ކަޝްމީރުގައި އިންޑިއާ ސިފައިން ފޯރިމަރަނީ: އިންޑިއާ އާއި ޕާކިސްތާނުން ޖެހިޖެހިގެން ދެ ރޭ ވަނީ ހަމަލާ ބަދަލުކޮށްފައި. -- ފޮޓޯ: އޭއެފްޕީ
26 އެޕްރީލް 2025 - 11:09
ކަޝްމީރުގެ އިންޑިއާ ފަޅީގައި ބަޑިން ހަމަލާދީ 26 މީހަކު މަރާލި ހާދިސާ އަށް ފަހު އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން އިތުރަށް ގޯސްވެ ރޭ ވެސް ދެ ގައުމުގެ ސިފައިންގެ މެދުގައި ބަޑީގެ ހަމަލާ ބަދަލުކޮށްފި އެވެ.
ކަޝްމީރުގެ އިންޑިއާ ފަޅި އާއި ޕާކިސްތާނު ފަޅިން އިއްޔެ ރޭ ވެސް އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާ ދީފައިވެ އެވެ.
އިންޑިއާގެ އަސްކަރިއްޔާއިން ބުނީ ހުކުރު ދުވަހުން ފެށިގެން ޕާކިސްތާނުގެ އަސްކަރިއްޔާގެ "ގިނަ" ޕޯސްޓުތަކުން "ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް އާދައިގެ ލުއި ހަތިޔާރުން ހަމަލާ ދީފައިވާ ކަމަށެވެ.
އިންޑިއާ ސިފައިން ވެސް އެ ހަމަލާތަކާ އެކަށީގެންވާ ގޮތަށް "ލުއި ހަތިޔާރުން" ރައްދު ދީފައިވާނެ ކަމަށް އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ބުންޏެވެ.
"ހަމަލާތަކުގައި މީހަކަށް އަނިޔާއެއް ނުވޭ،" ބަޔާނުގައިވެ އެވެ.
މިކަމާ ބެހޭ ގޮތުން ޕާކިސްތާނުން މާގިނަ ވާހަކައެއް ނުދައްކަ އެވެ. އެކަމަކު ހަމަލާ ބަދަލުކުރި ކަމަށް ވަނީ ބުނެފަ އެވެ.
ވާދަވެރި ނިއުކްލިއާ ދެ ބާރުގެ ގުޅުން މިއިން ދުވަހަކު ގޯސްނުވާ ވަރަށް ގޯސްވެ ބިރުވެރިކަން ބޮޑުވެފައި ވާއިރު އދ. އިން ވެސް ވަނީ ދެ ގައުމު ސުލްހަވެ އިތުރަށް ކަންކަން ގޯސްވިޔަނުދޭން އިލްތިމާސްކޮށްފަ އެވެ. އަދި ދެ ގައުމު ސުލްހަކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ސައޫދީ އަރަބިއްޔާއިން ވެސް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ މައްސަލަ ކޮންމެ ގޮތަކުން ވިޔަސް ހައްލުކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
ކަޝްމީރުގައި މިދިޔަ ހަފްތާގައި ދިން ހަމަލާއަށް ފަހު މަސްރަހު ގޯސްވީ ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމްގެ އަމަލުތަކަށް ޕާކިސްތާނުން ހިތްވަރުދޭ ކަމަށް ބުނެ މި ހަމަލާގައި ވެސް އިންޑިއާއިން ޕާކިސްތާނަށް ތުހުމަތުކުރުމުންނެވެ.
ޕާކިސްތާނުން ވަނީ ތުހުމަތަށް އިންކާރުކޮށްފަ އެވެ. އެކަމަކު އިންޑިއާއިން ވަނީ ޕާކިސްތާނަށް ދަތިކުރުމަށް މިހާރު ފިޔަވަޅުތައް އަޅައިފަ އެވެ.
