25 އެޕްރީލް 2025 - 23:25
މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން ޒުވާން އަންހެނަކު ވެއްޓުނު މައްސަލަ އާ ގުޅިގެން، ދިވެހި ޒުވާނުންގެ ލަފާދޭ ކޮމެޓީން ހުވައިނާ މުހައްމަދު ނިހާދު އިސްތިއުފާ ދީފި އެވެ.
ސޯޝަލް މީޑިއާގައި ދިވެހިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އަދި ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދިން ކަން ހާމަކޮށް އިންސްޓަގްރާމްގައި ވަނީ ޒުވާނާ ވެއްޓުނު ހާދިސާގައި ފުލުހުން ހިންގަމުންދާ ތަހުގީގާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ހުވައިނާ ބުނި ގޮތުގައި އެ ބޯޑުން އިސްތިއުފާ ދިނީ އެ ކަމުގައި ހިތްހަމަނުޖެހުން ފާޅުކޮށް އަޑުއުފުލަމުން އަންނަ ޒުވާނުންނާ އެކުގައި ހުރުމުގެ ގޮތުން ކަމަށެވެ.
އެ ކޮމިޓީގެ ރައީސްކަމުގެ މަގާމުގައި ހުރި ދާއޫދު އަހުމަދު ޒިލާލް ކޮމިޓީން އިސްތިއުފާ ދެއްވުމަށް ހުށަހެޅުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއްޔެ އޭނާ އެ ކޮމިޓީން ވަކިކުރައްވައިފަ އެވެ.
ދާއޫދަކީ، ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އާއެކު އެ ރޭ އުޅުނު ފިރިހެން މީހާ ކަމަށްވާ ރައުދު އަހްމަދު ޒިލާލްގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ.
މި މައްސަލާގައި ރައުދު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިފަ އެވެ.
ފުލުހުން ރައުދު ހައްޔަރުކުރުމަށް ކޯޓުގައި އަމުރަކަށް އެދުނު އިރު ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފައިވެ އެވެ.
ފެންޓޯނިއާގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މި މައްސަލައިގެ ތަހުގީގުގައި މިހާރު ވަނީ އޭނާއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެ އެންމެންގެ ބަޔާން ނަގައި އެ މީހުންގެ ފުރުން މަނާކޮށްފަ އެވެ.
ޔުމްނު ވެއްޓުމުގެ ކުރިން، ރައުދު އާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި ކަމަށް ރައުދު ބުނެފައިވާ ކަމަށް ފުލުހުން ކޯޓުގައި ވަނީ ބުނެފަ އެވެ.
ނަމަވެސް ރައުދު މިހެން ބުނެފައިވަނީ ކާކު ގާތު ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނައްޓޭ
26 April 2025
ޖެންޒީ ފުރަތަމަ ދާންވީ ލަދު ހަޔާތް ހޯދަން. އޭގެ ފަހުގައި އިންސާފު ހޯދަން ނުކުމޭ.
އައްމަތީ
26 April 2025
ހުވައިނާމެން ހާދަ ހިތްވަރެއްނެތޭދޯ، ހަމަ ބަޔަކު އަޑުއުފުލާލާއިރަށް ތިޔަދިނީ އިސްތިއުފާ، ތިވަރުމީހުން ލައިގެން ކިހިނެތް ބޯޑުތައް ހިންގާނީ، ކޮންމެވެސް ވަރެއްގެ ހިތްވަރެއްވެސް ހުންނަންޖެހޭނެ، ތިޔަވަރުގެ މަޤާމްތައް ޤަބޫލުކުރާއިރުވެސް
ބަބްސް
26 April 2025
ރަށްޔިތުންގެ ލާރިން ކުރާ ބޭކާރު ހަރަދު. ހުސް ސިޔާސީ މަޤާމު. ތިޔަ ބޯޑަށް މަހަކު ކިހާވަރެއް ޙަރަދު ކުރޭތޯ ...
ޙުއްތު
26 April 2025
ޢިސްތިއުފާ ދޭންޖެހޭ ސަބަބެއް ނެތް.
