އިތުރު ފަރުވާ އަށް ޔުމްނު ގެންދަން އާއިލާ އިން ބޭނުންވަނީ މެލޭޝިއާ އަށް.
ޔުމްނު ވެއްޓުނުކަމަށް ފުލުހުން ބުނާ ފެންލައިޓު.
25 އެޕްރީލް 2025 - 21:10
އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، އިތުރު ފަރުވާ އަށް މެލޭޝިއާ އަށް ގެންދިޔުމުގެ އިންތިޒާމުތަކާއި ބޭސްފަރުވާގެ ހުރިހާ ކަމެއް އެންސްޕާ މެދުވެރިކޮށް ހަމަޖައްސާފައިވާ ކަމަށް އާއިލާ އިން މިރޭ ބުނެފި އެވެ.
އާއިލާގެ ފަރާތުން، ވާހަކަ ދެއްކި މުހައްމަދު މުއުމިން "މިހާރު" އަށް ބުނީ އަންނަ އާދީއްތަ ދުވަހު ސްރީ ލަންކަން އެއާލައިންސް ފްލައިޓުން ޔުމްނު މެލޭޝިއާ އަށް ގެންދިޔުމުގެ އިންތިޒާމުތައް އެންސްޕާ މެދުވެރިކޮށް ހަމަޖެހިފައިވާ ކަމަށެވެ.
މެލޭޝިއާ އަށް ގެންދިޔުމާއި ބޭސްފަރުވާގެ ހުރިހާ ހަރަދެއް އެންސްޕާ މެދުވެރިކޮށް ސަރުކާރުގެ ހަރަދުގައި ހަމަޖައްސައި ދީފައިވާ ކަމަށް ވެސް މުއުމިން ބުންޏެވެ.
"އެކަމަކު ވީހާ ވެސް އަވަހަކަށް ބޭރަށް ގެންދަން ބޭނުންވާތީ، އާދީއްތައިގެ ކުރިން ވެސް ޗާޓަރު ފްލައިޓެއް ހަމަޖެހޭތޯ އެންސްޕާ މެދުވެރިކޮށް ދަނީ ބަލަމުން. އެންސްޕާގެ އެއްބާރުލުން އަޅުގަނޑުމެންނަށް ދަނީ ލިބެމުން،" އާއިލާ އިން ވާހަކަ ދެއްކި މުއުމިން ބުންޏެވެ.
ބޭސްފަރުވާއަށް ބަލި މީހުން ގެންދިޔުމަށް ޗާޓަރު ފްލައިޓު ހަމަޖައްސައިދިނުމަކީ އެންސްޕާއިން އަމަލުކުރާ އުސޫލެއް ނޫނެވެ.
"މެލޭޝިއާގެ ހޮސްޕިޓަލެއް އަދި ނުނިންމާ،" މުއުމިން ބުންޏެވެ.
ގ. ރަނައުރާގޭއާގެ ޔުމްނު އަށް މިހާރު ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗުގައި ކަމަށް ވާއިރު، އޭނާގެ ހާލަތާ ގުޅޭ ގޮތުން ސުވާލު ކުރުމުން މުއުމިން ބުނީ ބޭނުންވަނީ އެންމެންގެ ހެޔޮދުއާ ކަމަށެވެ. ނަމަވެސް، ޔުމްނު ފްލައިޓަށް އެރުމުގެ ހުއްދަ ޑޮކްޓަރުން ދީފައިވާ ކަމަށް މުއުމިން ބުންޏެވެ.
މުއުމިންއަކީ ޔުމްނު ރާއްޖެ އިން ބޭރަށް ގެންދިއުމާ ގުޅޭ ކަންކަމުގައި ވާހަކަ ދެއްކުމަށް އާއިލާގެ ފަރާތުން ޕަވާ އޮފް އެޓާނީ ދީފައިވާ ފަރާތެވެ. އެއީ ޔުމްނުގެ އެއްބަނޑުއެއްބަފާ ދައްތަގެ ފިރިމީހާ އެވެ.
މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހ. ފެންޓެނޯއީގޭގެ ނުވަ ވަނަ ފްލޯ އިން ޔުމްނު ވެއްޓުނީ ހ. މިޓާޒްގޭގައި ހުރި ގުދަނެއްގެ ފުރާޅުމައްޗަށެވެ.
ޔުމްނު ވެއްޓުނު ގެއަށް ވަނުމުގެ ކުރިން އޭނާ ވެސް ހިމެނޭ ގޮތަށް ނުވަ މީހަކު ވަނީ މއ. މާންދޫގޭދެކުނު ގޭގައި އެއްކޮށް އުޅެފަ އެވެ.
އެ ނުވަ މީހުންގެ ނަމާއި ފޮޓޯ އަދި އެޑްރެސް ފުލުހުން ވަނީ އިއްޔެ އާންމުކޮށްފަ އެވެ.
އެ އެންމެން ފުރުން މަނާކޮށް ޕާސްޕޯޓު ހިފެހެއްޓިއިރު އޭގެ ތެރޭގައި ހިމެނޭ ގ. ނޯތުބްރީޒް، އާއިޝަތު ލަޔާލީ އިގުބާލު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަަތަކެއް ފެތުރި އެވެ.
އެކަމަކު، އެ މައްސަލާގައި ފުލުހުން ބުނީ ފުރުން މަނާކޮށްފައިވާ އަންހެނަކު މެލޭޝިއާ އަށް ފުރާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުން ދަނީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަމަށެވެ.
އޭގެ ތެރެއިން މިހާރު ވަނީ ފެންޓެނޯއީގެ އަށް ޔުމްނުއާ އެކު ވަތް ރައުދު ހައްޔަރުކޮށްފަ އެވެ. ރައުދު ހައްޔަރު ކުރުމަށް ކޯޓުގައި އަމުރަކަށް އެދުނު އިރު ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތުކޮށްފައިވެ އެވެ.
ރައުދުގެ ބަންދުގެ މުއްދަތު ކޯޓުން މިއަދު ވަނީ ފަސް ދުވަހަށް އިތުރުކޮށްދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލި
26 April 2025
ސަރުކާރުން މެޑިކަލް ހަމަޖެއްސުން މައްސަލައެއް ނޫން؟.. ވައި މެލޭޝިއާ؟. މެލޭޝިއާއަކީ އާންމުކޮށް ދިވެހިން ބޭސްފަރުވާއަށް ދާތަނެއްވެސް ނޫން.. ރައްޔިތުން އެކަން ސާފުވާން ބޭނުންވާނެ…
ހީހީ ސުލީހް
26 April 2025
ފާހަގަކޮށްލަންޖެހޭކަމަކީ އާއްމު ރަތްޔިތުމީހާއަށް އާސަންދަހަމަޖެހުން މިފަހަކަށް އައިސް އިންތިހާޔަށް އުނދަގޫވެފަވާކަން. މުޅިންވެސްބުނަނީ ރާއްޖޭންކުރެވޭ ފަރުވާޔެކޭ. ރަތްޔިރުންނަށް މިހާ ދަތިވެރިކަމެއް އަދި ނާދޭ
މައިކާލޯ
26 April 2025
"....ސަރުކާރުގެ ހަރަދުގައި ހަމަޖައްސައި ދީފައިވާ ކަމަށް ވެސް މުއުމިން ބުންޏެވެ." ނުބައިކޮށް ނުލިޔަބަލަ...ކޮން ސަރުކާރުގެ ޚަރަދެކޭ ތިކިޔަނީ ބުނެބަލަ ރައްޔަތުންގެ ޓެކްސްފައިސާއިންނޭ. ސަރުކާރަށް ފައިސާ ދެނީ ކޮންބައެއްތައް؟ އެއީ އުޑުން ލާރި ވެއްޓޭއް ތަނެއްތަ!؟
