ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ތިން ބުރީގެ މިސްކިތް.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
17 އެޕްރީލް 2025 - 09:16
ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރަމުން އަންނަ ތިން ބުރީގެ ދާއިމީ މިސްކިތް އަންނަ މަހު ހުޅުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ކުރީ ސަރުކާރުގައި އިމާރާތްކުރަން ފެށި ތިން ބުރީގެ އެ މިސްކިތް އަޅަނީ ހިޔާ ޓަވަރުތައް ކައިރީގައި އަމިއްލަ ފަރާތަކުންނެވެ.
އެ މިސްކިތުގެ އިތުރުން މިނިސްޓަރު ވިދާޅުވި ގޮތުގައި ހުޅުމާލެ ފޭސް ދޭއްގެ ދާއިމީ ބައެއް މިސްކިތްތައް މި އަހަރު ހުޅުވާނެ އެވެ. އަދި މިނިސްޓްރީގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ވަގުތީ ހުރިހާ މިސްކިތެއް ނިމުމަކަށް ގެނައުން ކަމަށް ޝަހީމް ވިދާޅުވި އެވެ.
ހިޔާ ސަރަަހައްދުގައި ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާއިރު އެ ސަރަހައްދަށް އެކަށީގެންވާ ވަރަށް މިސްކިތް ނެތް ކަމުގެ ޝަކުވާ ބޮޑެވެ. އަދި އެތަނުގައި އިމާރާތްކުރަމުން އަންނަ މިސްކިތްތައް ނުނިމި ދިގުލައިގެންދާ މައްސަލަ ވެސް ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރިޔަމް ފާނު
17 April 2025
ތިއީވެސް އަމިއްލަ ފަރުދެއް އަޅާދޭ މިސްކިތެކޭ އެބަކިޔާ. އޮޅުވާލައިގެން ސަރުކާރުން މެޑަލް ޖަހަން އުޅުމަކީ ވަރަށް ނާތަހުޒީބު ކަމެއް.
ޕިސް
18 April 2025
އަޅެ ނުކިޔާ ދޯ ކޮމެންޓް ކުރަނީ؟؟
ހަމަދު ސަލީމް
17 April 2025
އިސްލާމީ ވެރިން ވެރިކަމަށް އެރުވީމަ ފެނޭނު، ދުވާލަކު މިސްކިތެއް ބިނާކުރަމުންއެދަނީ.
އަމަރު ކަމަރު ބަނދަރު
18 April 2025
ދޮންކަލޯ މިއީ ވެރިކަން ބަދަލުވިއިރު ސްޓްރަކްޗަރ އެއްކޮށް ނިމިފައިހުރި ތަނެއް. ފިނިޝިން އެކަނި ނިންމަންއޮތީ. ނިމިދިޔަ ރޯދައަށްވެސް ހުޅުވާނެކަމަށް ބުނި. ތިވަރަށް އޮޅުވާލުންވެސް ހުއްދަވީތަ!
ހަހަހަހެހެހެ
17 April 2025
އިސްލާމީ ގައުމެއްގައި ސަހަރުތައް ބިނާކުރާއިރު މިސްކިތްތައް ނެތި (ފަހުން މިސްކިތް އަޅާގޮތަށް) ޕްލޭން ކުރުމަކީ ދެންވާ ހާދަހާ ހެެއްވާ ކަމެކެވެ.
ކާމިޔާ
17 April 2025
އުސް ޓަވަރު ތަކެއް ދައްކައިގެން ވޯޓު ލިބޭތޯ ބެލީ. މިސްކިތެއް، ސްކޫލެއް ނުވިތާކަށް ހޮސްޕިޓަލެއް ފިހާރަ ގަނޑެއްވެސް ނެތް. އެވަރުންވެސް ހަޅޭއްލެވީ ފްލެޓްތަކަށް މީހުން ނުވައްދައިގެން
ނަަން..
17 April 2025
ކޮބާ ވެރިކަން ކުރަން އުޅޭ އެސްޖޭ އިން ހަދަމުންދާ މިސްކިތް. އެމީހުންގެ ވިޔާފަރި ކުރާތަން ތަން އެބަހެދޭ މިސްކިތް ފިނިހަކަ ދުވެލީގަ ކޮން މެސް ނިޒާމި މައްސަލައެއްގައި ތާށި ކޮއްގެން އަބަދު އުޅެނީ.
އަލީބެ
17 April 2025
ހުޅުމާލޭ ފޭސްޓޫގަ ރޯދައަށް ހުޅުވާނަމޭ ޝަހީމް ބުނީ މިމިސްކިތެއްނޫންބާ. އިސްލާމިކް މިނިސްޓަރު ބުނާވާހަކަ ދިމާނުވާނެ..
ކަލޭގެފެންވަރު
17 April 2025
ތިބޭފުޅާ ހުންނަވާތީ މީހުން ދައްކާ ވާހަކަ ދިމާވޭތޯ ބަލަން.
