ރަޒީން.
29 އެޕްރީލް 2025 - 13:46
ކެފޭއެއްގެ ބިއްލޫރި ރެކު ތަޅާލި މައްސަލައިގައި، މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު އަޅިވިލާމަގުގެ އައިސްބްރޭކު ކެފޭއަށް ވަދެ، ފައިން ޖަހައި ރެކު ތަޅާލި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. ސްޓާ، މުހައްމަދު ރަޒީން ކަމަށެވެ.
ސާޅީސް ނުވަ އަހަރުގެ ރަޒީންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ.
އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ރަޒީނަކީ އެކި ތުހުމަތުތަކުގައި މީގެ ކުރިން ވެސް ހައްޔަރުކޮށްފައިވާ މީހެކެވެ. އެންމެ ފަހުން ހައްޔަރުކުރީ އައިޖީއެމްއެޗްގެ ތެރޭގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގަ އެވެ. މިދިޔަ ޑިސެމްބަރު މަހު ހައްޔަރުކޮށް އޭނާގެ ބަންދަށް ފަސް ދުވަސް ޖެހި އެވެ. އޭނާ އަކީ މަސްތުވާތަކެއްޗާއި ވައްކަން ފަދަ އެކި ތުހުމަތުތަކުގައި ހައްޔަރުކޮށް އަދި ޖަލުގައި ހުކުމް ވެސް ތަންފީޒުކޮށްފައިވާ މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީި
30 April 2025
ބަލި ވުމުގެ ސަބަބުން ، ނުވަތަ ޑްރަގްގެ ސަބަބުން ނޫނީ ނުބައިކަމާ ޖައްބާރުކަމުގެ ސަބަބުންވިޔަސް މުޖުތަމަޢުއަށް ނުރައްކާވާނަމަ ދޫކޮށްލާފައި ބައިތިއްބައިގެންނުވާނެ. އެއްމެ މީހެއްގެ ހައްޤަކަށްވުރެ މުޅި މުޖުތަމަޢުގެ ހައްްޤު ބޮޑުވާނެ.
އަންޑީ
30 April 2025
ބަންދު ކުރުމުގެ ބޭނުން އިގޭތޯ؟ ބަންދު ކުރަނީ އެމީހުން އިސްލާހުކޮއް އަނބުރާ މުޖުތަމައަށް ނެރެން.. އެންމެން ޖެހެނީ ޖަލައްކަށް ނޫން. އެއް ބަޔަކު ޒަމާނާ ގުޅޭ ޑުރަގު ރިހެބިލިޓޭޝަނަށް. އަނެއް ބަޔަކު މެންޓަލް ފެސިލިޓީއާށް. ރާއްޖޭގައި ފުލުހުންގެ ސިކުނޑި ކުޑަކަމާ، ދުނިޔޭގެ ވާނުވާ ނޭގުމާ، ހޭލުންތެރި ނުވުމަކީ ގައުމުގެ ހަލާކު! ފަރުދީ ހައްގާ މުޖުތަމައުގެ ހައްގު ތަފާތު އެވެސް ތިއޮތީ އޮޅިފަ. ގިނައިން ފޮތް ކިޔުއްވާ ހޭލުންތެރިވެލައްވާ ތިބޭފުޅާ ވެސް.
ރައު ދީ
30 April 2025
އެހެންވީމަ ވަރަށް ގިނަ ފުލުހުން ވެސް ޖަލައް ލާ ބަންދު ދޯ ކުރަން ޖެހޭނީ؟ ވަރަށް ނުބައި ޖައްބާރު މީހުން އެތާވެސް އުޅޭ
raajje
30 April 2025