މިއޮތީ ވާ ކަމެއް
26 April 2025
މީގެ ކުރިން އިބޫ ސަރުކާރުގައި އަންހެނަކު ފަޅިފަޅި އަށް ކޮޝާލި އެ ކުއްޖައަށް އިންސާފު ހޯދާކަށް ނޫޅޭ އެކަމު ބޮއެގެން ފުންމާލި ކުއްޖާ މަރުނުވެސް ވަނީސް ޒުވާނުންތައް މަގު މައްޗަށް ނުކުމެ ހަޅޭލަވާ މި ހަދަނީ މައްސަލައަކީ ޝިޔާއު އަކީ އަތޮޅު ތެރޭ ކުއްޖަކަށް ވެފައި ޔުމްނު މާލެ ކުއްޖަކަށް ވުން އެހެނުންވާނީ މާލެ މީހުން ވިއްޔާ ހުރިހާ ކަމެއްގައި އަރާ ތިބޭނީ
ސަލާމް ސަލާމް
26 April 2025
ޕާޓީ ކޮށްގެން މިކަހަލަ ކަމެއްދިމާވި މިއީ ފުރަތަމަ ފަހަރެއްނޫން؟ ދައުމަލަތުގެ ބޮލުގައި އެތައް ބަދުނާމެއް އަޅުވަމުން ދާ ވަގުތެއް ގައި ފުރާނަ ސަލާމަތް ކުރެވޭތޯ ބޭސް ފަރުވާއަށް މެލޭސިއާ އަށް ގެންދިއުން މައްސަލަ އަކަށް މިހާރުވީ؟ ދިވެހިންނަށް ނޯންނާނެ ހެޔޮ އެއްގޮތްވެސް؟
ޖާރިޔާ
26 April 2025
ނެޕޯ ބޭބީސްއަށް އަދަބުދިނުން އޯކޭ، އެކަމަކު މެލޭޝިއާއަށް ގެންގޮސް ބޮޑު ޚަރަދުކުރުން އޯކޭ؟ ދަތި ޙާލުގަ އުޅޭ ނިކަމެތި ރައްޔިތުން އާސަންދަ ނުލިބިގެން ސަލާންޖަހާއިރު، މާލޭގެ ގެދޮރުހުރި، މެލޭޝިޔާގަ ދިރިއުޅޭ، ތަނަވަސްކަންހުރި މާލޭ މަހުޖަނުންނަށް މެލޭޝިއާއިން ހިލޭ ފަރުވާލުބުމަކީ މިހޯދަންއުޅޭ އިންސާފު؟ އިންޑިއާގެ ބޭސްފަރުވާ މާލޭގެ ރޯޔަލް ރައްޔިތުންނަށް ކަމުނުދާކަމުގެ ހެކިހޯދަންތޯ އިހުތިޖާޖު މިކުރެވެނީ. ހުރިހާ ރައްޔިތުން ހަމަހަމަވާން ނުޖެހޭތޯ؟
ރާއްޖެ
26 April 2025
އައިޖީއެމް އެޗް އައިސީޔޫ ގަ ދެން ތިބި ބަލިމީހުންނަށް ތި ފުރުސަތު ނެތީ ކީއްވެ؟
އައިފާން
26 April 2025
ކޮން އުސޫލެއްގެ ދަށުން ދެވޭ އެހީ އެއް މީ? ހާއްސަ އެހީ އައް ބޭނުންވާ ކުދިންގެ ތެރަޕީ ފައިސާ ލިބެނީ 3 މަސް ފަހުން.
ބުރުގާ
26 April 2025
ޔަގީން މުޖައްރިބުވި އެއްކަމަކީ މުއިއްޒުއައް އެއްލައްކައެއްހާ ވޯޓު ވޭތުވެދިޔަ ހަފުތާތެރޭ މަދުވެއްޖެކަން.
ނިކަމެތިރައްޔިތުމީހާ
26 April 2025
މި ވަގުތު އާއިލާއިން ސުވިޒަލޭންޑަށް ގެންދަން ބުންޏަސް ގެންދާެނެ، ސަބަބަކީ މި ނޫން ގޮތަކަށް ރޯޔަލް ކުދީންނާއި، ފުލުހުންނާއި ރައީސްއަށް ސަލާމަތް ނުވެވޭނެތީ.