ދުނިޔެ / ކަޝްމީރު

އިންޑިއާއިން ޕާކިސްތާނަށް ހަމަލާދީފި، ޕާކިސްތާނުން ރައްދު ދޭން ތައްޔާރުވަނީ

އިންޑިއާއިން ދިން ހަމަލާތަކުގައި މިހާތަނަށް އަށް މީހަކު މަރުވެފައިވާ ކަމަށް ޕާކިސްތާނުން ވަނީ ބުނެފައި. އެންމެންނަކީ ވެސް އާންމުން ކަމަށާއި ކުޑަ ކުއްޖަކު ވެސް ހިމެނޭ ކަމަށް ބުނި.

އިންޑިއާއިން ޕާކިސްތާނަށް މިސައިލް ހަމަލާ ދިނުމާ އެކު ޕާކިސްތާނު ސިފައިން މުރިދްކޭގެ ހެލްތު އެންޑް އެޑިއުކޭޝަން ކޮމްޕްލެކްސް އަށް ޖަމާވަނީ: ޕާކިސްތާނުން ވަނީ ރައްދުގައި އިންޑިއާއަށް ހަމަލާ ދޭނެ ކަމަށް އިންޒާރު ދީފައި. -- ފޮޓޯ: އޭއެފްޕީ

07 މެއި 2025 - 05:02

29 comments

އިންޑިއާއިން ކަޝްމީރުގައި ޕާކިސްތާނުން ކޮންޓްރޯލްކުރާ ސަރަހައްދަށް މިސައިލުން ހަމަލާދީ އެތައް ބަޔަކު މަރާލައިފި އެވެ.

މިދިޔަ މަހު ކަޝްމީރުގެ އިންޑިއާ ފަޅީގައި ބަޑިން ހަމަލާދީ ބަޔަކު މަރާލި ހާދިސާ އަކީ ޕާކިސްތާނުގެ ތާއީދާ އެކު ހިންގި އަމަލެއް ކަމަށް ބުނެ އިންޑިއާއިން ދެމުން ދިޔަ އިންޒާރުތަކަށް ފަހު ހަމަލާ ދިނުމުން ޕާކިސްތާނުން މިހާރު ވަނީ ރައްދު ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.

ޕާކިސްތާނުން ބުނީ "އޮޕަރޭޝަން ސިންދޫރް" ގެ ނަމުގައި އިންޑިއާއިން ދިން ހަމަލާތަކުގައި އާންމުންގެ އަށް މީހަކު މަރުވެފައިވާ ކަމަށާއި ރައްދު ހަމަލާ ދިނުމުގެ ކަންކަން މިހާރު ފަށާފައިވާ ކަމަށެވެ. ޕާކިސްތާނުން ބުނި ގޮތުގައި މަދުވެގެން ފަސް ތަނަކަށް އިންޑިއާއިން ހަމަލާދީފައި ވާއިރު އެ ހަމަލާތަކުގައި ކުޑަކުއްޖަކު ވެސް މަރުވެފައިވާ ކަމަށެވެ.

"ރައްދު ހަމަލާ ދިނުމުގެ ކަންކަން މިހާރުވެސް ފެށިއްޖެ. އެކަމަށް ގިނަ އިރެއް ނުވާނެ،" މެންދަމުން އަލިވުމާ ގާތްވެފައި ވަނިކޮށް ދިން ހަމަލާއާ ބެހޭ ގޮތުން ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ މުހައްމަދު އާސިފް އޭއެފްޕީއަށް ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވި ފަހުން އިންޑިއާއިން ބުނި ގޮތުގައި ކަޝްމީރުގެ ބޯޑަރު ހުރަސްކޮށް ޕާކިސްތާނުން ބޮޑު ބަޑިން ދިން ހަމަލާތަކުގައި އާންމުންގެ ތިން މީހަކު ވަނީ މަރުވެފަ އެވެ.

ކަޝްމީރުގައި ޕާކިސްތާނުން ކޮންޓްރޯލްކުރާ ސަރަހައްދަށް އިންޑިއާއިން މިސައިލް ހަމަލާ ދިނުމާ އެކު އާންމުން މަގުތަކަށް ނުކުމެ ވާނުވާ ބަލަނީ. -- ފޮޓޯ: އޭއެފްޕީ

ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނީ އިންޑިއާއިން ހަމަލާ ދިން ފަސް ތަނުގެ ތެރޭގައި ޕާކިސްތާނުގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ތިން ތަނަކާއި އެ ގައުމުގެ އެންމެ އާބާދީ ބޮޑު ޕްރޮވިންސް ކަމަށްވާ ޕަންޖާބުގެ ދެ ތަނެއް ކަމަށްވާ ބަހާވަލްޕޫރާއި މުރިދްކޭ ހިމެނޭ ކަމަށެވެ.

