އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު: އޭނާ އެދިވަޑައިގަތް ކަންކަމަށް ހާވާޑް ޔުނިވަސިޓީން ދެކޮޅުހެދުމުން އެއީ ޖޯކެއް ފަދަ ޔުނިވަސިޓީއެއް ކަމަށް ވަނީ ވިދާޅުވެފައި. -- ފޮޓޯ: އޭއެފްޕީ
17 އެޕްރީލް 2025 - 13:16
ހާވާޑް ޔުނިވަސިޓީ އަކީ ޖޯކެއް ކަމަށާއި އެއީ ނަފްރަތާއި ފިތުނަ ދަސްކޮށްދޭ ތަނެއް ކަމަށް ސިފަކުރައްވައި، އެއީ ދުނިޔޭގެ ޝަރަފުވެރި ތައުލީމީ މުއައްސަސާތަކުގެ ލިސްޓަށް އެއްގޮތަކަށް ވެސް އަރަންޖެހޭ ވަރުގެ ތަނެއް ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފައި މި ވަނީ ޔަހޫދީންނާ މެދު ނަފްރަތު އުފެދޭ ކަންކަން ހުއްޓުވަން ކަމަށް ބުނެ އެމެރިކާ ސަރުކާރުން ޑިމާންޑުކުރި ކަންކަމަށް އަމަލު ނުކުރެވޭނެ ކަމަށް އެ ޔުނިވަސީޓީން ބުނުމުން އެތަނަށް އަދަބުތައް ދޭން ފަށާފައި ވަނިކޮށެވެ.
ދުނިޔޭގެ އެންމެ ޝަރަފްވެރި ޔުނިވަސީޓިތަކުގެ ތެރޭގައި ހިމެނޭ ހާވާޑަށް އެމެރިކާ ސަރުކާރުން ދޭ 2.2 ބިލިއަނުގެ ފަންޑު ވެސް ހިފެހެއްޓުމަށް ފަހު އެ ޔުނިވަސިޓީއަށް ޓެކްސްގެ އިސްތިސްނާ ދީފައި އޮންނަ އޮތުން ވެސް ކަނޑާލަން މިހާރު ދަނީ މަސައްކަތްކުރަމުންނެވެ.
"ހާވާޑަކީ މިހާރު ތައުލީމު ހޯދަން މީހުން ދާން ކަމުދާ ކަހަލަ ތަނެއް ވެސް ނޫން. އެތަން ދުނިޔޭގެ ވަރުގަދަ ޔުނިވަސިޓީތަކާއި ކޮލެޖްތަކުގެ ލިސްޓުގައި ހިމެނިގެންނުވާނެ،" ޓްރަމްޕު އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ލިޔުއްވާފައިވެ އެވެ.
"ހާވާޑަކީ ޖޯކެއް. ކިޔަވައިދެނީ ނަފްރަތާއި މޮޔަ ކަންކަން. އެތަނަށް ސަރުކާރުގެ ފައިސާ ހޭދަކޮށްގެންނުވާނެ."
ހާވާޑްގެ ފަންޑު ހުއްޓާލުމުގެ އިތުރުން ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ (ޑީއެޗްއެސް) އިން ވެސް މިދިޔަ ބުދަ ދުވަހު ވަނީ ހާވާޑަށް ހަމަޖައްސާފައިވާ 2.7 މިލިއަން ޑޮލަރުގެ ރިސާޗް ގްރާންޓް ވެސް ބާތިލްކޮށްފަ އެވެ. އަދި އެހެން ގައުމުތަކުގެ ދަރިވަރުންގެ "ގާނޫނާ ހިލާފު އަދި ހަރުކަށި އަމަލުތަކުގެ" ރެކޯޑްތައް ސަރުކާރާ ހިއްސާނުކޮށްފި ނަމަ ބައިނަލްއަގުވާމީ ދަރިވަރުންނަށް އެ ޔުނިވަސިޓީން ޖާގަ ދިނުން ހުއްޓުވާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.
