ކުޑަހުވަދޫގެ މަގެއްގައި ރަށު ޕިކަޕެއް ދުއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
17 އެޕްރީލް 2025 - 20:57
ދ. ކުޑަހުވަދޫގައި 16 އަހަރުގެ ކުއްޖަކު ކިޔަވަން އިން ކޮޓަރި ތެރޭގައި ކުއްލިއަކަށް ޕަވަ ބޭންކެއް ގޮވައި އަލިފާނުގެ ބޮޑު ހާދިސާއެއް މިއަދު ހިނގައިފި އެވެ.
އެ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ޝާފިއު "މިހާރު" އަށް ވިދާޅުވީ އެ ޕަވަ ބޭންކު ގޮވީ އޭނާގެ ދޮށީ އަންހެން ދަރިފުޅުގެ ކޮޓަރީގައި ކަމަށެވެ.
އޭރު ޕަވަ ބޭންކު ބާއްވާފައި އޮތީ އެއްވެސް އެއްޗަކަށް ނުގުޅާ އެނދުމަތީގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ވަގުތު އެ ގޭ ހުންނަ ސަރަހައްދުގައި ކަރަންޓެއް ވެސް ނެތެވެ.
އެ ހާދިސާގައި އެ ކުއްޖާއަށް އެއްވެސް އަނިޔާއެއް ނުވެ އެވެ. އެކަމަކު، "މިހާރު" އަށް ލިބިފައިވާ ފޮޓޯއިން ފެންނަ ގޮތުގައި، ކޮޓަރިއަށް ވަނީ ބޮޑު ގެއްލުންތަކެއް ލިބިފަ އެވެ.
އޭގެ ތެރެއިން ފަރުނީޗަރުތަކާއި ކޮޓަރީގައި ހުރި އެހެން ސާމާނުތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
އެނގިފައިވާ ގޮތުގައި ޕަވަ ބޭންކު ގޮވީ އަންނަ އާދިއްތަ ދުވަހު ފަށާ އޯ ލެވެލް/އެސްއެސްސީ އިމްތިހާނުގެ އިސްލާމް ޓެސްޓަށް ތައްޔާރުވުމަށް އޭނާ ފޮތް ކިޔަން އިން ވަގުތެވެ. އެ ހާދިސާގައި ފޮތްތަކާއި ޔުނީފޯމުތައް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެޔޮއެދޭ
19 April 2025
އެދުވަހުގެ 4 ގެ ކުރިން ސްކޫލުން އިން ދަރިވަރަށް ހުރިހާ ޓެކްސް ފޮތްތައް ދެއްވި. ޖެންޑާ އިންވެސް 15 މިނެޓް ނުވަނީސް އެޓެންޑްވި. ޕަވަ ބޭކް ގަތީ ކުޑަހުވަދޫ އަކުން ވެސް ނޫން. ކޮންމެ ބްރޭޑް އެއްގެ، ކިތައްމެ ކޮލެޓީ އެއްޗެއް ގަތަސް ކަމެއް ހިނގައިފާނެ.
ބަބޫ
18 April 2025
2016 ވަނަ އަހަރު އަޅުގަނޑު ކުޑަހުވަދޫ ބަނދަރުމަތީ އިން ފިހާރަޔަކުން އެމްއައި ބްރޭންޑްގެ 10000މިލިއެމްޕްއަވާ ގެ ޕަވާ ބޭންކެއް ގަތިން. 450 ރުފިޔާއަށް. ފޯނު %50 އަށް ޗާޖް ނުކުރެވޭ. ރޫޅައިގެން ބެލިއިރު ވަރަށް އާދައިގެ ސާކެޓަކާ 1 (19650) ގެ ބެޓެރީއެއް އިނީ. ދެންވެސް ހަމަ އޭގެ ބެޓަރި ހުރި އެ ބެޓެރީ ތެރެޔަށް ހުރީ ހިލަ އަޅާފައި. އަގުހެޔޮކޮށް ގަންނަން ފޭކް އެއްޗެހި ގަނެގެން ތިކަހަލަ ކިތައްމެ ލަނޑެއްވެސް ލިބޭނެ.
ސަލީމްް
19 April 2025
2016 ގައި އެމްއައި އިނަ 10000 ނުވެސް ނެރޭނެ ހެމް ހީވަނީ.
