މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު.- ފޮޓޯ: މޯލްޑިވް ގޭސް
13 އެޕްރީލް 2025 - 12:06
ގޭސް ގަތުމުގެ އެއްވެސް މަސްއޫލިއްޔަތެއް އެ ކުންފުނީގެ ދަށުން ނުނަގާ ކަމަށާއި ގޭސް ގެނައުމުގެ ހުރިހާ މަސައްކަތްތެއް ކުރަނީ މޯލްޑިވް ގޭހުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވް ގޭހުން ގޭސް ގެންނަން ދުބާއީގެ ކުންފުނި، ޖަކްޝާ އެނާޖީއަށް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) ނުލިބި ދިގުލައިގެން ދިޔަ މައްސަލައަށް ފަހު ގޭސް ގަތުމުގެ ކަންކަން ސީދާ އެސްޓީއޯ އިން ކުރަން ފަށާފައިވާ ކަމަށް ރިޕޯޓްކޮށްފައި ވިޔަސް އަބްދުﷲ ވިދާޅުވީ، އެ ކުންފުންޏަކީ އެސްޓީއޯގެ ސަބްސިޑަރީއަކަށް ވާތީ، ކުންފުނި ހިންގުމުގެ ހުރިހާ ކަމެއް ވެސް ކުރަނީ މައި ކުންފުނީގެ އުސޫލުތަކާއި ގަވައިދުތަކުގެ ތެރެއިން ކަމަށެވެ.
"އަޅުގަނޑުމެން ޕްރޮކިއުއާ ކުރާ ހުރިހާ ކުންފުނިތަކާއި ހުރިހާ ކަމެއް އެސްޓީއޯއަކުން ނުބައްލަވާނެ. މިނިވަން ކުންފުންޏެއްގެ ގޮތުގައި މިތަން ހިނގަނީ،" އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ވިދާޅުވީ، އޭނާ މޯލްޑިވް ގޭހާ ހަވާލުވުމުގެ މާ ކުރިން، ކުރީ ސަރުކާރުގެ ދުވަސްވަރު، އެސްޓީއޯ މެދުވެރިކޮށް ގޭސް ގެންނަން ޖެހޭނެ ކަމަށް ބޯޑުން ފާސްކޮށްފައިވާ ނިންމުމެއް އޮތް ކަމަށެވެ. ނަމަވެސް، މިހާތަނަށް އެ ނިންމުމަށް އަމަލު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭރު އެގޮތަށް ބޯޑުން ނިންމާފައިވަނީ ގޭސް ޝިޕްމެންޓްތަކުގެ ކޮރަޕްޝަން މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެންނެވެ.
"އެއީ އެއްގޮތަކަށް ވެސް އަޅުގަނޑު ހަވާލުވިފަހުން ހިނގާފައި އޮތް ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ޖަކްޝާ އެނާޖީއަށް ދެއްކި 3.7 މިލިއަން ރުފިޔާ އަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި، ގޭސް ޝިޕްމެންޓްގެ 30 ޕަސެންޓަށްވާ ފައިސާ އެވެ.
އަބްދުﷲ ވިދާޅުވީ މި މުއާމަލާތުގެ މައްސަލަ ބަލައި އޮޑިޓް ވެސް ކޮށްފައިވާ އިރު އެކަމުގައި އެއްވެސް މައްސަލައެއް ނެތްކަން ފާހަގަވާނެ ކަމަށެވެ.
އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރުމަށް ގާނޫނީ ފިޔަވަޅު އަޅައިގެން ކުރިއަށްދާ އިރު މި މަސް ނިމުމުގެ ކުރިން އެ ފައިސާ ދޭނެ ކަމަށް ޖާކްޝާ އެނާޖީ އިން މޯލްޑިވް ގޭހަށް އަންގާފައިވާ ކަމަށްވެ އެވެ.
މޯލްޑިވް ގޭހުން ކޮންމެ މަހެއްގެ ވެސް ގޭހުގެ ސްޓޮކް ގެންނަނީ، ލޮކްޑް މެއިލް މެދުވެރިކޮށް އިންޓަނޭޝަނަލް ބިޑިން ޕްރޮސެސްއެއްގެ ދަށުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
13 April 2025
ކުރިންގޭސް ފޮނުވާދޭ ކޮމްޕެނީ ކުއްލިޔަކަށް ކެންސަލްކޮށްފަ އާކޮމްޕެނީއަކަށް އެޑްވާންސް ދައްކައިގެން ތިޔައަނބުރާ ގޭސްގަނޑާއެސްޓީއޯއިން ބެހޭތަ؟.
