މިރޭގެ ޓިކްޓޮކް ލައިވުން އެކަނިވެސް ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޔުމްނުގެ ފަރުވާ އަށް ވަނީ ހޯދާފައި.
ޔުމްނުއަށް އިންސާފު ގާއިމްކޮށްދިނުމަށް ގޮވާލައި މުޒާހަރާކުރަނީ: އޭނާ މިރޭ ވަނީ މެލޭޝިއާއަށް އިތުރު ފަރުވާއަށް ފުރުވާލާފައި --- މިހާރު ފޮޓޯ/ނިޝާން އަލީ
26 އެޕްރީލް 2025 - 22:39
މާލޭގެ އިމާރާތަކުން ވެއްޓުނު ހާދިސާގައި އަނިޔާވި ހައްވާ ޔުމްނު ރަޝީދު އިތުރު ފަރުވާއަށް މިރޭ މެލޭޝިއާއަށް ފުރުވާލައިފި އެވެ.
މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވާ ފެނުނީ އެ ދުވަހު ހެނދުނު އެވެ. އެ ހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން ޔުމްނުއަށް ފަރުވާ ދެމުން އައީ އައިޖީއެމްއެޗުގެ އައިސީޔޫގަ އެވެ.
ދަތުރު ކުރުމުގެ ހުއްދަ ލިބުމުން ޔުމްނުގެ އާއިލާ އިން ބޭނުންވީ އޭނާ މެލޭޝިއާއަށް ގެންދާށެވެ. އެއީ އެ އާއިލާގެ ބައެއް މީހުން ވެސް އެ ގައުމުގައި ދިރިއުޅެމުން އަންނާތީ އެވެ. ޔުމްނުގެ ފަރުވާއަށް ހިނގާނެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭނެ ކަމަށް އިއްޔެ ސަރުކާރުން ވަނީ ބުނެފަ އެވެ. އެހެންވެ، ޔުމްނު މެލޭޝިއާ އަށް ގެންދަން ބޭނުންވާ 25،000 ޑޮލަރު (385،500ރ.) އެންސްޕާ މެދުވެރިކޮށް ސަރުކާރުން ހަމަޖައްސައިދިނެވެ. އެ ފައިސާ ރޭގެ ވަގުތެއްގައި ޖަމާކޮށްދީފާއިރު އޭގެ ތެރޭގައި 12 މީހުންގެ ޓިކެޓުގެ ފައިސާ ހިމެނެ އެވެ.
ސަރުކާރުން ހަމަޖައްސައިދިން ފައިސާގެ އަދަދަކީ ފަރުވާގެ ހަރަދުގެ އެއްބައި ކަމަށް ވާތީ އާއިލާއިން މިރޭ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފަންޑްރައިޒް ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ.
އާއިލާއިން ބުނެފައި ވަނީ ޔުމްނުގެ ފުރަތަމަ ސާޖަރީ އަށް އެކަނި 878،940ރ. އަރާ ކަމަށެވެ. އަދި އެޑްމިޓް ކުރުމަށް ވެސް ފައިސާ ދައްކަން ޖެހޭ ކަމަށް އާއިލާ އިން ބުންޏެވެ.
ނަމަވެސް ޓިކްޓޮކްގައި މިރޭ ކުރިއަށް ގެންދިޔަ ލައިވް އިވެންޓެއްގައި އެކަނިވެސް ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޔުމްނުގެ ފަރުވާ އަށް ވަނީ ހޯދައިފަ އެވެ.
ފުރާޅުމައްޗަށް ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި މިހާރު ވަނީ އޭނާއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެ އެންމެންގެ ބަޔާން ނަގައި އެ މީހުންގެ ފުރުން މަނާކޮށްފަ އެވެ.
މީގެ އުތުރުން ހާދިސާ ހިނގުމުގެ ކުރިން ޔުމްނުއާއެކު އެންމެ ފަހުން އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށް، އޭނާގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޫތު އާދަން
28 April 2025
12 މީހުންގެ ޓިކެޓު ހަމަޖައްސަދޭން ޖެހޭ ސަބަބެއް ހަމަ އެއްގޮތަކަށް ނުވިސްނުނު.. މި އުޅެނީ ނިކަމެތި ރައްޔެތުމީހަ ގެންނަ އޮންނަ އެއާރ އެންބިއުލާސްއަށް ބަލިމީހާ އެކު 1 އެހީ ތެރިޔާ ފިޔަވާ އިތުރު މީހަކަށް ނޭރޭ… ސިޔާސީ ، ކޮރޮޕްޝަން، ފަސާދަ، މިނޫން އިތުރު އެއްޗެއް މިރާއްޖޭގަ ނެތް.