ނިއުކްލިއާ ދެ ބާރުގެ ދެމެދުގައި މި ފަހުން މައްސަލަ ގޯސްވީ ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި ބަޑިން ހަމަލާދީ 26 މީހަކު މަރާލި ހާދިސާއަށް ފަހުގަ އެވެ. އޭގެ ފަހުން އިންޑިއާއިން ޕާކިސްތާނަށް ތުހުމަތުކޮށް ސިފައިން ތައްޔާރީ ހާލަތަށް ގެނެސް ރައްދު ދޭނެ ކަމުގެ އިންޒާރު އައީ ދެމުންނެވެ.

އިންޑިއާގެ ހަމަލާ ވެފައިވަނީ 1947 ވަނަ އަހަރު އިނގިރޭސީންގެ ކިބައިން މިނިވަންކަން ލިބުނު ފަހުން އެތައް ހަނގުރާމައެއް ކޮށްފައިވާ ދެކުނު އޭޝިއާގެ އަވަށްޓެރި މި ދެ ގައުމުތަކުގެ މެދުގައި ނުތަނަވަސްކަން އިތުރު ނުރައްކަލަށް ގެންދިޔަ ކަމަކަށެވެ. އެކި ގައުމުތަކުން ގެންދަނީ ދެ ގައުމު ހަނގުރާމައަށް ނުގޮސް ސުލްހަވޭތޯ މަސައްކަތްކުރަމުންނެވެ.

29 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 0%
icon angry icon angry 76%
icon wow icon wow 0%
icon inlove icon inlove 6%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މމމމޖހހހހ

07 May 2025

އިންޑިޔާ މުސްލިމް ޕާކިސްތާނާ ހަނގުރާމަ ކުރަނީ. ދިވެހި އަސްކަރިއްޔާ އިންޑިޔާ މަނަވަރެއްގެ ސިފައިންނާއެކު އަސްކަރީ ތަމްރީނުގަ. އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއެކު އިޒްރޭލު ފަލަސްތީނު ސުންނާފަތި ކުރަނީ. ދިވެހި ސިފައިން އެމެރިކާ ސިފައިންނާއެކު އަސްކަރީ ތަންމްރީނުގަ. ވަރައްވާހަކަ މިބުނީ. ވިސްނާ ފިކުރު ކޮއްލާ

The name is already taken The name is available. Register?

ޓު ރަމްޕް

07 May 2025

ޓުރަމްޕު ވެރިކަމުގައި ފެށުނު ކަމެއް ނޫންނަމަ ބުނާނެ ތިމަންނަގެ ވެރިކަމެއްގައި ނަމަ، މިހަނގުރާމައެއް ނުފެށޭނެއޭ، 24 ގަޑިއިރު ތެރޭ މިހަނގުރާމަ ނިންމާނަމޭ

The name is already taken The name is available. Register?

ސަލީމު އިދުރީސް

07 May 2025

ކޮބައިތަ މިތާ ޔޫކުރޭނު ހަނގުރާމާގަ ރޫސީންއެއްކޮޅައް ކޮމެއްކޮއް ޓުނިންނާ މޯދީ އެއީ އެމެރިކާގެ ވަކިތަކުން ދުނިއެ ސަލާމަތް ކޮދޭންއުޅޭ ލީޑަރުންކަމައް ބުނާ އަފުރާސިއާބާ ބީރުބޮލު ވަސީރުމެއް ފަދަ ބޭފުޅުން! ޓުރަންޕުވެސް ހުރީމިހާރު މޯދީއާ އެމެރިކާވެސް އެއޮތީ ޕުޓިންނާއެކު! ޓުރަންޕު އެބަބުނޭ ކެނެޑާ އެމެރިކާގެ ބައަކައް ހަދަންވިއޭ! ޖެހިގެން އޮންނަ ބޮޑުގައުމުން ކުޑަގައުމު ހިފަން ދާއީކުރާ މީހުންނައް ސަލާމާ ވަރައްވެދުން

The name is already taken The name is available. Register?

މިރުހުލީ މަސް

07 May 2025

ބަލަ ސަލީމުބޭ "ކޮމެއްކޮއް ޓުނިންނާ" މިއީ ކޮން އެއްޗެއްތޭ؟؟

The name is already taken The name is available. Register?