"ރިޕޯޓްކުރުމުގެ އުސޫލަށް ހާވާޑުން ފުރިހަމައަށް ތަބާވާކަން ކަށަވަރުކޮށް ނުދެވޭ ނަމަ ބޭރުގެ ދަރިވަރުން އެ ތަނަށް ވެއްދުމަށް ދީފައި އޮންނަ ބާރު އަތުލާނަން،" ޑީއެޗްއެސްގެ ބަޔާނުގައި އިންޒާރުދީފައިވެ އެވެ.
މީގެ އިތުރުން ޑީއެޗްއެސްގެ ސެކްރެޓަރީ ކްރިސްޓީ ނޯމް ވަނީ އެ ޔުނިވާސިޓީގެ ސެކްރެޓަރީ ކްރިސްޓީ ނޯމް ޔަހޫދީންނާ މެދު ނަފްރަތު އުފެއްދުމުގެ އަމަލުތަކުގެ ކުރިމަތީގައި "ކުޑަކަކޫ މައްޗަށް ތިރިވެފައި" ވާ ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ.
ހާވާޑްގެ ވެބްސައިޓްގައިވާ ގޮތުން މި ދިރާސީ އަހަރު ހާވަޑްގެ އެންރޯލްމަންޓްގެ 27.2 ޕަސެންޓަކީ ބައިނަލްއަގުވާމީ ދަރިވަރުންނެވެ.
ހާވާޑަށް އެމެރިކާ ސަރުކާރުގެ ނުރުހުން މިހާ ބޮޑަށް އަމާޒުވީ ޔުނިވަސިޓީ ހިންގަމުން އަންނަ ގޮތް ބަދަލުކުރުމާއި ދަރިވަރުން ވެއްދުމުގެ އުސޫލު ބަދަލުކުރުމާއި ކެމްޕަސް ހިންގުމުގައި ދަރިވަރުންގެ ބާރު ކުޑަކޮށް ޕްރޮފެސަރުންނަށް ބާރުތައް ދިނުމާއި އެމެރިކާއާ ދެކޮޅު ފިކުރު ހުންނަ ދަރިވަރުން ސްކްރީންކޮށް އެ ދަރިވަރުންނަށް ފުރުސަތު ނުދިނުމާއި ކެމްޕަސްތަކުގައި މުޒާހަރާކުރުން މަނާކުރުން ފަދަ އެތައް ކަމަކަށް އެތަނުން އިންކާރު ކުރުމުންނެވެ.
"އެއްވެސް ސަރުކާރަކުން - ކޮންމެ ޕާޓީއެއްގެ ސަރުކާރެއް ވެރިކަމުގައި އޮތަސް - ކިޔަވައިދެވޭނެ އެއްޗިއްސާއި ފުރުސަތު ދެވޭނެ ދަރިވަރުންނާއި ވަޒީފާ ދެވޭނެ މީހުންނާއި އަދި ދަރިވަރުންނަށް ކިޔެވޭނެ ދާއިރާތައް އަމިއްލަ ޔުނިވަސިޓީތަކަކަށް ނޭންގޭނެ،" ހާވާޑްގެ ރައީސް އެލަން ގާބާ އެތަނުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.
ސަރުކާރުގެ ޑިމާންޑްތަކާ ދެކޮޅުހަދައި ޔުނިވަސިޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެކި ދީންތަކާއި ނަސްލުތަކާއި ފިކުރުތަކާއި މުޖުތަމައުތަކުގެ ދަރިވަރުންނަށް ފުރުސަތު ދިނުމަށް ގެންގުޅޭ ސިޔާސަތު ބަދަލު ނުކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމާ
18 April 2025
ޓްރަޕްއަށް ތިހުރީ ހޫނު އެއްޗެއް ބޯންދޭން ޖެހިފައި
ލަންބަޖީ
17 April 2025
"ތަނެއް ހަލާކުކޮ ފަސާދަ ކޮށްލަން ބޭނުން ނަމަ ފުރަތަމަ ކަމަކަށް އެތަނެއްގަ ތައުލީމް ދޭ މައިބަދައިގައި ކޮކަޑިލާށެވެ"- ޝެއިޙް އުމަރު އީސާ.
