ފުލުހުންގެ ވެހިކަލް-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
15 އެޕްރީލް 2025 - 18:25
ދެކުނު ރަށެއްގައި އުމުރުން 14 އަހަރުގެ ކުއްޖަކަށް ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ދައްކައި އެފަދަ ތަކެތި އެ ކުއްޖާގެ ފޯނަށް ފޮނުވި ކަމަށް ބުނާ މައްސަލަ ތަހުގީގުކޮށްފައިވާ ކަމަށާއި އެކަމަކު އެ ކުއްޖާ ބުނާ ބުނުން ފިޔަވައި އިތުރު އެއްވެސް ހެއްކެއް އަދި މިހާތަނަށް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެއީ ޖެނުއަރީ 22، 2022 ގައި ފުލުހުންނަށް ރިޕޯޓުކުރި މައްސަލަައެކެވެ. މިހާރު އުމުރުން 17 އަހަރުގެ އެ ކުއްޖާއަށް އިންސާފު ނުލިބޭ ކަމަށް ބުނެ ކުއްޖާ ދައްކާފައިވާ ވާހަކަތަކަކާ ގުޅިގެން ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގުގައި ތުހުމަތުކުރެވޭ މީހާގެ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފޮރެންސިކް ތަހުލީލުތައް ކުރި ކަމަށެވެ.
އޭގެ އިތުރުން ހަ މީހެއްގެ ބަޔާނާއި ހެކި ބަސް އަދި އިތުރު ދެ މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް ބުންޏެވެ.
"މަތީގައި ދެންނެވުނު [ފޯނާއި ލެޕްޓޮޕް އަދި މީހުންގެ ބަޔާން] ތަހުލީލުތަކުންނާއި ބަޔާންތަކުން، ކުއްޖާ ބުނާ ބުނުން ފިޔަވައި އެ މައްސަލައާ ގުޅުންހުރި އަދި ކުރާ ތުހުމަތުތަކަށް ބާރުލިބޭ އެެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ލިބިފައެއް ނުވޭ،" މީީޑިއާ ގްރޫޕަށް ފުލުހުން ފޮނުވި މެސެޖުގައިވެ އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ތުހުމަތުކުރެވޭ މީހާ، ކުއްޖާގެ ފޯނަށް ފޮނުވާފައިވާ ކަމަށް ބުނާ މެސެޖުތަކާއި މައްސަލައާ ގުޅުންހުރި އެއްވެސް އެއްޗެއް އެ ކުއްޖާގެ ފޯނުގެ ފޮރެންސިކް ތަހުލީލުތަކުން ވެސް ފެނިފައިނުވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ތަހުގީގުކޮށް، އޭޕްރީލް 22، 2024 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނަރަލްގެ މަޝްވަރާއަށް ފޮނުވުމުން ވަނީ ބައެއް އިސްލާހުތައް ގެނައުމަށް އެދިފަ އެވެ. އެ އިސްލާހުތައް ގެނައުމުގައި މައްސަލަ ހުށަހަޅާ ފަރާތުން އެއްބާރުލުން ލިބިފައިނުވާތީ މައްސަލަ މިހާތަނަށް އޮތީ ނުނިމި ކަމަށް ވެސް އެ އިދާރާ އިން ބުންޏެެވެ.
"މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށް ކުރެވެންހުރި މަސައްކަތްތައް ފުލުހުން ދަނީ ކުރަމުން." ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުން އ
18 April 2025
އެފަކީރު ގެ ފޮޓޯ އާ ވަނަވަރު ނޫހުގަ ޖަހާ ރާއްޖެ އައް ފަލީހަތް ކުރި ނޫސްވެރިން ނާ ޕޮލިސް މީޑި އާ ޒިންމާ ނަގާ މާފައް އެދެންޖެހޭ. އަދި އަބުރުގެ ބަދަލުވެސް ދޭން ޖެހޭ
އަރުކާލް
16 April 2025
