ދުވާފަރުގައި އިއްޔެ ހިންގި އޮޕަރޭޝަނުގައި ބިދޭސީންތައް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދަނީ.-- ފޮޓޯ: އިމިގްރޭޝަން
24 އެޕްރީލް 2025 - 14:29
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން ހިންގާ އޮޕަރޭޝަންގައި، ރ. ދުވާފަރުގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 51 ބިދޭސީއަކު އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ދުވާފަރުގައި އިއްޔެ އިމިގްރޭޝަންގެ ޓާސްކް ފޯހުން ހާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން އިއްޔެ ހެނދުނުން ފެށިގެން ހަވީރާ ހަމައަށް އެރަށުގައި ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަންގައި 100 އަށް ވުރެ ގިނަ ބިދޭސީން ބަލައި ފާސްކޮށް، އޭގެތެރެއިން 51 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ދުވާފަރުގައި އިއްޔެ ހިންގި އޮޕަރޭޝަނުގައި ބިދޭސީންތައް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދަނީ.-- ފޮޓޯ: އިމިގްރޭޝަން
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު ނަގަން "ކުރަނގި" އޮޕަރޭޝަން ފެށީ މެއި، 2024 ގަ އެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު ދެ އަހަރު ތެރޭގައި ނަގައި އެއްކުރުމެވެ. މިހާތަނަށް މައުލޫމާތު އެއްކުރެވުނު 24،540 ބިދޭސީން ރެގިއުލަރައިޒް ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ.
ދުވާފަރުގައި އިއްޔެ ހިންގި އޮޕަރޭޝަނުގައި ބިދޭސީން ހޯދަން ފަށަނީ.-- ފޮޓޯ: އިމިގްރޭޝަން
މި އޮޕަރޭޝަނާއެކު، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ރެއިޑްތައް ވެސް އިމިގްރޭޝަނުން އަންނަނީ ހިންގަމުންނެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން މިދިޔަ އަހަރު ފެށި އޮޕަރޭޝަނުގައި 6،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑިޕޯޓުކޮށްފަ އެވެ. އޭގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ މީހުންނާއި ސައްހަ ވިސާއެއް ނެތި އެތައް އަހަރެއް ވަންދެން އުޅެމުން ދިޔަ ބިދޭސީން ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގސހދ
25 April 2025
ދެން ތި މީހުން އަތުން ލާރި ނަގާފަ ބެކްޓު ދުވާފަރު
ސަރުނ
25 April 2025
ސަރުކާރަށް ޕުރޝަރު އެރީމަ އަން ނަ ސުރުހީތައް. ދެން އެންމެ ގިނަވާނީ ހަށި ވިއްކާ ހަބަރުގެ ސުރުހީތަށް.
ގަބުޅި
25 April 2025
ވެރިކަމުގައި ޖަރީމާހިންގާ ބޭފުޅުންގެ ވާހަކަ ހިންދާލާ, ދިވެހި ރައްޔިތުންގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުމަށް ޖެއްސި މޮޅު ސުޓަންޓެއް ދޮތަ? ތިހެން ވެރިކަންކުރެވޭނީ ގަދަ.
ކަތީބުއަހައްމަދްޒުބެއިރު
24 April 2025
މިކަންތައް ދެން މިގައުމުގައި މިވީ ހައްލު. ދެން ނުއުޅޭނެ ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީއެއް ރާއްޖޭގައި ދެންމިއުޅެނީ ރޭގަޑު ދަންވަރު ނުނިދައި ގަމީސްބާލައިގެން އެއްފުރާޅުން އަނެއްފުރާޅަށް އެއްފުޅަށްމަތިން އަނެއްފުޅަފަށް ފުމެނަގަމުން އުޅޭ ..
އިއްޒަތްތެރިރާނާ
24 April 2025
އަދިވެސް ރާނާމެން އިތުރަށް މުއްސަނދިވާން ދޫކޮށްފައި ބައިތިއްބާ. މާދަން މަޖިލީހުގައި އެފަދަމީހުންގެ މެޖޯރިޓީ އޮތުމަކީވެސް ދުރުކަމެއް ނޫން. އެފަދަ ހާލަތެއްގައި މިގައުމުގެ ވެރިކަންކުރާނީ އެމީހުން.
ކޮރަލް
24 April 2025
ކައުންސިލް އަށް ނޭނގި އެއްވެސް ރަށަކަށް ބިދޭސީ އަކަށް ނޭރޭނެ އެވެ. ބޯޓް ކައިރި ކުރަން އޮންނަނީ އެންމެ ފާލަމެކެވެ. އެފާލަމަށް ލަފާ ބޯޓް ފަހަރު ބަލާލާނަމަ ތިހާ ވަރެއް ނުވާނެ އެވެ. މާބައިވަރު ބޯޓް ތަކެއް މަހަކު އެއް ފަހަރުވެސް ކައިރި ނުކުރާނެ އެވެ. ކޮންމެ ރަށެއްގަ ޖެޓީގަ ޗެކްޕޯށްޓް އެއް ހަދަން ވީ އެވެ. ވަގަށް އެތެރެވާ މީހުނާ ތަކެތި ހޯދުމަށެވެ.
އަސްލުވެސް ތެދު
24 April 2025
އަހަންނަކީ ދުވާފަރު މީހެއް އެހެންވިޔަސް ރަށު ކައުންސިލަށް އެއްވެސް އިތުބާރެއް ނެތް ފެއިލް ވެފަ ތިބި ކޮރަޕްޓު ކައުންސިލެއް
ރިސޯޓް
24 April 2025
ޙިތްވަރެއް ހުރިއްޔާ ހަދާ ރިސޯޓަކައް އަރާބަލަ، ފިިލަންވަންނަ ހާލި ހަދާ ރިސޯޓްތައް
ގެރިބޯ ގެރި
24 April 2025
ދެބޯގެރި ވާހަކަ. ޔުމްން ވާހަކަ ހަަނދާނެތޭތޯ!
އެމްސް
24 April 2025
ކުރާނެ ކަމެއް ނެތިފަ މަގުމަތްޗަށް ގިނަވެފަ ތިބި ބޭރުމީހުން ހުރިހާ ރަށެއްގަވެސް އެބައުޅެއެވެެ! އަންސްކިލްޑް ލޭބަރުން އެހާގިނަ ވީމަވެސް އެހެންގޮތެއް ވަކިނުވާނެއެވެ!
ހުސް އެކަތި
24 April 2025
ޝައްމާނުގެ އަޑު ކަނޑުވާލަން ސަޅި. އިހްސާނަށް ކުރެވޭ ތުހުމަތު ކިހިނެއް ހަދަނީ؟