެ އަލީގަ އެމީހުންވެސް ވާހަކަދައްކަނީ

The name is already taken The name is available. Register?

ލެޖިޓު ކޮންސާންސް

07 April 2025

މީހުން ދެކޮޅުހަދަނީ އޭގަވެސް ގެއްލުން ހިމެނޭއިރު އެއީ އެއްވެސް ގެއްލުމެއް ނުލިބޭ އެއްޗެއް ކަމަށް ހަދައިގެން ވާހަކަ ދައްކާތީ. އެސްޓްރާ ޒެނެކާއިން އެއްބަސް ވެފަ އެޔޮތީ ކޮވިޑް ވެކްސިންގެ ސައިޑު އިފެކްޓެކޭ ލޭ ގަނޑުވުމަކީ. ދެން ކަލެޔަށް ހީވަނީ ބޭސް ވިއްކާ މަހުޖަނުން ކަލެޔާ ކަލޭގެ ދަރިންނަށް ހެޔޮއެދިގެން އުފައްދާ އެއްޗެކޭ ވެކްސިނަކީ. ރާއްޖޭގައި ކުރިން އިންފާޓިލިޓީ މަދު. އެކަމް މިހާރު ހެސް ކިޔާފަ ގިނަ. މިކަހަލަ އެތައް ކަމެއް އެބަހުރި.

The name is already taken The name is available. Register?

ތެފައާސާ.

08 April 2025

ވެކްސިނަކީ އެއްވެސް ގެއްލުމެއް ނުލިބޭ އެއްޗެކޭ އެއްވެސް މީހަކު ނުކިޔާ. ހުރިހާ ބޭހެކޭ އެއްގޮތަށް ވެކްސިނުގައިވެސް ސައިޑު އިފެކްޓް ހުންނާނެ. ހުންއައީމާ ތިޔަ ކައިނަގާ ޕެނަޑޯލުން ލިވާރ އަށްވެސް އަށް ގެއްލުންވޭ. އެކަމަކު ބޭހާއި ވެކްސިންވެސް ބޭނުންކުރަނީ އޭގެ ސައިޑް އިފެކްޓަށްވުރެން އޭގެއިން ލިބޭ ފައިދާ ބޮޑުވީމާ. އެނގިއްޖެ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454