ސަރުކާރުން އަޅާ ފްލެޓްތަކެއް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
16 އެޕްރީލް 2025 - 16:03
ސަރުކާރުން އިއުލާނުކުރި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓާ ގުޅިގެން 8،000 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ފްލެޓަށް ޝަކުވާއަށް ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުގަ އެވެ. ރޭ ދަންވަރު 12:00 އަށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހަމަވެފައި ވާއިރު އެ މުއްދަތުގައި 8،602 ޝަކުވާ ވަނީ ހުށަހަޅައިފަ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި ޕޯޓަލް މެދުވެރިކޮށް 5،236 ޝަކުވާ ހުށަހަޅާފައިވެ އެވެ. އީމެއިލް މެދުވެރިކޮށް 2،840 ޝަކުވާ އަދި މިނިސްޓްރީގެ ކައުންޓަރަށް 526 ސިޓީ ހުށަހަޅާފައިވެ އެވެ.
މިނިސްޓްރީން ބުނީ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ ޝަކުވާތަކަކީ ހަމައެކަނި ލިސްޓުގެ ތެރެއިން ފްލެޓް ނުލިބޭ މީހުންގެ ޝަކުވާތައް ކަމަށެވެ. އަދި އީމެއިލް އާއި ސިޓީ މެދުވެރިކޮށް ލިބުނު ޝަކުވާތަކަކީ ފްލެޓް ނުލިބޭ މީހުންގެ ޝަކުވާ އާއި އާންމު ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާ ކަމަށެވެ.
މިނިސްޓްރީން ބުނީ މުއްދަތު ހަމަވުމާ އެކު ދެން އެންމެ ބޮޑު އިސްކަމެއް ދޭނީ ޝަކުވާތައް ބަލައި ނިންމުމަށެވެ.
މިދިޔަ ސަރުކާރުގައި ހުޅުމާލޭ 2 ގައި އިމާރާތްކުރަން ފެށި ފްލެޓްތަކުގެ ތެރެއިން 4،000 ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި އިއުލާނުކުރި ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ބޮޑެވެ. ކުރީ ސަރުކާރުން ދިން ދެ ވަނަ ފުރުސަތުގައި، މާލޭގައި އުޅުނުކަން ސާބިތުކުރަން ގިނަ ބަޔަކު ލިޔެކިޔުންތައް ހުށަހެޅިޔަސް އެ ހުށަހެޅުންތަކަށް މިފަހަރު ނުބަލާ ކަމަށް ބުނެ އެ ކަންބޮޑުވުން ގިނަ ބަޔަކު ވަނީ ފާޅުކޮށްފަ އެވެ.
މި ސަރުކާރުން ރިވިއުކުރި ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހަކަށެވެ. އޭގެ ތެރޭގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 397 މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިނު
17 April 2025
އަނެއްކާ ކޮމެޓީއެއްހަދާ ތިސަކުވާބަލަން .
އަޒްނާ މުހައްމަދު
17 April 2025
އިބޫމެން އެއްވެސް ވަރަކަށް ހައްގުވެރިންނަށް ނުދޭ ފްލެޓެއް. ހަމަ އެމީހުން ހިތައް އެރި ކައިރި މީހުންނަށް ދިނީ.
މަހްމޫދު ޝަފީގް
17 April 2025
ފްލެޓް ހައްގުވެރިންނަށް ދޭނީ ރައީސް މުއިއްޒް.
ބަބޫ
17 April 2025
ނުދީ ގިނަރުވަސް ވާވަރަކަށް ޝަކުވާތައް ވާނީ ގިނަ. ބައެއް މީހުން ރެސްޓޯރެންޓްގަޔާ އިފީސްތަކުގައި ބަނޑަހަ ޖަހައިގެން މީހުނަށް ޝަކުވާ ލައިދިނުމުގަ އުޅެނީ. ބަޔަކަށް އެއްޗެއް ލިބޭތީ ހަމަ ނިދި ނުލިބިގެން އުޅޭމީހުން ގިނައީ.
ނަން..
17 April 2025
މިދާ ވަރުން ބަލަންޏާ ދައުރު ނިމެން އުޅެނި ކޮއް ތި ފުލެޓް ކުއްލިގޮތަކަށް ބަޔަކަށް ދޭނީ. ލިބެންޖެހޭ މީހުން ހުންނާނީ ނުލިބެ ޕާޓީ ކުދިން ކޮޅަށް ދިނީމަ ދެން އަންނަ ސަރުކާރުން ވެސް ހުންނާނީ ބަޔަކު އުޅޭ ތަނެކުން ބޭރު ނުކުރުވެފަ.
ޙައިހައި
17 April 2025
ޙައިދަރަށް ލިބުނީމާ ދެން އެނގޭދޯ ސައްހަ ވަރު
ސަމަރޭ
17 April 2025
މާތްކަލާކޯ ތިޔަ ފްލެޓަކާ ބިމަކާ ހެދި ރައްޔިތުމީހާ ނަފްސާނީ ވެއްޖެ.. އަނެއްކަަ އަނެއް 3 އަހަރު ތިޔަ ޝަކުވާ އެއް ބަލަން ދާނެ.. ތިޔަކަން ދިގު ދަންމާތި ކުރީގެ ރައީސުން ހެދިގެން އިންތިހާބުގެ 2 ވަނަ ބުރުގެ ވޯޓްލާ ހަފްތާއާއި ހަމަޔަށް.. ކޮންމެ ވެރިކަމެއްގެ ނިމުން ތިޔަ ކަމަކާ ޖެހޭތާ މިހާރު 15 އަހަރު މިވަނީ..
ދޭހަވުން
17 April 2025
މީގެން ދޭހަވެގެން ދަނީ ކީކޭބާ؟ ހަމަޔަޤީނުންވެސް އެހާގިނަ ޝަކުވާ އެއްތް އޮތް ކަމުގައި ވާނަމަ، އެތަނުގައި އިންސާފެއް ނެތްކަން ކަށަވަރުވެގެން ދޭ.
ލަބީބު
17 April 2025
ކުރީސަރުކާރު މިނިސްޓަރުންގެ ލިސްޓާއި، މަޖިލިސް މެމްބަރުގެ ލިސްޓަށް އޭރުފުލެޓް ދިންމީހުން ރުޅިއައިސްގެން ރިޕީޓްކޮށް ޝަކުވާލާފަ
އައިމިނާ
16 April 2025
ދެން ފްލެޓް ނުލިބުނު އެމްޑީޕީ ސަރުކާރުގަ ލިސްޓުގަ ހިމެނިފަތިބި ފަރާތްތަކަށް ކިހިނެއްބާ ވާނީ. އަލުން އަނެއްކާ ފޯމްލާންތޯ ޖެހޭނީ.
އާދަމް އީމާން
16 April 2025
ހެޔޮނުވާނެ ރައީސް ބޭނުންބަޔަކަށްތިތަންދީބަލަ. ރައްޔިތުންތަކަކާ ހަދާފަހުރި އެގުރީމަންޓަކަށް ބަލާނިކަމެއްނެތް.
ޅަމީމު
17 April 2025
، ބޮޑެތި ދޮގުހަދާފަ ހުރިކަން އެހުރީ އޭސީސީގެ ރިޕޯޓުން ހާމަވާން، އެގްރީމެންޓްގަ އިންނާނެ ދޮގުހަދާމީހާ ޖަލަށްލާނެވާހަކަ، އެހެން ނަހަދާކަންވެސް ރަނގަޅެއްނު