ޑރ. ހަބީބު.
28 އެޕްރީލް 2025 - 15:24
އިމާރާތުގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގު ކުރަން އުފެއްދި ހާއްސަ ކޮމިޝަނަށް އައްޔަން ކުރެއްވި ޑރ. މުހައްމަދު ހަބީބާއި އެ މައްސަލާގައި ހައްޔަރު ކޮށްފައިވާ ރައުދު އަހުމަދު ޒިލާލްއާ އާއިލީ ގޮތުން ގުޅުން އޮންނާތީ އެ ކޮމިޝަނުން އޭނާ އިއްޔެ ވަކިވެއްޖެ އެވެ.
ޔުމްނު ވެއްޓުނު ރޭ އޭނާއާ އެކު އެންމެ ފަހުން އުޅުނު ރައުދުގެ މަންމައަކީ އައްޑޫ ހިތަދޫގެ މީހެއް ކަމަށް ވާއިރު އޭނާ އާއި ހަބީބުއާ އާއިލީ ގޮތުން ގުޅުން އޮންނަ ކަމަށް އެނގިފައި ވެ އެވެ. ހަބީބަކީ ވެސް ހިތަދު އަަށް އުފަން ބޭފުޅެކެވެ. ޔުމްނު ވެއްޓުނު މައްސަލާގައި ޕާސްޕޯޓާއި ފޯނު ހިފަހައްޓާފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ. މީނާޒް، ޔޫސުފް ޔައްސާރު އަބްދުއްޣަފޫރުގެ މަންމަ ހާލާ ހަމީދާއި ޑރ. ހަބީބަކީ ވެސް ކްލާސްމޭޓުންނެވެ.
ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް މި މަހުގެ 18 ވަނަ ދުވަހު ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ކޮމިޝަނެއް އުފެއްދެވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.
ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި އެ ކޮމިޝަނަށް އައްޔަން ކުރެއްވީ ޑރ. ހަބީބުގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު މުހައްމަދެވެ. އެ ކޮމިޝަންގެ ރައީސަކީ ޑރ. މުނައްވަރެވެ.
ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި ވިދާޅުވީ، ކޮމިޝަންގެ ބޭނުމަކީ މާލޭގެ ގެއެއްގެ ފުރާޅުމަތީގައި 21 އަހަރުގެ ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިތޯ ބެލުމާއި އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ކަން ހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކު ކުރުން ކަމަށެވެ.
ރައީސްގެ ހާއްސަ ގަރާރުގައި އެ ކޮމިޝަނަށް ވަނީ ބޮޑެތި ބާރުތަކެއް ދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
1- ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގަ އާއި ތަހުގީގުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން.
2- ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގަ އާއި ތަހުގީގުތަކަށް އެހީތެރިވުމަށް ރާއްޖެ އިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި ރާއްޖެ އިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން؛
3- ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރުގެ ބޭނުންކުރުން.
4- ހައްޔަރު އަމުރާއި ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން؛
5- ހާޒިރުކުރަންޖެހޭ ކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރު ކޮށްގެން ސުވާލުކުރުމާއި މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެ ނޫން ވެސް ހެކި ހޯދުމާއި އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން.
6- ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައި ވާ ނަމަ އެ ތަހުގީގަކަށް ނުވަތަ އެ ނޫން ވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި ހެއްކާއި ގަރީނާތަކާއި އެ ނޫން ވެސް މައުލޫމާތު ހޯދުން.
ޔުމްނު ވެއްޓުނު މައްސަލަ ބަލަން ރައީސް މުއިއްޒު ހާއްސަ ކޮމިޝަނެއް މި އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުންނެވެ.
އިމާރާތުގެ ނުވަ ވަނަ ފްލޯއިން ގ. ރަނައުރާގެއާގެ، ޔުމްނު ވެއްޓުމުން ލިބުނު އަނިޔާތަކަށް ފަރުވާ ދޭން އެންމެ ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗަށެވެ. އޭގެ ފަހުން އިތުރު ފަރުވާ އަށް މެލޭޝިއާ އަށް ފުރުވައިލީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.
