ރިސޯޓަކުން ކިނބުލެއް ފެނިފައި.-- ފޮޓޯ: އެމްވީ ކްރައިސިސް
18 އެޕްރީލް 2025 - 16:56
ކ. އަތޮޅުގައި ހިންގާ "ވަރު ބައި އެޓްމޮސްފިޔާ" ރިސޯޓު ކައިރިން ކިނބުލެއް ފެނިގެން އެ ހިފުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެެ.
އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ ރިސޯޓުގެ ވޯޓާވިލާތަކުގެ ކައިރިން ބޭރު ތޮށީގައި ކިނބުލެއް އޮތް މަންޒަރެވެ.
އެ ވީޑިއޯއާ ގުޅިގެން ސުވާލުކުރުމުން އެމްއެންޑީއެފުން ބުނީ އެ ހިފުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެެވެ.
މިދިޔަ އަހަރުގެ ވެސް ފެބްރުއަރީ ހިސާބުގައި ވަނީ ށ. އަތޮޅު ފަޅުރަށެއް ކަމަށްވާ ފަރުކޮޅުން 10 ފޫޓުގެ ކިނބުލެއް ހިފައިފަ އެވެ. އެ ކިނބޫ ފެނުނީ ރަށަށް ދަތުރު ދިޔަ ބަޔަކަށެވެ.
ކިނބުލަކީ ރާއްޖޭގައި އާއްމުކޮށް އުޅޭ އެއްޗެއް ނޫނަސް، ދޭތެރެދޭތެރެއިން ރާއްޖޭގެ ރަށްރަށުން ފެނެ އެވެ. މިހެން ފެންނަ ކިނބޫ ހިފުމަށް ފަހު ދޫކޮށްލަނީ ރާއްޖެ އަށް ނާދެވޭ ހިސާބަށް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެގޮތަށް ނާދެވޭ ހިސާބަށް ދޫކޮށްލާއިރު ރާއްޖޭގެ އޮއިވަރު ފަދަ ކަންކަމަށް ބަލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަސްލު ވާ ގޮތް
20 April 2025
ކިނބުލަކީ ސިޔާސީ ސިހުރުގެ އަލާމާތެއް. ކުޑަކުދިންގެ ބަގީޗާގެ އޮތް ކިނބޫ އަކީ މައުމޫނުގެ ވެރިކަން ދަމަހައްޓަން ސިހުރު ހަދާފައި އޮތް ކިބުލެއް ކަމަށް ބެލެވިގެން 2015 ވަނަ އަހަރު ތެރޭ ރައީސް ޔާމިންގެ އަމުރަށް. ރައީސް ޔާމީން އަކީ އެ ކިނބޫ ހިފައި ކޮއްޓަށް ލިއިރު ކެބިނެޓު ވަޒީރެއް. އޭރުގެ ސަރުކާރުގެ ހުރިހާ ސިއްރެއް އެނގޭ ބޭފުޅެއް.. އިތުރަށް ހޯދާލަން ގޫގުލް ކުރައްވާ..
ކައުންސެލަރު....
19 April 2025
ރައްޔިތުން ބޭނުނެއްނެތޭ ބުނީމާވެސް ؟؟؟ ވަރެއް އެބަހުއްޓޭދޯ އަޅެ
އަލީ
18 April 2025
ކުށްވެރިވީތޯއްޗެ....
އައްދުކްތޫރު
18 April 2025
ދުސްތޫރީ ކިނބޫތަ؟