ކަޝްމީރުގެ މިނިވަންކަމަށް 1989 ވަނަ އަހަރުން ފެށިގެން ހަނގުރާމަކުރަމުން އަންނައިރު އިންޑިއާ އާއި ޕާކިސްތާނުން އަބަދުވެސް ގެންދަނީ މަސްރަހު ގޯސްކުރަން މަސައްކަތްކުރާ ކަމުގެ ތުހުމަތު އެއް ގައުމުން އަނެއް ގައުމަށް ކުރަމުންނެވެ. އަދި މަސްރަހު ގޯސްވާ ކޮންމެ ފަހަރަކު ހަމަލާ ބަދަލުކޮށް އަލުން ހަނގުރާމައެއް ފެށުމުގެ ބިރު ބޮޑުވާ ހިސާބަށް ކަންތައްދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެދުރު ބެ
28 April 2025
ލުއި ހަތިޔާރުން ތިހެން ބަޑި ތަޅާ އުޅެފާނެ ދުވަސްކޮޅަކު. އިންޑިއާއަކަށް ނުކެރޭނެ ޕާކިސްތާނާއެކު ބޮޑު ހަނގުރާމައަކަށް ދާކަށެއް. މި ޒަމާނުގެ ހަނގުރާމައިގަ އެންމެ މުހިންމު ބައި ކަމުގައިވާ އެއާފޯސްގެ ދާއިރާގަ އިންޑިއާ އުޅެނީ ޕާކިސްތާނަށް ވުރެ ފަހަތުގަ. އަސްލު މީ މޯދީ ވޯޓް ހޯދަން އަނބުރާ ގޭސް ގަނޑެއް
އިސްމާލި
27 April 2025
ދުނިޔޭގައި އެންމެ ރަނގަޅަށް މޮނީޓަރ ކުރާ އެއް ތަނުގައި މިވަރުކަމެއް ހިނގުމާއި ހަމަ ހިނގާ އިރަށް ޕާކިސްތާނު ބޮލުގައި އަޅުވައި ދަތިކޮށް ހަނގުރާމަ އާއި ހަމައަށް ދާނީ ކޮންމެވެސް ބަޔަކަށް ފައިދާ އެއް ވާނެތީ. ވެދާނެ އެމެރިކާގެ އިގްތިސާދު ދައްވެފައި ވާ ވަގުތަކު އިތުރު ހަތިޔާރު ވިއްކަން ބޭނުންވަނީ ކަމަށް ވެސް.
އަރަބިން
27 April 2025
ސައުދީންވެސް ބޭނުން ވަނީ ޕާކިސްތާނު ކޮންޓްރޯލް ކުރަން، ބަލަގަ އިޒްރައިލް އަށް ބަލަދު އަރާފަ އޮތީތަ، ބޯ ހަލާކު،
ޔަހޫދީންގެ ނިމުން އަވަސް ކުރައްވާށި
27 April 2025
ޔަހޫދީން ފިތުނަ ފަސާދަ އުފައްދައިގެން ކައިއުޅޭބަޔެއް، އެ ގްރޫޕް ހަމަޔަކަށް ނޭޅެނީސް ދުނިޔެ ހަމައެއް ނުޖެހޭނެ.
ދަ އެންލިސްޓް
26 April 2025
އަސްލު މައްސަލަ އޮތްތާ ބާއްވާފަ ގަދަކަމުން ކަންކަން ކުރަން އުޅުމުން ނުނިކުމެ ނުދާނެ ނަތީޖާ ތިއީ. ކަޝްމީރަކީ އިންޑިއަން ސަބް ކޮންޓިނެންޓްގެ ދުވަސްވަރުވެސް އިންޑިއާގެ މުސްލިމުންގެ ތަނެއް. ކަޝްމީރު ދެބައިކުރީ އިނގިރޭސިން. ބޭނުމަކީ ތާއަބަދަށް އިންޑިއާއާ ޕާކިސްތާން ޖައްސާފަ ބޭތިއްބުން. ކަޝްމީރުގެ މައްސަލައިގަ އދ ން ފާސްކޮށްފައިވާ ރިފަރެންޑަމް ގަރާރަށް އިންޑިއާ އަމަލުނުކުރީވެސް އިނގިރޭސީން އޭގެ ފަހަތުގަ ތިބެގެން. މިއަދު ތިފެންނަނީ އޭގެ ނަތީޖާ..
