ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތޮލިބު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
26 އެޕްރީލް 2025 - 18:58
ސަލްޓަން ޕާކް ހައުސިން މިނިސްޓްރީ ދަށަށް ބަދަލުކުރި ފަހުން އެތަން ސާފުކޮށް ބެލެހެއްޓުމާއި އެތަން ތަރައްގީ ކުރުމަށް ބޭނުންވާ ޕްލޭނިންގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
ސަލްޓަން ޕާކުގެ ބައެއް ތަންތަން މަރާމާތު ކުރުމަށްޓަކައި، އެތަންތަނަށް ނުވަދެވޭ ގޮތަށް މާލެ ސިޓީ ކައުންސިލުން ބަންދު ކުރީ މިދިޔަ އަހަރު ކުރީކޮޅު އެވެ. އޭގެފަހުން އެތަނުގެ އެއްވެސް މަސައްކަތެއް މިހާތަނަކަށް ނުކުރެ އެވެ.
އެކަމާގުޅިގެން މިނިސްޓަރު މުއްތަލިބް ކުރެއްވި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެތަން ތަރައްގީ ކުރުމަށްޓަކައި މާލޭ ސިޓީ ކައުންސިލުގައި މިނިސްޓްރީން އެދިގެން އެ ޕާކު އެ މިނިސްޓްރީގެ ދަށަށް ބަދަލުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު ކަމަށެވެ.
މަރާމާތުކުރުމަށް ކަމަށް ބުނެ ސިޓީ ކައުންސިލުން ސަލްޓަން ޕާކު ބަންދުކޮށްފައި--- ފޮޓޯ: ނިޝާން އަލީ | މިހާރު
އެތަން ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްދޭން އެދުނީ ސަލްޓަން ޕާކްގެ ބައެއް ބަންދުކުރިތާ ގިނަ ދުވަސްތަކެއްވުމުގެ އިތުރުން އެތަން ވީރާނާވެ އަދި ކުށްކުރާ ފަރާތްތައް ބޭނުންކުރާ ތަނަކަށްވެފައިވާތީ އާއި މަދިރި އުފެދޭ ގޮތަށް އެ ތަން ދޫކޮށްލާފައިވާތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓްރީއާ އެ ތަން ހަވާލުކުރި ފަހުން މިދިޔަ ދެ މަސް ދުވަސް ތެރޭގައި ޕާކުތެރެ ސާފު ކުރުމާއި އެތަން ތަރައްގީ ކުރުމަށް ބޭނުންވާ ޕްލޭން ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މުއްތަލިބް ވިދާޅުވި އެވެ.
މަރާމާތުކުރުމަށް ކަމަށް ބުނެ ސަލްޓަން ޕާކުން ބަންދުކޮށްފައިވާ ސަރަހައްދެއް--- ފޮޓޯ: ނިޝާން އަލީ | މިހާރު
އޭގެ އިތުރުން އޭނާ ވިދާޅުވީ ޕާކުގެ ސާވޭ ކޮށްފައިވާ ކުރެހުމެއް ނެތުމުން އެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޕާކުގެ ޑިވެލަޕްމަންޓް ޕްލޭން ފައިނަލްކުރެވި އެތަން ބައިތައް ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
މިނިސްޓްރީން ސަލްޓަން ޕާކުގެ މަސައްކަތާ ހަވާލުވެފައި ވާއިރު، "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވިދާޅުވެފައިވަނީ ސަލްޓަންޕާކު އަލުން ތަރައްގީ ކުރާނީ އެންމެންނަށް ހިތްހަމަޖެހުން ލިބޭ ގޮތަށް ކަމަށެވެ.
މަރާމާތުކުރުމަށް ކަމަށް ބުނެ ސަލްޓަން ޕާކު ބަންދުކޮށްފައިވާ ސަރަހައްދެއް--- ފޮޓޯ: ނިޝާން އަލީ | މިހާރު
ސަލްޓަންޕާކު މިހާރު އޮތް ގޮތަށް ތަރައްގީކުރީ ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު އެވެ. ރައީސް ވިދާޅުވެފައިވަނީ ސަލްޓަން ޕާކު އަލުން ތަރައްގީ ކުރާނީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ބޭނުން ކުރެވޭނެ ގޮތަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
28 April 2025
މިޤައުމުން ބިދޭސީން ސާފުކުރުން އޮތީ ކިހާ މިންވަރަކަަށްބާއެވެ؟
ކޮލަމާހުއްޓާ
27 April 2025
ކަލޯ ކޮންކަމެއްވަނީ ކަލޭމެނަށް. ދީފައޮތް ފްލެޓްލިސްޓަކާ ކުޅޭތާ 2 އަހަރުވަނީ
މޫސާަސް
27 April 2025
ކައޭމެން ޕްލޭން ކޮށެއް ނުނިމުނެއްނު. މަށަށް ހީވަނީ ވެރިކަން ނިމޭއިރު މިދާވަރުން ދަންޏާ ޤައުމު އޮންނާނީ ޕްލެއިން ކޮށް.