އަހުމަދު ޖަބީނު
13 April 2025
އަބްދޯ ބޭރުކަރަން ކުންފުނީގެ ތެރެއިން ބަޔަކު ރެއާއި ދުވާލު މަސައްކަތް ކުރަމުން ދާމަށް ހުޅުމާލެ ޕީ.އެން.ސީ މީހަކު ބުނި. އެމީހުން އެކި ފަރާތް ތަކަށް ޝަކުވާ އުފުލާ ކަމަށްވޭ. މައްސަލައަކަށް ވެގެން އުޅެނީ އަބްދޯ ގެ ބޯ ހަރުކަން. ބައެއް މުވައްޒަފުން މީގެ ކުރިން ކުރަމުންގެން ދިޔަ ބައެއް ކަން ކަން ހުއްޓުވާލުންވެސް އޭގެ ތެރޭގަ ހިމެނޭ.
ސިނާމުނީ
13 April 2025
ކުރީސަރުކާރުގައި ވެސް ޕޮރޮކިއުމަންޓް ހެޑަކަށް ހުރި ކަނާތުން ފެންނަން އެހުރީ ގޭސް ޕޮރޮކިއަރ ކުރަން ދުބާއިގައި މަސައްކަތްކުރާ ސޯމާލިއާ ޕޭޕަރ ކުންފުންޏަކަށް އޯޕެން ކޯޓޭޝަން ޢެޕްރޫވްކޮށް ކުއްލިއަކަށް އެއިރުގެ ސީނިއަރ މެނޭޖްމަންޓް އިން އެކަންހުއްޓުވި ނަމަވެސް މިހާރުވެސް ކޮރަޕްޝަން ހިނގަނީ ބެލުމެއްނެތި 1 ލައްކަޑޮލަރ ގެ ކަޓް ނެގުމަށް ކުރަމުންދާ ރިސްކު ޕާޗޭސިންގ ސަބަބުން
ގޭސް
13 April 2025
އެއްވެސް ތަޖްރިބާއެއް ނެތް މީހަކު ބޮޑު ކުންފުންޏެއް ހަވާލު ކުރީމާ ވާނީ މިހެން. ބޮޑު މުސާރަ ދީފަ ޕާކް ބަލަހައްޓަން ހުރި މީހަކަށް ގޭސް ވިއްކަން ހަވާލުކުރީމާ ޖެހުނު ގޮތަކަށް ޖެހުނު އެއްޗެއް ވެސް އޭނާ ވެސް ނަގާނެ. ކުރިން ތިތާ ހުރި ގޭސް މާނު ވެސް ވަނީ ތިކަހަލަ ލައްކަ ކަންކަންކޮށްފައި. މިފަހަރު ބޯފަން އަބްދުދޯ މި ބަދަލުވީ ގޭސް އަބުޅޯ އަށް
ނާއިލް ޝައިހާން
13 April 2025
މި ސަރުކާރުގަ ތަޖުރިބާ ހުރި ޑަކުޓަރުންނަށް ކުރެވެނީ ވަކި ކޮން މޮޅުކަމެއް ބުރޯ؟ މި ކުންފުނިތަކަކީ އޮޓޯ ޕައިލެޓަށް ލާފަ ތިބޭ ތަންތަން. ރަގަޅު ނިޒާމު ތައް ގާއިމު ކޮށްފަ ހުންނާނިީ. ގަވަޢިދުތައް ހަދާފަ ހުރޭ. ހިންގަންތިބޭނެ ކިިޔަވައިގެން ތިބި ތަޖުރިބާ ލިބިފަ ތިބި މުވައްޒަފުން. ކުންފުނި ފައިދާވެ، މުވައްޒަފުންނަށް ދޭން ޖެހޭ މުސާރަ މަހުން މަހަށް ދެވޭ ކަމަށް ވަންޏާ ކޮން ކަމަކާ ހާސްވަނީ؟ ތީގަ ތި އުޅެނީ ނާޒިމްގެ އުނދަގޫ ދިމާވެގެން.
