މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ގާއިމްކޮށްދިނުމަށް ގޮވާލައި މިރޭ ޒުވާނުން ކުރި މުޒާހަރާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
26 އެޕްރީލް 2025 - 13:35
ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށާއި ދެފުށް ފެންނަ ތަހުގީގެއް ހިންގުމަށް ގޮވާލައި ޒުވާނުން އިސްނަގައިގެން ސޮއިކުރަން ފެށި ޕެޓިޝަނުގައި މިހާތަނަށް 6،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފި އެވެ.
އޮންލައިންކޮށް ސޮއިކުރަމުންދާ ޕެޓިޝަނުގައި މި ވަގުތާ ހަމައަށް 6،727 މީހަކު ސޮއިކޮށްފައިވެ އެވެ.
ޕެޓިޝަންގައި ގޮވާލާފައިވަނީ ތަހުގީގުގެ ހުރިހާ ހޯދުންތަކެއް އާންމުކުރުމަށާއި ޔުމްނު އަށް އިންސާފު ހޯދައިދިނުމަށް އެކުގައި ޝާމިލްވާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެނައުމަށެވެ. އަދި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން މި މައްސަލަ ގާތުން ބެލުމަށް ވެސް ޕެޓިޝަނުގައި ގޮވާލާފައިވެ އެވެ.
ޔުމްނު އަށް އިންސާފު ހޯދައިދިނުމަށާއި ހަމަހަަކަމާއި އިންސާފުވެރި ދައުލަތެއް ގާއިމްކުރަން ގޮވާލައި ޒުވާނުން ފަށާފައިވާ ސިލްސިލާ މުޒާހަރާ ތިން ރޭ ކުރިއަށް ގެންގޮސްފައިވާއިރު، އެ މުޒާހަރާގައި ބައިވެރިވާ މީހުންގެ އަދަދު ދަނީ ގިނަމުންނެވެ. ރޭ މުޒާހަރާގައި ވެސް ޒުވާނުންގެ ގިނަ ޑިމާންޑްތަކެއް އިއްވާފައިވެ އެވެ.
މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒްގޭގެ (ގުދަން ހުރި ގެ) މައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައާ ގުޅިގެން އޭނާއާ އެކު އެ ވަގުތު އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް، 21 ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަސް އިއްޔެ ވަނީ އިތުރުކޮށްފަ އެވެ.
ޔުމްނު ވެއްޓުމުގައި ރައުދުގެ އަތެއް ނެތް ކަމަށް ފުލުހުން ކުރިން ބުނެފައިވާއިރު، ކޯޓުގައި ފުލުހުން ބުނެފައިވާ ގޮތުގައި ރައުދުއާއި ޔުމްނު އާ ދެމެދު އެ ރޭ ވަނީ ހަމަނުޖެހުންތަކެއް ހިނގައިފަ އެވެ.
އަދި ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ވަގުތުގެ އިރުކޮޅެއް ފަހުން ޔުމްނު ކޮބައިތޯ ސުވާލުކުރުމުން ނޭނގޭ ކަމަށާއި ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާ ކަމަށް ވެސް ކޯޓުގައި ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް ރައުދު މިހެން ބުނެފައިވަނީ ކާކު ގާތު ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.
ކޯޓުގައި ވެސް ފުލުހުން ބުނީ، ޔުމްނު ވެއްޓުމަށް ފަހު އޭނާ ހޯދުމަށް ރައުދު މަސައްކަތް ކުރާ ކަން ސީސީޓީވީ ފޫޓޭޖުން ފެންނަ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް ރިޕޯޓެއް ފުލުހުން ހުށަހަޅާފައިވާ ނުވާ ކަމަށް ބުނެފައިވެ އެވެ.
ރައުދުގެ ދިފާއުގައި އޭނާގެ ވަކީލު ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ އަތެއް ނެތް ކަމަށް ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވާ ކަން ފާހަގަކޮށްފަ އެވެ. އަދި ރައުދު އަކީ ޒިންމާދާރު މަގާމެއް ހުރި މީހެއް ކަމަށާއި މިފަދަ ކުށުގެ އެއްވެސް ރެކޯޑެއް ވެސް ނެތް ކަމަށް ބުނެފައިވެ އެވެ.
ފުލުހުން ރައުދު ހައްޔަރުކުރުމަށް ކޯޓުގައި އަމުރަކަށް އެދުނު އިރު ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފައިވެ އެވެ.
ފެންޓޯނިއާގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މި މައްސަލައިގެ ތަހުގީގުގައި މިހާރު ވަނީ އޭނާއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެ އެންމެންގެ ބަޔާން ނަގައި އެ މީހުންގެ ފުރުން މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
26 April 2025
އެންމެ 6000 ތިވަރަށް އެއްދުވަސްތެރޭގަ ލިބޭނެ ބަންގާޅީންވެސް ހަމައެކަނި މަޖީދީމަގުންވެސް.
ނޫސަންގު
26 April 2025
ރަނގަޅުވާނީ އަޑު އުފުލައިގެން. ސަތޭކަ ޕަސެންޓް މުސްލިމުް ގައުމެއް. ވައްކަން ކުރުން ޢާންމު. ރިޝްވަތު ޢާންމު. ޚިޔާނާތް ޢާންމު. ރަލާ މަސްތުވާތަކެތި ޢާންމު. ވެރިންގެ ދޮގުހެދުން މެކްހަށް. ރިބާ ޢާންމު. ވެރިން ވައްކަން ކުރުން މެކްހަށް. އެކަމަކު ދެދުވުން އެއްދުވަހު ދީނޭ ގައުމޭ ކިޔާފައި ހަޅޭލަވާނެ.