ފފފފފ

07 May 2025

އިންޑިޔާގަ އިންޑިޔާ ބައެއް މަރާލީ. ކާކު ކަމެއްވެސް އެނގެނީކީ ނޫން. އެކަމަކު ޕާކިސްތާނަކީ އިންޑިޔާގެ ތަނަކަށް ހަދަން ބޭރުންވާތީ އެކަމަށް އެ ތައްޔާރުވަނީ. މާދަމާ ދިވެހިރާއްޖެ ނަގަން ބޭނުންމަވެސް އެމީހުން ހަމަލާދީ މިގައުމަށް ބާރުގަދަ ކޮށްލަފާނެ. ބައިނަލްއަގްވާމީ ގާނޫނުތަކަކީ މިހާރު ނެތި ގޮސްފައިވާ އެއްޗެހިތަކެއް.

The name is already taken The name is available. Register?

ބުރުގާ

07 May 2025

މިފެށުނު ހަނގުރާމައިގެ އެންމެ މޮޅު ތަފުސީލުތައް ލިބޭނީ މިހިރަ ކޮމެންޓުކުރާ މޮޅެތި ރޯނު އެދުރުންގެ ފަރާތުން..

The name is already taken The name is available. Register?

ދޮގެއްތަ؟

07 May 2025

ތިޔަ ބުނާ ރޯނުއެދުރުންގެ ތެރޭ ބުރުގާވެސް ހިމެނޭކަން އުފަލާއެކު ފާހަނގަ ކުރަން.

The name is already taken The name is available. Register?

އިސްމާލި

07 May 2025

މެދުއިރުމަތި ހޫނުވެ، މުޅި ދުނިޔެ އިޒްރޭލާ ދިމާލަށް ބަވަނިކޮއް، މި ސަރަހައްދުގައި ހަނގުރާމައެއް ފެށުމަކީ ކޮންބަޔަކަށް ފައިދާވާނެ ކަމެއް ބާ. އެންމެ ގިނައިން ހަތިޔާރު ވިއްކުމުގެ ފައިދާ ވާނީ ކޮން ގައުމަކަށް ބާ. އެހެން ނޫނަސް، ޕާކިސްތާނުން ކަޝްމީރުގެ މީހުންތަކެއް މަރާލުމަކީ ދެކޮޅު ޖެހޭ ވާހަކައެއް ބާ؟ އެއިގެން ޕާކިސްތާނަށް ވާން އޮތީ ކޮން ފައިދާއެއް ބާ؟ ފޯލްސް ޕްލޭގެ އެންމެ ރަނގަޅަށް ކުރަނީ އިންޑިއާގެ އެކުވެރި ޔަހޫދީން.

The name is already taken The name is available. Register?

ކެކުރި

07 May 2025

ބޮޑު ދާދާއާއި އެކަލޭގެ އައުވާނުންނަށް.

The name is already taken The name is available. Register?

ށސ11

07 May 2025

ފޯލްސް ފަލޭގް އެޓޭކެއްކަމަށް ތުހުމަތުނުކުރެވޭތަ ކަޝްމީރަށް ކުރިންދިން ހަމަލާއަކީ. އިންޑިޔާ އަޑީގައޮވެ އެކަންކޮށްފާނެ، ދެން ޕާކިސްތާނުންދިން ހަމަލާއެކޭބުނެ މިހާރު ހަމަލާދޭންއެފެށީ.

The name is already taken The name is available. Register?

ކޮތަރޭ

07 May 2025

މިއިންޑިއާ އުޅެނީ މާ އިޒްރޭލުވެގެން. އަދި މިގައުމުގެ ގިނަ ސްކޫލުތަކުގައި މިތިބަ އިންޑިއާ ޓީޗަރުންވެސް ސްޓާފްރޫމުތަކުގައި ފޯނު އަޑުގަދަ ކޮށްގެން މިތިބެނީ ހަބަރު އަޑުއަހާފަ ޕާކިސްތާން ބަލިވާހެން އެދިއެދި އެވާހަކަ ދައްކަން.

The name is already taken The name is available. Register?

މާލު

07 May 2025

ޢިންޑިޔާއަކީ އިޒްރޭލުގެ ދަރިޔެއް ހިންދޫންގެ ނުބައިކަން ހުންނަނީ ޔަހޫދީން ފަދައިން

The name is already taken The name is available. Register?

ޖުއްބާ

07 May 2025

ބޭފުޅާ މޮޔަނުގޮވާ. ފުރަތަމަ ތިމާ މީހާގެ އަމިއްލަ ގައުމާއި ވެރިންގެ ހާލާމެދު ވިސްނަވާލައްވާ...

The name is already taken The name is available. Register?

ކައުންސެލަރު....

07 May 2025

ހަމަ އިޒްރޭލެކޭ އެއްވެސް ތަފާތެއްނެތް. އިންޑިޔާގަ ގިނައީ މިހެބް މީހުންނާ ޖައްސާލައިގެން މުޅިން ޒާތީވެފަތިބޭ މީހުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454