އަފްރާސިޔާބު
26 April 2025
އިންޑިޔާގެ ރައްޔިތުން ގަބޫލެއްނުކުރޭ ޕާކިސްތާނު މިހަމަނުޖެހުމުގެ ފަހަތުގައި އޮތްކަމަކަށް. މިކަމަކީ އެވެރިން ބީޖޭޕީ އަށް މުހިންމު ކޮންމެ އިންތިޚާބެއްގައި ހަރުކަށި ހިންދޫން ލޭކައްކުވާލައި އިންތިޚާބު ކާމިޔާބު ކުރުމަށް ނަރެންދުރަ މޯދީއާއި އަމިތު ޝާހު ކައްކާ ގޭސްގަނޑެއް ކަމަށް. ދެން ތިބުނާ މައްސަލަވެސް އެބޮތް. މުސްލިމުން ނައްތާލުމަށް ކުރާމަސައްކަތް ކޮންމެސް ބަޔަކު އެބަހުއްޓުވަންޖެހޭ އިންޑިޔާގައި.
ހާމަކުރޭ
26 April 2025
އުއްމީދަކީ މިހަމަލާގެ ހަޤީޤަތް މާތްﷲގެ ރަޙްމަތްފުޅުން ކޮންމެވެސް ދުވަހަކުން އަހަރެމެންނަށް ހާމަވުން..ކަޝްމީރުގެ އިންޑިޔާ ފަޅީގެ މުސްލިމުން ތިޔަ ބުނާ އިންޑިޔާގެ ޓުއަރިސްޓުންނަށް އެހީ ތެރިވި..މުސްލިމުންގެ ގެތަކުގަ މެހްމާނުންގެ ގޮތުގަ ތިބި ވާހަކަވެސް އިންޑިޔާގެ މުސްލިމު ނޫން މީހުން ކިޔައި ދީފަ ވަނީ..އެމީހުންނާ ދޭތެރޭ ވ. ރަނގަޅަށް ކަންތައްތައް ކުރި.މިހަމަލާގެ ސަބަބުން އިންޑިޔާގަ ކިޔަވަން ތިބޭ ކަޝްމީރުގެ މުސްލިމު ދަރިވަރުންގެ ދިރިހުރުމަށް ދަތިކޮށްފި..
އަހައްމު
26 April 2025
ތީ ބީޖޭޕީން އަނބުރައިގަނެގެން އުޅޭ ގޭސްގަނޑަކާއި ވައްތަރު..
ރަދީފްއޮފިޝަލް / ހިލޭޓީވީ
26 April 2025
އިންޑިޔާގެ މީޑިޔާތައް ކަމަށްވާ އިންޑިޔާޓުޑޭ ، އެންޑީޓީވީ ، ޓައިމްސްނައު ، ވިއޯން ، ޑީޑީނިއުސް ، އާޖްޓޯކް ފަދަ ޗެނަލްތަކުގަ ތިބި ޕްރެޒެންޓަރުންގެ އަމަލުތައް ހުރީ އެއީ ޕްރެޒެންޓަރުންތޯ ސުވާލުއުފެދޭ ހިސާބުގަ.
ހެހެހެއެ
28 April 2025
ހީވަނީ ހަމަ ބޮލީވުޑްގެ ފިލްމެއްހެން އުޅޭ ވައްތަރުން
މުލޭ
26 April 2025
އިންޑިއާގެ ހައްދުފަހަނައެޅި ހިންދޫންނަކީ ޔަހޫދީންނާ އެއްދަރަޖައިގެ ބައެއް. މުސްލިމުންނަށް ދަތިކޮށް ޖެއްސުންކުރުމަަށް ކޮންމެފަދަ ޢަމަލެއް ވެސް އެމީހުން ހިންގަފާނެ. މިޙަމަލާއަކީ ވެސް އެފަދަ ކަމަކާ އެކަށީގެންވޭ. ރޯގެ އެޖެންޓުން އަޑީގައި ތިބެގެން މިފަދަ ޢަމަލެއް ހިންގުމުގެ ފުރުސަތު ވަރަށް ބޮޑު. ކަމަލާގެ ތެރޭގައި ކަންކަން ހިނގާފައިހުރީ ބޮޑެތި ސުވާލުތައް އުފެދޭ ގޮތަށް.