ސވލ
27 April 2025
ކޮންމެގޮތަކަށް ކަންދިޔަނަމަވެސް ވަރަށް ސުވާލުއުފެދޭ ޙައިރާންކުރަނިވިހައި އަވަހަށް ނިމިގެންދިޔަކަމެކެވެ. ރައްޔިތުންގެ ހިތުގައި ހަމްދަރުދީއުފެދި ވަރަށްވެސް އަވަހަށް އެހީގެއަތްތަކެއް ދިއްކުރިނަމަވެސް އުފެދޭސުވާލަކީ ތިކުއްޖާ އެނބުރިއަންނައިރު ތިކަމުގެ އެއްްވެސް ހަނދާނެއް ހުންނާނެބާވައެވެ؟ ރައްޔިތުންގެ ކަންބޮޑުވުންތަކެއް އުޅުނުކަމުގައިވިޔަސް، އެއްވެސް ޝަކުވާއެއް އޮންނާނެބާވައެވެ؟ ކުރާނެބާވައެވެ؟
ހީހީ ސުލީހް
27 April 2025
މެލޭސިޔާއިންވެސް އާސަންދަ ހަމަޖެހޭތަ؟، ތަފާތުނުކުރާކަމަށް ދައުވާކުރަނީ އެކަމަކު މިކަމުގަވެސް މިފެންނަނީ ދިމާ އިދިކޮޅު. ތިޔަބުނާ މެލޭސިޔާންވެސް ލިބޭނީ އެއްފަރުވާއެއް. އެކަމަކު އިންތިހާ އަގުބޮޑްވާނެ
ދެފުއް ކެހެރި
27 April 2025
އޭ މަޖުލިސް މެންބަރުންނާ އެމީހުންގެ އައުލާދަށް މެލޭ ބެންކޮކުން ބޭސް ފަރުވާ ލިބޭ. ކަލެއަށް ވެސް މަށަށް ވެސް އެކަން އިގޭ. ކަލޭ އޯކޭ ދޯ އެކަން؟؟؟
ދޮގު ފާޓާ
27 April 2025
ދައުލަތުން ފުލުހުން ދޮގު ހަދާ އޮޅުވާލީމަ އާސަންދަ ވެސް ދޭން ޖެހޭނީ އިގިއްޖެ. ސަރުކާރުން ފުލުހުން ކްރިއޭޓް ކުރި ސިނާރިއޯ އެއް އެއީ. ވަރައް ސަލާމޭ. ދެން ޖޭ ނުވޭ އިގޭ
ސވލ
27 April 2025
މިފެންނަނީ މިކަމުގެތެރެއަށް ވެރިކަމުގެއިނގިއްޔާއި ސިޔާސީއިނގިލި ވަދެފަވާ މިންވަރު. ނުލިބޭމީހާ ގުދުބިންދެންދެން ސަލާންޖަހަން. މިފެންނަނީ ބާރުވެރިންގެ ބާރުހުރިވަރު. މިފެންނަނީ އަމިއްލަ އެދުމުގެ ކުރިމަތީގަ މިސަރުކާރުގެ ލަދެއް ހަޔާތެއްނެތް މިންވަރު. ނިކަމެތިންގެ ބޭސްފަރުވާއަށް މިފަދަނުކުރެވި މިފަދަ ހަމަހަމަކަންކުޑަކޮށް ބޭއިންސާފަށް ރައްޔިތުންގެ މާލިއްޔަތުން ޚަރަދުކުރުމުގެހުއްދަދޭ ފަރާތްތަކާއިމެދު ފިޔަވަޅުއެޅޭތަނެއް ނުފެނޭ. އިންސާފު ކޮބައިހެއްޔެވެ؟
އީމާނީ
27 April 2025
ސަރުކާރު ގެ ލަދު ހަޔާތް ނެތް ވާހަކަ އަބަދު ދެއްކުމުގެ ބަދަލުގައި ސަރުކާރު ގެންނަ މީހުންގެ ހަޔާތް ކުޑަވާހަކަ ދައްކަމާ، އެބަޔަކީ ރައްޔިތުން. ސައިކަލު ހުންގާނުގެ މުއްގަނޑުގައި ހިފައިގެން ތިބެނީ ރައްޔިތުން، ރައްޔިތުންގެ ތެރެއިން ބަޔަކު ތިބެނީ ބޭނުމެއް ނެތް ވަޒީފާތަކުގަ ބަގުޑި ބައްދައިގެން މަސައްކަތްނުކޮށް. މިފަދަ ރައްޔިތަކު ތިބޭ ތަނެއްގެ ސަރުކާރުގެ ހަޔާތް ކުޑަވާނެކަމީ ޝައްކެއް ހުރި ކަމެއް ނޫން.