ތެފައާސާ.
13 April 2025
އެކުން މާ ބާރަށް ގޭހޭކިޔައިގެން ވާހަކަ ނުދައްކާ ގޭސް ވެއްޖެއްޔާ ނުލާހިކު އުނގަދޫ ބޮޑުވާނެ ގޭސް ބޭސްވެސް މިހާރު ފާމަސީއަކުންވެސް ލިބެނީއަކީ ނޫން ދެން މި ޖެހެނީ ޓައިގަރު ބާމު ހާކައިގެން ރަގަޅުވޭތޯ އޮންނަން.
އުދުހޭ
13 April 2025
އަބްދުﷲ ބުނެބަލަ މިކަމުގެ ކޮން ތަޖުރިބާއެއް ހުރެގެންތަ ތިޔަ މަގާމުގަ ތިހުރީ؟
ޢެޑްމުންޑޯ
13 April 2025
ވައްކަމާއި ޚިޔާނާތުގެ ތަޖްރިބާ ހުރެގެން ، އެގިއްޖެތަ ؟
ބވގފް1
13 April 2025
އެހެން މީހުން މަޤާމުތަކަށް އަންނަނީ ކޮން ތަޖުރިބާއެ\އް ހުރެގެންތަ؟ ދުނިޔެއަށް އުފަންވާއިރު ތަޖުރިބާ ލިބެނީތަ؟
ޢަބްދޯ
14 April 2025
މުސާރައަށް
ހަސަން ނަޢީސް
13 April 2025
މާލިއްޔަތު ކޮމަޓީގެ މެމްބަރެއް މިއަދު ބުނުއްވި، ނާޒިމު ހަފްތާ ބަންދުގަ މި މައްސަލައިގެ މަޢުލޫމާތު ހޯއްދަވަން ގޭސް ކުންފުޏަށް އެންގުމަށް މަސައްކަތް ކުރަމުންދާ ކަމާށް. މަޢުލޫމާތު ނުހޯދާ، މިކަމުގެ ވާނުވާ ނޭގި ތޯ ނޫސްތަކަށް މި ދިޔަ ހަފުތާގަ މަޢުލޫމާތު ދެއްވީ؟ މި ފަދަ މަގާމު ތަކުގަ ތިއްބަވާ ބޭފުޅުން ކަންކަމަށް ފެންބޮވައިގެންފަ ތިބޭވަރު މިކަމުން ދޭހަވޭ.
ޜޔތމހ
13 April 2025
މިއީ ކޮންމެ ސަރުކާރަކުންވެސް ވެރިކަން ދަމަހައްޓަން އެޕާރޓީއެއްގެ ބަޔަކު މުއްސަންދި ކުރަން ކުރާ ކަންތައްކަށް ހުރިހާ ރައްޔިތުންނަށްވެސް އިނގޭ، މިފަހުން ދައުލަތުގެ ކުންފުނިތަކަށް ހަވާލު ކުރި ޕްރޮޖެކްޓްތަކަކީވެސް ހަމަ މިގޭސްގަނޑު، ހަމަ ދަވާލަނީ، ކޮބާ އަދީބު ކޮބާ ފަޒުލް އެންމެންވެސް ހަމަ މިހެން، ޔާމީނު ނަންވަނީ އެކަމަކު އޭނަ ނޫނީ ނެތް ބޮޑު ޕްރޮޖެކްޓްއެއްވެސް ނިންމުނު މީހެއް، އަދި މިއަދާ ހަމައަށްވެސް ދިވެހިން ނުދެކޭ އެވަރުގެ ތަރައްގީވި 5 އަހަރު
އެޑްމުންޑޯ
13 April 2025
މިނިވަންވީވަރުންގޮސް ވައްކަން އިތުރުވެ ލޫޓްވުން ގިނަވަނީ ، އެސްޓީ އޯއިން މިހިނދުން މިހިނދަށް ކޮންތްރޯލް ނަގަންޖެހޭ ތިފަދަ ހުރިހާ ކަމެއްގެވެސް
ހަސަނޭެ
13 April 2025
ދައްކަވަން ހުރި ތަނެއް ދައްކަވާފަ ގެންދާނީ. ގައިމުވެސް ގިޔާމަތްދުވަސް އަންނާނެ. އެދުވަހަކުން ހަގީގަތް އެނގޭނެ