ކުށުގެރެކޯޑު؟ ހީވަނީ ހޯދާފަހުންނަ ސެޓުފިކެޓުތަކެއްގެވާހަކަދަށްކާލަހެން، ފުލުހުންނާއި ކޯޓުތަކާ މިފަދައިދާރާތަކަކީ ކީއްކުރަން ހުންނަތަންތަން؟؟ އަދަބުދެނީ ކޮންބޭނުމެއްގަ؟ ޖަވާބު: އަދަބުދެނީއިސްލާހުކުރަން، އަދަބުބައްޓަންކުރަންޖެހެނީ އިސްލާހުކުރެވޭގޮތަށް، ބަންދުކުރާ %99 މީހުންގެ ކުށުގެރެކޯޑުތަކެއްހުރީމާ މާނައަކީ އެއީ ރިޕީޓުކޮށްކުށްކޮށްބަންދުކުރެވި ނަމަވެސް އިސްލާނުކުރެވިއުޅޭމީހުނޭ، މާނައަކީ އިސްވެދެންނެވުނުއިދާރާތައް ރަނގަޅަށް ފަންގޝަނެއްނުކުރެއޭ
ޕޯލީސް
29 April 2025
މިކަހަލަ މުޖުރިމުންގެ ދިފާއުގާ ހާދަ ވަރަކަށް ކޮމެންޓުކޮށްފަ އެބަހުއްޓޭ ދޯ!؟
ލޮލީ ލޮލް
30 April 2025
މިރާއްޖޭގެ ޕޮލިސް ގައި ވެސް ކްރިމިނަލް ނެޓުވޯކު ތައް ހުރެޔޯ. ޢޭ ތެދެއްތަ ކޮޕު؟
ހައިސިއްޔަތު
29 April 2025
މިއީ ވަރަށް ދެރަވަރުގެ ރިޕޯޓެއް. ނަފްސާނީ ބައްޔާ އުމުރުގެ ބޮޑުބައި ހަނގުރާމަކޮށް މަސްތުވާތަކެތީގެ ޝިކާރަޔަކަށްވެ، މިހާރު ނިޒާމުގެ އަދި އެހެންގޮތަކުންވެސް އެހީތެރިކަމެއް ނެތި ސްކިޓްސޯފްރިނިއާ އާއި ހިސާބަށް ބުއްދި ގޯސްވީމަ ގަދަކަމުންވިޔަސް ބޭސްފަރުވާ ކޮށްދިނުމުގެ ބަދަލުގައި، ވަލުޖަނަވާރާ އެއްވަރުކޮށް ރިޕޯޓުހެދުން ވަރަށް ދެރަވަރު. ގައުމުގައި އެހީތެރިކަމާއި އަޅާލުން އަދި އަދި ސިއްހީފަރުވާއާ އެންޕަތީ ވަރަށް ކުޑަ މިފަދަ ކަންކަމުގައި.
ނަރުސް.
29 April 2025
ތި ވިދާޅުވީ ރަގަޅައް. ސިޒިރަފޯނިޔާ ގެ މާނަ ވެސް ގިނަ ފުލުހުންނަށް ވެސް ނޭގެ. ވާނުވާ ކަންކަމުގައި ނޭގި މައްސަލަ ބަލަނީ
ޝަނީފް
30 April 2025
ކޮންމެ ކުއްވެރިޔަކީ ނަފްސާނީ މީހަކަށް ހަދާ، ހައްގުތައް ގިނަވެގެން ގޮސް އެއެއްމިޔެއް ނޭނގޭ ހިސާބަށް ދިޔައިމަ ދެން ނުވާނެ ރަނގަޅެއް.
މރ.ކާޕެޓް
30 April 2025
ކ.މާލޭ މީހެއް. ގެދޮރު ހުންނާނެ. ފައިސާ ލިބޭނެ. ބުރިބުރިއަށް ގެ ހަދާފަ ކުއްޔަށްދީފަ ހުންނާނެ. ދެން ހިނގަހިގާފަ މީހުންނަށް އުނދަގޫ ކުރީމަ ވީތާ! ތިހާ ބަލި މީހަކަށްވާއިރު، އަޅާލާނެ މީހަކު ނެތިއްޔާ، ނަފްސާނީ މީހެއް ވިއްޔާ، އެކަން ބަޔާންކުރީމަ ގުރައިދޫގަ ބަހައްޓައިދޭނެ. ޚ އ ބޭނުންވާ މީހުންގެ މަރުކަޒުގަ. ދައުލަތުން އެކަން ކޮށްދޭނެ އެހެންމީހުންނެކޭ އެއްގޮތަށް އެފަރާތަށްވެސް.
ފައިން
29 April 2025
މީނަގެ ވަރަށް ކުރިއްސުރެ ނަފްސާނީ އެތައް ބޮޑެތި ބައްޔެެއް ހުރޭ. ވަރަށް ރަނގަޅަށް ކިޔަވައިގެން ހުރި ވަރަަށް ރަނގަޅު މީހުންނާ ވެސް އިން. މިކަހަލަ މީހުން ޑުރަގު ފަރުވާއަށް ލައިގެން މުޖުތަމައުއާށް ނެރެންވީ
ޢައްބާސްބޭ
30 April 2025
ގުރައިދޫ މަރުކަޒަށް ގެންދަންވީ. މާލޭގެ ގެދޮރު ހުރި މީހެއްވީމަ، ޕޭވެސް ކުރަންޖެހޭނެ.
ދަންނަ މީހެއް
29 April 2025
ރަޒީން އަކީ ބަލި މީހެއް.