ސެޓިފިކޭޓު
26 April 2025
އެ ކޮމިޓީގައި އަދިވެސް ޕ ތިބީތަ؟ ނޫނީ އެ ކޮމިޓީން މުޒާހަރާޔަށް ހުރަސް އަޅަން ރާވަނީތަ؟ މިވީ ގޮތެއް ގެޓެއް ނުވި...
ާއަސް
26 April 2025
އެޑްވައިޒަރީ ބޯޑް ހަދާތަ ކުޑަކުދިން ލައިގެން، އެޑްވައިޒް ދެވޭނީ ދުނިޔޭގަ އާޖްފާޖް އިގި ތަޖްރިބަާ ލިބިފަ ތިބޭ ބަޔަކަށް ނޫންތަ
ދޫލަ
26 April 2025
ރައީސަށް ބޭނުން ފުޅުވަނީ ކުޑަކުދިންގެ ލަފަޔާ މަޝްވަރާއެއްނު. އެމަޖިލީހުގެ މީހުންނެއްނު މި މައްސަލަގަނޑުގެ ތެރޭގައި މިއުޅެނީ.
އެދުރު ބެ
26 April 2025
ހާދަ ފާޑެއްގެ ބައެކޭ ޔޫތު އެޑްވައިޒަރީ ބޯޑުގަ މި ތިބީ. ދެން ކިހިނެއް ކަމެއް އިސްލާހުވާނީ. ޒުވާނުންގެ ވާނުވާ ނޭނގޭ ބޯޑު ތީ
މުރާސިލް
26 April 2025
ރައީސް މުއިއްޒުގެ ވެރިކަން ނިމިގެން ތިޔަދަނީ އެއްވެސް ކަމެއް ނުކުރާ “ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން” ބިރަކާއި ނުލާ މަޖާކުރާ ޒުވާނުންނަށް ތާއީދުކުރުމުގެ ގޮތުން ހުވައިނާ އިސްތިއުފާ ދިނީމައެވެ.
އޮނަރަބްލް އަފީފު ދީދީ
26 April 2025
އެހެންކަމުން ޔުމްނު ވެއްޓުނު ނުވަތަ ވައްޓާލިކަމުގެ ތުހުމަތުގައި އެތަނުން އެންމެޕާޓޭއަކު ހައްޔަރުކޮށްފައި ބާކީތިބި ޕޓނ މިނިވަންކަމާއިއެކު ދޫކޮށްލާފައި މައްސަލަ ރަނގަޅަށް ތަޙްޤީގު ކުރަމުންދާކަން ދެއްކުމަށް ސަރުކާރުން ކުރާމަސައްކަތް ހުއްޓާލަންޖެހޭ. އަދި މިމައްސަލަ ތަޙްޤީގު ކުރުމުގައި މީގެ ކުރިން ޝާމިލްވި ހުރިހާ ފުލުހުންނާއި މީޑިއާ އަށް މަޢުލޫމާތުދިން ހުރިހާ ފުލުހުންވެސް ޒިންމާއިން އެކަހެރިކޮށް މައްސަލަ ރަނގަޅަށް ތަޙްޤީގު ކުރަން ފުރުސަތުދޭން ޖެހޭ.
އޮނަރަބްލް އަފީފު ދީދީ
26 April 2025
މަތީފެންވަރުގެ ޕާޓޭންތަކެއް ހިންގި "މަތީގައިދެންނެވި ޖަރީމާ ތަޙްޤީގުކުރުމުގައި ފުލުހުންގެ މުއައްސަސާގެ ތެރެއިން މިކަން ތަޙްޤީގު ކުރި މީހުނާއި އަދި މީޑިއާ އަށް ޙަބަރު ދިން ފަރާތް ތަކުން ކަންކޮށްފައިވާ ގޮތުގެ ސަބަބުން" މުޅި މުއައްސަސާގެ އަގު ދިވެހިންގެ ކުރިމަތީގައި ގެއްލިފައިވާތީ މިކަން ކުރި ފުލުހުންނަށް ދޭންޖެހޭ އަދަބު ދިނުމަށް ކޮމިޝަނަރ އޮފް ޕޮލިސް އާއި ހޯމް މިނިސްޓަރ ފަސް ޖެހިވަޑައި ގަންނަވާނަމަ ވަޒީރާއި ކޮނިޝަނަރ ގެ މައްސަލަ ރަޢިސް ބަލާން ވާނެ.