ރިސޯޓް ކައިރިން ފެނުނު ކިނބޫ --
18 އެޕްރީލް 2025 - 22:20
ކ. އަތޮޅުގައި ހިންގާ "ވަރު ބައި އެޓްމޮސްފިޔާ" ރިސޯޓު ކައިރިން މިއަދު ފެނުނު ކިނބޫ ހިފައި، ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އެމްއެންޑީއެފުން މިރޭ ބުނިގޮތުގައި ކިނބޫ މިހާރު ވަނީ ހިފައި، ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ ރިސޯޓުގެ ވޯޓާވިލާތަކުގެ ކައިރިން ބޭރު ތޮށީގައި ކިނބުލެއް އޮތް މަންޒަރެވެ.
މިދިޔަ އަހަރުގެ ވެސް ފެބްރުއަރީ ހިސާބުގައި ވަނީ ށ. އަތޮޅު ފަޅުރަށެއް ކަމަށްވާ ފަރުކޮޅުން 10 ފޫޓުގެ ކިނބުލެއް ހިފައިފަ އެވެ. އެ ކިނބޫ ފެނުނީ ރަށަށް ދަތުރު ދިޔަ ބަޔަކަށެވެ.
ކިނބުލަކީ ރާއްޖޭގައި އާއްމުކޮށް އުޅޭ އެއްޗެއް ނޫނަސް، ދޭތެރެދޭތެރެއިން ރާއްޖޭގެ ރަށްރަށުން ފެނެ އެވެ. މިހެން ފެންނަ ކިނބޫ ހިފުމަށް ފަހު ދޫކޮށްލަނީ ރާއްޖެ އަށް ނާދެވޭ ހިސާބަށް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެގޮތަށް ނާދެވޭ ހިސާބަށް ދޫކޮށްލާއިރު ރާއްޖޭގެ އޮއިވަރު ފަދަ ކަންކަމަށް ބަލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަރެން 01
19 April 2025
ތިޔަ ކިނބޫ މަރާނުލާތި. ކޮންމެވެސް ޒުލަކަށް ހަދިޔާކުރޭ.
ޔާހު
19 April 2025
ވަގުތުން ވަގުތަށް މަރާލާ
އަބްޑޫޅް +
19 April 2025
ކިނބުލުގަ ބިޑި އާއި ހިލިހިލާ އަޅައިގެނެ، ސިފައިނެގެ ގެޔަށް ގެނެސް، ފުޅިތޮށި ކާންދިނުމަށް ފަހު، އަނދަގޮޑި ޖަހާފަ އެންގަލަށް އެރުވީތަ؟
ޕިސް
20 April 2025
ހާދަ މަޖަލޭ!!!
ޢެޑްމުންޑޯ
19 April 2025
ހަދާނަށް އަންނަނީ 1984 ގ ޑިސެންބަރ ހިސާބު ތ ބުރުނި ފަޅުތެރެއިން ކިނބުލެއް ފެނިގެން ސިފައިން ފުލްހަތިޔާރުގައި އެރަށައްގޮަސް ކިނބުލަށް ބަޑިޖެހި ހަދާން ،
ސަނީސައިޑްބޮންޑް
19 April 2025
އަސްލުދެންތިވަރަށް ކިނބޫ ފެންނަނޏާ މިހާރުއެބަޖެހޭ ކިނބޫފާރމްއެއްހަދާ ހައިކޮލިޓީ ލެދަރ އިންޑަސްޓްރީއެއް މިތާއުފައްދަން
މުހައިމިން އަލީ
19 April 2025
ރާއްޖެ ކީއްކުރަން، މި ދުނިޔެ ދޫކޮއް ދެންއޮތް ދުނިޔެއައް ފޮނުވާލީމަ ނިމުނީ ނޫންތޯ؟ އެންމެ ވަޒަނެއް، މނޑފ ގެ ވެރިޔަކު ޓެސްޓް ޕްރެކްޓިސް އަކައް ބޭނުންކޮއްލީމަ ހަރަދު ކުޑަވެފަ، އަދި ވޮލަޓް ބެލްޓް ފަދަ އެއްޗެހި ހަދަން ހަންވެސް ލިބޭނެ! ޑީސަލް ހަރަދުވެސް ބެޗީ! ވިސާ ނެތި ގަވައިދާ ހިލާފައް ވަދެ އުޅުނު ކިނބުލަކައް އަދަބެއްވެސް ދޭންވާނެ.
މހއމ
19 April 2025
ކިނބޫ ހަމަކީ ހިމާޔަތް ކޮށްފަ ވާ އެއްޗެއް. ހެހެ
މުޑަހަންޖާ
19 April 2025
ތުރާކުނު ބޭރުން ބޭރުގެ ކުޑަ މަސްބޯޓުގަނޑެއް ހިފައަސް މައްސަލަބެލޭކަމަށްވަނީ ކ އަތޮޅު މާލެއަށް ގެންގޮސްގެންނޫންތޯ. ތިޔައެތީގެ މައްސަލަބަލަން އެރަށަށް ނުގެންދޭތޯ.
މީބޫމާލެއާ
19 April 2025
ކަލޯ ކިތަންމެ ރުޅި އަޔަސް މާލެއަކީ ދިވެހިރާއްޖޭގެ ވެރިކަން ކުރާރަށް….
ޒޮނާން
19 April 2025
ހުރިހާވެސް މައްސލައަކީ މާލެ.
މުޑަހަންޖާ
19 April 2025
އިންޑިއާގައި ކިނބުލެއް ހިފައިގެން ނިއުދިއްލީއަށްތޯ ތަހުގީގަށް ގެންދަނީ.
ޟޯޝް
18 April 2025
މާދަން ކޯޓަށް ގެންގޮއްސަ ވާނުވާގަ ބަންދު ކުރޭ...
އަލްމިޒަރްދާ
18 April 2025
ތިޔަ ކިނބޫ ރާއްޖޭގެ އެސް.އީ.ޒެޑް ގެ ސަރަހައްދަށް ހުއްދަ ނުނަގާ ވަނީމާ ސުވާލުކޮށް، ޖަވާބު ނުދީފިއްޔާ ތުރުކީއިން ގެނައި މަނަވަރުން މިސައިލަކުން ހަމަލާދޭނެ ކަމުގެ އިންޒާރުދޭން ފެނޭ.
މަޖާ
19 April 2025
ވަރަށް މަޖާ ދޯ