ޕީޖީ އޮފީހާއި ޔޫއެންޑީޕީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --
04 މެއި 2025 - 15:45
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަށް ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޔޫއެންޑީޕީއާ އެކު ސޮއިކޮށްފި އެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި މިއީ ޕީޖީ އޮފީހުގެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، މުއައްސަސާގެ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމާއެކު، ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މިކަމާ ގުޅޭ އެމްއޯޔޫގައި ސޮއިކުރެއްވީ ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފާއި، ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އެންރިކޯ ގަވޭލިއާ އެވެ.
"މިއީ ދައުލަތުގެ ހެކިންނާއި އަނިޔާގެ ޝިކާރައަށްވީ މީހުންނަށް އެހީތެރިކަން ދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި ގާއިމުކޮށްފައިވާ ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ޔުނިޓްގެ ވަރަށް ރަނގަޅު އިސްނެންގެވުމެއް. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ މަސައްކަތުގެ މާހައުލުގެ ދުޅަހެޔޮކަމަށް ވަރަށް ރަނގަޅު ހެޔޮ ބަދަލެއް އަންނާނެކަމާމެދު ޝައްކެއް ނެތް،" ޕީޖީ ވިދާޅުވި އެވެ.
ޕީޖީ އޮފީހުން ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި، އޮފީހުގެ މަސައްކަތުގެ މާހައުލުގެ ދުޅަހެޔޮކަމާއި މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، މުހިންމު ކަންތައްތަކެއް ކުރުމަށް ހިމަނާފައިވެ އެވެ.
ޕީޖީ އޮފީހުގެ މުވައްޒަފުންނަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށް އިސްކަމެއް ދިނުމުގެ މަގުސަދަކީ އެ އޮފީހުން ބުނި ގޮތުގައި، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި އަޅާލުމުގެ ސަގާފަތެއް އާލާކުރުމާއި މުވައްޒަފުންގެ މަސައްކަތާއި ހިދުމަތުގެ ފެންވަރު މަތިކުރުމެވެ. އަދި ޕީޖީ އޮފީހުގެ މުވައްޒަފުންނަކީ ވަރަށް ހައްސާސް މަސައްކަތްތަކެއް ކުރާ ބަޔަކަށް ވެފައި، އެ މުވައްޒަފުން ކުރާ ގާނޫނީ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރު ކުރުމެވެ.
މީގެ އިތުރުން މުވައްޒަފުންގެ ވިސްނުމުގެ ގާބިލު ކަމާއި ފެންވަރު އިތުރުކުރުމަކީ ވެސް ބޭނުމެއް ކަމަށް އެ އޮފީހުން ބުންޏެވެ.
"ޕީޖީ އޮފީހުން އެ އޮފީހުގެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށް މިކުރާ އިންވެސްޓްމަންޓަކީ އަދުލު އިންސާފުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމަށް އެޅިގެންދާ ވަރަށް މުހިންމު ބިންގަލެއް. މި ޕާޓްނަޝިޕްއަކީ އަޅުގަނޑުމެން ގުޅިގެން މުއައްސަސާގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތުގެ ނަމޫނާއެއް. އެކަން މި ފަށަނީ އެކަން ކުރިއަށް ގެންދާ މީހުންނާ އެކުގައި،" ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް، އެންރިކޯ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަރަށް ސިގްމާ
05 May 2025
ދިވެހި ޅެމުން ތަ ފަރުވާ ކުރަނީ... އެ ކަހަލަ ހަބަރެއް ފެނުނު ހެން ވެސް ހީވޭ
މޯޑު_މާލެ
05 May 2025
ދެން ކޮބާ ރައްޔިތުން؟؟
ކަންދއެކުން
05 May 2025
ކޮބާ އަލުންފެނަށް ދިރި، ދެދުވަހުން އެއްދުވަހު ނޫހަށް ފޮޓޮއެއް އަރުވަންވާނެ
އެމްސް
05 May 2025
ޅެމަކުން ވާން އޮތް ކަމެއްގަ ހާދަ އިސްރާފު . . . !