އާއިލާ
29 April 2025
އެއީ ފެކްޓެއް. ޑުރަގައް ނުދާއިރުވެސް ބަލި ތަހައްމަލު ކުރި
ްިއިއްބެބެ
30 April 2025
ފަރުވާ ކުރަމާ؟ ޢާއިލާގެ މީހުނން ކީއްވެ އެކަމާ ނޫލެ މަގުމައްޗަށް އޭނަ އެއްލާލާފަ އެ ހުންނަނީ؟ ބަލާނެ މީހަކު ނެތިއްޔާ ކަމާބެހޭ ފަރާތަށް އަންގައިގެން އެހެން އެފަދަ މީހުންވެސް ގެންދާ ތަނަށް އޭނަ ގެންދަން އިލްތިމާސްކުރަން.
ރަދީފްއޮފިޝަލް / ޑްރަގް އެއީ ބޮޑު ވަބާއެއް
29 April 2025
49 ވީމަ ދެން މައިތިރިވެ އަހްލާގް ހިފަހައްޓަން ޖެހޭނެ.
ހޮޅުދޫ
29 April 2025
މިއީ މަޝްހޫރު ހޮޅުދޫ އަބްދުﷲ ގެ ދަރިފުޅު! އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ، ޢެލަވަޔަކީ އެބޭފުޅާ މިދަރި އިސްލާހުވޭތޯ ނަސޭހަތުގެ ގޮތުގައި ހެއްދެވި ލަވައެއް. މިކަމާވަރަަށް ހިތާމަ ކުރެއްވި އަބްދުﷲ.
އާދަމްގެދަރި
30 April 2025
ހާދަ ދެރައޭ! ޢަބްދުﷲ އަށް ހެޔޮ ރަޙްމަތް ލައްވާ ފާފަ ފުއްސަވާށި.
ވިސްނާފިކުރު
29 April 2025
މި މީހުންނާއި މެދު އެކަށީގެންވާ ފިޔަވަޅު ނޭޅޭތީއޭ، ރައްޔިތުން ނިކުމެ، މި މީހުން ގެ މައްޗަށް ހުކުމް ކޮށްލަނީ. މިކަހަލަ މީހުންގެ ސަބަބުން، ކިތައް މީހުންގެ ހައްޤު ގެއްލިގެން ދަނީ.. މި މީހުން ގެ މައްޗަށް ހުކުމެއް ވެސް ކުރެވެނީކީއެއް ނޫން. އަދި ގެއްލުމުގެ ބަދަލެއްވެސް، މި މީހުންގެ އަތުން ލިބެނީ ކީއެއްނޫން. ކިހާބޮޑު ގެއްލުމެއް. ދެން މީނަވެސް 15 ދުވަސް ނިމުނީމަ ޖަލުން ނިކުންނާނެ. އެނިމުނީ. މީނަ އަށް ދައުވާކުރެވޭ ވަރަށް ހެއްކެއްވެސް ނެތޭ ކިޔާފަ ދޫކޮށްލީ.
ޝާދިޔާ
29 April 2025
އަހަރެން އަދިވެސް މިއުޅެނީ ގަބޫލުނުވާ ކޮންމެ މީހަކީ ބޭކާރު އަނގަގަދަކުރާ މީހެކޭ ކިޔަން ޓީނޭޖުދުވަސްވަރު ޓިޔުޝަން ޓީޗަރާ ދިމާޔަށް ބުނިހެން. އެކަމަކު މި ފަކީރު އަނގަގަދަޔެއް ނުކުރާނެ. އެއީ ބަލިމީހެއް.
ރަންނަބަނޑޭރި
29 April 2025
ކޮންފަދަ ބޮޑު ހިތާމައެއް ތޯއެވެ. އެތައް ޖީލެއްގެ ދިވެހީން އެއަޑެއްގެ ޖާދޫގަ ޖެއްސި ޤައުމީ ލެޖެންޑެކެވެ. ރޯދަ އައިކަމުގެ އިހުސާސް ވަނީ އެއަޑު ކަންފަތުގަ ޖެހުމުންނެވެ. އީދުގެ އުފާވެރިކަން ހިތަށް ވަންނަނީ އެއަޑު އިވުމުންނެވެ. އެފަދަ ހެޔޮ ބަފަޔެއްގެ ހުރި މިދަރިޔާ މެދު ހިތާމަ ކުރަމެވެ. ހެޔޮމަގު ދެއްކެވުން އެދި ﷲ ތަޢާލާގެ ޙަޒުރަތުގަ ދުޢާކުރަމެވެ.
ރަދީފްއޮފިޝަލް / އަލީގެ މައްޗަށް އައްޔެއް
29 April 2025
ތަފްސީލް ބޭނުން.އެއީ ކޮން ބޭފުޅެއްތޯ؟؟
ރަދީފަށް،
29 April 2025
ހޮޅުދޫ އަބްދުﷲ