ލިފާޒް
26 April 2025
ޜާއްޖެތެރޭ ރަށްރަށުގައި 1 ކުޑަ ކުދިންގެ ޕާކް އާންމުކޮށް ރަށެއްގައި ހުންނަނީ ، ކުލަގޮސް އެއްޗެހި ހަލާކުވިޔަސް ކައުންސިލް އިދާރާތަކަށް ނުފެނޭ މިފަދަ އެއްރަށް ހިންނަވަރަކީ، ހިންނަވަރު ޕާކަކީ މިހާރު ކުޑަކުދިންނަށް ރައްކާތެރި ތަނެއްނޫން
ކޮބާ
26 April 2025
މިހާރު ހިނގަމުންދާ ކަންކަމާއި ގުޅިގެން ސަރުކާރުގެ އަގުވަނީ ވަރަށް ބޮޑަށް ވެއްޓިފައި. ޕާކުގެ ވާހަކަ ލިޔެގެން ތިޔަ ކިޔާނެ ބަޔަކު ނެތް
ވެންގަބޯ
26 April 2025
ތީދެން ކޮންކަމެއް ކޮންމެ ވެރިކަމެއްގައި ތިގޮތަށް ތަންތަން ހެދުމަކީ ބޮޑުއިސްރާފެއް ތިކަން ހުއްޓާލާ ހަރަދުތައް ކުޑަކުރުމަށް ވިސްނަންވީ ބޭނުން ނުކުރެވޭނެ ވަރުވީމާނޫނީ ތަންތަނަށް ބަދަލު ނުގެނައުމައް އެދެން މީ ހަރުދަނާ ސަރުކާރެއްގައި ހުންނަންޖެހޭ ސިފަތައް މިސިފަތައް ނެތިއްޔާ އެއީ ފޫނެއް ފަޔަކަށް ފެންފުރުން ކަހަލަކަމެކެވެއެވެ އެންމެ މޮޅުމީހާއެއް ނޫން ވެރިކަމުން ފޭބިމީހާ ހެދިތަންތަން ތަޅާ އަލުން ހެދުމަކީ އެކަންކުރާނީ ގަމާރު ބޯގޯސް ވެރިއެއް.!!!!؟؟؟
ކަމެއްނެތީ
26 April 2025
އާނ.. މީ މެގަ ޕްރޮޖެކްޓްއެއް
މުޑަހަންޖާ
26 April 2025
ދައުލަތުގެ ފައިސާއިން އެތައް މިލިއަނެއް ހަރަދުކޮށްގެން ކ.މާލޭގަ ހަދާތަންތަން ކޮންމެ 5 އަހަރަކުން 10 އަހަރަކުން އަލުން ޑިޒައިންކޮށްގެން ހަދަން ތަކުރާރުކޮށް ބައިތުލްމާލު އޮއްސަމުންދިއުމާ އަހަރެމެން ދެކޮޅު. ތިގޮތަށް އަޗާތަޅަންޏާ ތިރަށުމީހުންއަތުން ޗަންދާނަގައިގެން ތިކަންކުރަންވީ.
ޖާބިރު
26 April 2025
ރާއްޖޭގެ ބޮޑު ދަރަނީގެ ދަތިކަމެއް ކުރިމަތިވެފައިވާއިރު، 2024 ވަނަ އަހަރު ނިމޭއިރު ޤައުމީ ދަރަނި (ގާތްގަނޑަކަށް 8.2 ބިލިއަން ޑޮލަރު) އަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، މިއީ އެޤައުމުގެ ޖީޑީޕީގެ %114.1 އެވެ. އައިއެމްއެފް އާއި ވޯލްޑް ބޭންކުން ވަނީ "ދަރަނީގެ ދަތިކަމުގެ ނުރައްކާ ބޮޑު" ކަމަށާއި ދެމެހެއްޓެނިވި އާންމު މާލިއްޔަތު އަލުން ގާއިމް ކުރުމަށް "އަވަސް ފިޔަވަޅުތަކެއް" އަޅަންޖެހޭތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ސަލަޓަންޕާކޯ! މޮޔަވެބަލަ.
ވިލުނޫ ކޮމްޕެނީ
26 April 2025
ތިޔަތަން ދެން ހަދާއިރުވެސް އަވަހަށް ހަލާކުވާގޮތަށް ހަދައްޗޭ. އޭރުންނެއްނު އަހަރެމެންގެ ޖީބަށްވެސް އެތިކޮޅެއް ވަންނާނީ. ގެޓު ދޯ ބުރަދަރ.