ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު މުއްތަލިބް ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލިސް
28 އެޕްރީލް 2025 - 11:19
ހިލޭ ގޯތި ދިނުމަކީ ދާއިމީ ގޮތެއްގައި ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެކަމަށް ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ހައްލެއް ގެނެސްދިނުމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު އެދިވަޑައިގެންފި އެވެ.
ދިރިއުޅުމަށް ބަންޑާރަ ގޯތި ހިލޭ ބެހުމަކީ ބޯހިޔާވަހިކަމަށް ހައްލެއް ލިބޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ސުވާލު ކުރެއްވީ ތުލުސްދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ނަސީމެވެ.
އޭނާގެ ސުވާލަކަށްވީ، ހިލޭ ގޯތި ދިނުމަކީ ދެކޮޅަށް ވެސް ބަހުސް ކުރުމުގެ ޖާގަ ވަރަށް ބޮޑަށް އޮތް ސިޔާސަތަކަށް ވާއިރު، އެ ސިޔާސަތު ބަދަލުކުރުމުގެ ވިސްނުން މިނިސްޓަރު މުއްތަލިބު ގެންގުޅުއްވާތޯ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މުއްތަލިބް ވިދާޅުވީ ބަންޑާރަ ގޯތި ދޫކުރުމަކީ ރާއްޖެ އަށް ވަރަށް ހާއްސަ ސިފައެއް ކަމަށާއި އެކަމަކު ތާރީހީ ގޮތުން ފާހަގަވެފައިވާ ކަމެއް ނުވަތަ ސިޔާސަތެއް ބަދަލުކުރުމުގެ ބާރު މިނިސްޓަރަށް އެކަނި ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.
ބަންޑާރަ ގޯތި ހިލޭ ބެހުމަކީ ބޯހިޔާވަހިކަމަށް ހައްލެއް ލިބޭނެ ކަމެއް ނޫން ކަމަށް މެންބަރު ނަސީމް ވިދާޅުވި ވާހަކައަށް ތާއީދު ކުރައްވަމުން މިނިސްޓަރު މުއްތަލިބު ވެސް ވިދާޅުވީ ދާއިމީ ގޮތެއްގައި ބަންޑާރަ ގޯތި ދީގެން ކުރިއަށް ގެންދިއުމަކީ ދަތި ކަމަކަށް ވެދާނެ ކަމަށެވެ.
އެހެންކަމުން އެ މައްސަލަ އަށް ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ހައްލެއް ގެނެސްދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
"އެހެންވީމާ ބަންޑާރަ ގޯތި ގާނޫނެއްގެ ތެރެއަށް ގެނެސްގެން މަޖިލީހުން އެކަމަށް ހައްލެއް ހޯދައިދިނުމަކީ އަޅުގަނޑު އެދޭ ކަމެއް،" މުއްތަލިބް ވިދާޅުވި އެވެ.
ހިލޭ ގޯތި ދިނުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށް މިދިޔަ ސަރުކާރުގައި ހައުސިން މިނިސްޓަރު ކަން ކުރެއްވި މުހައްމަދު އަސްލަމް ވެސް އޭރު މަޖިލީހުގައި ވިދާޅުވެފައިވެ އެވެ.
އެކަމަކު، އަސްލަމް ވެސް ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ސަރުކާރުގެ ވައުދާ އެއްގޮތަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ވަނީ ގުޅިފަޅު އަދި ގިރާވަރު ފަޅު ހިއްކުމަށް ފަހު މާލޭގެ މީހުންނަށް ހިލޭ 3،000 ގޯތި ދޫކޮށްފަ އެވެ. އޭރު ވެސް އެއީ ހިޔާލު ތަފާތުވުން ބޮޑު އަދި އެތައް ބަޔަކު ދެކޮޅު ހަދަމުން ދިޔަ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާލިޙު
29 April 2025
މިސަރުކާރުން ކުރީމަ ކޮންމެކަމެއް ގޯސް ކުރަނީ ކީއްވެ؟ ރަނގަޅު ކަންކަން ބަލައިގަތުމަކީ ރީތި ސިފަޔަކީ.
ރާއޖެތރ
29 April 2025
މަހުޖަނުންނަށް ދޭނެ 1000 ރަށް އެެބައޮތް. ރައްޔިތުންނަށް ދޭނެ ބިމެއް ނެތް. ލަދު ހަޔާތްޕުޅު މަދުފުޅުކަން. ވަރަސް ޕްރެޝަރުދަށްކޮށްފައި މިބުނީ. އަސްލު ބުނަން އުޅޭ އެތި ނުޖަހާނެވިއްޔަ
މުލޭ
29 April 2025
ބަންޑާރަ ގޯތި ދޭންވާނީ ގުދުރަތީ ބިންތަކުން ދެވެން އޮތް މިންވަރަކުން. ޚަރަދުކޮށްގެން ހިއްކާ ތަންތަނުން ގޯތި ޖެހޭނީ ވިއްކަން. މިކަން މިހެން ނުކުރަންޏާ ދައުލަތް ދަރަނިވެރިވުން ފިޔަވައި ލިބޭނެ މޮޅެއްނެތް. އެތައް މިލިއަން ރުފިޔާގެ އަގުހުރި ބިން ހިލޭލިބޭ މީހާ އެތަނުގެ ބޭނުންކޮށްގެން މުއްސަނދިވަނީ. ދައުލަތުން ވަކިބަޔަކަށް އެތައް މިލިއަން މިދިނީ އޭނާ ވިޔަފާރިކުރަން.
