ޒުވާނުންގެ މުޒާހަރާއިން ހައްޔަރުކުރި ޝިމަން އާއި މަހުޒޫމް ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓުން އޮންލައިންކޮށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވަނީ.
03 މެއި 2025 - 22:43
މާލޭގައި ޒުވާނުން ސިލްސިލާކޮށް ބާއްވަމުންދާ މުޒާހަރާއިން ހައްޔަރުކުރި ދެ މީހުން ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.
މިދިޔަ ބުރާސްފަތު ދުވަހުގެ ރޭ ބޭއްވި މުޒާހަރާ ރޫޅާލުމަށްފަހު ހައްޔަރުކޮށްފައި ވަނީ އައިޝަތު ޝިމަން އަހުމަދާއި މި ސަރުކާރުގެ ޔޫތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މަހުޒޫމް މާޖިދެވެ.
އެ ދެ މީހުން ހައްޔަރުކޮށް ބަންދަށް ތިން ދުވަސް ޖެހީ އިއްޔެ އެވެ. ނަމަވެސް ފުލުހުން މިރޭ ބުނީ އެ ދެ މީހުން ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށް ބުންޏަސް، ބަންދުން ދޫކޮށްލި ސަބަބެއް ނުބުނެ އެވެ.
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި، ޒުވާނުން ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާގެ އެ ރޭގެ އެއްވުން ރޫޅާލީ ކިޔަވާ ކުދިންގެ ތައުލީމީ މަސްލަހަތަށާއި އާންމުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކޮށް ކަމަށް ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ސަރުކާރުން އިއްޔެ ވަނީ މާލޭގައި މުޒާހަރާ ކުރެވޭ ތަންތަން އިތުރުކޮށްފަ އެވެ. މީގެ ކުރިން ހުއްދަ ހޯދުމަކާއި ނުލައި މުޒާހަރާ ކުރެވެނީ ކާނިވާ ސަރަހައްދަށް އެކަންޏެވެ. ނަމަވެސް މި ބަދަލާ އެކު، ކާނިވާ ސަރަހައްދުގެ އިތުރުން ރަސްފަންނު ސަރަހައްދާއި މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދު އަދި އުސްފަސްގަނޑު ސަރަހައްދުގައި މުޒާހަރާކުރަން ފުލުހުންގެ ހުއްދަ ބޭނުމެއް ނުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާސިމް
04 May 2025
އަމިއްލަފައިދާ އަށް މަގުމައްޗައް ނުކިމެ ރައްޔިތުންނަށް ޖެއްސުން ކުރާ ގުރޫޕް.
އެނދިމަރިޔަނބު
04 May 2025
ކުރީގެ ޑެޕިއުޓީ މިނިސްޓަރެކޭ؟ އެއީ ކޮން ތަޖުރިބާއަކާ އިލްމަކާ ހިލްމަކަށް ބަލާފަދިން މަގާމެކޯ؟
އިއްލި
04 May 2025
އެއީ މަގާމަކަށް ތަޖުރިބާއަކަށް ބަލައިގެން ދޭ އެއްޗެކޭ ބުނީ ކާކު؟
އިންމޭޓްސް
04 May 2025
ޖަލު ދައްކާލަން ގެންދިޔަނަމަ. އަޅޭ. ގަޓު ވާނެ. މުގުރިހަ ވ މީރުވާނެ ޖަލުގަ
ޒިންދާބާދު
04 May 2025
ޝިމަން ޒިންދާބާދު ޝިމަން ޒިންދާބާދު ޝިމަން ޒިންދާބާދު ޝިމަން ޒިންދާބާދު ޝިމަން ޒިންދާބާދު ޝިމަން ޒިންދާބާދު ޝިމަން ޒިންދާބާދު ޝިމަން ޒިންދާބާދު ޝިމަން ޒިންދާބާދު ޝިމަން ޒިންދާބާދު ޝިމަން ޒިންދާބާދު ޝިމަން ޒިންދާބާދު ޝިމަން ޒިންދާބާދު ޝިމަން ޒިންދާބާދު ޝިމަން ޒިންދާބާދު ޝިމަން ޒިންދާބާދު ޝިމަން ޒިންދާބާދު ޝިމަން ޒިންދާބާދު ޝިމަން ޒިންދާބާދު ޝިމަން ޒިންދާބާދު ޝިމަން ޒިންދާބާދު ޝިމަން ޒިންދާބާދު
ޗޫޤީ
03 May 2025
ބަންދު މުއްދަތު ޖަހަން ގެންދިޔައިމަ މުޒާހަރާގަ އެދައްކާ ގަޓުކަމެއް ނުފެނޭ. ވަރަށް ލަދުރަކި މަންޖެއެއް.
ވޯލް
04 May 2025
ބަންދު މުއްދަތު ޖަހަން ގެންދަނީ ކޯޓަށް އެއީ ބޭނުންހާ ގޮތަކަށް އުލެފިއްޔާ ބޭކާރު ގޮތުގައި އަދަބެއް ލިބޭނެ ކަމެއް، ވިސްނުންތެރި މީހެއް ބައްދުގެ މުއްދަތުަގައި ތިބޭނީ މަޑުން.
ޒުވާނުން
04 May 2025
ވިސްނުންތެރި މީހު ބަންދުކޮއްގެން ކޯޓަކަށް ނުގެންދެވޭނެ، ކޯޓަށް ގެންދަންޖެހޭ ނުކުރާނެ، ކުރިޔަސް އަތެއްނުވާނެ