އަބްދުﷲ ޝާހިދު: ވޯޓުލާ ނިޒާމު ބަދަލުކުރަން އުޅެނީ ވޯޓު އޮޅުވާލަން ކަމަށް ވިދާޅުވި
21 އެޕްރީލް 2025 - 11:03
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓިން ނިޒާމަކުން ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރުމަށް ނިޒާމު ބަދަލު ކުރަން އުޅެނީ ވޯޓު އޮޅުވާލުމަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ވޯޓުލާ ނިޒާމަށް ބަދަލުގެންނަން މިހާރު ދައްކާ ވާހަކަތަކަކީ ވޯޓު ގުނުން އެތައް ބުރަކަށް ދަންމާލައި، ފޮށިތައް މާލެ ގެނެސް ވޯޓު އޮޅުވާލުމަށް ރާވާ ރޭވުމެއް ކަމަށެވެ.
ޝާހިދު ދެކެވަޑައިގަންނަވާ ގޮތުގައި ވޯޓު ގުނަންވާނީ ވޯޓުލީ މަރުކަޒެއްގައި އެންމެންގެ ކުރިމަތީގަ އެވެ. އިންތިހާބުވާ ކެންޑިޑޭޓަކަށް ވޯޓުލީ މީހުންގެ ސާފު އަޣްލަބިއްޔަތު ލިބެންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"މި ސޮއްސާލަނީ ކުޑަ ކާފު ބޮޑު ކާފުގެ ޒަމާނަށް. ކިތަންމެ މޮޅު ނަމެއްކިޔަސް އިހްލާސްތެރި ކަމުގެ ޒައްރެއްވެސް ނެތް. ނިޔަތަކީ ވޯޓު ފޮއްޓަށް އަތް ބޭނުން. ވޯޓު އޮޅުވާލުން،" ޝާހިދު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަނިކުފާނު ވަކާލާތު ކުރައްވާ ވޯޓިން ނިޒާމަކީ ޕްރިފެރެންޝަލް ވޯޓިން ނިޒާމު ކަމަށް ވިދާޅުވެފަ އެވެ. ރައީސް އެހެން ވިދާޅުވީ، އެ މަނިކުފާނުގެ ވަޓްސްއެޕް ގުރޫޕުގައި ލިޔުއްވި މެސޖެއްގަ އެވެ.
ޕްރިފެރެންޝަލް ވޯޓިން ބަހުސް އަނެއްކާވެސް ފެށުނީ އެގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތާއީދަށް ރައީސް މުއިއްޒު އެދިވަޑައިގެންފައިވާތީ އެވެ. އެގޮތަށް އެދިވަޑައިގެންނެވީ މިދިޔަ ހަފުތާގައި މުލީއާގޭގައި ޕީއެންސީގެ މެންބަރުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
ރައީސްގެ އެ އެދިވަޑައިގެންނެވުމާ އެކު، ސިޔާސީ އަދި ގާނޫނީ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވެފައިވަނިކޮށް، އެ ނިޒާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ތާއިދު ކުރައްވައިފަ އެވެ. ނަމަވެސް، އިދިކޮޅު އެންމެ ބޮޑު ޕާޓީގެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ވަނީ އެ ނިޒާމާ ދެކޮޅު ކަން ހާމަކުރައްވައިފަ އެވެ.
ސްރީ ލަންކާ އާއި އެމެރިކާ އަދި އިނގިރޭސި ވިލާތުގައި ވެސް ބޭނުންކުރާ ޕްރިފެރެންޝަލް ވޯޓިން ނިޒާމަކީ ތާއިދު ކުރާ ކެންޑިޑޭޓުން ނުވަތަ އިހުތިޔާރު ކުރާ ކެންޑިޑޭޓުން ތަރުތީބުކޮށް ވޯޓުލާ ނިޒާމެކެވެ. މި ނިޒާމުގައި ވޯޓުދޭ މީހުން ހަމައެކަނި އެއް ކެންޑިޑޭޓަކު ހޮވުމުގެ ބަދަލުގައި ކެންޑިޑޭޓުން ތަރުތީބުކޮށް (1 ވަނަ، 2 ވަނަ، 3 ވަނަ، އަދި މިފަދައިން) އިސްކަންދޭ ތަރުތީބުން ވޯޓުލަ އެވެ.