މިފަހަރު މިއޮތީ ދޮގު ބުހުތާނު އެ ކުއްޖާ ފަތުރާފަ. އަމިއްލަ ފޯނުގަވެސް ނެތީމަ އިނގޭ އެކަން
ހަމަހަމަ ހައްގު
16 April 2025
ކުށްވެެރިންނަށް ހައްގުު އަދަބު ލިބެންވާނެ. ހަމަ މިއާއެކު، ކުށް ނުކުރާ މައުސޫމް މީހާއަށްް އޭނާގެ އަބުރާއި އިއްޒަތް ނަގާނުލުމުގެ ހައްގުވެސް ކަށަވަރުކުރެވެން ޖެހޭނެ. ބައެއް ގާނޫނުތަކުން މި ހައްގު ވަނީ ނިގުޅައިގެންފަ. ހާއްސަކޮށް ވަކި ޖިންސަކުން ވަކި ބަޔަކު ބޭނުން ވަގުތެއްގައި ބޭނުން ގޮތަކަށް ފްރޭމްކޮށް، މައުސޫމް މީހުން ބޮޑެތި މުޖުރިމުންނަށް ހަދާ އެބަލެވޭ. ތުހުމަތެއްކުރާ ހިސާބުން އިދާރަތަކުންވެސް އެމީހަކު ކުށްވެރިއަކަށް ހަދައި، ފަލީހަތް އެބަ ކޮށްލާ
އަބުރުކޮބާ
16 April 2025
މީހެއްގެ އަބުރު ކަތިލާން އޮޅުވާލައިގެން މަސައްކަތް ކުރުމަކީ ސަމާސާ ކަމަކަށްވެގެން ނުވާނެ، ކުޑަކުއްޖަކަސް ކުރަންވާ ކަންތަކާއި ނުކުރަންވާ ކަންތަށް އެނގޭނެ. އެނގި ވިސްނޭތީ ތިއަފަދަ ނުލަފާކަމެއް ކުރާނީވެސް. އަދި މީހުނަނަށް ލަނޑުދޭން ގަސްތުގައި މިކަހަލަ ނުބައިކަންތައް ކުރަނީ، ތިމަންނާ ކުށެއްކުރިއަސް އެއްވެސްކަމެއް ނުވާނެކަން އެނގޭތީ.
ހަރުދަަނާ
16 April 2025
ކޮންމެއަކަސް 21 ވަނަޤަރުނުގައި ބަރަހަނާ ފޮޓޯ ފޮނުވާ މައްސަލަ ބަލަނީނަމަ އެވާނީ ޖޯކަކަށް އެއީ އިންޓަރނެޓުން މިހާރު އެންމެ ކުޑަކުއްޖާއަށްވެސް ލިބެންހުންނަ އެއްޗަކަށްވާތީ މީހަކު އެ ފޮނުވާކަށް ނުޖެހޭނެ
މރހބ
16 April 2025
22 ޖެނުއަރީ 2022 ގައި ރިޕޯޓްކުރި ކަމެއް. އަނެއްކާ ތަހުގީގުގައި ތިޔަ ބަލަނީ އޭރު ގެންގުޅުނު ފޯނާ ލެޕްޓެޕް ބާ؟ އަހަރަކުން އަހަރަކުން އާކުރާ އެއްޗެހި ވީމާ ހަމަ އަހާލެވުނީ.
އިހްސަަސް
16 April 2025
ތިގޮއްޔެއަށް އެމީހާ ފޮނުވި ފޮޓޯއާއި ވީޑިއޯތައް ފުލުހަށް ނުދައްކާ އޮޅިގެން ޑިލީޓުކުރެޗުނީތަ؟
ޒަރީރު
16 April 2025
ގިނަ މީހުން ސިޔާސީވެފަތިބޭވަރުން މިހާރު ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރިޔަށް ދިއުމުގެ ބަދަލުގަ ބޭނުންވަނީ ސޯޝަލްމީޑިއާގަ އެވާހަކަ ޖަހައިގެން މުއައްސަސާތަކަށް ކަންކަން ނުކުރެވޭކަން ދައްކަން. ސޯޝަލްމީޑިއާގަ ޖެހުމުން ގިނަބަޔަކަށް އިވެނީ އެއްފަރާތުން ބުނާބުނުން. ކަން ހިގާފައިވާ ގޮތް ގިނަ މީހުނަށް ނޭނގިތިބެ އޭރެއްގަ އޮންނަ ސަރުކާރަކާ މުއައްސަސާތަކަށް ޖޯކުޖެހުން ކަމަކަށް ދެން އޮންނާނީ
ނާޑުވާ
15 April 2025
ފުލުހުންގެ މުއައްސަސާއަކީ މިހާރު ބޮޑު ޖޯކެއް. ސިޔާސީ ޖަގަހައަކަށް ވެއްޖެ.
ސްްއެް2
15 April 2025
ދޮގު ތުހުމަތުގައި މީގެ ކުރިން ހައްޔަރުކޮށް ހުކުމްކޮށް ޖަލު ގޮޅިއަށްލާފައިވާ މީހުންނަށް އިންސާފު ލިބެންޖެހޭ. 14 އަހަރުގެ 15 އަހަރުގެ ކުއްޖަކު ބުނެލާ ބުނުމަކަށް މީހުން ހިފާ ހައްޔަރުކޮށް ޖަލަށްލި ޒަމާނެއް ދިވެހިން ވަނީ ދެކިފައި