ޓްރަމްޕް ޕެރޮޑީ
17 April 2025
އަހަރެން ވަރަށް އުފާވޭ ސެޓްލާސް ކޮލޯނިއަލް އެމެރިކާ ފަނާވުމުގެ ކޮޅުމަތި ފެންނަމުންދާތީ.
ވިލް
17 April 2025
މީ ޓޫ
ނެތީމޭނެތީމޭ
17 April 2025
ޓްރަމްޕް ތިޔާ އުޅެނީ މިރުނުވެ ގޮބޮޅި ކާށިވެގެންނޭ ބުނަން މަމެން ނެތީމޭ ނެތީމޭ ނެތީމޭ...
ސަސި
17 April 2025
މޭބިސް ކަދުރަކީ ވަރަށް ހިތި އެއްޗެއްކަމަަށް އެ ކާންވެގެން އުޅުނު ކުއްތާ އަންގަނީ.
ނުވާށޭނުވާށޭ
17 April 2025
ޔަހޫދީންގެ ދިފާއުގައި ޓްރަމްޕް ނިކުންނާން ނުޖެހޭނެއޭ ފުރަތަމަ ޓްރަމްޕް ބުނެދޭންވީ ނަތަންޔާހޫ އަކީ އެއީ އިންތިޚާބެއް ނުބާއްވާ ވެރިކަމުގައި އެހުންނަނީ ފުރަތަމަ ޓްރަމްޕް ބަލަން ޖެހޭނެ ކަމަކީ ތަވެސް ނުޖެހޭނެއޭ ބައިޑަނޭ ގޮތަށް އުނގުން ވިސްނައިގެން ކަންކަން ކުރަން ޓްރަމްޕޭ ތަގެ ވެރިކަމުގެ އޮފްދާރު ކަންދަނީއޭ ނަތަމްޔާހޫ ބުނެގެން ކަނޑުކޮހުންގެ ސަރުދާރުން ކުރާ ކަންކަންކުރާތީވެ މަމެންގެ ގައުމުގެ ހާކިމާ އަށްވެސް ވީ ތިޔާހެނޭދޯ ތަމެން މިރުނުވެ ގޮބޮޅި ކާށި
މަހަށްދޭދޭބަލަ
17 April 2025
ޓްރަމްޕް ބުނި ނަަަމަވެސް ހަވާރޑް ޔުނިވަރސިޓީ އަކީ މޮޅު ތަނެއް ނޫން ކަމަށް ނުބެލެވޭނެއޭ ޓްރަމްޕް އަކީ ދެން ފަސްޓް ޑިގްރީ ގަނޑެއް އޮތް މީހެކޭ އޭނާ އަށް ނޭގޭނެއޭ ތައްލީމާއި ގުޅޭ ގޮތުން ތައްލީމުގެ ފެންވަރު އިއުލާން ކުރަން އޭނާ އެކަމަށް ކޮލިފައި ނުވާނެއޭ ހަވާރޑް ޔުނިވަރސިޓީން އެންމެ ގިނަ އަދަދަކަށް އެމެރިކާގެ ޕެންޓަގަން އަށް ބޭނުންވާ ދިރާސާ ތައް ކޮށްދީފައި ވަނީ ވެސް މިހާރު ތަމެން ތިޔާ ދެކޭ ސްޓެލްތް ޓެކްނޮލޮޖީގެ އަހުލުންނަކީ ހަވާރޑް ޔުނިވަރސިޓީއޭ
އެނދިމަރިޔަނބު
17 April 2025
ޓްރަންޕް އިޒް ދަ ބިގަސްޓް ޖޯކް.