އޭނާގެ ފަރުވާއަށް އެންސްޕާއިން 25،000 ޑޮލަރު (385،500ރ.) ހަމަޖައްސައިދިނެވެ. އޭގެ ތެރޭގައި ނަރުހަކާއި ޑޮކްޓަރަކާއި އާއިލާ މީހުންގެ އިތުރުން ސްޓްރެޗާ ބަހައްޓަން ނެގި ސީޓުތަކަށްވާ ފައިސާ ހިމެނެ އެވެ. ސޯޝަލް މީޑިއާގައި ހިންގި ކެމްޕެއިންގައި 700،000 އަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އއަޔ
29 April 2025
އުމަރު ލާބަ ތިކޮމިސަނަށް
ބަދަން ސިތާރާ
29 April 2025
އަހަންނާ ޓްރަމްޕާވެސް ތިމާގެއެވެ. އާދަމުގެފާނުގެ ފުށުންނެވެ. އެބުނާ ތިމާގެކަމަކީ ދުރުތާ ތިމާގެ ކަމެކެވެ. ހާއްސަކޮށް އައްޑޫ / ފުވައްމުލަށް ހުވަދޫގައި ދުރުތާ ރިމާގެ މީހުން ވަރަށް ގިނަވާނެއެވެ. ބޮޑަށް ފެންނަނީ ރެކިގަތީކަމަށެވެ. މަގާމުތަކާ މަސްއޫލިއްޔަތެއް ހަވާލުކުރުމުން މޫނަށް ކަނދުރާއަށް ތިމާގެކަމަށް ނުބަލާ އަދުލުވެރިކަމާ އެކު އެކަންކުރުން މޮޅުއިތުރުވެގެންވެއެވެ. ނިދާފައޮއްވާ ކުއްލިޔަކަށް ހަވާކުރީކީ ނޫންތާއެވެ. އާނބަސްބުނީމާ ހަވާކުރީއެވެ. އޭރު ؟؟؟
ކަކުނިބޯ
29 April 2025
މައްސަލަޔަކީ ތިމާގެކަމެއްނޫން އެއީ ތިމާގެ ގެ މިނިވަން ކަމަށް އަސަރުކުރުން. ޢެއީ ޕްރޮފިޝަނަލިޒަމް އެމީހެއްގެ. ޢަދި އެކަން ނިންމޭނީ އެންމެރަނގަޅަށް އެމީހަކަށް. ޥ ސަލާން
މިސްޓަރ ނޯކޮންގިޑެންސް
28 April 2025
ތީއަރަތެއް..
ޕެންޓިއަމް 486
28 April 2025
ހަބީބު އަށް ތިމާގެ މީހެއްކަން ތިޔާ ގެޓުވީ 2 ދުވަސް ފަހުން ދޯ؟ ނަސީބެއްނުން މައްސަލަ ބާލާ ނުނިމެނީސް ގެޓުވިކަން..
ލަންބޯގިނި
29 April 2025
ވެދާނެ އެއްނު ދުރުތާ ތިމާގެ ކުއްޖަކަށް. ޢެހެންވިއްޔާ އިނގުމަށް ވުރެން ނޭންގުން ގާތް. ޢެނގުނީމާ އިސްތިއުފާ އެދިނީ އެއްނު. ރަނގަޅު. ޢައި ސަޕޯރޓް ޑރ.ހަބީބް ޑިސިޝަނަށް
ރސގފނ
28 April 2025
ހަމަ ހުރެފަ ފާޅުވިކަމެއް ތީ. ކުރިން ނޭގިފަ ދޯ އެހެންވީމަ
ށސ11
28 April 2025
ތިޔަ ޔުމްނު އަކީ ކޮން އާއިލާއެއްގެ ކޮންދަރިފަސްކޮޅެއްގެ މީހެއްތޯ ބަލާދީބަލަ. ޕާޓީކުރުމުގަ ބައިވެރިވި އެންމެންގެ ފެމިލީތައް ބަލާދީބަލަ
ގެދާނޯމޮސް
28 April 2025
ސުވާލު އުފެދޭ ކަމަކީ އެމަންޖެ އެތަނަށް އަރާ ފްޓޭޖް ސީސީ ކެމެރާ ތަކުން އާންމު ނުކުރަނީ ކީއްވެތޯއެވެ. މިފެންނަމުން ދަނީ ، ރައުދު އެތަނަށް ގޮސްހަރަކާތްތެރި ވާތަން އެކަންޔެވެ. ފަހަރުގައި ވެދާނެ އެލާމާއި އެކު ، ދެމީހުން ބިރުން ރައުދު ގެ ޚިޔާލަށް އެމަންޖެ އެތަނަށް އަރުވާފަ ފޮރުވަން ބެއިންދި ތަނުން ހަމައިގާ ނެތި ގަސްތުގައި ފުންމާލުން ނޫނީ ވެއްޓެނިކޮށް އޭސީތަކުގައި ޖެހި ވިއްސައިގެން ދުރައް ދިޔައީކަމަށްވުމަކީ ވެދާނެ ކަމެކެވެ.
އެމްސް
28 April 2025
އައިޖީއެމްއެޗް އިން އެއިޑްސް ބަލި ހުރި ލޭ މާބަނޑުމީހެއްގެ ގަޔަށް އެޅި ހަނދާން އާވާން ފަށައިފިއެވެ! ޑރ. ޙަބީބް އޭރު ހުރީ އެތަން ހިންގަންށެވެ! އެދުވަހުވެސް ދެއްކީ އިންޓެގްރިޓީއެއް ހުރި ވާހަކައެއް ނޫނެވެ! މިއަދުވެސް ހަމަ އެހެނެވެ! ރައުދު އާއި ތިމާގެކަން އެނގުނީ މީހުން އެވާހަކަ ގޮވަން ފެށުމުންނެވެ!
އެޗްއާރުސީއެމް އުވާލާ!!!!
28 April 2025
މިހާރުގެ އެޗްއާރިސީއެމް ނިދާ ހަރުކައިހަ އޮންނާތީ މުއިއްޒަށް މިޖެހުނީ ކުރީގެ އެތާ ރައީސާ ލާފަ ކޮމިޝަނެއް ހަދަން.
ކުރިން ނޭނގޭ
28 April 2025
ތަހުގީގު ކޮމިޓީއަށް ފުރަތަމަ ވެއްދިއިރު ރައުދު އޭގައި ބައިވެރިވާ ކަމެއް ނޭނގެ؟
އައްޔޯ..
28 April 2025
ޕްރޮސެސަރ އިސް ސްލޯ. މާފަހުން ގެޓުވީ..