ލަކި
27 April 2025
25،000 ޑޮލަރު (385،500ރ.) އެންސްޕާ މެދުވެރިކޮށް ސަރުކާރުން ހަމަޖައްސައިދިނެވެ. ޓިކްޓޮކްގައި މިރޭ ކުރިއަށް ގެންދިޔަ ލައިވް އިވެންޓެއްގައި އެކަނިވެސް ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ލިބުނު. ރަނގަޅު ވިޔަފާރިއެއް
އަމީން ފައިސަލް.
27 April 2025
ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ސަރުކާރުން ކުރާ ހެޔޮ ކަންތައް. ބަޔަކަށް މިކަން ހަޖަމް ނުވެ ޓްވިސްޓް ކުރިޔަސް މީގަ ދެން މީހަކަ ކުރެވޭނެ ކަމެއް ނެތް.
ހަމަދު ސަލީމް
27 April 2025
އާސަންދަ ނުލިބޭ ގައުމަކުން އާސަންދަ ހަމަ ޖައްސައިދީ ހުރިހާ ކަމެއް މި ހަމަޖައްސަދިނީ ސަރުކާރުން. މިއަދު ދެން ކީކޭ އިދިކޮޅާ އެބުނާ ޖެން ޒީ މީހުން ބުނާނީ؟
ޖެން ޒީ ވެސް އިދިކޮޅޯ ލޮލް
27 April 2025
ޖެން ޒީ ގެ މާނަ އިގޭތަ ދައިތައަށް؟ ލޮލް
ފަޅޯ ދިޔަ
27 April 2025
ސަރުކާރު މުއިއްޒުގެ ދިމްޔާތު ފައިސާއެއް ނޫން. އަހުން ދައްކާ ޓެކުސް ފައިސާ. އޮޅުވާލަން ނުތެޅޭ!!!
ބޮޑުފޮށި
27 April 2025
ޒުވާނުން މުޒާހަރާ ކުރަނީ ޔުމްނުއަށް އިންސާފު ހޯދަދޭށެ ކިޔާފަ. ވަކި ބަޔަކު ފޮރުވާފަ މިކަން ޔުމްނުގެ ބޮލުގަ އެކަނި އަޅުވާތީ، ދެން ތިބި މީހުންވެސް ތަހުގީގުކޮށް ޝަރީއަތްކުރާށެ މުޒަހަރާގަ ގޮވަނި. ޞޮޑަތި މަގާމު ތަކުގަ ތިބެ ޒިންމާ ނުނެގުނު ބަޔަކު އިސްތިއުފާ ދޭށެ ގޮވަނީ. ސަރުކާރުން މިހާރު އުޅެނީ ބޮޑު ހަރަދު ކޮއްގެންވެސް މި މައްސަލ ކޮންމެ ގޮތަކުންވެސް އޮއްބާލަންހެން ހީވަނީ. ކޮންބަޔެއްގެ ކުށް ފޮރުވަންބާ މިވަރުގެ ހޭދައެއް މިކުރަނީ؟
ވޯލް
27 April 2025
ބަލ ސަރުކާރުން އެބުނީނު ހުރިހާ ކަރަދެއް ހަމަޖައްސާދޭނެމޭ. ދެން މިިހުން އަތުން ތިޔަ ހޯދަނީ ކޮން ކަމަކަށް ފައިސާ؟
ވަންޑޭ
27 April 2025
ފަހު ވަގުތު ބުނި ނޫނެކޭ. އަހަރުމެން ބޭނުން ވެގެން އަހަރުމެން ދެނީ. ކަލެއަށް ކީއްތަ؟