ޕާކިސްތާނުން ހަމަލާދީ ވައްޓާލި ކަމަށް ބުނާ "ރަފޭލް" މަރުކާގެ ފައިޓާ ޖެޓެއް
07 މެއި 2025 - 05:33
އިންޑިއާއިން މިރޭ ޕާކިސްތާނަށް ހަމަލާދިން ވަގުތު އިންޑިއާގެ އަސްކަރީ ދެ ޖެޓް ވައްޓާލާފައިވާނެ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފި އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ތިން ޖެޓެއް ވައްޓާލި އެވެ. އެއީ "ރަފޭލް" މަރުކާގެ ފައިޓާ ޖެޓް ކަމަށް ވެސް އެ ރިޕޯޓްތަކުގައިވެ އެވެ.
"އިންޑިއަން އެއާފޯސްގެ، އެންމެ މަދުވެގެން ވެސް ދެ ޖެޓް ވައްޓާލާފައިވާކަން ކަށަވަރުވޭ،" ޕާކިސްތާން އަސްކަރިއްޔާގެ ތަރުޖަމާނު ލެފްޓިނެންޓް ޖެނެރަލް އަހްމަދު ޝަރީފް ޗައުދަރީއާ ހަވާލާދީ ސީއެންއެން އިން ބުންޏެވެ.
އޭނާ ވިދާޅުވީ ޕާކިސްތާނުގެ އެއްގަމު ސިފައިންނާއި ވައިގެ ސިފައިން އިންޑިއާގެ އަސްކަރިއްޔާއަށް އިތުރު އެހެން ގެއްލުންތައް ދީފައިވާ ކަމުގެ ރިޕޯޓްތައް ވެސް ލިބިފައިވާ ކަމަށެވެ. އެކަމަކު ދެ ޖެޓް ވައްޓާލިކަން ކަށަވަރު ކަމަށް ވިދާޅުވި އެވެ.
އިންޑިއާގެ ދެ ޖެޓް ވައްޓާލި ކަމަށް ޕާކިސްތާނުގެ ދައުލަތުގެ މީޑިއާއިން ވެސް ބުނެފައި ވާއިރު މި ވާހަކަތަކަށް އިންޑިއާއިން އަދި ޖަވާބެއް ނުދެ އެވެ.
ކަޝްމީރުގައި ބަޔަކު ބަޑިން ހަމަލާދީ 26 މީހަކު މަރާލުމަކީ ޕާކިސްތާނުން ޒިންމާ ނަގަންޖެހޭ ކަމެއްގެ ގޮތުގައި ބަލައި އިންޑިއާއިން ޕާކިސްތާނަށް ހަމަލާ ދިނުމުން ޕާކިސްތާނުން ވެސް ވަނީ ރައްދު ދޭނެ ކަމަށް ބުނެފަ އެވެ.
ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އަތާއުﷲ ތަރާރް ސްކައި ނިއުސް އަށް ވިދާޅުވި ގޮތުގައި ރައްދު ހަމަލާ ދިނުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
ޕާކިސްތާނުން ބުނި ގޮތުގައި މަދުވެގެން ފަސް ތަނަކަށް އިންޑިއާއިން މިސައިލް ހަމަލާ ދީފައި ވާއިރު އަށް މީހަކު ވަނީ މަރުވެފަ އެވެ. އެއީ އާންމުން ކަމަށާއި އޭގެ ތެރޭގައި ކުޑަ ކުއްޖަކު ވެސް ހިމެނޭ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
07 May 2025
އިންޑިޔާގެ އިންޓެލިޖެންސް ފެއިލް ވުމުގެ ސަބަބުން އެ ގައުމުގެ ތެރޭގަ ހިނގި ހަމަލާ އެކެވެ. އެކަމުގައި ބަޔަކު އިސްތިއުފާ ދިނުމުގެ ބަދަލުގައި މިނިވަން ގައުމަކަށް ހަމަލާ ދިނީ އެވެ.
ބޭނުމީ ސުލްހަ
07 May 2025
ޢިންޑިޔާގެ އުފެއްދުން ތެރި ކަމާ ގާތަށް ވެސް ޕާކިސްތާން އަށް ނުކުރެވޭ..އެޢީ އިންޑިޔާގެ ބާރު ގަދަވާ ސަބަބަކީ..ހިތްނޭދުނަސް ކަން އޮތް ގޮތް
ގެދާނޯމޮސް
07 May 2025
އިންޑިޔާ އަކީ ޒޔަނިސްޓުން ގެ އެންމެ ގާތް އެކުވެރިން އެބަޔަކު ބޭނުން ވާނީ މުސްލިމުންނާ ދެކޮޅަށް ތެދުވެ ހަނގުރާމަ ކުރާށެވެ.
raajje
07 May 2025
އިންޑިޔާ ބާރުވެރިވުމަކީ މިސަރަހައްދުގެ ހުރިހާގައުމަކަށްހުރި ބޮޑުނުރައްކަލެއް، ސަބަބަކީ އިންޑިޔާއަކީ އަބަދުވެސް ގައުމުތަކަށްވެރިވެގަނެ ނުފޫޒުފޯރުވަންބޭނުންވެ އެ ޕުރޮޕެގެންދާފަތުރަމުންދާބައެއް، ހަގީގަތުގައި އެކިއެކީތަކުގެނަމުގައާ އެއްބަސްވުންތަކުން ރާއްޖެވެސްވަނީ އިންޑިޔާގެ ކޮންޓުރޯލުގެދަށްގެންގޮސްފައި، އަނެއްކޮޅުން ޕާކިސްތާނު އެއީގޮތްދޫކުރާނެބައެއްނޫން ބަލިކުރެވޭނެބައެއްވެސްނޫން، މާނައަކީ މިސަރަހައްދުގާ ކުރިޔަށްއޮތީ ދެމިގެންދާ ހަނގުރާމަތަކޭ!
ކަޑަބޮއް ސައީދު
07 May 2025
ހިންދޫ އިންނަކީ ނަގިސް ބައެއް ދުނިޔެއަށް ފެތުރިގަންނަން އުޅޭ.
ކުރި
07 May 2025
އިންޑިޔާ އައުޓް
ހާމަ333
07 May 2025
މިއީ ދެންކަމެއް...އިންޑިއާ އަކީ ދެވަނަ އިސްރާއީލުތަ....އެހެނެއްނޫން އިގޯ ގެ މައްސަލައެެއް....ތިމާމެން ރައްކާކޮށްފައިހުރި ސާމާނު ޓެސްޓުކުރަން ބޭނުންކުރާ ޓެކްނިކެއް
ރަދީފްއޮފިޝަލް / އިންޑިޔާ ފުނޑާލާ
07 May 2025
ޕާކިސްތާން ޒިންދާބާދް.ޕާކިސްތާން ޒިންދާބާދް.