ބަބްސް
29 April 2025
މުޅިޔަކުން ގޯސް ވާހަކައެއްވެސް ނޫން - ހަމަ މިއާއެކުއެކީގައި ގޯތި ، ބިން ދިރިއުޅެން އަދި ވިޔަފާރިއަށްވެސް ވިއްކިގެންވެސް ނުވާނެ.
އިސްމާލި
29 April 2025
ބިން ހިލޭ ދޭނެ ކަމެއް ނެތް ތާ ދޯ. މީގެ ފަހުން ބިން ލިބޭނީ ފައިސާ ހުރި މީހުނަށާއި ސިޔާސީ ގޮތުން ގުޅުން އޮތް މީހުނަށް. މިހާރުވެސް ރާއްޖޭގެ ފަޅުރައްތައް ވެސް ދެނީ އެ ބީދައިން ނެއްނު؟ މީގެ ފަހުން އާދައިގެ ނިކަމެއްޗައް ލިބޭނީ ހިޔާ ފުލެޓު
ބާލިދީ
29 April 2025
ފުރަތަމަ ކަމަކަށް ރާއްޖެއަކީ އާބާދީއަށް ބަލާއިރު ބިންކުޑަ ގައުމެއްނޫން. ބިން ކުޑަވެގެން އުޅެނީ ކ.މާލޭގަ. ރާއްޖެ ކިޔަނީ އެރަށަކަށްނޫން. ރާއްޖޭ އެންމެނަށް ހަމައެކަނި ހައްދުންމަތިންވެސް ގޯތިދެވިދާނެ.
ކަރަބުލާކި
29 April 2025
މާލޭ ސަރަހައްދުގަ ބިމުގެ ތާށިކަމެއް އުޅެނީ، އެހިސާބުގަ ގޯތި ދިނުން މަނާކޮށްފަ ފުލެޓު ވިއްކުން ރަނގަޅީ. އެހެން ރަށްރަށުގަ ޖާގައޮތުމާއެކީ 18 އަހަރުވުމާއެކީ ވީހާވެސް ޖާގަތަނަވަސްކޮށް ގޯތިދޭންޖެހޭ. ކާށިދޫކަހަލަ ބޮޑެތި ރަށްރަށުން މާލޭ މީހުނަށްވެސް ގޯތިދެވިދާނެ ފުލެޓު ނުގަންނަންޏާ.
މުޑަހަންޖާ
29 April 2025
މީގެކުރީގަ ކ.މާލޭގެ ބިން ފުރުމާއެކީ އެރަށު ސަރުކާރުން ތިޔަ ޕުރޮޕެގެންޑާ ފަތުރައިގެން ރާއްޖޭގެ މާސިންގާ ރަށްރަށުންވެސް ރައްޔިތުންނަށް ގޯތިނުދީ ޒާތަކަށް ތަޅުއަޅުވައިގެން ތިބީ. އެހެންތިއްބާ ކ.ހުޅުމާލެއިން ތަންކޮޅެއް ހިއްކުމާއެކީ ކ.މާލޭ ގަބީލާތަކަށް އެތައް ބިލިއަންރުފިޔާގެ ގޯތިބެހީ. ނުވިތާކަށް ކަނޑުފަޅުންވެސް ގޯތިބެހީ، ބަހާނިމުމާއެކީ މިއޮތީ ގޯތިދޭން ނުވާނެއޭ ކިޔާފަ އަނެއްކާ ޕުރޮޕެގެންޑާ ފަށާފަ.
ސައުދުބެ
28 April 2025
ކޮބާހޭ ދުލެޓް ލިސްޓް
ގުދުގުދާބެއްޔާ
28 April 2025
އަހަރުމެން މާލޭ މީހުންނަށް ބިން ދެނީ އަކީ ހިލޭއެއްނޫން! ބައްޕަ ނުވަތަ މަންމަގެ ގޯތިން ބަހައިގެން ލިބިފައިވާ ކުޑަތަން ކޮޅުސަރުކާރަށް ދޭގޮތައް ދެނީ! އެގޮތައް ސަރުކާރުން ހަދާދެނީ މުޅިޢާއިލާޔާޢެކު އެކުޑަތަން ކޮޅުގަ ދިރިއުޅެވޭނެ ގޮތެއް ނެތީތީ! ރަށްރަށުގަ އުޅޭ މީހުން ރަށުގަ ފަޅުރަށެއް ވަރުގެ ގޯތި އޮތަސް ހުޅުމާޅެއިން ފުލެޓް އެބަލިބޭ އަދި އެތަން ދޫކޮއްލާކަން ނުޖެހޭ!
ފުރޮއްޕާ
29 April 2025
ކަލޭމެން ގޯއްޗޭ ކިޔައިގެން ތިހަދާ މަކަރުވެރި ދޮގުގެ ހަގީގަތް ނޭނގޭމީހަކު މީހަކު މިހާރު މިރާއްޖެއަކުނެތް.
މުލޭ
29 April 2025
600 އަކަފޫޓް ހަމަނުވާ އެ ކުޑަތަންކޮޅުން 2000 އަކަފޫޓުގެ ބިމެއްގެ އަގު އަދާނުކުުރެވޭނެ.