ދުނިޔެ / ޕޯޗުގަލް

ސްޕެއިން އާއި ޕޯޗްގަލް އިން ކަރަންޓު ކެނޑިގެން ހާސްކަމުގައި

ކަރަންޓު ކެނޑި ހިދުމަތްތައް ހުއްޓުމަކަށް އައިސްފައި ވާއިރު ސްޕެއިންގެ މެޑްރިޑްގައި އެތައް ބަޔަކު ބަސް ސްޓޮޕެއްގައި ކިއޫ ހަދައިގެން. -- ފޮޓޯ: އޭއެފްޕީ

29 އެޕްރީލް 2025 - 00:19

3 comments

ސްޕެއިން އާއި ޕޯޗުގަލްގެ ބޮޑު ސަރަހައްދަކުން ހޯމަ ދުވަހު ކަރަންޓު ކެނޑުމާ އެކު ރޭލު ދަތުރުތައް ހުއްޓި، ފޯނާއި އިންޓަނެޓުގެ ހިދުމަތަށް ބުރޫއަރައި މަގުތައް ބަންދުވެ ލިފްޓުތަކުގައި މީހުން ތާށިވުން ފަދަ އެތައް ހާދިސާއެއްގައި ހާސްކަމުގެ ތެރެއަށް ހިނގައްޖެ އެވެ.

ބިރުވެރިކަމެއްގެ ތެރެއަށް މި ދެ ގައުމު ވެއްޓުނު ހާދިސާއަށް ގަޑިއިރުތަކެއް ފަހުން ބައެއް ސަރަހައްދުތަކަށް ކަރަންޓު ދޭން މިހާރު ފަށާފައި ވިޔަސް އުފެދިފައިވާ ހާސްކަން އަދިވެސް ފިލައިގެން ނުދެ އެވެ.

ހާލަތާ ގުޅޭ ގޮތުން ސަރުކާރުގެ ކުއްލި ބައްދަލުވުމަކަށް ފަހު ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވީ، "ކަރަންޓު ކެނޑުނު ސަބަބާ ބެހޭ ގޮތުން ވަކި މައުލޫމާތެއް ލިބިފައި ނުވާ" ކަމަށެވެ.

އޭނާ ވިދާޅުވީ މި ވަގުތު މިއީ ވަކި ކަމެއްގެ ސަބަބުން ނޫން ކަމަށް ވެސް ބުނެވެން ނެތް ކަމަށެވެ. އެކަމަކު ނުރަނގަޅު މައުލޫމާތެއް ފެތުރިދާނެތީ ތޯތޯ ވާހަކަ ދެއްކުމާ ދުރުހެލިވުމަށް އާންމުންނަށް ވަނީ އިލްތިމާސްކުރައްވައިފަ އެވެ.

"މީހުން މި ތިބީ ހުއްޓުން އަރައި ހާސްވެފައި. އެއީ މިކަހަލަ ކަމެއް ދުވަހަކު ވެސް ދިމާނުވާތީ،" މެޑްރިޑްގެ ހުއްޓިފައިވާ މެޓްރޯ ސިސްޓަމުން ނުކުތް އުމުރުން 19 އަހަރުގެ ކޮންސްޓްރަކްޝަން މަސައްކަތްތެރިއެއް ކަމަށްވާ ކާލޯސް ކެންޑޯރީ އޭއެފްޕީ އަށް ބުންޏެވެ.

"ފޯން ކަވަރޭޖެއް ނުލިބޭ. އާއިލާގެ މީހަކަށް މައިންބަފައިންނަކަށް ވެސް ނުގުޅޭ. އެއްވެސް ކަމެއް ވާކަށް ނެތް. ވަޒީފާ އަދާކުރާ ތަނަށް ވެސް ދެވޭނެ ގޮތެއް ނެތް،" އޭނާ ބުންޏެވެ.

ސްޕެއިންގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑި ހިދުމަތްތައް ހުއްޓުމުން ވިޔަފާރިވެރިން ފިހާރަތައް ބަންދުކުރަނީ. -- ފޮޓޯ: އޭއެފްޕީ

މެޑްރިޑާއި އެހެނިހެން ތަންތަނުގައި ވެސް ބޭންކުތަކުން ނަގުދު ފައިސާ ނަގަން އެތައް ބަޔަކު އަވަސްވެގަތެވެ. މޮބައިލް ފޯނަށް ސިގްނަލް ނުލިބިގެން އެތައް ބަޔަކު މަގުތަކަށް ނުކުމެ އުޅުނެވެ. ޓެކްސީ އާއި ބަސްތަކަށް ދިގު ކިއޫތަކުގައި މީހުން ތިބި އިރު ބައެއް މީހުން ތިބީ ލިފްޓުތަކުގައި ނުވަތަ ގަރާޖުތަކުގައި ތާށިވެފަ އެވެ.

މަގުމަތީގެ ޓްރެފިކް ލައިޓްތައް ވެސް ނިވުމާ އެކު ޓްރެފިކް ތޮއްޖެހި މަގުތައް ހަމަޔަކަށް އަޅުވަން ފުލުހުން ނުކުންނަން ވެސް ވަނީ ޖެހިފަ އެވެ. އެއްގަމު އުޅަނދުތަކުގައި މަގުމައްޗަށް ނުނިކުންނަން ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރަމުން ދިޔަ ނަމަވެސް މުއާސަލާތީ ހިދުމަތްތަކަށް އަރާފައިވާ ބުރުލާ އެކު އެ މެސެޖުތައް ގިނަ މީހުންނާ ހަމަޔަކަށް ނުވެސް ފޯރަ އެވެ.

