ޒުވާނުންގެ ކޮމިޓީގެ މެންބަރުން ރައީސް މުއިއްޒުއާ އެކު ފޮޓޯއަކަށް ހުއްޓި: އެ ކޮމިޓީން ހަތަރު މެންބަރަކު ވަނީ އިސްތިއުފާ ދީފައި
26 އެޕްރީލް 2025 - 13:21
މާލޭގެ އިމާރާތަކުން ޒުވާން އަންހެނަކު ވެއްޓުނު މައްސަލައިގެ ތަހުގީގާ މެދު ހިތްހަމަނުޖެހިގެން ޒުވާނުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކުގައި ބައިވެރިވުމުގެ ގޮތުން، ރައީސަށް ލަފާދޭ ޒުވާނުންގެ ކޮމިޓީން އިތުރު ތިން މެންބަރަކު އިސްތިއުފާ ދީފި އެވެ.
އިސްތިއުފާ ދީފައިވަނީ އެތުލީޓުން ތަމްސީލްކުރާ އައިމިނަތު ރަބާބު އާއި އަމިއްލަ ޖަމިއްޔާތައް ތަމްސީލުކުރާ ނިމާލް ހަމީދު އަދި ފާތިމަތު ރާއިއާ ޝަރީފެވެ. މި ތިން ޒުވާނުންގެ ކުރިން ސޯޝަލް މީޑިއާގައި ދިވެހިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އަދި ޓީވީ ޕްރެޒެންޓަރު ހުވައިނާ މުހައްމަދު ނިހާދު ވެސް ވަނީ ކޮމިޓީން އިސްތިއުފާ ދީފަ އެވެ.
ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދުމަށް ގޮވާލައި، ޒުވާނުން ފަށާފައިވާ ސިލްސިލާ މުޒާހަރާގައި ރޭ ވަނީ ޒުވާނުންގެ ކޮމިޓީގެ ހުރިހާ މެންބަރުން އިސްތިއުފާ ދިނުމަށް ގޮވާލައިފަ އެވެ.
އެ ކޮމިޓީގެ ނައިބު ރައީސް ނަޒީމް ވަނީ ރޭގެ އެއްވުމުގައި ބައިވެރިވެ، އޭނާ އިސްތިއުފާ ނުދޭ ކަމަށާއި އިސްތިއުފާ ނުދެނީ ސިސްޓަމްގެ ތެރޭގައި ހުރެ ސިސްޓަމް ރަނގަޅު ކުރަން ބޭނުންވާތީ ކަމަށް ބުނެފަ އެވެ. ނަމަވެސް، އޭނާގެ އެ ވާހަކަތަކާ ގުޅިގެން މުޒާހަރާގައި ޒުވާނުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ.
ޖުމްލަ 13 މެންބަރުން ހިމެނޭ ޒުވާނުންގެ ކޮމިޓީގެ ރައީސްކަމުގެ މަގާމުގައި ހުރި ދާއޫދު އަހުމަދު ޒިލާލް ކޮމިޓީން އިސްތިއުފާ ދެއްވުމަށް ހުށަހެޅުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއްޔެ އޭނާ އެ ކޮމިޓީން ވަކިކުރައްވައިފަ އެވެ.
ދާއޫދަކީ، ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އާއެކު އެ ރޭ އުޅުނު ފިރިހެން މީހާ ކަމަށްވާ ރައުދު އަހްމަދު ޒިލާލްގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ.
މި މައްސަލާގައި ރައުދު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްފަ އެވެ.
ފުލުހުން ރައުދު ހައްޔަރުކުރުމަށް ކޯޓުގައި އަމުރަކަށް އެދުނު އިރު ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަބުރު އަބްދުﷲ
27 April 2025
ތިޔަ ކޮމިޓީ އަކީ އެއްވެސް ބޭނުމެއް ނެތް ކޮމިޓީއެއް. ދީންވެރި އުޅުން ރަނގަޅު ތަައުލީމީ ފަންނުވެރިންގެ ކޮމިޓީ އެއް އުފައްދަންވީ. ޢޭރުން ބިނާ ކުރަނިވި ލަފާއެރުވޭނީ. ޒުވާނުންނަށް ފައިދާ ހުރިކަންކަން އެގޭނީ ދުނިޔޭގެ ތަޖުރިބާ ހުރިބަޔަކަށް. ޢިސްލާމްދީނުގައި ދަރިންނަށް އިންނާނެ މީހުން ހޯދަން މައިންބަފައިންނަށް ބާރުއަޅާފަ އޮނަނީވެސް ކަމަކުދޯ.
މޭރާ ސަވާލް
27 April 2025
އިހްސާނާއި އަމީނު އިސްތިޢުފާ ނުދީގެން އުޅެނީ ކީއްވެހެއްޔެވެ؟
އަލި
27 April 2025
ބޮއިގެން ޕާޓީކޮށް، ބަދު އަޚްލާގީ އަމަލުތައް ޕަބްލިކް ތަނެއްގައި ހިންގައި (ސިޑިގޮޅި)، އަދި ވެއްޓި ނޫނީ ވައްޓާލިއަސް އަދި ކޭސް ކްލޯސް ނުކުރަނީސް އިންސާފު ހޯދާށޭކިއައި އިސްތިއުފާ ދިނުމަކީ ފާހިޝް ކަންކަމަށް ތާއީދު ކުރުން.
އިސްމާލި
27 April 2025
އަދި ބޮއެގެން ޕާޓީ ކޮއްގެން ލިބޭ އަނިޔާއަކަށް ބޭސްފަރުވާ އަށްްވެސް ދެވޭ މެލޭޝިއާއަށް. އެ ވެސް 12 މީހުންގެ ވަފުދަކާއެކު.