އައްޓަމަސް
05 May 2025
ފައިސާ ހޭދަކޮށް ޑޯނާ ފަންޑު ބޭކާރު ކުރަނީ ކީއްކުރަން. ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން ޅެމާއި ފަރިހި ޕްރޮގްރާމެއް ހިންގަމާ. ގައުމުގެ މުޖުރިމުންގެ ވާހަކަ ކިޔައި މި ބޭކަލުންނާއި ބޭކަނބަލުންގެ ނަފްސާނީ ދުޅަހެޔޮކަން ދަށްވާ ފަދައިން ނޫސްތަކުން އެ ހަބަރުތައް ކިޔައި ޕީޖީ އޮފީހުން އެކަމުގައި ދައުވާ ކުރާނެ ގޮތް ނޭނގި ހަޑިހާވާތަން ފެނިފެނި ޢާންމުންވެސް މި ތިިބީ ނަފްސާނީ އެހީތެރިކަން ބޭނުންވެފައި! ދެނޯ
ދަގަތްފާނު
04 May 2025
ޔޫއެންޑީޕީން ދޭ އެހީކޮޅު ކ.މާލޭ އޮފީހަކަށް އެކަހާލީ. ރާއްޖޭ ރަށްރަށު ކައުންސިލްތަކަށް ތިގޮތަށް ސްޓާފުންގެ ކަންކަމަށް ބޭރުގެ ފަރާތްތަކާ ވާހަކަދައްކައިގެން ކަންކަން ކުރެވޭތޯ.
ޕަރުވޭޒް
04 May 2025
ޖިސްމާނީ ދުޅަހެޔޮކަން ވަރަށް މުހިންމު ނަފުސާނީ ދުޅަހެޔޮކަން ލިބިގަތުމަށް.
މުޑަހަންޖާ
04 May 2025
ދުވުމުގެ ޕުރޮގުރާމާއި އިރުއަރާ މަންޒަރު ބަލަންދާ ޕުރޮގުރާމާއި ގޭގަ ކަށްކާ ޕުރޮގުރާމާއި މާފަތިއެލުވާ ޕުރޮގުރާމުތައް ހިންގުމާއި މިޒާތުގެ ހަބަރުތައް ދޭތެރެދޭތެރެއިން ނޫސްތަކަށް އަރުވައިގެން ގޭސް އެނބުރުމަށްވުރެ ބޮޑަށް ތިޔައޮފީހުން އަދުލުއިންސާފާބެހޭ ޕުރޮގުރާމު ހިންގުމަށް އަހަރެމެން ތާއީދުކުރަނީ.
ސައިދުބޭ
04 May 2025
ޕީޖީގަތޯ އެއްމެ ނަފްސާނީ މީހުން ގިނައީ، އަހަރަމެން މިއުޅެނީ، ނަފްސާނީކަންތަކައިބޭ ޑޮކްޓަރެ،ނޫނީ ނަރުކެޑިއެއްވެސް އަތުނުޖެހިގެން ވެއިޓިންލިސްޓްގަ 300 ވުރެގިނަ، ވެއިޓް ލިސްޓްވެސް ފުލް، ކުލިނިކެއް ހޮސްޕިޓަލްއެނެތް، ކޮވިޑް ވެކުސިން ދިންފަހުން މީހުން ވަރަށް ގިނަވެއްޖެ. އަދިވެސް ބަލާ، ރައިސް އޮފީސް ، ޕީޖީ މީހުން ހަމަތޯ؟
އެމްސް
05 May 2025
ޅެން ފޮތެއް އަތުޖައްސާ!
ގސދ
04 May 2025
ޕީޖީ ވަކީލުން ކޮޅު ބޯ ގޯސްވީ, އުތަ?