ސްކޭޓް މޯލްޑިވްސްއާ އެކު ދިރާގުން މިއަދު އެއްބަސްވުމުގައި ސޮއިކުރަނީ: މީގެކުރިން ދިރާގުން ވަނީ ސްކޭޓް މޯލްޑިވްސްގެ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައި --- ފޮޓޯ/ދިރާގު
08 އެޕްރީލް 2025 - 17:26
ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ޕާޓްނަރަކަށް ދިރާގުން އަނެއްކާވެސް ސޮއިކޮށްފި އެވެ.
މީގެ ކުރިން ދިރާގުން ވަނީ 2023 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރަށް ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ޕަޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވެ، ކާމިޔާބު ގިނަ މަސައްކަތްތަކެއްކޮށްފަ އެވެ. ސްކޭޓް މޯލްޑިވްސް ޑިވަލޮޕްމަންޓާ އެކު ގާއިމުކުރި ޕާޓްނާޝިޕްގެ ދަށުން ރާއްޖޭގައި ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ތަފާތު މުބާރާތްތައް ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދީ، ރާއްޖޭގައި ސްކޭޓިން ކުރިއެރުވުމަށް ދިރާގާއި ސްކޭޓް މޯލްޑިވްސް ގުޅިގެން މަސައްކަތް ކުރާނެ އެވެ.
އެ ޕާޓްނާޝިޕާ ގުޅޭގޮތުން ދިރާގުގެ ޑިރެކްޓަ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވަނީ އެ ޖަމްއިއްޔާއާ އެކު އާ ސްކޭޓަރުން އުފެއްދުމުގައި ބައިވެރިވުމަކީ ދިރާގަށް ލިބޭ އުފަލެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.
"ޒުވާނުން ޝައުގުވެރިވާ ދާއިރާތަކުން ކުރިއަށް ދިއުމުގެ މަގުތައް ހުޅުވައިދީ، ތަރައްގީގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް. އަޅުގަނޑުމެންގެ އުންމީދަކީ ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ މައިދާންތަކުން ވެސް ދިވެހި ސްކޭޓަރުންގެ ހުނަރުތައް ފެނިގެން ދިއުން." މިރްޝާން ވިދާޅުވި އެވެ.
ސްކޭޓް މޯލްޑިވްސްގެ ރައީސް މުހައްމަދު ހާނިމް ވަނީ އެ ޖަމްއިއްޔާއިން ބޭނުންވާ ފެންވަރަށް އެ ކުޅިވަރު ތަރައްގީ ކުރުމަށް ޑިވެލޮޕްމަންޓް ޕާޓްނަރެއްގެ ގޮތުން ދިރާގުން އެހީތެރިކަމާއި އެއްބާރުލުން ދެމުންދާކަން ފާހަގަ ކުރައްވައިފަ އެވެ.
ސްކޭޓް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ސްކޭޓިންއާ ބެހޭ ގައުމީ އެސޯސިއޭޝަނެވެ. އެ އެސޯސިއޭޝަނުން 2023 ވަނަ އަހަރު، ވަނީ ވޯލްޑް ސްކޭޓްގެ ޕްރޮވިޝަނަލް އެފިލިއޭޓް މެމްބަރުކަން ހާސިލުކުރުމަށް ފަހު އެއް އަހަރުގެ ކުރު މުއްދަތެއްގެ ތެރޭގައި ވޯލްޑް ސްކޭޓްގެ މެމްބަރުކަން 2024 ވަނަ އަހަރު ހާސިލުކޮށްފަ އެވެ. ރާއްޖޭގައި ހިންގާ ސްކޭޓިންއާ ގުޅޭ ހުރިހާ ހަރަކާތްތައް ހިންގަމުންދަނީ ސްކޭޓް މޯލްޑިވްސްގެ ބެލުމުގެ ދަށުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިޔަން ނޭނގުނުމީހާ
08 April 2025
މަށަށް ލައްކަ އިރު ކިޔައިގެން އެނގުނީ ސްކޭޓްކަން. ކުރިން ކިޔިއިރު މުޅިންވެސް ކިޔުނީ ސްޓޭކް....
ޖޭމްސް ކުކީ
09 April 2025
ތިޔަ ދެއްވި ބިނާކުރަނިވި ޚިޔާލަށް މަރުހަބާ. ބޭފުޅާއާއި އަހަރެމެންކަހަލަ މީހުން ގިނަވާވަރަކަށް ކަންތައްތައް ދާނީ ގޯހުން ގޯހަށް.