އދ. މާމިގިލީގެ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މެމްބަރު ގާސިމް އިބްރާހިމާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު.-- ފޮޓޯ: ޕޮލިސް
10 އެޕްރީލް 2025 - 16:22
ވިލާގެ ޗެއާމަން ގާސިމް އިބްރާހިމްގެ ހިލޭ އެހީގައި އދ. މާމިގިލީގައި ފުލުހުންގެ މަރުކަޒެއް އިމާރާތްކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ފުލުހުން ބުނީ، މާމިގިލީގައި ފުލުހުންގެ މަރުކަޒު ބިނާކުރުމަށް ފުލުހުންނާއި ވިލާ ފައުންޑޭޝަނާ ދެމެދުގައި އެއްބަސްވުމުގައި ސޮއިކޮށް، އެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިިއަދު ބާއްވާފައިވާ ކަމަށެވެ.
މާމިގިލީގައި ބޭއްވި އެ ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރައްވައި، ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އެވެ. ވިލާ ފައުންޑޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަދި މާމިގިއްޔަށް ގިނަ ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ގާސިމެވެ.
އދ. މާމިގިލީގެ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު.-- ފޮޓޯ: ޕޮލިސް
ފުލުހުން ބުނީ މާމިގިލީގައި ހަދާ މި މަރުކަޒަކީ ގާސިމްގެ ހިލޭ އެހީގެ ދަށުން ބިނާކޮށްދެއްވާ ތަނެއް ކަމަށެވެ.
އެ މަރުކަޒުގައި އޮފީސް އިމާރާތާއި ފުލުހުންގެ އެކަމޮޑޭޝަން އަދި މެސްރޫމް ވެސް ހުންނާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި އިމާރާތް ނިންމައި ފުލުހުންނާ ހަވާލުކުރުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަދެން
13 April 2025
އަހަރެން އެޅި ޕޮލިސް ސްޓޭޝަނަކަށް އަހަރެން ކުށްވެރިވެގެން ދުވަހަކުވެސް ގެންދެވިދާނެތަ؟
މިވެރިންގެ
13 April 2025
ދެން ސަރުކާރުން ކުރާނީ ކޮންކަމެއް؟ މިސްކިތްތައް ފަންޑުފޮށި ބަހައްޓައޮގެން ދެން ހުރިތަނެއް މަހުޖަނުން. ޓެކުހުގެ ގޮތުގައި ލިބޭފައިސާ ވެރިކަންކުރާ ފަރާތަކަށް، ކުންފުނިތަކަށް ލިބޭފައިދާ ސިޔާސީފަރާތްތަކަށް. ރައްޔިތުންނަށް އޮތީ ހަމްދުކޮށްލުން.
ޜުހޫ
11 April 2025
ޕޮލިސް ސްޓޭޝަން ނޭޅިގެންތަ ތިޔަ އުޅެނީ؟ ފެބްރުއަރީ މަހުގެ ސާރވިސް ޗާޖްވެސް އަދި ނުދޭ! ފެބުރުއަރީ މަހުގެ ސެލަރީ ހަމަ އެކިނި ދިވެހިން ގެ ބައެއް ވުމައްޒަފުންނަށް ދީފައި، ތިހުރީ! 11 އެޕްރީލް މިއަދު މީ
ފަލަކީ ހިކި
11 April 2025
މިރާއްޖެ މީ ޖޯކެއް. ޢެންމެ ބޮޑު މަހުޖަނު ޕޮލިސް ސްޓޭޝަން އަޅާދެނީ. ދެން ރައީސް ލިވަރޕޫލް މެޗް ބަލަންދާވެސް އަމިއްލަ މީހުން އެހީ ދެނީ. ދެން ކާކު ކޮން އިންސްޓިޓިއުޝަން އެއް ނަޒާހަތްތެރިވާނީ. ކޮބާތަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން؟
ސަމްސުއްދީންބެ
11 April 2025
ފުލުސް އޮފީސް, ކޯޓްތަށް ހަދާ , އަދި ފިނޭސް މިނިސްޓް އަދި ޓޫރިޒަމް މިނިސްޓްރީ މިކަލޭ ލައްވާ ހަދާލާ, ދެން އެތަންތަނަށް ހަރަދު ކުރަން ހުރި ބަޖެޓްގެ ހުރި ރުފިޔާ ތަށް އޮޅާލާ.
ސައްކު
11 April 2025
ރިސްވަތެއްބާ؟؟؟
އަންޑޭ
11 April 2025
މައްސަލައަކީ ތަނެއް ނޫން. މައްސަލައަކީ ތަން ހަދަން ހަރަދުކުރި މީހާ. އެމީހާގެ ކެރެކްޓަރ މާޒީގަ ދިވެހިންނަށް އޮތީ އެނގިފަ.
ވަރަށް ދެރަ
10 April 2025
ޕޮލިސް ހިންގާ އިމާރާތް ހިލޭ ވިޔަސް ސަރުކާރުން ނޫން ގޮތަށް އެޅިގެން ނުވާނެ!... ސަރުކާރާށް ނުވަންޏާ ވާ ދުވަހެއް އަންނަންދެން ބަހައްޓާ!.. އެންމެންގެ މައްސަލަތައް ހުށަހަޅަން އޮންނަ ތަނަކީ ވަކި މީހަކު އަޅާއިދިން ތަނެއް ކަމަށްވީމަ އަބަދުވެސް އިނގިލި ދިއްކުރެވެން އޮންނާނެ! މިއަށްވުރެ ކަންކަމާ ވިސްނުން މާ މުހިއްމު!
ގައުމުގެ ހަލާކު
11 April 2025
ނަންނުވެ އެހީދެވުނީސް، ނަންވެސް ބޭނުންވޭ، ބޮޑޭވާން.
ހެހެހެހެހެހެ، އެދުވަހު!
10 April 2025
"އަލްހަމްދު ލިއްލާހި، މިލިޓަރީ ބޭނުން ނުކޮށް މިކަންވިކަން ހާދަ ރަނގަޅޭ!"
ކޮމެންޓް ކުރީ
10 April 2025
ފުލުހަކާ ހާދަ ވައްތަރޭ
ވަރގޯ
10 April 2025
ސުވާލަކީ އިމާރާތް ބޭނުންކުރަން ފެށުމުން ތިތަނުން ގާސިމް ގެ މަސްލަހަތު އޮންނަ ކަމެއް ތަހުގީގު ކުރާނެހޭ