ނިޒާމުގައި ވޯޓުދޭ ބައެއް ގޮތްތައް:
- ވޯޓުދޭ މީހުން ކެންޑިޑޭޓުން ތަރުތީބުކުރުން - ވޯޓު ކަރުދާހުގައި، ވޯޓުދޭ މީހުން އެންމެ ބޮޑަށް އިސްކަންދޭ ކެންޑިޑޭޓު (1) އިން ފެށިގެން އެންމެ ކުޑަކޮށް އިސްކަންދޭ ކެންޑިޑޭޓާ ހަމައަށް ނަންބަރު ޖެހުން
- ވޯޓު ގުނުން - އެއްވެސް ކެންޑިޑޭޓަކަށް ސީދާ އަޣުލަބިއްޔަތު (50%+1) ނުލިބޭ ނަމަ އެންމެ މަދުން ވޯޓު ލިބުނު ކެންޑިޑޭޓު އިންތިހާބުގެ ވާދައިން ވަކިކުރުން
- ވޯޓުތައް އަލުން ބެހުން - ވަކިކުރި ކެންޑިޑޭޓަށް ލިބުނު ވޯޓުތައް، ވޯޓު ދިން މީހުން ދެވަނަ އަށް އިސްކަންދީފައިވާ ކެންޑިޑޭޓުންނަށް ބަހާލުން
- އަޣުލަބިއްޔަތު ލިބެންދެން ތަކުރާރުކުރުން - މި ޕްރޮސެސް ކުރިއަށް ގެންދާނީ އެއް ކެންޑިޑޭޓަކަށް އަޣުލަބިއްޔަތު ލިބި، ކާމިޔާބުކުރި ކެންޑިޑޭޓެއްގެ ގޮތުގައި އިއުލާން ކުރެވެންދެން.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
21 April 2025
މިކަމާ ވޯޓުއޮޅުވާލުމާ ހުރީކޮންގުޅުމެއް، ކަލޯ މީނައަނެއްކާ ހަމަތަ މިހާރު ނޫނީ ބޮލުރޮދި ކެނޑުނީބާ؟.
މުރާސިލް
21 April 2025
ހަސަނަށް ހީވާނީ ފުޅަށް ބުޑުން ދަންޏާއި އެދަނީ ކެޔޮގަނޑު ކަނޑާލަންކަމަށެވެ. ސަބަބަކީ ހަސަނު ފުޅަށް ބުޑަށްގޮސް ކެޔޮގަނޑު ކަނޑާލައިގެންދާތީއެވެ. ހަމަމިގޮތަށް ވޯޓު އޮޅޯވާލައިގެން ވޯޓުން މަކަރުހަދައިގެން ވެރިކަމަށް އަންނަޕާޓީގެ މީހުންނަށްހީވާ ރަނގަޅު ބަދަލެއް ގެނަޔަސް، އެގެންނަ ބަދަލަކީ ވޯޓު އޮޅުވާލަން ގެންގަ ބަދަލެއް ކަމަށެވެ. ތިކަހަލަ ސިޔާސީ ސަކަރާތަށް ހޭދަކޮށްކޮށް ދައުލަތުގެ ބަޖެޓް ހުސްވަނީ އެވެ. މިސަބަބަށް ޓަކައި ވޯޓުގެ ދަވަނަ ބުރު ބޭނުމެއް ނޫނެވެ
ޕިކްސް
21 April 2025
އެއްއިރެއްގަ މިމީހުންނަށް ކަމުދިޔައީ ބަރުލަމާނީ ނިޒާމު. އޭރު މިމީހުންނަށް ރަނގަޅު މަޖިލީހުން ރައީސްމީހާ ހޮވަންވެސް.
އޮޅުވާލުން
21 April 2025
ދެވާޒީފާ ގަ އޮޅުވާ ލައިގެން މުސާރަ ނަގައިގެން ދައުރެއް ނިންމާލީ ނިއުޔޯކުގަ. އެއީ ކާކުތޯ
ާއޮޅުވުން
21 April 2025
ރައްޔިތުންގާތުން ވޯޓައް އަހައިގެން ރައްޔިތުން ނިންމާ ގޮތައް ނިމުނީމަ އޮޅުވޭނެ ގޮތަކީ ކޮބާ
ޏާއްކޮ
21 April 2025
މާ ތާހިރުވާނެ އެއްޗެއް ނުކިއްޔާ މޑޕ މީހުން
އަޅި އަލި
21 April 2025
އަބްދޯއަށް ވެރިކަމަށް އަންނަން އޮމް މަގުތައް ބަންދުވާހެން ހީވާތި ތެޅި ފޮޅެނީ!
އހ ޒަ
21 April 2025
ނިޒާމު ބަދަލު ކުރިޔަސް ނުކުރިޔަސް ތި ރީނދޫ ޕާރޓީ އަކަށް ދެން ވެރިކަމެއް ނެތް ދެވޭކަށް. ސޮރީ ޝާޑް.
ނިޒާމީއަލީ
21 April 2025
ހެހެ. އެބައުޅެންދޯ. ރައީސްކަމަށް ފައިވިއްދާފަ ހުރީމަ ވާގޮތް
ފޮގެޓް
21 April 2025
ހަނދާން ނައްތާލާ އަބްދުﷲ ޝާހިދަށް ދޭނެ ވޯޓެއްނެތް. އެއީ އދ ގެ ގެނެރަލް އެސެމްބްލީގެ ރައީސް ކަމުގެ ދައުރުގެ ބަދަލުގައި ޤައުމުގެ ކަރާމަތާއި އިސްތިގުލާލު ނަގާލާ ޤައުމު އިންޑިއާގެ ފައިފުއްސަކަށް ހެދި މީހާ.