ރެޓޭ
17 April 2025
ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ތަނެއްވެސް މި ހަދަނީ 15 ބުރިއާ 25 ބުރިއާ ހަމައަށް! މިސްކަތް މި ހެދެނީ ގިނަ މިސްކިތްތައް މި ހެދެނި 2 ބުރިއަށް! މީ ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް! މިސްކިތްތައް އެބަޖެހޭ ލިފްޓާއި ކަރަންޓް ސިޑި ބޭނުން ކޮށްގެން މަދުވެގެން 7 ބުރިއަށް ނަގަން! އެއްމެ ފަހުން ސައޫދީގެ އެހީގައި ބިންގާއެޅި 400 ފުލެޓް ނިމުނީމާ އެތަނާ އިންވެގެން އެހަރަ އޭސީ މިސްކިތް މި ދެންނެވި 400 ފުލެޓްގައި ދިރިއުޅޭ މީހުންނަށް އެކަނިވެސް ނުވާނެ ނޫންތޯ!
ރޭޓު
17 April 2025
އާބާދީއާ އެކަށީގެންވާ މިންގަނޑެއްގައި މިސްކިތްތައްވެސް ހުންނަން ޖެހޭނެކަމަށް ދެކެން. ނަމަވެސް 6 ބުރި 7 ބުރިޔަށް މިސްކިތް ހަދާ ހިސާބަކަށް ނުދޭ. ރޯދަމަހު އެކަނި މިސްކިތްތައް ފުރެނީ. ދެން ހުކުރު ދުވަހު ހުކުރު ނަމާދަށް މިސްކތްތައް ފުރޭ. އެނޫން މަސްމަހު މިސްކިތެއްގައި ޖަމާޢަތުގައި ބައިވެރިވާ ޢަދަދަށް ބަލާއިރު އެއީ ވަރަށްކ މަދު ޢަދަދެކޭ ބުނެވޭނީ.
އޮަޓޯ
17 April 2025
މިސްކިތެއް ހުޅުވުމަކީ އުފާވެރިކަމެއް. ތި މިސްކިތް ހަދަން ހޭދަކުރީ ކިތައް އަހަރާއި ކިތައް މަސްދުވަސްކަން ޖަހާލިނަމަތާ. 25 ބުރީގެ އިމާރާތެއް އެޅުމަށްވުރެ ދެތިންބުރީގެ އިމާރާތެއްގެ ކޮންކްރީޓް އަޅަންވެސް ގިނަ ދުވަސް އެބަ ނަގާ. އެމްޕީއެލް ޓަވަރު ކައިރީގައިވެސް ތިޔަ ކަހަލަ މިސްކިތެއް އެބަހަދާ. ތިން ހަތަރުމަސްދުވަސް ވާއިރު އެއްދުވަހުވެސް އެތަނުގައި ބަޔަކު މަސައްކަތެއް ކުރާ ތަނެއް ނުފެނޭ. މިސްކިތް އެޅުމަކީ މިކަހަލަ ކަމެއް.
ވާހިދުބެ
17 April 2025
މާލެއާއި ހުޅުމާލޭގައި ސަރުކާރު ޚަރަދުގާ މިސްކިތެއް އެންމެފަހުން އެޅީ ކޮންއަހަރެއްގާތޯ. އިނގޭމީހަކު ޖަވާބުދެއްވުން އެދެން.
ސަމީރާ
17 April 2025
އުފާވެރި ހަބަރެއް، އެކަމު ދެރަކަމަކީ ބައްޔެއް ވާއިރަށް މި ޖެހެނީ އިންޑިއާއަށްގޮސް ކުމާރު ރާމަލިންގަމް ކައިރިން ބޭސްކުރަން. ހޮސްޕިޓަލުކޮޅެއްވެސް އަޅާލަބަލަ ތި އިސްޕީޑުގަ.
ގަނީމާ މުދާ ބަހާ އަލީ،
17 April 2025
ވ ރަގަޅު ކަމެއް! އެކަކުވެސް ފަތިސް ނަމާދައް ނޯވެވޭ ވަރައް ބަންގި ގޮވާލަން ޖެހޭނެ. އަދި ދަނމު ނަމާދު ކުރަންބޭނުންވާ މީހުންނައް ވެސް ގޮތެއް ރާވާލަދޭތި!
މަންދަރު
17 April 2025
ހިޔާ ޓަވަރުތައް ހަދާފަހުރީ ވަރަށް ކައިރިކައިރީގައި. ދެޓަވަރު ދޭތެރޭގައި އެކަށީގެންވާ ހުސްޖަގައެއްނެތް. އެކަން އެހެން އޮތުމާއެކުވެސް ހުސްކޮށް އޮންނަ ތަންތަންކޮޅުގައި މިސްކިތް އެޅުމުން އިތުރަށް އެސަރަހައްދު ތޮއްޖެހެމުންދާކަން ފާހަގަކުރެވޭ. އެޗްޑީސީން މިކަމާ ވިސްނާލަންޖެހޭ.
ކަންބަރު
17 April 2025
މަންދަރާ. ކަލޭގެ ދެލޯ ހީވަނީ ގާވެފަހެން ހުރީ. ހުރިހާ ޓަވަރުތަކެއްގެ މެދުގަ ބޮޑު ހުސްތަން އޮންނަގޮތަށް ހަދާފަ ހުރި ޓަވަރުތަކެއް ތީ.. ދެޓަވަރު ދޭތެރޭގަވެސް ހުސްތަން އޮވޭ. އެކަމަކު އެތަންތަނުގެ މެދުގަ ވަގުތީގޮތުންވެސް މިސްކިތްއެޅީމަ ފުރޭގޮތްވަނީ.