ސްޕެއިންގެ ނިއުކްލިއާ ސޭފްޓީ ކައުންސިލް (ސީއެސްއެން) އިން ނެރުނު ބަޔާނެއްގައި ބުނީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްޕެއިންގެ ނިއުކްލިއާ އިންޖީނުގެތައް ވެސް އޮޓަމެޓިކުން އޮފްލައިންވެފައިވާ ކަމަށާއި ޑީސަލް ޖަނަރޭޓަރުތަކުން އެ ތަންތަން ރައްކާތެރި ހާލަތެއްގައި ބަލަހައްޓަމުން އަންނަ ކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ކަރަންޓު ކެނޑުނީ މެންދުރު ފަހު 12:30 (ޖީއެމްޓީ ގަޑިން ހެނދުނު 10:30) ގައި ކަމަށެވެ. އޭނާ ވިދާޅުވީ މިކަމުގެ އުނދަގޫ އެތައް މިލިއަން ބަޔަކަށް ކުރިމަތިވެފައި ވާއިރު ވިޔަފާރިތަކަށް ވެސް ބޮޑެތި ގެއްލުންތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

ސްޕެއިންގެ އިލެކްޓްރިކަލް ސަބްސްޓޭޝަނެއް: ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް އެއްކޮށް ކަރަންޓު ދޭން ދިހަ ވަރަކަށް ގަޑިއިރު ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފައި. -- ފޮޓޯ: އޭއެފްޕީ

އޭނާ ވިދާޅުވީ ގްރިޑް ޓެކްނީޝަނުން މަސައްކަތް އަންނަނީ "ވީހާ ވެސް އަވަހަކަށް މައްސަލަ ހައްލުކުރުމަށް" ކަމަށާއި ފްރާންސާއި މޮރޮކޯގެ އިންޓަކަނެކްޝަންތަކުގެ ސަބަބުން ސްޕެއިންގެ އުތުރާއި ދެކުނުގެ ބައެއް ސަރަހައްދުތަކަށް މިހާރުވެސް ކަރަންޓު ލިބިފައިވާ ކަމަށެވެ.

ޔޫރަޕިއަން ކޮމިޝަނުން ބުނީ ސްޕެއިނާއި ޕޯޗުގަލްގެ ހާލަތު ބަލަމުން އަންނަ ކަމަށެވެ. ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާ އެކްސްގައި ވިދާޅުވި ގޮތުގައި މިއީ ސައިބަ އެޓޭކެއް ފަދަ ކަމެއްގެ ސަބަބުން ދިމާވި ކަމެއްގެ ގޮތުގައި ބެލެވޭ އެއްވެސް ކަމެއް އަދި ފާހަަގަނުވާ ކަމަށެވެ.

ސްޕެއިންގެ ގްރިޑް އޮޕަރޭޓަރު ރެޑް އިލެކްޓްރިކާގެ ހެޑް އޮފް އޮޕަރޭޝަންސް އެޑުއާޑޯ ޕްރިއޭޓޯ ވިދާޅުވީ މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި "ހުރިހާ ކަމެއް ރަނގަޅަށް ހިނގައްޖެ ނަމަ" އަލުން ކަރަންޓު ދޭން ހަ ގަޑިއިރާއި 10 ގަޑިއިރާ ދެމެދުގެ ވަގުތެއް ނަގާނެ ކަމަށެވެ.

ފްރާންސްގެ ހުޅަނގު ދެކުނުގެ ސަރަހައްދަށް ވެސް ކުޑަ ވަގުތުކޮޅަކަށް ކަރަންޓު ކެނޑުނެވެ. ނަމަވެސް ވަރަށް އަވަހަށް މައްސަލަ ހައްލުވެފައިވާ ކަމަށް ފްރާންސްގެ ހައި ވޯލްޓޭޖް ގްރިޑް އޮޕަރޭޓަރު، އާރްޓީއީ އިން ބުންޏެވެ. -- އޭއެފްޕީ

3 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 25%
icon angry icon angry 0%
icon wow icon wow 25%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުއިކު ރިޒާ

29 April 2025

މިއީ ރާއްޖޭގައި ހިނގި ކަމެއް ނަމަ، އެމްޑީޕީ އިން ބޮޑިބަތް ބަހައި މުލީއާގެ ހިސޯރުކުީރސް

The name is already taken The name is available. Register?

މަބުނީ

29 April 2025

ނުކައި ނުބޮއެ ފާހާނާނުކުރެވި ފެންނުވަރާ ރެއިލްހުއްޓި ނުވިތާކަށް ފޯނާއި އިންޓަރނެޓް ނުލިބޭއިރުވެސް މިބުނަނީ އިމަޖެންސީއެއް ވެގެންނޫނީ ބޭރަށް ނުނުކުންނާށޯ. ދެންކިހިނެތް ހައްގުތައްހޯދަނީ. ކުރިއަރާފައިވާ ޔޫރަޕްގެ ހާލަތާމެދު ދެރަ ހީވޭ. އަހަރެމެންގެ ޑިމޮކުރަފީގައި ބަނޑުހިކުނަސް ބަނޑުދިޔާވިއަސް މަގުމައްޗަށް.

The name is already taken The name is available. Register?

ޖެންޒީ އަ ޑިސްގްރޭސް

29 April 2025

ސްޕެއިންގެ ބޮޑުވަޒީރު އިސްތިއުފާއަށް ގޮވާ މަގުތަކަށް ޖެންޒީ ނުކުންނަން ޖެހޭނެ. ނޫން ނަމަ ތީ ކުރިއަރާފަ އޮތް ގައުމެއް ނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454