މހއމ
26 April 2025
އެއީ ކޮން ކަމަލާއެއް ތަ؟
ޖަމަލު
26 April 2025
ކަލޭ ތިބުނަނީ އިސްލާމުންނަކީ މިޒާތު ޓެރެރިޒަމް ހިންގާ ބައެއްނޫނޭތަ؟
އަހުމަދު އަތީގު
26 April 2025
މުސްލިމުން ބަޔަކު ނުމަރާބާ
ރަދީފްއޮފިޝަލް / ޕާކިސްތާން ޒިންދާބާދް
26 April 2025
ހުރިހާ ދީނެއްގަ ވެސް ތިބޭނެ ނުލަފާ މީހުން.އިސްލާމެއް ، އަރައްބެއް ، ޔަހޫދީއެއް ، ހިންދޫއެއް ކިޔާނެ ކަމެއް ނެތް. މީގެ 14 އަހަރުކުރިން ނޯވޭގެ ބުސްކާދުގަ ބަޑިން ހަމަލަދީ 69 މީހުން މަރާލި އަންދްރޭސް ބެރިން ބްރެއިވިކް އެއީ އެއްވެސް ދީނެއް ގަބޫލުކުރާ މީހެއް ނޫން. ވ.ވެދުން
މުލޭ
26 April 2025
މުސްލިމުންގެ ނަން ބޭނުންކުރާ އަސްލު މުސްލިމުންނަށް ނުވާ ހައްދަފަހައެޅި ބަޔަކު ކޮށްފާނެ ކޮންމެފަދަ ކަމެއް ވެސް. މުސް ލިމުން ނޫނަސް ހައްދަފަހަނައެޅި ކޮންމެ މީހަކު ވެސް އެފަދަ ކަމެއްް ކޮށްފާނެ. ޙަގީގީ މުސްލިމުން ޝަރީއަތަކާ ނުލައި މީހުން މަރައި ނުހަދާނެ.
ލައިލާ.
26 April 2025
ޔަހޫދީންނަކީ ހަމައެކަނި ބަނީއިސްއިސްރާއީލު ދަރިކޮޅުން ނިކުން ބައެއް ނޫން. ކުރިސްޓިއަނުންނާ ހިންދޫންނާ މުސްލިމުންގެ ޔެރޭގައި ވެސް އުޅޭބައެއް. މިސާލަކަށް އަލްގައިދާ ސަލަފީ މިއީ އެއްވިސްނުމެއް ގެންގުޅޭ ބައެއް.
ރަދީފްއޮފިޝަލް / ޕާކިސްތާން ޒިންދާބާދް
26 April 2025
އަސްލުވެސް ވަރަށް ނުރައްކާވެއްޖެ.އިންޑިޔާއިންވަނީ އިޒްރޭލުން ފިލާވަޅު ނަގައިގެން ކަޝްމީރުގެ 3 އަޙުންގެ ގެ ވެސް ބިމާ ހަމަކޮށްފަ.އެންމެ 26 މީހުން މަރުވެގެން މުޅި ދުނިިޔެ މޮޔަވަނީ ޓެރެރިޒަމޭ އިސްލާމިސްޓޭ ކިޔައިގެން.ނަމަވެސް އަަސްލު ޓެރެރިޒަމް ހިންގަނީ ޓްރަމްޕް ، ނަތަންޔާހޫ ، މޯދީ ، މެކްރޯން ކަހަލަ ވެރިން.މިވެގެން އުޅޭ ގޮތް ނޭނގިގެން އަހަރުމެން ނޫޅެން.އިންޑިޔާގެ މީޑިޔާތައް ވެސް މޮޔަވަނީ.ވ.ވެދުން