ހަސަންދީ(ލ)
18 April 2025
ރާއްޖެއަށް ގެންނަ ތިބާވަތުގެ ތަކެތީގައި އެކްސްޕްލޯސިވް ހަރުކޮށްފަ ހުރިތޯ ބަލަންގޮވާލަން.
ކަރުނަ
18 April 2025
އެރަށަކީ ވަރަށް ރަނގަޅު ބަޔަކު އުޅޭ ރަށެއް އޯލެވެލް އަށްރެޑީ ވާ ކުއްޖާއަށް އެހީތެރިވުމަށް އެރަށުގެ ވިޔަފާރިވެރިންނަށް ގޮވާލަން މިބުނީ ނޯޓްސްތަކާ ފޮތްތަކާ ޔުނީފޯމް އާ ބޫޓަށް ދާންދެއްވެސް އަނދާ ހުލިވީމަ އެލަމަށް އެހީވުމަށް ތައުލީމީ ވުޒާރާވެސް މިކަން ވަރަށްކައިރިން ބައްލަވާނެކަމަށް އުއްމީދުކުރަން
ސޭކް
18 April 2025
މަ ދެރަވަނީ އޯލެވެލް އެހާ ގާތްވެފައި އޮއްވައި ފޮތްކޮޅުގެ ދުވަސް ދިޔައީމަ. އިމްތިޙާނު މިހާ ގާތްވެފައި އޮއްވަ މިކަހަލަ ކަމެއް ދިމާވީމަ ވަރަށް ސަކަރާތްވެފަ ހުންނާނީ. އެކުއްޖާއަށް ކެއްތެރިކަން ދެއްވާށި. ގުޑް ލަކް ގާރލް
ބީސްޓް11
18 April 2025
ޕަވަ ބޭންކް އޮތީ ބާލީސް ދަށުގަތަ؟
ޖިނާންް
18 April 2025
ކޮން ބުރޭންޑެއްގެ ޕަވަރބޭންކެއްބާ؟ ޕަވަރބޭންކް ގަންނައިރު ބުރޭންޑެޑް އޮރިޖިނަލްތޯ ބެލުން ވަރައް މުހިންމެވެ. އެއީ ތިޔަފަދަ ހާދިސާތައް ހިނގުން މަދުކުރުމަށާއި އދި ފޯނުގެ ރައްކާތެރިކަމަށްވެސް މުހިންމުކަމެކެވެ.
އަޅި އަލީ
18 April 2025
ކޮން ބްރޭންޑެެއްގެ ޕަވާބެންކެއް! އެޕަލް އެއް ނުން ޔަގީނުންވެސް!
އެމްސް
18 April 2025
މިޚަބަރުން އެނގެން ބޭނުންވި މުހިއްމު މަޢުލޫމާތުތައް ތެރޭގަ، ޕަވަބޭންކްގެ ބްރޭންޑް އާއި، އުފެއްދި ޤައުމުވެސް ހިމެނެއެވެ!
ބޮޑުބެގެ ބެއްޔާ
18 April 2025
ތިވީގޮތުން ދެން އެންމެ އަވަހަށް މަނާކުރާނީ ޕަވަރބޭންކް. 2007 ން ފެށިގެން.
މަޖަލެއްނޫން
18 April 2025
މަޖަލެއް ނޫން ބޮޑުބެގެ ބެއްޔާ! ކޮންމެކަމެއް ސިޔާސީކޮށްގެން ވާހަކަދައްކާނަމަ އަންގައިދެނީ ތިމާގެ ތަސައްރަފު ނުފުދޭކަން. ތަންކޮޅެއް ހަރުދަނާކޮށް ވިސްނުން ގެންގުޅެއް ދަސްކުރަންވީނު
ލަދުމާ
18 April 2025
ކުޑަކުއްޖަކަށް ބޮޑުކަމެއް ދިމާވެގެން އުޅޭއިރު ތިވައްތަރަށް ނޫޅެބަލަ. އަނގަ ހިމޭނުން ލައިގެން ނީނދެވެންޏާ ކަލޭގެ ފޯނު ބާއްވާފަ ވޭޕުގަނޑު ހިފައިގެން ދޭބަލަ ހިތާމަކުރަން!