އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު: އޭނާ ވަނީ ހާވާޑް ޔުނިވަސިޓީއަށް ޓެކްސްގެ ލުއި ވެސް އުވާލާނެ ކަމުގެ އިންޒާރު ދީފައި. -- ފޮޓޯ: އޭއެފްޕީ
16 އެޕްރީލް 2025 - 05:59
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން ބޭނުންވާ ގޮތަށް ސިޔާސަތު ބަދަލުކުރުމާ ދެކޮޅުހެދި ހާވާޑް ޔުނިވަސީޓީއަށް ދީފައި އޮންނަ ޓެކްސްގެ އިސްތިސްނާ ވެސް އުވާލަން ޖެހިދާނެ ކަމުގެ އިންޒާރު ޓްރަމްޕު ދެއްވައިފި އެވެ.
އެމެރިކާގެ ޝަރަފުވެރި ޔުނިވަސިޓީއަށް މި އިންޒާރު ދީފައި މި ވަނީ ސަރުކާރުން ބޭނުންވާ ގޮތަށް އަމަލު ކުރެވެން ނެތް ކަމަށް ބުނުމުން ފެޑެރަލް ސަރުކާރުގެ 2.2 ބިލިއަން ޑޮލަރުގެ ފަންޑު ހިފެހެއްޓުމަށް ފަހުގަ އެވެ. އެއީ ޔަހޫދީންނާ މެދު ނަފްރަތު އުފެއްދުމުގެ ފިކުރާ ދެކޮޅަށް ކަމަށް ބުނެ އެމެރިކާ ސަރުކާރުން ކުރަން އަންގާފައިވާ ކަންކަން ނުކުރުމުންނެވެ.
ޓްރަމްޕް ވިދާޅުވީ އޭނާ އެދިވަޑައިގަތް ޑިމާންޑްތަކަށް ބޯނުލަނބާ ނަމަ ހާވާޑްގެ ޓެކްސް އިސްތިސްނާ އުވާލައި ސިޔާސީ މުއައްސަސާއެއްގެ ގޮތުގައި ޓެކްސް ދައްކަން ޖެހޭ ކަމަށެވެ. ޓްރަމްޕުގެ ޑިމާންޑްތަކުގެ ތެރޭގައި ކޮލެޖު ހިންގަމުން އަންނަ ގޮތް ބަދަލުކުރުމާއި ދަރިވަރުން ވެއްދުމުގެ އުސޫލު ބަދަލުކުރުމާއި ޕްރޮފެސަރުންނަށް ބާރުތައް ދިނުން ހިމެނެ އެވެ.
ސަރުކާރުގެ ޑިމާންޑްތަކާ ދެކޮޅުހަދައި ޔުނިވަސިޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެކި ދީންތަކާއި ނަސްލުތަކާއި ފިކުރުތަކާއި މުޖުތަމައުތަކުގެ ދަރިވަރުންނަށް ފުރުސަތު ދިނުމަށް ގެންގުޅޭ ސިޔާސަތު ބަދަލު ނުކުރާނެ ކަމަށެވެ.
"އެއްވެސް ސަރުކާރަކުން - ކޮންމެ ޕާޓީއެއްގެ ސަރުކާރެއް ވެރިކަމުގައި އޮތަސް - ކިޔަވައިދެވޭނެ އެއްޗިއްސާއި ފުރުސަތު ދެވޭނެ ދަރިވަރުންނާއި ވަޒީފާ ދެވޭނެ މީހުންނާއި އަދި ދަރިވަރުންނަށް ކިޔެވޭނެ ދާއިރާތައް އަމިއްލަ ޔުނިވަސިޓީތަކަކަށް ނޭންގޭނެ،" ހާވާޑްގެ ރައީސް އެލަން ގާބާ އެތަނުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
19 April 2025
ޙޫމް. ރަގަޅު.
raajje
16 April 2025
އަނިޔާވެރިން އަމިއްލައަށް ހާލާކުވެދާތަންމިފެންނަނީ ބޮޑުމޮޔަގަނޑެއް ވެރިކަމަށްހޮވާ ކުރި އަދި ކުރަމުންދާ މޮޔަކަންތައްތަކުގެސަބަބުން އެމެރިކާމިހާރުވަނީ އެކަހެރިވެފައި، އަދިކުރިޔަށްއޮތްތަނުގައި ބަނގުރޫޓުވާނެ، ވަރަށްއަވަހަށް އެމެރިކާޑޮލަރުގެ ބާރުކެނޑި އެމެރިކާ އިނދަޖެހޭނެކަމުގެ ޔަގީންކަން މިހާރުފެންނަމުންމިދާ މަންޒަރުތަކުންލިބޭ، މީވަރަށްއުފާވެރިކަމެއް ސަބަބަކީ އެމެރިކާއާނުލާ އިޒުރޭލެއްނޯންނާނެ
މޭންމައި
16 April 2025
ސިކުނޑި ހަމަނުހޭ މޮޔައެއް ތީ..! އަދި އޭނާގެ ގޮތްދޫނުކުރުމާއި ، ކިބުރުވެރިކަމާއި، ބޮޑާކަމާއި، ބާރުބެރިކަން ދައްކަނީ.. ތީ ކުޑަދުވަސް ކޮޅެއްގެ ކަމެއް. ތި ބާރު ގޮސްދާނެ.
ސަސި
16 April 2025
ކިހިނެތް ހަދާނީ، މޭކް އެމެރިކާ ގުރޭޓް އެގެންއޭ ބުނީމަ މި ސޮރު މި ވެރިކަމަށް ހޮވީ.
އެހެއްނު އަބަދުވެސް
17 April 2025
ރައްޔިތުން ގުނބޯ ހެއްދޭތީއޭ ވެރިކަން މި ލިބެނީ. އިންޑިއާ އައުޓުން އިންޑިއާ އޮންލީ އިން އަށް ބަދަލުވެފައި މިއޮތީ. ޒީރޯޓޮލަރެންސް އިބޫ އެންމެ ބޮޑެތި ޚިޔާނާތްހިންގީ. އަނެއް ދިވެހިރާއްޖޭގައި ވީގޮތް އެބަ އިނގޭ. މިހެންގޮސް ކިޔާނެކަމެއް ނެތް.