ހޫމް
26 April 2025
ވިކްޓިމް ހައްގު ހޯދަން ކިޔައިގެން އަސްލު އެން.ޑީ.ޕީ މުޒާހަރާ ކުރަނީ. އެކުދިން ވިއްޔާ އެތާ ގިނައީ.
ކައުންސެލަރު....
26 April 2025
ވަކިބަޔަކު ހިތަހަމަ ނުޖެހިއްޖިއްޔާ ދެފުށެއްނޫން އަަށްފުށް ފެންނަ ތަހުގީގެއް ކުރިޔަސް ބަލައެއް ނުގަންނާނެ. މިސާލަކީ ކޯނީ ރިޕޯރޓް. އަދި މިމުޒާހަރާތަކަކީ ފަހަރެއްގާވެސް އިންސާފުހޯދަން ކުރާކަމެއްނޫން. ކޯނީ ރިޕޯރޓް ބަލައެއް ނުގަނެ. އަނެއްކާ މީގަ މޮޅުކަމަކީ އޭރު "ބާޣީން" ނަށްވީ އެންމެން މިތިބީ އެމްޑީޕީގަ، ނޫނީ އެމްޑީޕީގެ އައުވާނުންގެ ގޮތުގަ. ކަޑަ؟
އޮނަރަބްލް އަފީފު ދީދީ
26 April 2025
މިތަނުގައި ކޮމަންޓްކުރި ބައެއްފަރާތްތަކުން އެބަބުނޭ "ރަލާއި ޑްރަޤް ބޮއިގެން މަސްތުވެގެންތިބެ ޒިނޭކުރި ބައެއްގެ ދިފާޢުގައި" މިތަނުގައި ކޮމަންޓްކުރާ ވާހަކަ! އެމީހުނަށް ދަންނަވާލަން ބޭނުންވަނީ މިއިން އެއްވެސްކަމަކަށް ތާއީދުނުކުރާ ވާހަކައާއި، އަހަރުމެން ކޮމަންޓް މިކުރަނީ މަސްތުޕާޓީ ބޭއްވި މީހުންގެތެރެއިން 2 މީހެއްގެމައްސަލަ ބަލާއިރު "ބާކީ ދެންތިބި ޕާޓޭންގެ މައްސަލަ ތަޙްޤީގު ކުރުމެއްވެސްނެތި" އެ ޕާޓޭންތައް މިނިވަން ކަމާއިއެކު ދޫކޮށްލާފައިވާތީ އިގޭތޯ.!
ބަކުރުބ
26 April 2025
ޒުވާނުން ފެނިފަ ހަމަ ކޮސްވެއްޖެ ބަކުރުބެ. ގައުމެއް ނެތޭ ޒުވާނުން ނެއް ނެތޭ.
އަހުމަދުބޭ
26 April 2025
ގާނޫނު ތަންފީޒްކުރެވޭނެ ރަނގަޅު މެކޭނިޒަމް އެއްނެތި ކިތައްމެ ޕެޓިޝަން އެއްހެދިޔަސް ވާނެ މޮޅެއްނެތް، ޚާއްސަކޮއް މިހާރު މިހަދައިގެންއުޅޭ ގާނޫނު އަސާސީން ކުއްވެރިއަކަށް ދެރައެއްނެތް، ދެރަމިލިބެނީ ކުއްވެރިން ދެެކެ ބިރުން ތިބި ރައްޔިތުންނަށް، ކުއްވެރިއަކު ހިފައި ޔައްޔަރުކޮއްގެން 24 ގަޑިއިރުނުވަނީސް ޕޮލިހުން މިޖެހެނީ ތެޅިގަނެފަ ގާޒީކައިރިއަށް ގެންދަން ގިނަފަހަރަށް ލިއުނު އެއްޗެއްވެސް ޕޮލިހުންނަށްވެސް އިގެނީކީނޫން،
ތުނޑު ހަސަނު
26 April 2025
ހޭވެރިކަން ނެތޭވަރަށް ބޮއިގެން ޕާޓީކުރުމާއި ޕާޓީކުރި މީހުނ1ގެ ތެރެއިން ބަޔަކު އެހެން ގެއަކަށް ގޮސްގެން އުޅެނިކޮށް ހިނގި ހާދިސަައަކީ ދެ ކަމެއް. ވެއްޓުނު ނުވަތަ ވައްޓާލި ނުވަތަ ފުންމާލި މައްސަލައަކާ އެ އެންމެންނާ ގުޅޭނެ ކަމަކަށް ނުބެލެވޭ. އެކަމަކުވެސް ގުޅުމެއް އޮވެދާނެފަދަ ކަމެއް ޕާޓީކުރުމުގެ ތެރެއިން ހިނގާފައި އޮތްތޯ ބެލުން ރަނގަޅު. ޑްރަގްސް އެތެރެ ކުރާ މީހުންނާއި ވިއްކާ މީހުންނަށް މަރުގެ އަދަބު ދެވޭނެގޮތް ހަދަން ނުވޭތަ އަދިވެސް.
ހައްޔަރުކުރޭ.
26 April 2025
މައްސަލައިގައި ބައިވެރިވި ހުރިހާ ޕޭޓޭން ވެސް ހައްޔަރު ކުރޭ. ކޮންމެހެން ވަކިބައެއްގެ ކޮއްކޮމެނަށް ވީމަ އެ ޕާޓޭން ދޫކޮށްފަ ތިބޭކަށް ނުޖެހޭނެ.
ކޮން
26 April 2025
އިންސާފޭ، އަނެކެއްޗެކޭ ކިޔައިގެން ތި ކުޅެނީ ހަމަ ސިޔާސީ ކުޅި