ފިރާޒު
27 April 2025
މައްސަލަ އަކީ ކޭސް ކްލޯޒް ނުކުރެވުމެއް ނޫން. އޮޅުވާލާ އިންސާފުވެރި އިންވެސްޓިގޭޝަނެއް ނުހިންގާ ބަޔަކު ސަލާމަތް ކުރަން އުޅުން. ރައްޔިތުން ނުކުމެ ހަޅޭއް ލެވީމަ ހޭވެރިކަން ވަނީ. އެވަރުން ކަންކަން ކުރާ ބަޔަކާ ވައި ނޭޅުނިއްޔާ ރަނގަޅުވާނީ.
ދޮހޮއްތުބެ
26 April 2025
މިއީ ކޮންފާޑެއްގެ ބައެއް ކަންކަން ރަނގަޅު ކުރަން ލަފާދޭން ލީމަ އިސްތިއުފާ
ސުމެއްހަމަ
26 April 2025
ލާރި ގިނަވެގެންތަ ތިޔަ އުޅެނީ؟ އަދި ކުދިންކޮޅެއް ގިނަ ކޮށްލަން ވީނު. ސަހާދެއް ބޭކާރު ހަރަދު ކުރުން މެކުހަށް.
އަފްރާސިޔާބު
26 April 2025
ޒުވާނުން ލީޑް ކުރަންވާނީ އަބުރުވެރި ސަރުކާރެއް ތަމްސީލު ކުރުން. އިސްލާމް ދީނަށާއި ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ނުހިތާ ސަރުކާރެއްގައި ޒުވާނުން ތަމްސީލު ކުރަން ތިބުމަކީ ގައުމަށްވެވޭ ޚިޔާނާތެއް. ވެރިކަމަށް އައުމުގެ ކުރިން ދެއްކިވާހަކަތަކާއި ވެރިކަމަށް ހޮވި ހުރިހާބާރެއް ރައްޔިތުންދިނީމާ އެބާރުތަކުގެ ބޭނުން ނާޖާއިޒު ގޮތެއްގައި ހިފާ ސަރުކާރެއްގައި (ކުރިން ވިއަސް އަދި މިހާރުވިޔަސް) ޒުވާނުން އެސަރުކާރެއްގައި ތިބުމަކީ ރަނގަޅުކަމެއް ނޫން.
ކައުންސެލަރު....
26 April 2025
އަސްލުވާ ގޮތަކީ އެމްޑީޕީ މީހުންއަތުން ވެރިކަން ބީވާ އިރަަށް ކިރިޔާވެސް ކަމެއްދިމާވެއްޖިއްޔާ ކޮންމެވެސް ފަޅޮލެކޭކިޔާ ގޭސްގަނޑެއް އަނބުރާނެ. އޭގެ ބޮޅެއްމީ. ފަހަރެއްގާވެސް މީހަކަށް އިންސާފު ހޯދަން ކުރާކަމެއްނޫންމީކީ
ކައުންސެލަރު....
26 April 2025
އިންސާނުންނަށްވަނީ ވަކިބަޔަކިތަ؟ އަޖައިބު! ނޫނީ މިކަމަކީ ހަމަކަށަވަރުންވެސް އެނގޭ ސިޔާސީ އިދިކޮޅު މީހުން އަޑީގަތިބެގެން ކުރުވާ ކަމެއްކަން. %100. ސަބަބަކީ މިއެއްނޫން ހަމައެކަނި މިކަހަލަ ހާދިސާއަކީ... މީހުން މަރާފަވެސް އެބަހުރި. އެމީހުންނަށް އިންސާފުހޯދަން މިބައިގަނޑު ނުކުންނާކަށް ނުޖެހެ؟ ޝިމާ ގެއްލުނު ހާދިސާގަވެސް އަދިއަދަށް ދާންދެންވެސް ޝިމާ އަށް ވީގޮތެއް ނޭނގެ. ޝީމާއަށް އިންސާފުހޯދަން ގޮވާނެ މީހަކުނެތް!
އެންޑިޕިތަ ވެރިކަމުގަ އޮތީ؟
26 April 2025
ކަލް ދެން ހާދަ ދޯ. ކުރީ ސަރުކާރު ކުރި ސަރުކާރު ހާހާހާ
ބުރަތޭރީ
26 April 2025
ޒުވާނުންގެ ބޯޑު ވާންޖެހޭނީ މިއަދު ގިނަ ޒުވާނުންނަށް ދިމާވެފައިވާ މަސްތުވާތަކެތީގެ ވަބާއާއި ވޭޕާއި ސިގިރޭޓާއި ނާތަހުޒީބު ޕާޓީކުރުން ތަކުން ދުރުކޮށް މުޖުތަމައު އިސްލާހަށް މަސައްކަތްކުރާ ބޯޑަކަށް...އޭގެ ބަދަލުގައި ހުތުރު ބަސްތަކާ، ގައުމުގެ އިހްތިރާމް ކުރެވޭ މުއައްސަސާތަކަށް ބޭ އިޙްތިރާމްކޮށް، މުޖުތަމައުގެ މިންގަނޑުތަކާ ޚިލާފް އަމަލްތަކަށް ހިތްވަރުދިނުމަކީ ތިޔަފަދަ ބޯޑެއްގެ މަގުސަދު ހާސިލްވާކަމެއްނޫން. ބޯޑުގައި ތިއްބަވަންވާނީ ހަރުދަނާ ބައެއް.
އަރުތަވެރިޔާ
26 April 2025
ޕިސް ޕިސް. ލަދުން ދެފައި ކައިރި ކޮށްލަންވެސް ނުކެރިފަ މިހިރީ. ރައީސަށް ލަފާދޭން މިތިބަ މީހުންގެ ފެންވަރު ހުރިގޮތް މިހިރީ